ވާރޭ ވެހުމުގެ ސަބަބުން މަާލޭގެ މަގުމަތީގައި ފެންބޮޑުވެފައި--. ފޮޓޯ:ނިޝާން އަލީ/މިހާރު
07 ޖުލައި 2018 - 18:40
ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެންމެ ބޮޑަށް މޫސުން ގޯސްވާނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، ވިއްސާރައިގެ އަސަރު މުޅި ރާއްޖެ އަށް ކުރި ނަމަވެސް މޫސުން އެންމެ ގޯސްކޮށް އުޅެނީ، އުތުރާއި މެދުތެރޭގެ ރަށްތަކަށް ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް އުޅެނީ. ކަނޑުދަތުރު ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ފަހުކޮޅާ ހަމައަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ އެވެ. ނަމަވެސް ދޭތެރެދޭތެރެއިން މޫސުން ރަނގަޅު ވާނެ އެވެ.
މޫސުން ގޯސްވެ ފާއިތުވި 24 ގަޑިއިރު ތެރޭގައި ކަނޑުމަތީގައި ގިނަ ހާދިސާތަކެއް ހިނގާފައި ވެ އެވެ. އެގޮތުން، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް މިއަދު ބަންޑުން ޖަހާލާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެން.އާރ.ސީ
08 July 2018
އެސޮރު އެއޮށް ގެނބެނީ!