ޚަބަރު

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލަނީ!

ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.

އެކަމަކު ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާއަށް ހުށައެޅުއްވި އެ އިސްލާހުގައި އެ މާއްދާގައި މިހާރު ބުނާ ރިޝްވަތުގެ ވާހަކައާ އެއްވެސް ކަހަލަ ގުޅުމެއް ނެތް ބައިތަކެއް ހިމެނޭތީ އެއީ އަރާފައި އޮތް އޮޅުމެއްތޯ ވެސް ސުވާލު އުފެދެ އެވެ.

އިބްރާހިމް ދީދީގެ އިސްލާހުތައް އަމާޒުކުރައްވާފައި ވަނީ "ކޯޓުތަކުގެ ހުރުމަތް ކެނޑުމާ" އެވެ.

މިހާރު ހުށައަޅާފައިވާ ގޮތަށް އެ އިސްލާހު ފާސްކޮށް 510 އުވާލައިފި ނަމަ ރާއްޖޭގައި ރިޝްވަތު ހިފުމާއި ދިނުން ކުށަކަށް ވުން ހުއްޓޭނެ ކަމަށް، ގާނޫނީ ދާއިރާގެ މީހުން ދެކެ އެވެ.

އެ މާއްދާގައި ރިޝްވަތުގެ ވާހަކަ އަންނަނީ ދައުލަތުގެ މުވައްޒަފުންނާ ގުޅިގެން ކަމަށް ވާތީ، ގާނޫނީ ބައެއް މީހުން ބުނާ ގޮތުގައި، އާ އިސްލާހާ އެކު، ދައުލަތުގެ އެއްވެސް މުވައްޒަފަކާ ދެކޮޅަށް ރިޝްވަތުގެ ދައުވާއެއް ނުކުރެވޭނެ އެވެ.

މި ބިލް މިހާރު ވަނީ މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ.

Gaanoonul ugoobaathugai himeney adhabu thah bodu kuranee

Gaanoonul ugoobaathugai himeney adhabu thah bodu kuranee

The most trusted news source in the Maldives

Mihaaru

ގާނޫނުލް އުގޫބާތައް ހުށަހެޅި އިސްލާހުތައް--

ގާނޫނުލް އުގޫބާތް އެކުލަވާލުމުގައި މަސައްކަތްކުރެއްވި އަދި ކުރީގެ ޑިޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ އެ އިސްލާހު ފާސްވުމާ އެކު ދައުލަތުގެ ތެރޭގައި ރިޝްވަތުގެ އަމަލުތައް ކުށަކަށް ނުވާނެ ކަމަށެވެ.

"ދައުލަތުގެ ތެރޭގައި ހިނގާ [ރިޝްވަތުގެ] އަމަލުތައް އެއީ އަދަބު ދޭން ނުޖެހޭ ކަމެއް ކަމަށް ސަރުކާރުން ނިންމާފައި އެވަނީ. އެ އިސްލާހު ފާސްވުމުން ދައުލަތުގެ ތެރޭގައި ހިންގާ [ރިޝްވަތުގެ] މައްސަތައް ބެލޭނެ ގޮތެއް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިސްލާހާ އެކު ގާނޫނުލް އުގޫބާތުގެ ތަރުތީބަށް ވެސް އޮޅުންތަކެއް އަރާނެ ކަމަށެވެ. އެ ގާނޫނު ބައްޓަން ކޮށްފައިވާ ގޮތަށް ބަލާއިރު 510 ވަނަ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ ހިމަނަން ޖެހޭނީ ރިޝްވަތާ ބެހޭ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑުމާ ބެހޭ ބައެއް ހިމަނާ ނަމަ، ޝަމީމް ވިދާޅުވި ގޮތުގައި، އެ ބައި އަންނަން ޖެހޭނީ 530 ވަނަ މާއްދާއަށެވެ.

ދިގު މުއްދަތެއްގެ މަސައްކަތަށް ފަހު 2014 ގައި ފާސްކުރި ގާނޫނުލްއުގޫބާތަށް ހުށައެޅި މި އިސްލާހާ ބެހޭ ގޮތުން އިބްރާހިމް ދީދީ އާއި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާންގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

97 ކޮމެންޓް, 449 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 2%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީދީ

01 August 2018

އެންމެފަހުން އަމިއްލަ ޕާޓީން ގުއިރޯނުގަ ޖެއްސީދޯ. ވަރައް ސަލާން އަދުރޭއާ ނިހާނައް

The name is already taken The name is available. Register?

ފަސާހަތް

01 August 2018

ﷲ ސުބުހާނަހޫ ވަތައާލާ ހަރާންކުރެއްވި ކަމެއް ހަލާލުކަމުގައި ހަދައި ހަލާލްކަމެއް ހަރާމްކަމެއްގެ ގޮތުގައި ހަދައި އެހެދި ބަޔަކަށް ތަބާވެ އެކަން ޤާބޫލްކުރާމީހާއަކީ ޝިރުކުކޮށްފި މީހެއްގެ ގޮތުގައި އަހަރެމެންނަށް އެނގެނީ. އެހެންވީމާ މިފަދަ ޤާނޫނުތައްހަދާ ބާރުހުރި ފަރާތްތަކުން އެމައްޗަށް ރައްޔިތުންގެ ބޯ ގަދަބާރުން ލަންބުވާނަމަ އެއީ ކޮންކަހަލަ ވެރިންނެއްތޯ؟ ދީނީ ޢިލުމްވެރިން ސާފުކޮށްދެއްވަ ބައްލަވާ؟؟؟؟؟

The name is already taken The name is available. Register?

ގަހާގުއި ދޮންތި

01 August 2018

މިކަލޭގެ މިފަހަރަވެސް ހޮވާއްޖެހޭހެއް ބޮނޑަ ޖޯކަރެއް

The name is already taken The name is available. Register?

ޛުލޭ

31 July 2018

އެ އިޞްލާޙު ފާސްވުމުން ދައުލަތުގެ ތެރޭގައި ހިނގާ ރިޝްވަތުގެ މައސަލަތައް ބެލޭނެ ގޮތެއް ނޯންނާނެކަމަށް ބުނެ ޝަމީމް އެ ހެދީ ކަނޑައެޅިގެން ބޮޑު ދޮގެއް. ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ރިޝްވަތުގެ ކުށާއި އެ ކުށުގެ އަދަބު ބަޔާންކޮށްފައިވޭ. މިކަން ރައްޔިތުންނަށް އޮޅުންފިލައިދާނެތީ މި ކޮމެންޓް ނުޖަހާނެ.

The name is already taken The name is available. Register?

ގައިސް

31 July 2018

ވޯތް ގެ ކުރިން ތިޔަކަހަލަ ސަކަރާތް ނުޖެހުން އެދެން.

The name is already taken The name is available. Register?

އީމަން

31 July 2018

އިންސާނުންނަށް ﷲ ހަރާން ކުރެވި ކަމެއް، އެއީ ހާލަލް ކަންމެއް ގޮތަށް ބަލައިގަތުން، މިއީ ހައްތަހާވެސް މަހުދީގެފާނު ފާޅު ކުރައްވާނެ ކަމުގެ އަލާމާތް ތަކެވެ.

The name is already taken The name is available. Register?

މަރީ

31 July 2018

މިހުންނަނީ އިސްލާމްދީނާ ދެކޮޅުކަންތައްތަކެއް ނޫންބާ؟ ތަނެއްގަ ބުދެއް ހުރީމަ ދޯ އިސްލާމްދީން މަތިން ހަނދާންވަނީ. ވައްކަމާ، ފޭރުމާ، މީހުން މެރުމާވެސް ދެން ކުށަކަށް ނުވާނެތާ މިވަރުން ގޮސް. އިސްލާމްދީން އަކީ ކޯއްޗެއްކަން އެބަޖެހޭ ތަންކޮޅެއް ރަނގަޅަށް ދަސްކުރަން.

The name is already taken The name is available. Register?

ރައްޔިތުން

31 July 2018

ވޯޓުން ނޮހެވޭނެކަން ކަށަވަރުވާތީ ފަހު ދުވަސްކޮޅު ގާތްމީޙުންނަށް ފައިސާ ނެގޭނެ ގޮތް ހަދައިދީ އަދި މި ދައުރުގައި ހިންގާފައިވާ ރިޝްވަތު މައްސަލަތައް ހިތުން ނުބެލޭނެ ގޮތް ހަދައިދީ ރިޝްވަތުގެ އަމަލު ހިންގާ މީހުންނަށް ތަސައްލީއެއްް ދެވޭތޯ އާއި ރާއްޖޭގެ ހުރި ޢިލްމުވެރިޔެއްކަމުގައިވާ ޝަހީމުގެ އިތުބާރު ރައްޔިތުން ވޯޓުން ގެއްލުވާލަން ކުރާ މަސައްކަތް ޔާމީން ކުރާތަން މިފެންނަނީ

The name is already taken The name is available. Register?

ފަލަޑޭ

31 July 2018

ސުބުހާނަﷲ. އައިބީ ކޮންފަދަ މަޅިއެއްގަ ތިބެދުނީ. ހީވަނީ މަޖުބޫރުންހެންް. ކިހާހުތުރު

The name is already taken The name is available. Register?

ސީސީސީ

31 July 2018

ކުރިކަންތަށް ފޮރުވުމުގެ މަސައްކަތްފެށީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454