ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

ހިޔާނާތުގެ 80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

އަދީބު މީހަކާ ސަލާމް ކުރައްވަން އަތް ދިއްކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

22 ޖުލައި 2018 - 14:24

201 comments

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ރައީސް ޔާމީނާ އެންމެ ބޮޑު ގާތްކަމެއް ކުރިން އޮތް އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން ރަށްތައް ދޫކޮށްގެން ލިބުނު 80 މިލިއަން ޑޮލަރު ގެންގޮސް ރައީސް ޔާމީންގެ އޭރުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހީގައި ގުނި އިރު އެތަނުގައި ފައިސާ ގުނަން ހާއްސަ ކޮޓަރިއެއް ވެސް ހުންނަ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނާ ހިލާފަށް 10 ރަށެއް ދޫކުރި ކަމުގެ ޝަރީއަތުގައި މިއަދު އޭނާ ވިދާޅުވި ގޮތުގައި ގައުމު ހިންގަވަން ހަވާލުކުރުމާ އެކު ރައީސް ޔާމީން ހަވާލުވެވަޑައިގަތީ "ޑޮލަރު ގުނުމު"ގެ މަސައްކަތާ އެވެ. އޭރު ދޫވެހީގައި ވަކިން ހުންނަ ކޮޓަރީގައި ފައިސާ ގުނަން ބަންގްލަދޭޝް މީހަކު ހުންނަ ކަމަށް ވެސް، 33 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު، ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކުރީ އެ "ވައްކަންތައް ފޮރުވަން" ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ކުލި ޖަމާކުރަމުން ދިޔައީ މީރާ އަށެވެ. އެކަމަކު އެކަން ބަދަލު ކުރައްވައި، ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީ އަށް ޖަމާކުރާ ގޮތަށް ނިންމެވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ މައްސަލަ ކަމަށް އަދީބު ވެސް ކޯޓުގައި އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ތަހުގީގު ނިންމަން އޭސީސީ އަށް ތިން އަހަރު ލިބުނު އިރު، އޭނާގެ މައްޗަށް ދައުވާ ކުރަން ލިބުނީ އެންމެ 10 މައްސަލަ ކަމަށް ވިދާޅުވި އެވެ.

އެ ދައުވާތަކުގައި އެމްއެމްޕީއާރުސީން ރަށްތައް ދޫކުރަން އެއްބަސްވުން ހެދީ ރައީސްގެ ލަފާފުޅު ލިބިގެން ނޫން ކަމަށް ބުނެފައިވިޔަސް، އަދީބު ވިދާޅުވީ، އެ ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ރައީސްގެ ސިޓީފުޅުތައް ލިބިވަޑައިގެންނެވި ކަމަށެވެ.

އަދީބު ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ބައެއް ވާހަކަތައް ވެސް ޝަރީއަތުގައި ހިއްސާކުރައްވައިފަ އެވެ. އެގޮތުން އޭނާ އޭނާ ދޫކުރެއްވި ރަށްތަކުގެ ތެރެއިން 35 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ގިނަ ރަށްރަށް އެކި މީހުންނަށް ދޫކުރީ ބިޑަށް ނުލައި ކަމަށް ވިޔަސް މިއަދުގެ ޝަރީއަތުގައި އަދީބު ވިދާޅުވީ އެ ހުރިހާ ރަށެއް ވެސް ދޫކުރީ ބިޑަށް ހުޅުވާލައިގެން ކަމަށެވެ. އެހެންކަމުން އެ ރަށްރަށާ ގުޅުވައިގެން އޭނާގެ މައްޗަށް ދައުވާކުރުމަކީ ރައީސް ޔާމީން އޭނާއަށް ދެއްވާ "ސިޔާސީ ހަދިޔާއެއް" ކަމަށް ވިދާޅުވި އެވެ.

އަދީބު ވިދާޅުވަނީ ގައުމު ހިންގެވުން އޭނާ އާ ހަވާލުކުރެއްވުމަށް ފަހު ރައީސް ޔާމީން އުޅުއްވީ ޑޮލަރު ގުނުމުގެ މަސައްކަތްޕުޅުގައި ކަމަށް

އޭނާ ވިދާޅުވި ގޮތުގައި ރަށްތައް ދޫކުރި ގޮތާއި އޭގެ ބައެއް ފައިސާ ރައީސްގެ ގެކޮޅަށް ވެއްދި ކަންކަމުގެ ވާހަކަ ނުދައްކަވަން ރައީސް ޔާމީން އެންގެވި އެވެ.

އަދީބު އެގޮތަށް ތުހުމަތުކުރެއްވި އިރު ރައީސް ޔާމީން މީގެ ކުރިން އެތައް ފަހަރަކު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ހިޔާނާތުގެ ކަންކަން އެނގިވަޑައިގަތީ ފަހުން ކަމަށާއި އެހެންކަމުން "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވެސް، މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާ އޮންނަވާ ޖަލުގެ ގޮޅީގެ ހާލަތު، ގާޒީ އާދަމް އާރިފްގެ ސަމާލު ކަމަށް ވެސް ގެންނަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ލޯ އަނދިރިވިޔަސް" އަވަހާރަފުޅުލައްޕަވަން ޖެހެނީ ސިމެންތި އައްޓެއްގައި "ހަށަން ބަނދެގެން"ނެވެ. އަދި ބައެއް ފަހަރު އަތް އައްސިވެގެން ތެދުވެވަޑައިގަންނަވަން ޖެހޭ ކަމަށާއި އެކަހެރިކޮށް ގެންގުޅޭތާ ހާހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ "ޖަލުގައި މަރާލިޔަސް" ނުކުރައްވާ ކަމަކަށް ދުވަހަކު ވެސް އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

201 ކޮމެންޓް, 524 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 10%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡަރި

24 July 2019

އަންނި ބުނި އަދީބަކީ ޔާމީނު ސަރުކާރުގަ ތިމަންނަ އެޅުވި ފަންޗެކޭ.ދެން އަދީބު މިކިޔަނީ ކީކޭތަ. ޙުރިވަރު އެގެންޗާ ގުނަންޖެހޭތަ. އަންނި ގެ ރޭވުން ..

The name is already taken The name is available. Register?

ޑަރޭ

18 February 2019

33 އަހަރުގެ ޖަލުހުކުމެއްގައި ހުރި އަދީބްދައްކާ ވާހަކަ މިއަދު ތެދުކުރާނީ މޮޔައިންނެވެ.

The name is already taken The name is available. Register?

ޏީމޯ

15 February 2019

މިސަރުކާރުން އެޗް.ޑީސީ އޮއްވާ ކޮން އެހެން ގެދޮރު ހަދަންށޭ ކިޔާފަ ކޮން ކުންފުންޏެއް ހަދާކަށް ހުސް ކަރަޕްޝަން

The name is already taken The name is available. Register?

ބުރޯއައްޕަ

13 February 2019

އަސްލު ބުރޯ އޮތީ ފްރޭމްކޮށްފަ

The name is already taken The name is available. Register?

ހައްގުނ

20 November 2018

ބާކީ ހުރި ޑޮލަރު ގުނަން ޖަލުގަ އޮވޭ

The name is already taken The name is available. Register?

ިއިބްރާހިމް

27 August 2018

80 މިލިއަންކަން ޔަގީންކޮށް ބުނަންއެގެއިއިރު އިތުރަށް ގުނަނީ ކީއްކުރަންބާ

The name is already taken The name is available. Register?

ޜިޒާ

19 November 2018

ސަޅި ބުރޯ..100ގެ ވާހަކައެއް..!

The name is already taken The name is available. Register?

ނަޖްވާ

24 July 2018

އަނެއްހެން ބޭންކެއްގެ ކޭސިޔަރަކަށް މިހާރު ހުންނާނީ ވަރަށް ފައްކާ ވެފަ ދޯ؟ އެއީ އެހާ ވަރަށް ފައިސާ ގުނާލެވުނީމަ!

The name is already taken The name is available. Register?

ހެޔޮބަސް

23 July 2018

އަދީބަކީ އަދަބެއް ހުރި ކުއްޖެއްނަމަ މިއަދު 33 އަހަރަށް ޖަލަށް ދާކަށް ނުޖެހުނީސް. ދޮގުހެއްދެވުމުގެ ބަދަލުގައި އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާއަށް ޖަވާބް ދާރީވުން ބުއްދިވެރި.

The name is already taken The name is available. Register?

ނުބައިބަސް

24 July 2018

އަދިވެސް އަދީބު ގޯހީ. އޭނާ ލައްވާ ގޯސް ހެއްދުވި މީހުން ބަރާބަރު

The name is already taken The name is available. Register?

އައިޖޭ

23 July 2018

މިއީ ދެވެރިްނ ގުޅިގެން ހިންގި ގޭސް ގަނޑެއް... އެކަކުވެސް ސަލާމަތެއ ނުވެވޭނެ... ﷲ އިރާދަފުޅުން މިކަންތައް ބެލޭނެ... ނަޖީބު މައްސަލަ ވެސް މމިއަދު އެބަ ބެލެއެއްނު..

The name is already taken The name is available. Register?

ފާތުމާ

23 July 2018

އެ ލާރިން ބައި އެޅުނު މީހުން އެންޓި ކޮމެންޓް މި ކުރަނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454