ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މަޖިލީހުގައި: އޭނާއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު -- ފޮޓޯ/މަޖިލިސް
06 އޯގަސްޓް 2018 - 15:27
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނަވާ މެމްބަރު ރިޒާ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހަމަޖެއްސީ މިއަދު ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ކޮމިޝަންގެ މެމްބަރުންނެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުންނެވެ. ފައިސަލް ޖޭއެސްސީގައި ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުންނެވެ.
ފައިސަލް ހައި ކޯޓަށް އައްޔަން ކުރުމުން، ރައީސްގެ މެމްބަރެއްގެ ގޮތުގައި ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ދާދިފަހުން ވަނީ ޖޭއެސްސީ އަށް އައްޔަން ކޮށްފަ އެވެ. ސަލީމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ރައީސްގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީ ގައި އިންނެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
07 August 2018
ޖުޑިސަރީއާއި ފަނޑިޔާރުންގެ މިނިވަންކަން އާސްމާނަށް ތިހިރަ އަރަނީ.
މަރޭމިތުރާ
06 August 2018
[[މުޅިއޮޑީގައި ހަސަނުގެ ދެފައި މިފެންނަނީ! ކުޅިގަނޑު އިތުރަށް ކުޅެން އެރާވަނީ!]]
މަރޭމިތުރާ
06 August 2018
[[ހުރިހާބާރެއް އެއްކޮށްލީ އެއްމުށަކަށް! ހުރިހާކަމެއް ޔާމީނަށް ކުރެވޭނެގޮތައް!]]
ޢަލިދީދީއައްޑޫސިޓީ
06 August 2018
މިއީ އެންމެ ފުރަތަމަ އިޞްލާޙު ކުރަންޖެހޭ ކަމަކީ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް. ޝަރުޢީ ދާއިރާ އަށް ހުރިހާ ނުފޫޒެއް ފޯރުވަނީ މިތަނުގެ އެތެރެއިން. މިއީ، ވަރަށް ކައިރިން ފެނި ތަޖުރިބާ ކޮށްފަ މިބުނަނީ. މާލޭގެ ކޯޓުތަކެއް އެކަންޏެއް ނޫން. ރާއްޖޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް މިބޭފުޅުން ވަޑައިގެން އެބަހުރި "ގޮތްގޮތް ހަދައި" ހުކުމް ޖައްސާފަ.
އާދަނު
06 August 2018
ޔާމީނުގެ ޕަޕެެޓެއް.
ޖޭމު
06 August 2018
މިއީ ޤާނޫނު އަސާސީ ލިޔެ ފާސް ކުރި އިރު ތިބި މީހުން ވެސް އެކަން ބޭނުންވި ގޮތެވެ.އެހެން ނޫން ނަމަ މަޖްލީސްގެ ރައީސް އާއި މަޖްލީސްގެ މެމްބަރަކާއި މަޖްލީހުން ހޮވާ މީހަކާއި ބަންޑާރަ ނައިބޭ މީހަކާއި ރައީސް ޢައްޔަން ކުރާ މީހަކާ ހުސް ސިޔާސީ މީހުނަށް ޖޭއެސްސީގެ އަޣްލަބިއްޔަތު އޮންނަ ގޮތަށް ޤާނޫން އަސާސީ ނުުހެދީސް އެވެ
ޝުޖާއުދީދީ ހަސަން ސަލީމު.
06 August 2018
ޖުޑީޝަރީގެ އިސް މަޤާމު ތަކަށް ގއ ވިލިނގިލީ އަދި މާމެންދޫ އަދި ނިލަންދޫ ބޭފުޅުން ގިނަވެއްޖެ އެވެ.މިއީ ހަމަ އިއްތިފާޤެއް ބާއެވެ.
ދިރާސާ ކުރާ މީހާ
06 August 2018
މިއީ އިބްރާހީމް އިސްމާއިލް( އިބްރާ) މެން ޤާނޫނު އަސާސީ ހެދި ކޮމެޓީގެ މުޤައްރަރު އަކަށް ހުރެގެން ހުރެގެން ޤަސްތުގައި ރޭވި ގޮތަށް ހިނގި ކަމެކެވެ. އިބުރާ މެންގެ ނިޔަތަކީ ވެސް މަޖްލީސް މެމްބަރެއްގެ ހައިސިއްޔަތުން ނުވަތަ މަޖްލީހުން ހޮވާ ޢާއްމު މެމްބަރެއްގެ ހައިސިއްޔަތުނަ ނަމަވެސް ޖޭއެސްސީ އަށް ވަދެ ޖޭއެސްސީގެ ރައީސް ކަން ހޯދުނެވެ. ކުރު ގޮތަކަށް ބުނާނަމަ ޤާނޫނީ ބޭފުޅަކަށް ނުވެ ހުރެ ފަނޑިޔާރުންގެ ވެސް ފަނޑިޔާރު ކަން ހޯދުނެވެ. ދެން ހިތާމަ ކުރާނެ ކަމެއް ނެތެވެ.
އަމިއްލަ އެދުމަށް
06 August 2018
ދެން މަސީހުއަށް ޖޭއެސްސީގެ ރައީސް ކަން ދޭށެވެ.އެކަން ވެސް ޤަނޫނުގައި މަނާ ކޮށްފައެއް ނެތެއް ނޫން ތޯއެވެ؟
ބޮޑު ނުލަފާ
06 August 2018
ދެން ހައިކޯޓަށް ދާން އުޅޭށެވެ. .މުޅިން އާ ވައްތަރެއްގެ ކުޅިގަޑެއް ފެށީއެވެ.މިހާރުގެ މި ވެރިކަމަކީ ވަރަށް ޑާޓީ ވެރިކަނެކެވެ.