އޭރުގެ ރައީސް ނަޝީދު، 2009 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
28 ޖުލައި 2016 - 07:36
ސަރުކާރުން އޮތީ ރާއްޖެ ވިއްކާލަން ތައްޔާރަށް ކަމަށާއި އެހެންވެ ރާއްޖެ ސަލާމަތް ކުރަން ހުރިހާ ދިވެހިން ތެދުވެ، މަސައްކަތް ފެށުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި "މިހާރު" އަށް ދެއްވި ކޮމެންޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވީ ރާއްޖެ ވިއްކާލައްވަން ތައްޔާރަށްކަން އެ މަނިކުފާނުގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުން ވަނީ ހާމަވެފަ އެވެ. އެ ގޮތުން، ޗައިނާގެ ސިލްކު ރޫޓުގައި ރާއްޖޭން ބައިވެރިވެފައި ވާއިރު، އެ ގައުމުގެ ނުފޫޒު އެހެން ގޮތްގޮތުން ވެސް ރާއްޖެ އަށް ފޯރަމުން ދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދެކުނު ޗައިނާ ކަނޑުގެ ސްޕްރެޓްލީ އަތޮޅު ހިއްކަން ދިޔަ ޑްރެޖަރުގެ މިސްރާބު ހުރީ އިތުރަށް ހުޅަނގަށް ރާއްޖެއާ ދިމާލަށް،" އިނގިރޭސި ސަރުކާރުގެ ހިމާޔަތުގައި، އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ އެ ސިޔާސަތާ ގުޅިގެން އިންޑިއާ ކަނޑަށް އިންޑިއާ ނޫން އެހެން ބާރެއް ވަދެފައިވާ ކަމުގެ އިންޒާރު އެ މަނިކުފާނު ދެއްވި އެވެ. އަދި ވިދާޅުވީ އެ ކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސުލްހަ ގެއްލެމުން ދާ ކަމަށެވެ.
"މިއަދު ދިވެހިންގެ ޒިންމާ ވަރަށް ބޮޑު. ހިތްވަރާ އެކު ތެދުވެ، ރާއްޖެ ސަލާމަތް ކުރަން ޖެހޭ." -- ނަޝީދު
މި ފަހުން ރާއްޖޭން އަންނަނީ ޗައިނާ އާއި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. ހަމަހަމަ ހާރިޖީ ސިޔާސަތެއް ރަސްމީކޮށް ގެންގުޅުނު ނަމަވެސް، ރައީސް ޔާމީން ވެސް ވަނީ ރާއްޖޭން ޗައިނާ އަށް އިސްކަން ދޭނެކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެހެންވެ، ހުޅަނގާއި އިންޑިއާ ފަދަ ގައުމުތަކުން ދަނީ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުގެ އެ ސިޔާސަތު، ނަޝީދު އަޅާކިއުއްވީ ރާއްޖެ އިނގިރޭސިންގެ އަތް ދަށަށް ދިޔަ ގޮތާ އެވެ.
އެ ގޮތުން، ހިމާޔަތުގެ އެއްބަސްވުމުގައި ސޮއި ނުކުރުމަށް 1887 ގައި ބައެއް ބޮޑުން ކުޑަ ބަންޑާރައިންނަށް ދެންނެވުމުން އެކަން މަޑުޖައްސާލެއްވިކަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް، އިނގިރޭސިން ބޭނުންވި ކަހަލަ ސިޓީއެއް އޭގެ އަހަރެއް ފަހުން ރަދުން ދެއްވި ކަމަށާއި އެކަމަކު އޭރު އޮތީ ވަގުތު ފާއިތުވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނު ސިޓީ ހިއްޕަވައިގެން ގަވަރުނަރު އަރިހަށް ފުރާވަޑައިގެންނެވި ދުވަހު ކެޕްޓަން ކްރިސްޓޮފަ ރާއްޖެ ވަޑައިގެން، ރަސްކަން ބަދަލުކޮށް، އަނެއްކާ ވެސް ނޫރައްދީން ބަންޑާރައިން ރަސްކަމުގައި ވަޑުވުމުންނެވެ.
ރައީސް ޔާމީން ވެސް މަސައްކަތްޕުޅު ކުރައްވަނީ އެފަދަ ގޮތަކަށް ކަމަށާއި މިސްރާބު ބަދަލު ކުރެއްވުމުގެ ވަގުތު ފާއިތުވެއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށެވެ.
"މިއަދު ދިވެހިންގެ ޒިންމާ ވަރަށް ބޮޑު. ހިތްވަރާ އެކު ތެދުވެ، ރާއްޖެ ސަލާމަތް ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގައި އިސް ދައުރެއް އަދާ ކުރައްވާ ނަޝީދު މިނިވަން ދުވަހާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވިއިރު، ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ މިނިވަން ދުވަހުގެ ހިތޯބުގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމާލަތަކެއް ދެއްވާފަ އެވެ. އެ ގޮތުން، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ "އަމިއްލަ އަށް އަރުވައިލެވިގެން ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތް ހޯދައިގެން ދިވެހިންގެ ބަޔަކު" ރެ އާއި ދުވާލު ކުރަމުން ދަނީ ހަމަ އެ މަސައްކަތް ކަމަށެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ގައުމާ މުހާތަބު ކުރައްވަނީ: އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ރައީސް ވިދާޅުވީ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ. އެ ގޮތުން، ކޮންމެ ދުވަހަކު ވެސް އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދޭން ސަރުކާރަށް ޕްރެޝަރު އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކީ އިސްލާމީ ޝަރީއަތް މި ގައުމުގައި ހިންގާތީ އާއި މަދަރުސާތަކުގައި ދީން ކިޔަވައި ދޭތީ، ދިވެހީންނަށް ދަތި ކުރާނެކަމުގެ އިންޒާރުތައް އޮހެމުން އަންނަ ދުވަހެއް. ސުލްހަވެރިކަމާއި ރާއްޖޭގެ ރީތިކަމާއި ކުރިއެރުން ނަގާލުމަށް ގައުމުގެ މައްޗަށް ފާވެ، ހަސަދަވެރި ވެފައި ތިބި ހިޔާނާތްތެރީން އެބަ ތިބި،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
29 July 2016
ޔާމިންގެ ވާހަކަ ބޮޑަށް ޤަބޫލު ކުރެވެނީ.
ޙަސަންދީ
28 July 2016
ނަޝީދު ދައްކަނީ ހޮޅި ވާހަކައޭ ބުނެވޭކައްނެތް، އެމަނިކުފާނު ދެއްކެވި ހުރިހާ ވާހައެއް ސީދާވެ ތެދުވަމުން މިދަނީ މިއަދު އަމިއްލަ ޤައުމުގައި މިނިވަންކަމާއެކު އެބައުޅެވޭތޯ؟ މީގެ ދެރޭ ކުރިން ފެނިގެން ދިޔައީ މިސްކިތައްވެސް ވަންނަންޖެހުނީ އެމީހުން ދެއްކި ދޮރަކުން ދެއްކި ދިމާލަކުން މިހިރީ މިނިވަންކަން ހުރިވަރު
ދުންމާރި
28 July 2016
ގައުމު ވިއްކާލަން މަސައްކަތް ކުރިވެރިންގެ ކިބައިން މީގެ ކުރިންވެސް (2012) ދިވެހިން ވާނީ ގައުމުސަލާމަތްކޮށްފަ އަދިމިއަދުވެސް ދިވެހިންތިބީ މިހިގާ ކަންކަންބަލަން އަމިއްލައެދުމާ ތިމަތިމާމެންގެ ޖާހަތަށް ޓަކާ ފިލާތިބެ ތިފަދަ ފިޑިން ދައްކާވާހަކަ ގަބޫލުކުރާނީ ގައުމަށްވުރެ އަމިއްލައެދުން ބޮޑުމީހުން
ލޮލް
29 July 2016
ކުރިން ކާކަށް ވިއްކާލަންއުުނީ؟ 2012ގަ ކުރީ ބަގާވާތެއް! ވިކިފަތިބި ބައެއްތީ
މާ
28 July 2016
ދިވެހި ރާއްޖެއަށް 1800 ފަހުކޮޅުގަ އާ 1900 ވަނަ ގަރުނުގެ ކުރީކޮޅު ގާ ނުވީ ނުރައްކަލެ 2100 ވަނަ ގަރުނުގާ ނުވާނެކަމަކީ ޔަގީން ކަމެއް. ޗައިނާ އިން ވިއަސް އދި އެހެނތާކުން ވިއަސް ލިބެން އޮތް އެއްޗެ ހޯދަންޖެހޭ. ސިޔާސީ މީހުން އިދިކޮޅު މީހުން ކުރާކަން ގޯސްކުރަން އުޅުމަކީ މާބޮދޑު ކަމެއް ނުން. ބޮޑު ކަމަކަށް ވަނީ ބާރު ބޭނުން ކޮށްގެން މީހުންގެ އަނގަ ބަންދު ކުރުމާ ވެރިކަން ކުރާމީހާ ޖަޒްބާތުގާ ޖެހުމާ ބަދަލު ހިފުމުގެ ފޯރީގާ ހިފާތީ
އިއްލީސްކެފޭ އިއްލި
28 July 2016
ގެއްލުނު އެއްޗެއްގެ ބޮދުކަމުން ލަގޮނޑިޔައް ކެއްނުވެގެން އަލުން ވެރިކަން ހޯދާށޯލަ މީނާ ޥިޅާތުގައި މިމަރުފަލިޖަހަނީ ޢުތަ ހޯ ހޯ ދެންނުކުލޭތި މި ގައޮމާއި ހޭހުރެ މީދިވެހިންގެ އަމިއްލަ ގައޮމު. ދެނެއް މިގައޮމަކު ތިޔަނަސީދުގެ ނާޗާރަނގީ ކުޅޭނެ ފުރުސަތެއް ނުލިބޭނެ އަދި ތިޔަލާދީނީ ހިޔާލުގެ ބަޔަކައް ގައޮމުގެ ވެރިކަމައް އައުމުގެ ފުރުސަތެއްވެސް ދިވެހިނނެއް ނުދޭނެ
ޙައްވަ
28 July 2016
މުޅިރާއްޖޭގައި ހުޅުޖަހާ އެންދި މީހަކު ގައުމަށް ކިޔައިދޭނެ މޮޅުވާހަކައެއް ނޯންނާނެ.
ޕިންކް
30 July 2016
އެވެސް އިދިކޮޅު ޕީޕީކުދިން ކުރިކަމެކޯ. މަލީހު އެބަ ވިދާޅުވޭ.
އާމިނަތު އާނިމް
28 July 2016
ވެރިކަން ދެމެހެްޓުމުގެ ބޭނުމުގައި ރެޔާއިދުވާލު ރަލާއި ބާރުގަދަ ޑުރަގުގެ އަހުލުވެރީން އިސްލާމްދީން ހަތިޔާރަކަށް ހެދިޔަކަސް މިއަދަކު އެ ވޯރކެއްނުކުރެއެވެ. އަދި ގިނަމީހުންގާތައް އަންނަނީ ނަފްރަތެވެ. ސަވަބަކީ ހަމަ ލޮލައް ރޯމާ ދުވާ ފެންނަހެން އިސްލާމީ ޝަރީޔައް ހިންގާ ކޯޓުތައް އެނގި އެތަންތަނުން ވިއްކާ އަދި ގަންނަމުންގެންދާ ހުކުމްތަކުގެ އަލީންނެވެ. އަދި އެތަނުގެ އެތިބި ނުތޯހިރު ފަނޑިޔާރުންނެވެ. ދުނިޔޭގެ އެއްމެ ބާރުގަދަ 4 ގައުމު ތެރޭގައި ޗައިނާ އަދި އިންޑިއާ ހިމެނެއެވެ. އިންޑިއާ 3 އެއަރކުރާފްޓް ކެރިޔަރ ގެންގުޅެއިރު ޗައިނާ އަތުގައި އުކުރެއިނުން ގަނެގެން އުޅޭ ސެކެންޑް ހޭންޑް 1 އެބައޮތެވެ. ކަނޑުގެ ބާރުތަކާއި އެއަރފޯރސް މިއަދު އިންޑިއާ އަކީ ދުނިޔޭގެ 3 ވަނަ ބާރެވެ. ޗައިނާ އާއި އިންޑިއާގެ ހަނގުރާމެއް އިންޑިއަން އީޝަނާއި މެދު ފެށުމަކީ ވަރައްކައިރި ކަމެކެވެ. އަދި މިފަދަ ކަމެއް ހިނގައިފިނަމަ އިންޑިއާގެ ސަލާމަތައްޓަކައި ދިވެހިރާއްޖެ އޮކިޔުޕައި ކުރާނެކަމުގެ އިންޒު އެދަނީ ދެމުން.. އިންޑިއާގެ ގާނޫނައް އެއިސްލާހް މިއަދުގެ ވަގުތެއްގައި ވައްދާނެ.. ޑިމޮކުރެޓިކު ގައުމެއްކަމުން ގާނުނުން ހުއްދަ ހޯދުމުގެ ބޭނުމުގައި... އީންޑިއާ އައް އަތުވެދާނެ ކޮންމެ ފަދަ ނުރައްކަލަކާއި ކުރިމަތި ލުމުގެ ހައްގު ގަނުނީ ގޮތުން މިއަދު ނުވަތާ މާދަމާ ސަރުކާރައްލިބިދޭނެ...ދިވެހީންގެ ތެރޭގައި އެބަތިބި ލިބިފައިވާ ވަޒީފާގަނޑުގެ ދަހިވެތިކަމުގައި މިނުރައްކާ އަންނާނެކަން އެނގޭ އިރުވެސް ސަނާކިޔާމީހުން އެބަތިބި... ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް މިނުރައްކަލުން އެބަޖެހޭ ސަލާމަތްވާން... ދީނޭ ފޫޅޭ ކިޔާނެކަމެއްނެތް /ފުހިވޭ ދީނޭ ކިޔާ ޖާހިލުން އަނގަތަޅާތީވެ..
ޗަހޭ
29 July 2016
މީކޮންތާކުން މައުލޫމާތު ހޯދައިގެން އުޅޭ މީހެއް. ކިޔޭނުކިޔޭ އެއްޗެއް އެބައެނގޭބާ
ޕިންކް
31 July 2016
މިއުޅޭ އިދިކޮޅު ޕީޕީޕީ ކުދިންކޮޅު ވަރައް ނައްޓާނެ ތި ކޮމެންޓްކިޔާފަ.
މިޔާނޯ
28 July 2016
އޭރު ސީލޯނުގައި ތިބި އިގިރޭސިންނާ ގާތް ގުޅުމެއް ބައެއް ދިވެހިން ބާއްވަމުން ދިޔަ ކަމަށްވޭ އަދި ކެޕްޓަން ކޮރިސްޓޮފަރ އަރިހު ދިވެސްސަކު އެ މަނަވަރުގައި އައިކަމަށްވޭ. މިއަދު އެފަދަ މޭރުމަކުން ނަޝީދު ވެސް ތިއުޅުއްވަނީ. ކޮންމެހެން ވަކި އަތަކަށް ބުރަވެ ރާއްޖެ އޮތުމުގެ ބޭނުމެއް ނެތް. އެއީ ޗައިނާ ވިއަސް އިގރޭސިން ކަމުގައި ވިއަސް. ރާއްޖެ ނަޝީދުގެ ވެރިކަމުގެ ކުރިން އޮތްފަދަ ނިއުޓުރަލް ގައުމެއްގެ ގޮތުގައި އޮތުން މުހިންމު. ނަޝީދު ދެއްތޯ މިއޮތް ހާލަތުގެ ފެށުމަކަށްވީ
ހަސަދު
28 July 2016
މައްސަލަ އަކީ ފޮނި އުންމީދެއްގައި ދިވެހިން ހޮވި އަންނި ސަރުކާރުންވެސް ފެނުނީ ކޮރަޕްޝަމް. ހެވީލޯޑު ފަދަ އެތަށް ކުންފިނި ތަކެއް ދިޔައީ ނަށަމުން. ދިވެހިންނަށް ރަނގަޅު ގޮތެއް ފެންނާނީ ހަމަ އެކަނި ހިއްވަރާ އެކު ނުކުމެގެނެއްނޫން. މިހާރު ގިނަމީހުންގެ މިހުރި ވަގު ވިސްނުން، މަކާރާ ހީލަތް ހެދުމުގެ ވިސްނުން ދޫވި ދުވަހަކުން.
ތރ555
28 July 2016
ޗައިނާ ފީކުދާނަކަށް މިތަން ހަދަން އިންޑިއާ ބަލާކަށް ނޯނަނާނެ. ވައްﷲ އައުލަމް. ޔާމީން އެދަނީ ރައްޔިތުންގެ ތާއިދުނެތަސް ވެރިކަމުގައި ހުރުމަށްޓަކައި މި ކުޑަކުޑަ ރާއްޖޭ ބޮޑު 2 ބާރުގެ ހަނގުރާމައަކަށް ހަދަމުން. ވަރަށް ވަރަށް ނުރައްކާތެރި!