ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައި --ފޮޓޯ/މިހާރު
26 ޖުލައި 2018 - 11:08
ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވަކިން ހުށަހެޅުއްވި އެ ދެ ބިލްގައި ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގިނަ އަދަދެއްގެ އިސްލާހު ގެންނަން ހުށަހަޅާފައިވެ އެވެ. ގާނޫނުލް އުގޫބާތުގައި މިހާރު ހުރި އަދަބުތައް ބޮޑު ކުރުމަށާއި އެ ގާނޫނުގައި އިތުރު ކުށްތަކެއް ހިމަނަން ހުށަހަޅާފައިވެ އެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ހުރި ގިނަ މާއްދާތަކެއް ވެސް އިސްލާހު ކުރަން ހިމަނާފައިވެ އެވެ.
ގިނަ އަހަރުތަކެއްގެ މަސައްކަތަށް ފަހު ވުޖޫދަށް ގެނައި ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް މީގެ ކުރިން ބައެއް އިސްލާހުތަކެއް ގެނެސްފައި އޮތަސް، މިއީ އެ ދެ ގާނޫނަށް ގެންނަ އެންމެ ބޮޑު އިސްލާހެވެ.
އެ ބިލު ދިރާސާ ކުރުމަށް ފަހު، ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިދިޔަ ހޯމަ ދުވަހު އެ ދެ ބިލު ފާސްކުރީ މާ ބޮޑު ބަދަލެއް ގެނައުމެއް ނެތި އެވެ. އެ ބިލާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ގާނޫނުލް އުގޫބާތުގައި ހުރި އަދަބުތައް މިހާރު ހުރި މިންވަރަށް ވުރެ ޖުމްލަ ގޮތެއްގައި ދެ ގުނަ އަށް ބޮޑުކުރަން އެ ބިލްގައި ހިމަނާފައި ވާ އިރު، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ކުށް ބަޔާންކުރާ އާ ބާބެއް އެ ގާނޫނުގައި ހިމަނައި، ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށާއި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކަށް ދައުލަތުގެ މަގާމެއް އަދާ ނުކުރެވޭ ގޮތް ހެދުމަށް ވެސް ހިމަނާފައިވެ އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ ތަފްސީލީ އިޖްރާއާތުގެ ބަޔާންކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބޮޑު އިސްލާހުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރިޔަސް، އޭރު ގިނަ އަދަދެއްގެ މެމްބަރުން އެ ބިލާ މެދު ކަންބޮޑުވުން ފާޅު ކުރުމާ އެކު އެ ބިލް އޭރު ސަރުކާރުން އަނބުރާ ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅު
26 July 2018
ތިޔައީ އަނިޔާވެރިކަން އިތުރުކުރަން ހުށަހެޅި ކަމެއް. ތިޔަ ގާނޫނުތަކުން ތިޔަކަން ކުރާމީހުންނަށް އަދަބުލިބޭތަން ފެންނާނެ.
މަރޭމިތުރާ
26 July 2018
[[ބިރުވެރިކަމެކޭ އިތުރަށް ތިބިލުން ދޭހަވަނީ! އިރުއިރުކޮޅާ ހައްޔަރުކުރާ ކުރުމޭ ފެންނާނީ!]]
އައިސްތު
26 July 2018
މަރޭމިތުރާ ކޮމެންޓްކުރަނީ އަކުރުތައް ދެކަޑިއަށް އެއްވަރަށް ގުނާގެންބާ؟ކޮންމެއަކަސް ވަރަށްސަޅި އިނގޭ.
މަރޭމިތުރާ
26 July 2018
[[މިއީ ހަމައެކަނި ދައުލަތް ހިމާޔަތްކުރަން ހެދިބިލެއް! މިއީ ބަޔަކަށް އިތުރު އަނިޔާކުރަން ހެދިބިލެއް!]]