ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމައް މައުމޫން ފައުންޑޭޝަން އިން އިންތިޒާމް ކޮއްގެން އިސްލާމީ މަރުކަޒް ގައި ބޭއްވި ޖަލްސާގައި މައުމޫން ވާޙަކަ ދައްކަވަނީ. އަބުރުގެ ބިލް ފާސްކުރަން މައުމޫން ވަނީ ދެކޮޅު ހައްދަވާފައި..-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
31 ޖުލައި 2016 - 18:42
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ފާސް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދެކޮޅު ހައްދަވައިފި އެވެ.
އަބުރުގެ ބިލުގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް މަޖިިލީހުގައި އެޖެންޑާކޮށްފައި ވަނިކޮށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ އަބުރުގެ ބިލު ފާސް ކުރުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އަބުރުގެ ބިލު ފާސް ކުރަން ފެނިވަޑައިނުގަންނަވާކަން ހާމަކުރެއްވީ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ޕާޓީގެ ގުނަވަންތަކުގައި ދަންނަވަން ޖެހުނު ކޮންމެ އެއްޗެއް ދެންނެވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެވެ.
ޕީޕީއެމް ވައިބާ ގްރޫޕަށް މައުމޫން ފޮނުއްވެވި މެސެޖް.
މީގެ ކުރިން މައުމޫން ވަނީ ބިޑް ކުރުމާ ނުލައި ރަށްރަށާއި، ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހް ފާސް ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް މައުމޫން އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް، މަޖިލީހުން އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގެ ބަހުސް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށާއިރު، އެ ބިލާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ވަނީ މަޖިލިސް ކުރާ ގޭގައި ބާއްވައިފަ އެވެ.
މި ބިލާ ގުޅޭ ގޮތުން ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕްގައި ހޫނު ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މި ބިލާ އެއްކޮޅަށް ގިނަ މެމްބަރުން ވާހަކަ ދައްކަވަމުން ދާއިރު، މި ބިލާ ދެކޮޅު ހައްދަވާ މެމްބަރުންތަކެއް ތިބިކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެގޮތުން މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، އެ ގުރޫޕްގައި ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިނިވަން ކަމުގެ ރަހަ އެއްކޮށް ކަނޑުވާލައި، ރައްޔިތުންނަށް ބޮޑުވެގެންވާ މުސީބާތަކަށްވާ ގޮތަށް ގާނޫނު ހަދަން ނުވާނެ ކަމަށެވެ. އެކަމަކު އަބުރު ރައްކާތެރި ކުރުމަށް ބޭނުން ނުވާނެ ހަމަ ބުއްދި ސަލާމަތުން ހުރި އެކަކު ވެސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ވެރިކަމެއް ކުރާ ގައުމެއް. ފާޑު ކިޔާހާ މީހަކު ކަސްތޮޅު އެޅުމަކީ މިއަދުގެ މުޖުތަމައު ގަބޫލު ކުރާނެ އަދި ރުހޭނެ ކަމެއް ވެސް ނޫން،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ މިންގަނޑު ކަނޑައަޅަނީ އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ މާލީ ތަނަވަސްކަން އޮންނަ މިންވަރަށް ބަލައިގެން ކަމަށާއި "ތިން އިރު ހަމަ އަށް ނުކައި އުޅޭ އެތައް ބަޔަކު އަދިވެސް ގައުމުގައި" އުޅެމުންދާ ކަމަށެވެ.
ނަމަވެސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބިލުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ގެއްލެމުންދާ އިޖުތިމާއީ ފޭރާން އިތުރަށް ވީދުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭތީ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތް ގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.
ނޫސްވެރިން ކަންބޮޑުވާ މައިގަނޑު އެއް ސަބަބަކީ، މަދަނީ ކުށެއްގެ ގޮތުގައި އޮތް އަބުރާ ބެހުން، ޖިނާއީ ކުށަކަށް ބަދަލުކޮށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ގޮތަށް އޮތުމުންނެވެ. އަދި ނޫސްވެރިންގެ މައްޗަށް ކުރާ ބޮޑެތި ޖޫރިމަނާތައް ނުދެއްކިއްޖެ ނަމަ، ޖަލު ހުކުމެއް އަންނާނެތީ އެވެ. މި ބިލްގައި ކުށްވެރިވާ މީހާ ކުށްވެރިކުރުމަށް އޮތް މަގުތައް ފުޅާވެ، ކުށުން ސަލާމަތް ވުމުގެ ދޮރު ވަނީ އިންތިހާ އަށް ހަނިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫނުސް22
01 August 2016
ގްރޭޑް ހައެއްގައި ކުޔަވަމުން ދިޔަދަރިވަރުގެ ސޯޝަލް ފޮތުގައި އިން ރައީސް މައުމޫންގެ ފޮޓޯފުޅެއްގައި މަޖަލަކައް މަތިމަހެއް ފަންސޫރުން ފަވާލާފަ އިންތަން ސިފައިންގެ މީހަކައް ފެނިގެން ގެންގޮސް އަޅުގަޑުގެ އަޚް ޔާސިރު (މެދުއިމްތިހާން ދުވަސްވަރު) ދެހަފްތާވަންދެން ބަންދުކޮއްފައި ބޭންދި! މިކަހަލަ ކިތަންމެ ކަމެއް އެމަނިކްފާންގެ ވެރިކަމުގައި ހިންގާފައިވާނެ ކަން އެންމެންވެސް އަދި ހުދު އެމްނިކްފާންވެސް ދަންނާނެ ކަންގައިމު. ވީމާ، ތިޔަ ކަހަލަ ވާހަކަ މަނިކްފާން ޓްވީޓް ތަކުންނާ އެހެންވެސް ގޮތްގޮތުން ވިދާޅު ނުވިއްޔާމު ރަގަޅުވާނީ ދެއްތޯ!
ޔާހުންބަރާސް
01 August 2016
ކީއްކުރާނި މިހާރު މިހިންގާ ކަންތަކަށް އެއްވެސް މީހަކު ތާއީދެއް ނުކުރޭ
ހުސެން
01 August 2016
މިވަރުގެ ނުލަފާ ސަރުކާރެއް ރާއްޖެއަކުން އަދި ނުދެކެން.
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
01 August 2016
ޔާމީންގެ ވެރިކަމުގައި ކުރި ''ގިނަކަންތައް ތަކަށް ރުހިވަޑައިގެން ހުންނެވި ބޭފުޅަކު'' މިއަދު ރައްޔިތުން ދޫކުރަން ނެތްކަން އެގިގެން އަދި އެމަރިކާ އާއި ޔޯރަޕް އަދި އަވައްޓެރި ގިނަ ޤައުމު ތައް އެކުވެއޮތީ ''ރައްޔިތުންނާއި އެކުގައި'' ކަން ހާމަ ވުމުން ''މަވެސް ހުންނާނީ ރައްޔިތުން ކޮޅުގައި'' ކަމަށް ހެދެން އުޅުމަކީ އަސްލު ސިފަ އަހަރުމެންނަށް އޮޅޭނެ ކަމެއްނޫން. . . . ތަޖުރިބާހުރި މިނިވަން ނޫސްވެރިކަމަށް އެދިތިބި ނޫސްވެރިންތަކަކާއި އެކު ނުހަނު ޅަފަތުގައި ''ދިވެހިންގެ ލޯބި ހޯދާފައިވާ މިހާރު ނޫސް'' ޤައުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތް ބަދަލުވުމެއްނެތި ކުރަމުން ގެންދާނެ ކަމަށް ހީކުރަން. . . . އަދި މިފަދަ ޤައުމީ ހަބަރު ތަކުގައި އަސްލު މައްސަލައަށް ވުރެ ''މީހެއްގެ ނަން'' ކުރިއަށް ނުނެރެ މައްސަލައިގެ ފޯކާސްޓް ގެއްލިގެން ނުދާނެ ގޮތަކަށް ހަބަރު ތަކުގެ ސުރުހީ އޮތުން ވެސް ރަނގަޅުވާނެ. . . . މިސާލަކަށް މި ހަބަރުގައި ''މައުމޫނަށްވުރެ'' އަހަރުމެން ދިވެހިންނަށް މުހިންމު ވަނީ ''ވިހަގަދަ ހަރުފައެއްފަދަ'' ޤާނޫނެއް ވުޖޫދު ކުރާން އުޅޭ މައްސަލަ. އެހެން ނޫންތޯ ؟ އެހެންވީއްޔާ ފަލަ އަކުނރުން އޮންނާން ވާނީ އެވާހަކަ ''މައުމޫނެއްގެ ވާހަކަ އެއްނޫން'' އިގޭތޯ .. / މިނިވަންކަން ،އައްޑޫ ސިޓީ
ޢާރިޝް
31 July 2016
މިފަހަރަކީ ޔާމީންގެ ފެންވަރާއި ބާރުއޮތްވަރު އެގިގެންދާނެ ފަހަރެއް. ހީވާގޮތުން މިފަހަރު ޖެހިވަޑައިގަންނަވާނީ ދޫދެއްވަން.
ބޮލަށްތުރާ
01 August 2016
'ޔާމިން' އަދި 'ދޫދެއްވުން' އެއް ޖުމްލައެއްގަ ނާންނާނެ.
ވީނަސް
31 July 2016
މައުމޫން ސާހަބް އެ ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވި ގޮތުގެ ވާހަކަ އެވެ. ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ވިދާޅުވާން ޖެހޭ ބަސްފުޅެކެވެ. ޢެ އިޚުތިޔާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަދައިން އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގައި ހުދޫދުތަކެއް އޮންނަން ޖެހޭކަން ޚުދު އެމަނިކުފާނު ވެސް ވާނީ ތަޖުރިބާ ކުރައްވާފައެވެ. ކަންމިހެން އޮތްއިރު އެކަންކަމާ ސީދާ އެމަނިކުފާނުވެސް ވިސްނާވަޑައިގަންނަވާނެ އެވެ. މައްސަލައަކީ ޕީޕީއެމް ވައިބަރ ގުރޫޕްގައި ލިޔާ އެއްޗެތި ލީކު ކޮށް ހަދާތީއެވެ. މިއީ ވެސް ބިލެއް ފާސްކޮށްގެން ނަމަވެސް ހުއްޓުވަން ވެއްޖެ ކަމެކެވެ.
ޒިންދަގީ
31 July 2016
ނައިފަރު ޝިޔާމުމެނަށް، މައުމޫނަކީ މިހާރުއިދިކޮޅު އިއްތިހާދަށްވުރެވެސް ދުރުބޭފުޅެއް. އަޑެއްނާހާނެ. ނަހާނުމެން އަދުރޭމެން އެތިބީ ނަގޫފިތިފަ. ބްރޯގެ އަތުން ލިބުނު "ނަފާގެ" ބޮޑުކަމުން. ވަރަށް ހިތްދަތިކޮށް އެއުޅުއްވަނީ މިދުވަސްކޮޅު.
ދެކޮޅުބޭބެ
31 July 2016
ހީހީ އަހަރެން ބަނޑުގައި ރިއްސަނީ. ހާދަ މިނިވަން ރަން 30އަހަރެއް ދުށީމޭ.
ސަބީހް
31 July 2016
އަސްލުވެސް ހޭންވީ. ނާސިރުގެ ދައުރަށް ވުރެން ބޮޑު މިނިވަންކަމެއް ފުރަތަމަ އަހަރުވެސް މަައުމޫނު ދެއްވި. އޭރު ދިވެހިން ތިބީ މިނިވަންކަމަކީ ކޮބައިކަން ނޭނގޭ ހިސާބުގައި. މިނިވަންކަމަކީ ކޮބައިކަން އެނގޭނީވެސް އަތާއި އަނގަޔާ ހަމަކުރެވިގެން. މައުމޫނުގެ ވެރިކަމުގެ 10އަހަރު ނިމުނުއިރު ރާއްޖެ ތިޔާގިވެ ސޯޓުބުރިލައިގެން އުޅުނު ކުދިން ފަޓުލޫނުލާންފެށި. ބައިސިކަލްނޫން ދުއްވާ އެއްޗަކަށް އަރާލަން ނުލިބޭ ޒުވާނުން ސައިކަލަށް ބަދަލުވި. އާފަލު އޮރެންޖް ތަރުކާރީ ލޮލަށްވެސް ނުފެނިތިބި ދިވެހިންގެ ކެއުމުގައި އެތަކެތި ހިމެނޭގޮތްވެ ގްރީންގްރޯސަރ ފަދަ ފިހާރަތައް ހުޅުވުނު. އެހިސާބުން އައި އިގުތިސާދީ ކުރިއެރުމާއެކުވެސް މިނިވަންކަންކަމުގައި ތިސިފަކުރާ ކަންކަމަށް ބަޔަކު މަސައްކަތް ނުކުރޭ. ތިކިޔާ މިނިވަންކަމަށް މަސައްކަތް ފެށުނީ ސަންގާއި ހުކުރުފަދަނޫސްތަކުން. އެހިސާބުން ޕްރެޝަރ ބޮޑުވެ މަައުމޫނަށް މަޖުބޫރުވީ އައުގާނޫނު އަސާސީއަކާ ހަމަޔަށް ދިޔުމަށް. މިޕްރެޝަރުގައިވެސް މައުމޫނަށްވެސް ފަޅައިގެން ދަންދެން ހިފެހެއްޓޭނެ. އެކަމަކު މިހާރު ތިކިޔާ ގާނޫނުއަސާސީ ވުޖޫދުވީ މައުމޫނުގެ ވެރިކަމުގައި. ފުރިހަމަ ޕާލަމެންޓް ކޮންޓްރޯލްވެސް އޮވެގެން. އެހެންވީމާ ހަގީގަތުގައިވެސް ހިނިއަންނަންޖެހޭ.
ބޮލަށްތުރާ
01 August 2016
ޔާމީން ވެރިކަން އެކުރަނީ ހަަމަ މައުމޫނު ކުރިގޮތަށް. މައުމޫނަށް، މައުމޫނުގެ ވެރިކަން ރައްޔިތެއްގެ ލޮލުން އަދި ކިރިޔާ އެފެންނަނީ.!!
ބަވަނަ
31 July 2016
ރައްޔިތުން މިފަހަރު ވަރަށް ވިސްނާތި ތުންތޮންބެ ޔާމިނު ކޮއްކޮ ގޮޑީގައި ބައިންދުވާފަ ގޮޑި ހަލުވާ ހަލުވާ ބިއްމައްޗަށް ވައްޓާލުން އެއީ ކިހާވަރެއްގެ ކަމެއްތޯ، ތިބޭފުޅުން ނިންމަވާ. ހަމަ ޔަގީނުންވެސް ޔާމިން ނަން ފަހަތުގައި ގައްޔޫމު އޮވެ އެނަން ކިލަބުވިޔަ ދީފާނެތޯ.
ތިޔަ ބިލް
31 July 2016
ތިޔަބިލް ގެ މަޅީގަ ވެސް ޖެހޭނީ ހަމަ ޔާމިން