ޚަބަރު / ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީންގެ ކެމްޕޭން ލޯގޯގެ ސިފަޔަށް ސަޕޯޓަރުން އެތުރިލައިފި

ހުޅުމާލޭގައި ދިރިއުޅޭ މީހުން ނުކުމެ، މިއަދު ރައީސް ޔާމީންގެ ކެމްޕެއިން ލޯގޯއަށް އެތުރިގެން. -

ހުޅުމާލޭގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން ނުކުމެ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯގޯގެ ބައްޓަމަން އެތުރި ކެމްޕޭންގެ ފޯރި ދައްކާލައިފި އެވެ. މިއީ މިފަހަރުގެ ކެމްޕޭންގައި ފެނުނު ތަފާތު މަންޒަރެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހަރަކާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބުންޔާމީނާއި އެ ކުންފުނީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.

ހުޅުމާލޭ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ބުންޔާމީން "މިހާރު"އަށް ވިދާޅުވީ މިއަދުގެ ހަރަކާތުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. އެއީ ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ޕީޕީއެމްގެ ސަޕޯޓަރުން ހިނގަނީ

"ރައީސް ޔާމީން 2018" ކެމްޕެއިން ލޯގޯގެ ބައްޓަމަށް ޕީޕީއެމް ސަޕޯޓަރުން އެތުރުމަށް ފަހު، އެމީހުން ވަނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލައިފަ އެވެ. ރައީސް ޔާމީނަށް އެމީހުންގެ ތާއީދު އޮތް ސަބަބު ހާމަކޮށް، އެކި ޝުއޫރުތައް ފާޅުކުރަމުން ގެންދިޔަ އެވެ.

ބުންޔާމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް، ހުޅުމާލޭގައި ތަފާތު ހަރަކާތްތަކެއް ހިންގަން ޕީޕީއެމުން ރާވަމުން އަންނަ ކަމަށެވެ. މިހާތަނަށް ހުޅުމާލޭގައި ބޭއްވި ރައީސް ޔާމީންގެ ކެމްޕޭން ހުރިހާ ހަރަކާތެއް ވެސް ކާމިޔާބުކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުންގެ ބޮޑު ތާއީދެއް އެ ހަރަކާތްތަކަށް ލިބޭ،" ބުންޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ހަރަކާތުގައި އުމުރުން ދުވަސްވީ މީހަކު ކުޑައެއް ހިފައިގެން.

ރައީސް ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން، ހުޅުމާލޭގެ ކެމްޕެއިން ޓީމުން މިދިޔަ ހުކުރު ދުވަހު ހިނގާލުމެއް ބޭއްވި އެވެ. އެގޮތުން، ޕީޕީއެމްގެ ދިދަ، ފްލެޓުތަކުގައި ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، ޕާޓީގެ ދިދަ ވަނީ ފްލެޓުތަކުގައި އުޅޭ މީހުންނަށް ހަދިޔާކޮށްފަ އެވެ.

ހުޅުމާލެއަކީ މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކުގައި ދިދަ ފަތި ދެމުމާއި ރައީސް ޔާމީންގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ގެތަކުގައި މިހާރު ވަނީ ޕީޕީއެމްގެ ދިދަ ވެސް ހަރުކޮށްފަ އެވެ.

59 ކޮމެންޓް, 425 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަށްޑޫ މީހާ

05 August 2018

ތިޔަހެން ގަދަކަމުން މުވައްޒަފުން ގެންގޮސް ކުރުވާކަމަކުން އިދިކޮޅު މީހުން ހިތަކަށް އެކައްޗެކޭވެސް ނާރާނެ. އިދިކޮޅު މީހުން މި އިންްތިހާބު ކާމިޔާބު ކޮއްލާނީ އެއްބުރުން.

The name is already taken The name is available. Register?

ޔަސް

05 August 2018

މިޤައުމުގެ އުއްމީދަކީ ރައީސް ޔާމީން

The name is already taken The name is available. Register?

ޢަޅުމީހާ

05 August 2018

ކޮންމެ މީހަކުވެސް ބަލާނީ އަގީދާޔަށް ސިފަޔަކަށް ކުލަޔަކަށް ނުބަލާނެ

The name is already taken The name is available. Register?

ޒާދީ

04 August 2018

ބުންޔާމީނު ތިޖަހާ ހިސާބަކީ ރައީސް އަށް ލިބޭނެ ދެރައެއް. ހުޅުމާލެެއިން އަދި ފަންސާސް އިންސައްތަ ލިބޭނެކަންވެސް ޔަޤީން ނޫން. ގިނަ ފުލެޓްތަކުގަތިބީ މިސަރުކާރަށް ނޫނެކޭ ބުނާނެ އެމްޑީޕީ އާއި ޖޭޕީ އާއި އެފަރާތްތަކުގެ ސަޕޯޓަރުން. އެހެންވީމަ ވަރަށް މަސައްކަތުންނޫނީ 60 ޕަސެންޓްވެސް ނޭރުވޭނެ.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

04 August 2018

މާޒީ އާއި މިއަދުވެސް ދުނިޔެ ހިގާފައިވާގޮތް އަދި އަމުދުން އެކިދައުލަތްތަކުގެ ވެރިކަމުގެ ވައްޓަފާޅިއާއި “ވެރިކަމަށް ބިރުން ރައްޔިތުން މަޖުބޫރުން ހިތާއި ނަފުސަށް އަމިއްލައަށް އަނިޔާވެރިވާ ހާލު” ތިމާމެން މިކަން ކުރަނީ “އެއްވެސް މީހަކުދެކެ ބިރުން ނުވަތަ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް އޮވެގެން ނޫން”ކަމަށް ވެސް ބުނެ އަމިއްލަ ނަފުސަށްވެސް “ދޮގު ހެދުމަށް” މަޖުބޫރު ކުރުވާފައިވޭ. . . . . އެޑޮލްފް ހިޓްލަރާއި، ޕޮލްޕޮޓް އަދި އިޑީ އަމިން ފަދަ ޖައްބާރު އަނިޔާވެރި ވެރިންނަކީ މާޒީ ކަމުގައިވިޔަސް “މިއަދުގެ ދުނިޔޭގައިވެސް ހަމަ އެފަދަ ނުލަފާ ވެރިކަން ކުރަމުންދާކަން” ޤަބޫލު ކުރާންޖެހޭ. . . . . އެފަދަ އަނިޔާވެރި ވެރިން ވަރަށް ގިނައިން ބުނާނެ “މިއީ ފިކުރީ ހަނޤުރާމައިގެ ދުވަސްވަރު ކަމަށާއި، މިހާރު ޤައުމުތަށް އަޅުވެތި ކުރަނީ ހަތިޔާރު ބޭނުންނުކޮށް ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ކުޅެގެން”ކަމަށް. . . . ތެދެއް. މިއަދު ހުދުމުހުތާރު ވެރިން ސީދާ ރައްޔިތުންގެ “ކަނދުރާ އިން ބޯ ވަކިކޮށްލާކަށް ބޭނުމެއްނުވޭ”

The name is already taken The name is available. Register?

އަދުރޭ23

04 August 2018

4 ފެރީީގަ މާލެއިން ގެނައި ސަޕޯޓަރުން ނާއި ހުޅުމާލެ ރައިއްޔަތުން.....

The name is already taken The name is available. Register?

ހެހެހެ

04 August 2018

ރީނދޫސް އަށް ތާއީދު އޮތް ވަރުން އެއްވުމެއް ބާއްވާލާކަށް ދިދަގަނޑެއް ދަމަން ނިކުމެލާކަށް ކެރެނީކީ ނޫން. އަޅެ ދެރަވޭ.

The name is already taken The name is available. Register?

ވަހީދު

04 August 2018

ނިކުންނަ ތަނުން ފުލުހުން އައިސް އެކަން ހުއްޓުވާ ދިދަތަށް ނަގަނީވިއްޔަ. އެއްވެލާއިރަަށް މަގު ބަންދު ކުރޭ. ހެހެހެ. އަހަރެން ހަމްދަރުދީވަން ފުލުހުންދެކެ

The name is already taken The name is available. Register?

ސިފާޒް ޖޯރޭ

04 August 2018

މަޖުބޫޫރު ކުރާކައް ނުޖެހެޔޭ އަހަރެމެން އުފަލުން ދާނަން ގެރޭ

The name is already taken The name is available. Register?

އައްބާސް ނާސިރު

04 August 2018

ރައީސް ޔާމީންއަށް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ތާއީދު ކުރަނީ އެއްވެސް މަޖުބޫރު ކަމެއްނެތި ،

The name is already taken The name is available. Register?

ޢަދުރޭ

04 August 2018

ކަލެއާކަލޭ އާއިލާ ޔާމީނަށް ތާއިދު ނުކޮށް ލާހިކެއް ނޫން އުޅޭކަށް

The name is already taken The name is available. Register?

ތޮއްޓޭ

04 August 2018

ޙަގީގަތުގައިވެސް ޕޕމ އެއްވުން ތަކައް ގިނަމީހުން ނިކުންނަނީ ނުނިކުމެފިނަމަ ވަޒީފާ ގެއްލުވާލާނެކަމުގެ ބިރައް. ޢެކަން ސާފުކޮށް އެނގޭ. ނިކަމެތިވެގެން ދާނީ އެމީހެއްގެ އާއިލާ. މިސަބަބައްޓަކައި އެބޭފުޅުން ނިކުތުން ބުއްދިވެރި.

The name is already taken The name is available. Register?

ދދދދދދދދ

04 August 2018

ތިހެން ކިޔައިގެން ނަމަވެސް ހިތަށް ހަމަޖެހުމެއް ގެނެވޭތޯ ހިންމަތް ކުރޭ. އަހަރުމެން ދަނީ ދާހިތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454