އަޑުއެހުމަށް ވަޑައިގަތުމަށް މައުމޫން ލޯންޗުން ފައިބައިވަޑައިގަންނަވަނީ: އެމަނިކުފާނުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ވަނީ އިސްތިއުނާފަށް ހުށަހަޅާފައި --ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
01 ޖުލައި 2018 - 11:47
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުުޅުން ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އަދި 2008 ގެ ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެކެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާފައިވާ ކަން މައުމޫންގެ ވަކީލުން ކަށަވަރުކޮށް ދެއްވި އެވެ.
ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ބޭފުޅުން ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިކަން ކަށަވަރެއް ނުވެ އެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
01 July 2018
ރައީސް ޔާމީން، އިންސާނިޔަތުކަމުގެ ކަންފުޅެއްވެސް އެބަހުރިތޯ؟
@އީމަން
02 July 2018
ނެތޭ ހަމަ ނެތީއޭ
ސެލެކްޓަޑް ޖަސްޓިސް
01 July 2018
މަމީ ރައީސް މައުމޫނު ނަމަ އިސްތިއުނާފަކަށް ހުށަހެއް ނޭޅީމުސް ޖެހޭތާ އެ ޖެހޭނީ
ފަހަރި
01 July 2018
އިސްތިޢުނާފުގެ މަރުޙަލާއަކީ މިސަރުކާރުގެ ދަށުވެ, ތިބި ކޯޓްތައް ދަންނަ މަރުހަލާއެއް ނޫން ... ބޭކާރު ވަގުތު ދުއްވާލުން ފިޔަވާ ތިކަމުގައި އެއްވެސް ކުރިއެރުމެއް މިކޯޓް ތަކަކުން ނުލިބޭނެ ... ހުސް ކޮރޮޕްޓް ..