ޚަބަރު / ކަސްޓަމްސް

އޫރު މަހާއި ބަނގުރާ މޮނިޓަރު ކުރާނެ އާ ނިޒާމެއް ތައާރަފްކުރަނީ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު މިއަދު ކަސްޓަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަނީ

ރާއްޖެ އަށް އެތެރެ ކުރާ އޫރު މަހާއި، ބަނގުރާގެ ބާވަތްތައް މޮނިޓަރު ކުރާނެ އާ ނިޒާމެއް އަންނަ މަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

ކަސްޓަމްސް ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރާ މި ނިޒާމުގެ ދަށުން، އޫރު މަހާއި ބަނގުރާ އުފުލާ ހުރިހާ ކަނޑު އުޅަނދެއްގައި، އެ އެއްޗެއްގެ ދަތުރު ސެޓަލައިޓުން މޮނިޓަރު ކުރެވޭނެ ޑިވައިސެއް ހަރުކުރާނެ އެވެ.

މި އާ ނިޒާމުން އުޅަނދުތައް މޮނިޓަ ކުރަން ފެށުމުން، އެ ތަކެތި އުފުލާ އުޅަނދުފަހަރު އެ އެއްޗެއް ދާންވާ މަންޒިލް ނޫން އެހެން ތަނަކަށް ދާ ނަމަ ކަސްޓަމްގެ ކޮންޓްރޯލް ރޫމަށް އެނގޭނެ އެވެ.

"އެ [ދޯނި ދާންވާ] ރިސޯޓުގެ ނަން އަޅުގަނޑުމެންނަށް އެނގޭނެ. އެހެންވީމަ އެ ރިސޯޓު ނޫން އެހެން ދިމާލަކަށް އެ ދޯނި މިސްރާބު ޖަހައިފިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ،" ޖުނައިދު ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖެ އަށް އެތެރެވެގެން އަންނަ ބަނގުރާ ކޮންމެ ވެސް ގޮތަކަށް ކޮންޓްރޯލް ކުރެވޭނެ."

ޖުނައިދު ވިދާޅުވީ މަސްތުވާ ތަކެއްޗާއި ބަނގުރާގެ މައްސަލައަކީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލް ކުރުމަށް ކެނޑި ނޭޅި ކަސްޓަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

18 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިފަރޭ

24 July 2018

އިހަކަށް ދުވަހު ޖުނައިދު ކަސްޓަމްސް އާއި ހަވާލުވީ... އެކަމަކު ހާދަހާވާ ކުލައަކާއި ތަރިތަކެކޭ ޔުނީފޯމްގަ ތިއޮތީ... އަޅެ އެވަރަށް ކަސްޓަމްސްއަށް ހިދުމަތް ކުރެ ވިއްޖެތަ؟؟؟

The name is already taken The name is available. Register?

ކަޅުސޮރު1

24 July 2018

ތިއީ ހިތުން ވިލާގެ އެއް ރަށުން އަނެއް ރަށަށް ސަޕްލައި ކުރާތީ އެކަން ހުއްޓުވަން ކުރާ ކަމެކެވެ. ތިހެން ވުމުން ވަކި ބޭނުމެއްގައި ދައުލަތުން ބޭކާރު ޚަރަދު ކުރުން ނޫން ކަމެއް ނުވާނެއެވެ، މާދަމާވެސް ވިލާ ތިޔަ ކޮޅަށް އެރީ ތި ސިސްޓަމްގެ ބޭނުން ކެޑުނީއެވެ.

The name is already taken The name is available. Register?

އަޖީތު

24 July 2018

އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ތަނަކުން ޖީބަށް ފައިސާތަކެއް އަޅަން ހިންގާ ކަމަކާ ވައްތަރީ.

The name is already taken The name is available. Register?

ގަޅި

24 July 2018

ކީކޭބުނާނީ! ސަޕްލައި ދޯނި ދަތުރުމަތީ ކިތައް ތަނަށް މަޑުކުރަން ޖެޙޭނެތަ. ރާ އަރުވައިގެން ދުއްވާނީ ޖުނައިދު ބުނާ ރޫޓަކުން ތަ؟

The name is already taken The name is available. Register?

ޚިޔާލް123

24 July 2018

މިކަހަލަ ކޮސްކަންތަށް ބޭކާރު ކަންތައް މުޅިންވެސް ކުރާނީ، މިސާލަކަށް ކަނޑުގެ އޮއިވަރު ނޫނީ ކުއްލިއަކަށް މޫސުންގޯސްވީމައި އަބަދުވެސް ރޫޓް އޮންނަނީ ބަދަލް ކުރަންޖެހިފައެވެ، މިފަދަ ކޮންމެ ބަދަލްއަކަށް ކަސްޓަމަށް ގުޅައިގެން ހުއްދަލިބިގެން ނޫނީ ރޫޓް ބަދަލް ނުކުރެވޭ ހިސައިބަށް ދިޔައިމާ ދެން ދޯނިތަށް އޮންނާނީ ކަނޑު އަޑީގައެވެ،

The name is already taken The name is available. Register?

ކަނޑުކޮސް

24 July 2018

ކަނޑުކޮސް ކަމެއް.

The name is already taken The name is available. Register?

ސަޕްލައި

25 July 2018

ތިޔައްވުރެން ރަގަޅުވާނެ ކަސްޓަމްސް އުޅަދެއްގަ ކަސްޓަމްސް މުއައްޒަފުން ނަށޭ ދެން މިތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީއޭ ބުނިނަމަ. ﷲ ހަރާމް ކުރެއްވި ކަމެއްގެ ބައިކުޅަބައި ހުއްދަ ކުރަން އުޅުނީމަ އަތައް ގޮވުން ނޫން ކަމެއް ނުވާނެ.

The name is already taken The name is available. Register?

އާދަނު

24 July 2018

ކޮބާ އީރާނު ޑުރަގު ބޯޓް؟؟ އޭގަ ހުރި އެއްޗިހީގެ ސީދާ އަދަދު އަދިވެސް ހާމަނުކުރޭ. އެވާހަކަ މިހާރު ނުވެސް ދައްކަ..!!

The name is already taken The name is available. Register?

އެކްސް ރައިޑަރ

24 July 2018

ތި ޑިވައިސް ހަރުކުރަނީ ފުޅިތެރޭގަތަ,,,,,,,,¿ އެހެންނޫނީ ކޭސް ބަހައްޓާފަ ފުޅި ނޫނީ ފުޅި ބަހައްޓާފަ ރާފޮދު....

The name is already taken The name is available. Register?

ބޯހަރު

25 July 2018

ފަހު ޒަމާނުގެ ޗިޕެއް ލައްވަނީޔޯ

The name is already taken The name is available. Register?

‫ބުމަރު

24 July 2018

ތ‫ިޔަ އުޅެނީ ޑިވައިސް ތަކެއް ބޮޑުއަގުގައި ތަނަކުން ގަންނަން ވެގެންނެވެ. ކޮރަޕްޓް ކޮރަޕްޓް

The name is already taken The name is available. Register?

މަފް

24 July 2018

ތިހުރިހާ ކަމެއްނުކޮއް ކަސްޓަމްސް އޮފިސަރުންނަށް ޕްރޮމޯޝަން ދީބަލަ. މާސްޓަރޒް ހަދައިގެން ވެސް އެއްމަގާމެއްގަ 10 އަހަރު ވެފަ ތިބި އޮފިސަރުން ވެސް އެބަތިބި.

The name is already taken The name is available. Register?

މަރޭމިތުރާ

24 July 2018

ބަހެއް ބުނާކަމުގައި އެވަންޏާ އޮއްޓަރެއް ހުންނަންޖެހޭ! އެބަހުން ބުނާއެއްޗެއް ގަބޫލުކުރެވޭގޮތެއް ހުންނަންޖެހޭ!

The name is already taken The name is available. Register?

މަސްބާ

24 July 2018

ހެހެ، އެކަމަކުދޯ، ސަޕްލައި ދޯނި ދަތުރުމަތީން އެހެން އުޅަނދަކަށް އަރުވާ ތަކެތި ވެސް ބެލޭ ތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454