މަޖިލީހުގެ ކޮމެޓީއެއްގައި އަލީ ހުސެން ވާހަކަ ދައްކަވަނީ: ޓުވީޓާ ގުޅިގެން މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ފުލުހުން އޭނާއާ ސުވާލުކޮށްފައިވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖުލައި 2016 - 13:35
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ކުރެއްވި ޓުވީޓަކާ ގުޅިގެން ބަލަމުންދާ މައްސަލައިގައި އަންނަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް އަނެއްކާ ވެސް ހާޒިރުވުމަށް އޭނާ އަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި އަލީ ހުސެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:30 އަށެވެ.
އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ދޮޅު ގަޑިއިރެއް ހާއިރު އިންނެވުމަށް ފަހު ނުކުމެވަޑައިގެން، އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ހުސެން ވިދާޅުވި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
އަލީ ހުސެން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
Nuhaqqun fuluhaku gaiga aillaifinama amilla nafsuge dhifaauga e fuluhegge gaiga aillumuge haqqu hama konme meehakah libigenvey.
— Ali Hussain (@AleeVoice) July 22, 2016
އަލީ ހުސެން ކުރެއްވި ޓުވީޓު.
އަލީ ހުސެން ވަނީ ފުލުހަށް ގެންދިޔަ ދުވަހު ވެސް އެ ވާހަކަތައް ދިފާއު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މީހަކަށް ލިބިގެންވާ ހައްގެއްގެ ވާހަކަ ބުނުމަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަލީ ހުސެން ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންނެވީ ވަކީލެއް ހޯދުމުގެ ފުރުސަތަށް ކަމަށާއި ފުލުހުންނަށް ބަޔާން ދެއްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު އަލީ ހުސެން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގަންނަވާއިރު، ފުލުހުންތަކެއް އޭނާ ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަލީ ހުސެންގެ ފޯނު ވެސް ހޯމަ ދުވަހު އަތުލި އެވެ. ނަމަވެސް އަންގާރަ ދުވަހު ފުލުހުން ވަނީ ފޯނު އޭނާއާ ހަވާލުކޮށްފަ އެވެ.
އަލީ ހުސެންގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާ އިއްޔެ ހާޒިރު ކުރީ ފޭސްބުކްގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެއާ އެކު، އިދިކޮޅު އިއްތިހާދުގެ ހިޔަނި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ. އެ ތިން ބޭފުޅުން ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާޙު
30 July 2016
މިއޮތީ ވާ ބޮޑު މަޖާ ގަނޑެކެވެ.
ރޯޅި
30 July 2016
ފުލުހުން މިހާރު އެކުރާކަމަކީ އަމިއްލަ ނަފްސު ދިފާޢުކުރުމެވެ. މިހެން ބުނީމަ ސަބަބު އެނގުމާ ނުލައި ކަން ބޮޑުނުވާށެވެ. އާނއެކެވެ. އަމިއްލަ ނަފްސު ދިފާޢުކުރަނީ އެވެ. މުޙައްމަދު ނަޝީދުގެ ވެރިކްނަ ވައްޓާލުމުގެ ފަހަތުގައި ތިބި މީހުންނެވެ. އެހެންވީމާ އެމީހުންގެ ތަޙްޤީޤު ކޮށްފާނެ އެއްވެސް ސަރުކާރެއް އަޔަނުދިނުމާއި އެ ތަޙްޤީޤުތައް ނުކުރާނެ ސަރުކާރުތައް ދެމެހެއްޓުން އެއީ އަމިއްލަ ނަފްސު ދިފާޢުކުރުން ނޫންތޯއެވެ؟ ޤާނޫނީ ގޮތުން އަދި ޝަރުޢީ ގޮތުން މިއަށް އަމިއްލަ ނަފްސު ދިފާޢުކުރުމޭ ނުބުނެވުނަސް އަދައިގެ ބަހުރުވައިން މިއީ އަމިއްލަ ނަފްސު ދިފާޢުކުރުމެވެ.
ނާޒިފު
30 July 2016
ނުހައްގުން ލިޔާ އެއްޗަކުން ނުވަތަ ނުހައްގުން ބުނާ ބަހަކުން މިއަދުގެ ތަރައްގީ ޒަމާނުގައި މޮޅު މީހަކަށް ވެވުނަސް ބައެއް މީހުން ދެކެނީ ދެދުނިޔޭގައި އޭގެ ގެއްލުން ބޮޑުވާނެކަމަށް
ފރރރރ
29 July 2016
ތަނެއްގައި ކިޔަވައިގެން ލާރިގަނޑެއް ނުކައި ހުރިއްޔާ އެމީހެއްގެ ދުވަސް ދުއްވާލެވޭތޯ ބަލާތި! މިގައުމު މިހިސާބަށް އައިމާ ހައިރާނެއް ނުވޭ. ވަގުން މަތިފަޑީގައި. ތައުލީމީ ޒުވާނުްނ ޖަލުގައި!
ނިހާނުމޫސާ
29 July 2016
ފުލުހުން މިހާރު މަސައްކަތް އެކުރަނީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފަތް، އަދި ރަނގަޅަށް ޤާނޫނު އަސާސީ ވިދާޅުނުނެތިބި ފުލުހުން ގިނަކަން ފާހަނގަރަން، ތިޔަ ފުލުހުން އަދި ފަހުން ހިތާމަކުރާނެ
މެންޓަލިސްޓް
29 July 2016
ތެދުތެދަށް ބުނަނީނަމަ ފުލުހުންނަށް މީހުން ހައްޔަރުކޮށް ބިޑިޢެޅުވުމުގެ ބާރުވެސް އޮވޭ ދެން މީހަކު ގަދަހަދައިފިއްޔަމުން ބާރުގެ ބޭނުންކޮއްގެން ހިފަހައްޓައިގެން އެކަންކުރެވޭނެ ، ނަމަވެސް ނުކުރެވޭނެ ކަންކަމަކީ މުގުރުންނާއި އެހެނިހެންގޮތްގޮތުން މީހުނަށް އަނިޔާކުރުން ، އެއްވެސް ހާލެއްގައި މުަޒާހަރާއެއްގައި ހުންނަމީހާގެ ގަޔަށްބޮލަށް އަރައިއެއްނުގަނެވޭނެ ބޯފަޅައެއްނުލެވޭނެ އަތްފައި ބިންދާނެހެދޭނެ ، އެއީއެއްވެސް ގާނޫންއަކުން ނޫނި އިސްލާމްދީން ހުއްދަކުރާކަމެށްނޫން ، ދެއްއޮތީ އަލީހަސަން ޝޯޝަލްމީޑިޔާގައި ދައްކާފައިއޮތް ވާހަކަ ،، އެއީ ގާނޫންއަސާސީގައި އޮތްވާހަކައެއް ، އޭނާކުރިކަމަކީ އެވާހަކަ އިންޓަރނެޓްގައި ޝާޢިރުކޮއްލެއްވީ ، ވީމާ އަލީހަސަންގެ ބަދަލުގައި އަސްލު ފުލުހަށް ހާޒިރުކުރަންވީ ގާނޫންއަސާސީ ލިއުއްވި އަދި ފާސްކުރިބޭފުޅުން ، ވަރަށް ސަލާމް ،
މީމަށޭ
29 July 2016
ރަގަޅު ގޮތަކަށް ދާނެ ސޮރެއް
ޖަަމަލު
29 July 2016
ތީ ކަލޭމެންގެ ވިސްނުން. އެއްޗެކޭ ބުނާ މީހާގެ ދުވަސް ދުއްވާލުން
މާމަކުނު
29 July 2016
ސިޔާސީ އިތުރު ބޮޑު މަގާމެއް ކައރިވާ ކަމުގެ އަލާމާތެއް.
ޙަސަންދީ
29 July 2016
މިއަދު ފުލުހުން އަމިއްލަ ނަފުސާ ސުވާލު ކޮއްލަން އެބަޖެހޭ ރައްޔިތުން ދައްކާ ޓެކުސްއިން މުސާރަ ލިބިގެން ތިބޭއިރު ތިމަންނަމެން ރައްޔިތުންނައް އަނިޔާ ކުރަނީ ޙައްްުޤުންތޯ؟
ގަބުޅި ކަތީބު
29 July 2016
ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. މީއީދެއް ދޮގެއްބާ؟؟؟ އަމިއްލަ ނަފުސު ދިފާއުކުރެވޭ ޖަނަވާރުއްނައްވެސް އެކަމަކު ފުލުހުންގެ ނަޒަރުގަ އަހަރެމެން ދިވެހިން މީ ޖަނަވާރުނައް ވުރެވެސް ނިކަމެތި ދަށުދަރަޖައިގެ ބަޔެއް!
ނުވާނެދޯ
29 July 2016
އަލީ ހުސެއިން އަނެއްކާ ވެސް ފުލުހަށް ހާޒިރު ކުރާނެ ނޫންތޯ އަލީ ހުސެއިން ބޭނުން ފުޅުވަނީ ފުލުހުން ގް ކްރެޑިބިލިޓީ ވެއްޓޭ ގޮތަށް ފުލުހުންގެ އަގުވައްޓާލަން ވިއްޔާ. އަލީ ހުސެއިން މެން ފަދަ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންނަކީ އެއީ ވަރަށް ޒިންމާ ދާރު ބަޔަކަށް ވާން ޖެހޭނެއެވެ. އެކަމަކު އެއާއި ޚިލާފަށް އިދިކޮޅު ފަރާތް ތަކާއި ގުޅިގެން އަލީ ހުސެއިން މިއުޅެނީ މިރާއްޖެ އިންތިގާލީ މަގަށް މަރެއް މިޝިއާރުގެ ދަށުން ރާއްޖެ ބޮޑު މެސްއަޕް އަކަށް ގެންދަން އެވެ. އެގޮތަށް އެކަން ނުވާނެއެވެ. އިދިކޮޅު މައި ޓްވިޓަރު ވެސް އެގޮވަނީ މިސަރުކާރަކީ އެއީ ވައްކަން ކުރާ ސަރުކާރެއް ކަމަށް. ކޮބާތޯ މިސަރުކާރު ވައްކަން ކުރި ކަން ކޯޓަށް ސާބިތުވެފައި. އިދިކޮޅު ރަންރީނދޫ މީހުން ކުރި ކަންކަން ނޫންތޯ ކޯޓަށް ސާބިތުވެފައި ހުރީ.
މައުމޫން
29 July 2016
ކޯޓަށް ސާބިތުވިބާ އެމްޑީޕީ ސަރުކާރުން ވައްކަންކުރިކަން. މިހާރު އެސަރުކާރު ވެއްޓުނުތާ 04 އަހަރުވީ. ހުރިހާބާރަކާއި މުއްސަސާތަކެއް ކަލޭމެންގެ ބާރުގެ ދަށުގައި ހުރެމެ އެއްކަމެއްވެސް ސާބިތުވިތޯ. ކީއްވެތޯ ތިޔަބުނާ އޮޑިޓް ރިޕޯޓްތަކަކާއި އެއްޗެހީގެ މައްސަލަ ކޯޓަށް ވައްދަން ނުކެރިގެން ތިއުޅެނީ.