ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ފަނޑިޔާރުންނަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގަތުމުން ދެކޮޅު ހަދައިފި

ޖުމްހޫރީ ޕާޓީގެ ގާސިމާއި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ޖަރުމަނުގައި ބޭއްވި ބައްދަލުވުމެއްގައި.

27 ޖޫން 2018 - 21:32

44 comments
happy icon 75%

އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށާއި އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި އެ ބޭފުޅުންނާ އެއްކޮޅަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އެދިވަޑައިގަތުމުން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން އެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވައިފި އެވެ.

ޖަރުމަނު ހިމާޔަތް ހޯއްދަަވައިގެން، އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ފޮނުއްވި އެސްއެމްއެސްއެއް ގައި ވިދާޅުވީ، މިރޭގެ ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުންގެ ހައްގުގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމަށް ގާސިމްގެ މެސެޖުގައި ވެ އެވެ.

"...މީގެ އިތުރުން ބަންދުގައި ތިބި މެމްބަރުންނާއި އެހެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ވެސް ފަހު ބަސް ބުނާ ތަނަކީ ސުޕްރީމް ކޯޓު ކަމަށް ވެފައި، އުއްތަމަ ފަނޑިޔާރާއި އަދި އިތުރު ދެ ފަނޑިޔާރުން ހަމަޖެއްސުން ކަމަށް ވާތީ، މި ވޯޓަކީ 43 މެމްބަރުން ހާޒިރު ނުވި ނަމަވެސް ކުރިއަށް ގެންދެވޭނެ ވޯޓަކަށް ވާތީ، ކޮންމެހެން ވެސް ބައިވެރިވާން ޖެހޭ ކަމަށް ވަރަށް ބޮޑަށް ފެންނަ ކަމަށް އަދަބުވެރިކަމާ އެކު ދަންނަވަން،" ގާސިމްގެ މެސެޖުގައި ވެ އެވެ.

ނަމަވެސް، އޭނާގެ އެދިވަޑައިގަތުމާ ގުޅިގެން، މިރޭ 8:00 ގައި ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމުގައި މެމްބަރުން އެއްބަސްވީ، އެއީ މި ހާލަތުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތު އިދިކޮޅުން މި ހުރިހާ ދުވަހު ގަބޫލު ނުކުރާއިރު، މަޖިލީހަށް މިރޭ ވަޑައިގެން ފަނޑިޔާރުންނާ އެއްކޮޅަށް ވޯޓު ދެއްވުމަކީ މަޖިލީހުގެ ރައީސް މަސީހް ގަބޫލުކުރުން ކަމަށް ބެލެވިދާނެތީ ކަމަށެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ މިރޭގެ ޖަލްސާ އަށް ހާޒިރު ނުވި ނަމަވެސް، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ވަނީ ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.

މިރޭގެ ޖަލްސާގައި، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށް، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި ޣަަނީ އައްޔަން ކުރުމަށް ފާސްވީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގާސިމްގެ އެދިވަޑައިގަތުމާ ގުޅިގެން، އެކަމަށް ގޮތެއް ނިންމުމަށް ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓަށް އައްޔަން ކުރާ އަބްދުﷲ ދީދީ އާއި ޣަނީއާ އެއްކޮޅަށް އިދިކޮޅުން ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގަތީ، ޝަރުއީ ނިޒާމަށް އޮތް އިތުބާރާއި ޔަގީންކަން އޮތް ކަން ދެއްކުމަށް ކަމަށެވެ.

"އެއީ ކޮންމެހެން މަސީހު ގަބޫލު ކުރާކަން ދެއްކުމަށް ގާސިމް އެދިވަޑައިގަތް ގަތުމެއް ނޫން. ގާސިމަކީ ފެށުނީއްސުރެ ޝަރުއީ ނިޒާމަށް އިތުބާރު ކުރައްވާ ބޭފުޅެއް. ގާސިމްގެ ވިސްނުމަކީ ފަނޑިޔާރުންނަކީ މުޅި ގައުމުގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވާތީ، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ރުހުމާ އެކު އޭ ފާސްކުރަން ވާނީ. ފަނޑިޔާރުންނަށް މަޖިލީހުން ރުހުން ދޭއިރު، އިދިކޮޅުގެ ހުރިހާ މެމްބަރުންގެ ވޯޓު ބޭނުންވާނެ ކަމަށް ގާސިމަށް ފެނިވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުވާލައި، ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް އިިދކޮޅު ގަބޫލުކުރާއިރު، މިރޭގެ ވޯޓުގައި ބައިވެރިވުމަކީ އެކަމަށް އެއްބާރުލުން ދިނުން ކަމަށް ބެލެވިދާނެ ކަމަށް އިދިކޮޅު މެމްބަރުން ގަބޫލު ކުރެ އެވެ.

44 ކޮމެންޓް, 199 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 2%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

29 June 2018

ސަރުކާރުން އެކަން ހަމަޖެއްސީމާ .؛ ދެން މަޖިލީހަކަށް ވެއްދުމުގެ ބޭނުމެއް ނެޔެވެ،

The name is already taken The name is available. Register?

މަވެސް

28 June 2018

މީޑިމޮކްރަސީގެ ޒަމާން ގުޅިފައިވާ ޕާޓީ ތަކުގެ ޖޮއިންޓް ޕާލިމެންޓުން ނިމާފައިވާކަމެއް ގާސިްމް ފޮނުވާލާމެސެޖަކުން މަސްވަރާޔަކާ ނުލާ ނުނިމުނީ ގާސިްމ ފޫކަހާލީ ގުޅިފައި އެތިގަޑަކީ ވިލާކުންފުނިކަމައް ގާސިމައްހީވުމަކީ މޮޔަވިސްނުމެއް ވަރަށްސަލާމް

The name is already taken The name is available. Register?

ޏާޏާ

28 June 2018

ގާސިމް ބުނާހާ ގޮތެއް ހަމަ ހަދަން ވާނެބާ

The name is already taken The name is available. Register?

ފަސީ

28 June 2018

އިދިކޮޅު މީހުންގެ ޝަރުތު ގިނަވީތާ. ޔާންޓޭ އެބުނީ ޝަރުތަކާނުލާ އަންނާށޯ. ދިޔައިމަ ހުތް ފެލާފަަ އެއްލާލާނެ. ތި އިދިކޮޅު މީހުންތައްވެސް އަދި އަންނާނެ ދެވަނަ ބުރަށް ދިޔައިމަ. ޖާސިމްގެ ހުތް ފެލައިގެން ނޫނިއްޔާ ވެރިކަމެއް ނުލިބޭނެ އެއްވެސް ބަޔަކަށް

The name is already taken The name is available. Register?

ހަސަނާނ

28 June 2018

ޝަރުއީ ނިޒާމަށް އޮތް އިތުބާރޭ ލޮލް މިވަރަކަށް އިތުބާރު ބޮޑުވާނީ

The name is already taken The name is available. Register?

އަހްމަދު

28 June 2018

ގާސިމްގެބޭނުންއިދިކޮޅުންހިފީ ހަރަދުކުރަންހުރީމައެހެންނޫންނަމަ އިދިކޮޅުމީހުންގާސިމާދިމާޔައްބަލާވެސްނުލާނެ ތިވޯޓުގަބައިވެރިވާން އަންނިގޮވާލިނަމަ ހުރިހާމީހުންގޮސްތިކަންނިންމާލީސް އަންނިއާ ގާސިމް އިދިކޮޅައް ވަރައްތަފާތުވާނެ

The name is already taken The name is available. Register?

ބަންގ

28 June 2018

ވެރިއެއްގެ ފިކުރެއް ނެތް. އަދިވެސް ދޭންވީ އުނޑައްޔަކާއި ވަޅިއެއް. ކިރިޔާ ހުވާސް ހިނގާ ނުހިނގާވަރުގެ ކާއެތިކޮޅެއް ދިނީމަ ގާސިމަށް ފުދޭނެ.ެ

The name is already taken The name is available. Register?

އަލީ ނަސީމް

28 June 2018

މި ގޭމުގައި ރައްޔިތުން ތަމްސީލް ކުރާ މެމްބަރުން ނުކިޔަމާ ދެއްތޯ؟ ކިޔަމާ ބަހީ، މުއްސަދިން ގެ އެދުންތަކާ ބާރު ހިފަހައްޓާ، ބައްކުރަން ހޮވާފާ ތިބޭ މެމްބަރުން ކަމައް! ކޮންމެހެނެއް އަމިއްލަ ލޮލުގަ އަދުނެއް އެޅުމުގެ ބޭނުމެއް ނެއްތާ!

The name is already taken The name is available. Register?

ސާދާސީދާ

28 June 2018

މިއުޅޭ މަހުޖަނު ޑޯރީ އިއްތިހާދު ކެންޑިޑޭޓަކަށް ނުހަދަންވީ ސަބަބު މިފެންނަނީ. ބޯހުންނަނީ ފުނާއަޅަން އެކަނި ދެއްތޯ؟

The name is already taken The name is available. Register?

އައިޝާ

28 June 2018

ގާސިމަކީ މިގައުމުގެ ހަލާކު

The name is already taken The name is available. Register?

އައިޝާ

28 June 2018

ބޮޑުވެގެންވާ އުނދަގުލެއް..ތިމާގެ ލަޔާތެއްނެތުމަކީ އެހެންމީހުނައް ނުފުރޮއްޕާން ކުރަންޖެހޭ ކަމެއްނޫން... އަނގަނުތަޅައި ދެންވެސް މަޑުހުރެވެންތޯ ބަލާ...އަހަރުމެން މީ ކީ ތުއްތު ކުދީންނެއްނޫން.... މިފަހަރު ކަލޭ ބޮލުގައި ދަގަނޑު ބެލްޓުއަލައިގެން ދިނޭ އިސްތައްޓޭ ކިޔާ ޕިކަޕުތަކުގައި ބުރާންތިވެގެން ގައިގެ ހުލަނބުތެޅުނަކަސް އަހަރުމެން ކަލޭ އަތުން ނަގަންބޭނުންވަނީ އަތުޖެހުނު ގޮތަކައް ޖެހުނު އެއްޗެއް... މީ ވަރައް ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454