ބްރިޖު ހަދަން އެޅި ޕްލެޓްފޯމުގެ މަތީގައި ސީސީސީސީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ. އެ ފާލަން މިހާރު ވަނީ ނަގަން ފަށާފައި. --ފޮޓޯ/މިހާރު
30 ޖުލައި 2018 - 12:34
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ކޮންކްރީޓް މަސައްކަތަށް 2016 ގައި ހެދި ޕްލެޓްފޯމުގެ ބޮޑު ބައެއް ނަގައިފި އެވެ.
ލޮނުޒިޔާރަތް ކޮޅުން ފެށިގެން ހުޅުލޭ ކޮޅަށް މި ދަގަނޑު ފާލަން ނުވަތަ ޕްލެޓްފޯމު އަޅާފައި ވަނީ ފުން ކަނޑަށް ދަގަނޑު، ބިޔަ ހޮޅިތައް ފައްތައިގެންނެވެ. އޮގަސްޓު، 2016 ގައި ބްރިޖުގެ ޕައިލް ފައުންޑޭޝަން މަސައްކަތް ފެށީ އެ ޕްލެޓްފޯމު ނިންމުމަށް ފަހު އެވެ.
އެ ފާލަން ހަދަމުން ދިޔަ އިރު ބައެއް މީހުން ހީކުރީ އެއީ އަސްލު ބްރިޖް ކަމަށެވެ. ނަމަވެސް އެއީ ބްރިޖް އަޅަން ބޭނުންކުރާ ތަނެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން އާންމުންނަށް އެކަން ސާފުކޮށްދިނެވެ.
ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާމާނު އުފުލުން ފަދަ މައިގަނޑު ގިނަ މަސައްކަތްތަކެއް ކުރީ އެ ޕްލެޓްފޯމު މަތީގަ އެވެ. އެކަމަކު ބްރިޖު އަޅާ ނިމިފައިވާތީ، އެ ފާލަމުގެ މެދުން ބޮޑު ބައެއް މިހާރު ވަނީ ނަގައިފަ އެވެ.
ބްރިޖްގެ ފައުންޑޭޝަން މަސައްކަތްތައް ކުރަން އެޅި ޕްލެޓް ފޯމު --ފޮޓޯ/މިހާރު
ބްރިޖު ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާއިރު، ދެން އޮތީ ތާރު އެޅުމާއި ލައިޓުތައް ހަރުކުރުމެވެ. އެ މަސައްކަތް ވެސް ނިންމައި އަންނަ މަހުގެ ފަހުކޮޅު ހުޅުވޭނެ ކަމުގެ ޔަގީންކަން، ބްރިޖު އަޅާ ޗައިނާގެ ސީސީސީސީން ވަނީ ދީފަ އެވެ.
އަންނަ މަހު ފަހުކޮޅު ހުޅުވަން ނިންމާފައިވާ ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސްކަލް ދުއްވޭވަރުގެ ލޭނެއް ވެސް ވަނީ ހަދައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ ކަމަށެވެ.
މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖުން ގުޅާލާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަހަމަހުވާ
30 July 2018
ބުރިޖް އަޅަންހެދި ޕްލެޓްފޯރމް ނަަގައިފި.. އެކަމު ބުރިޖު ބަލަންށޭ ބުނެ އެޅި ޕްލެޓްފޯރމްއާއި ނިއުޕޯރޓެއް ނުނަގާ..
ޑާޑާޑާޑާޑާ
30 July 2018
އޭ މަބުނީ ތިޔަ ޕްލެޓްފޯމް ނަގާތަން ބަލަން އެހެން ޕްލެޓް ފޯމެއް ނާޅާހޭ...........
މަދޮށި
30 July 2018
މިފަހަރު މަގޭ ވޯޓް ޔާމީން ނޫން މީހަކަށް ނުދޭނަން
ފާތާނިކެ
30 July 2018
އަހަރެމެން ތިޔަކަށް ނާރާނަން.. 10ރ ފެރީމާރަނގަޅު
އާދަނު
30 July 2018
މިފަހަރު ފެރީ އުވާލާނަން.
އަބުދުބެއްޔާ
30 July 2018
"ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ ކަމަށެވެ." މި ވެސް ރަނގަޅު ވާހަކަ އެއްބާ؟
މަގުފުޅާޓިނު
30 July 2018
3 ސިކުންތުން ދެވޭނެ ވާހަކަ ކަންނޭގެ އެބުނަނީ.
އާދަނު
30 July 2018
އެމީހުން އެބުނާ ތަރަށްގީއަކީ 100 މިލިޔަނަށް އެޅޭ ބުރިޖް 300 މިލިޔަން ޑޮލަރަށްއެޅުން!
ބާދަގަނޑު
30 July 2018
100 މިލިޔަނަށް އެޅޭ ބުރިޖް ނޭޅީ ކީއްވެތަ؟ 2 އަހަރުން އަޅާ ބުރިޖް 6 މަހުންވެސް އެޅެއެއްނޫންތަ؟
ހަސަނީ
30 July 2018
ބްރިޖް ނުނިމޭނެކަން ޔަގީންވީމަ ޕްލެޓްފޯމް ގަނޑުވެސް އެއްލާލަނީ ދޯ. ނުވާނެ ތިކަމެއް.
ހސަނުސީ
30 July 2018
ހަމަ ތަ؟
އދ. މަޖިލީސް
30 July 2018
ބަޖެޓަށް ވޯޓްނުދޭ ބަޔަކުތިބެގެން ބުރިޖޭކިޔައިގެން ވާހަކަ ދައްކާނަމަ ދަތިކުރުމުގެ ފިޔަވަޅުއަޅާނަން .....
މަގުފުޅާޓިނު
30 July 2018
ބަޖެޓަށް ވޯޓު ދިނުން މުހިންމެއް ނޫން، ހަމަ އެގޮތަށް ބުރިޖު އެޅިއެއްކަމަކު ރ ޔާމީނަށް ވޯޓު ދޭކަށްވެސް ނުޖެހޭނެ، އެއީ މުޅިން އެހެން ކަމެއް، އިސްލާމީ މަރުކަޒު ބިނާކުރީތީއޭ ކިޔާފަ 2008ގަ މައުމޫނަށް ވޯޓު ދޭކަށް ނުޖެހުނު، ޚުދު މައުމޫނުވެސް އެކަން ގަބޫލުކުރޭ، ހީވަނީ މީނާގެ ޖީބުން ޚަރަދު ކޮށްގެން ހަދާ ބުރިޖެކޭ، އެކަމަކު އެހެނެއް ނޫން ދެއްތޮ.
ރަދީފް
30 July 2018
ހުދުމުޙްތާރު ސަރުކާރުން ކުރި ރަނގަޅުކަމެއް.ސާބަހޭ ހުދުމުޙްތާރު ސަރުކާރު.ވ.ވެދުން
ކަނޑާލާ
30 July 2018
ރައްޔިތުން ހިސާބަށްވުރެ ނުލިފާ، ބަސް ނާހާ ބަޔަކަށް ހެދީ މޑޕ ވެރިކަމުގައި.... އެހެންވެ ދެން އަންނަ ކޮންމެ ވެރިޔަކުވެސް މާ ލޮނު މަޑުވެގެން ނުހުރެވޭނެ......
ރަދީފް
30 July 2018
ސާބަހޭ ރައީސް ޔާމިން.