މީރާ: ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި --ފޮޓޯ/މިހާރު
14 ޖޫން 2018 - 19:35
އަހަރަކު ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.
މީރާއިން މިއަދު ނެރުނު ޓެކްސް ރޫލިންއެއްގައިވާ ގޮތުން އަހަރަކު ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިނގާ މުއްދަތުގައި ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހެނީ މީރާ ކަނެކްޓް މެދުވެރިކޮށް، އޮންލައިންކޮށެވެ.
އެހެން ނަމަވެސް ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، އޮންލައިންކޮށް ނޫން ގޮތަކަށް ވެސް ޓެކްސް ބަޔާން ބަލައިގަތުމުގެ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ކަމަށް އެ ރޫލިންގައިވެ އެވެ.
އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު ބުނާގޮތުން މީރާއިން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް އޮންލައިންކޮށް ހުށަހެޅުމާއި ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދައްކަން ލާޒިމް ކުރުވުމުގެ ބާރު ކޮމިޝަނާ ޖެނެރަލަށް ލިބިގެންވެ އެވެ.
މިދިޔަ މަހު މީރާއިން ވަނީ އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުގެ ބީޕީޓީ ބަޔާން ވެސް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިންމަ
16 June 2018
މީރާއަކީ މިގައުމަށް ޖެހިފައިވާ ވަބާއެއް
އިސްމާއިޅް އަބުދުﷲ
15 June 2018
ތިޔަގޮތަށް މީރާއިން އަހަރުމެނަށް ޖެއްސުން ކުރާނަމަ މި ސަރުކާރަކަށް ވޯޓެއް ނުދޭނަން، އަހަރުމެން ބޭނުން ވަނީ ޖީއެސްޓީގެ މުސީބާތުން ސަލާމަތް ކޮއްދޭނެ ސަރުކާރެއް. އަދި ޖީއެސްޓީ އުފައްދަން މަސައްކަތް ކުރި އެކަކަށްވެސް ވޯޓެއް ނޫދޭނަން. އޯކޭ ކަސްޓަމްސް ޑިއުޓީ
އިޙްސަ
15 June 2018
ފަސޭހަގޮތެއް...
ޥަސް
14 June 2018
ޓޫރިޒަމް އިސްތިސްނާ ކުރަނީ ކީއްވެބާ؟
އެހީ
14 June 2018
ޓޫރިޒަމު ދާއިރާ އަކީ މިހާރުވެސް އޮންލައިންކޮށް ލާން ލާޒިމު ކުރެވިފައިވާ ބައެެެެެެެކެ