ޚަބަރު / ފާރިސް މައުމޫން

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 30 ހުށަހެޅުމެއް

ކުރީގެ އަޑުއެހުމަކަށް ވަޑައިގަތުމަށް ފާރިސް މާލެ ވަޑައިގަންނަވަނީ: އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައި --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 30 ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް އަދި ޖަލު ހުކުމެއްގައި މިހާރު ވެސް ހުންނެވި މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މިހާރު ކުރިއަށް ގެންދަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ކަމަށް ވާތީ، ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަންނާނީ އޭގެ ފަހުންނެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅި 30 ހުށަހެޅުމުގެ ތެރޭގައި، ގާނޫނާ ޚިލާފަށް ހެކި ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތައް ހިމެނެ އެވެ. އަދި އެކި ސަބަބުތަކާ ހެދި ދައުވާ ބާތިލް ކުރަންޖެހޭ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތައް ވެސް އޭގެ ތެރޭގައި ވެ އެވެ. މީގެ ކުރިން، ބޭއްވި އަޑުއެހުމުގައި އޭގެ ތެރެއިން އަށް ހުށަހެޅުމެއް ހުށަހަޅައި، ވާހަކަ ދައްކާފައިވާއިރު ބާކީ ހުރިހާ ހުށަހެޅުންތަކެއް މިއަދު ވަނީ ހުށަހަޅައި، ނިންމައިފަ އެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި 30 ހުށަހެޅުމުގެ ތެރެއިން 28 ހުށަހެޅުމަކާ މެދު މިއަދު ގޮތް ނިންމީ އޭނާގެ ފަރާތުން ހުށަހެޅި ގޮތާ ދެކޮޅަށެވެ. މިއަދުގެ އަޑުއެހުމުގައި ގޮތެއް ނުނިންމަނީ ތަހުގީގު މަރުހަލާގައި ފާރިސަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ފާރިސް ދިރިއުޅުއްވި މ. ސްނޯރޯސް އިން ހެކި ހޯދާފައިވަނީ އިޖްރައާތުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާ މެދު އެވެ. އެ ދެ ހުށަހެޅުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފަ އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި، ދައުލަތުން ކުރިން އޮތީ ތިން ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ސިއްރުކޮށް ދިނުމަށް ހުށަހެޅި ހުށަހެޅުމަކާއި ލިޔުންތައް ސިއްރުކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެއްގެ އިތުރުން ފަހުން ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހުށަހެޅި ހުށަހެޅުމެކެވެ. އެ ހުށަހެޅުންތައް ބަލައިގަތުމަށް ކުރީގެ އަޑުއެހުމުގައި ކޯޓުން އޮތީ ނިންމައިފަ އެވެ.

އެ މައްސަލައިގައި ފާރިސްއާ ދެކޮޅަށް ދައުލަތުން 32 ހެއްކެއް އޮތީ ހުށަހަޅައިފަ އެވެ. އެއީ ސިއްރު 17 ހެކިވެރިއަކާއި ފުލުހުންތަކަކާއި ސިއްރު ލިޔުންތަކެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ފާރިސްގެ ފަރާތުން ދިފާއުގައި 56 ހެކިވެރިއަކާއި 13 ލިޔުމެއް ކުރިން އޮތީ ހުށަހަޅައިފަ އެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ވެސް އޭނާ އަށް ގެއްލޭނެ އެވެ.

ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް ކުރާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، އޭނާ އަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް މިދިޔަ މަހު އިއްވައިފަ އެވެ. އެ ހުކުމް އަޔަސް، ފާރިސްގެ މެމްބަރު ކަމުގެ ގޮނޑި އަދި ނުގެއްލެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި ފާރިސަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ. އަރި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމް ދައުވާ ކުރެ އެވެ.

އެ ބޭފުޅުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އެކަމަކު އެ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާތައް ފެށުމާ އެކު އޭގެ ތެރެއިން ހަ ބޭފުޅެއްގެ ބައި ކުރިއަށް ގެންދާނީ އެއްކޮށެވެ.

4 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 59%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިސާމް

16 July 2018

މީހަކާ ދެކޮޅަށް ހުށަހެޅޭ ސިއްރު އެއްޗެއްގެ މައްޗަށް މިހާ ބޮޑު އަނިޔާއެއް ދޭން ވާނެތަ؟ މިގައުމުގަ ހަމަޖެހުން ނުލިބިގެން މިއުޅެނީ އިންސާފު ނެތީމަ. )':

The name is already taken The name is available. Register?

ހަސަންމަނިކުފާނު

16 July 2018

ސިޔަސީ މިހަލކަބޮލޮ ކަމުން އެއްމެ ބޮޑު ފައިދާއެއް މިލިބުނީ ފާރިސް އަށް! މައުމޫނުގެ ބޭކަލަކު ވެރިކަމަށް ގެނައުމަށް ކުރެއްވި މަސައްކަތުގައި ފާރިސް ވަރަށް ބޮޑުތަން ކުރިއަށް ޖެހިލައިފި! މިސްރާބު ތިހުރީ ވެރިކަމާއި ދިމާލަށް!

The name is already taken The name is available. Register?

އަލީ ނާޒިމް

16 July 2018

ފާރިޝް އައް ބޮޑުބޭބެ މި ދިން ލަނޑަކީ ހަނދާން ނުނެތޭނެ ވަރުގެ ލަނޑެއް. ސަލާމަތުން ހުރިނަމަ މިއީ ނައިބު ރައީސަކައް ވާނެ ފަހަރެއް! މޮޅު ކަމަކީ ޖަލައް ލީ ސަބަބުވެސް ބޮޑުބޭބެ ހަނދާންވެސް ނުހުންނާނެ! މައުމޫން ތަޅު އަޅުވަންވެގެން ރޭވިރޭވުމެއްގައި ފާރިޝް ޖެހިފަ ބެދުނީ!

The name is already taken The name is available. Register?

އެމްޑީޕީ.

16 July 2018

އެ 30 ހުށަހެޅުމަކީ ބައްޕާފުޅުގެ ވެރިކަމުގެ ކޮންމެ އަހަރަކަށް 1 ހުށަހެޅުންދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454