ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރަނިކޮށް ކ. ކައިރިން އަލިފާން ރޯވި ލޯންޗް. ފޮޓޯ: އެމްއެންޑީއެފް
08 އޯގަސްޓް 2018 - 13:04
ކ. ހުރާ އިން ޓޫރިސްޓުން ގޮވައިގެން ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނުގައި މިއަދު ރޯވެ ގެއްލުން ވެއްޖެ އެވެ.
އެ ހާދިސާ ހިނގިއިރު، ލޯންޗު ގައި 20 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިން އަދި ޓޫރިސްޓް ގައިޑެއް ވެސް ހުއްޓެވެ. އެއިން ވެސް މީހަކަށް ގެއްލުމެއް ނުވެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ 25 މީހުން ގޮވައިގެން ހުރާ ކައިރިން ދަތުރުކުރި "އޯކިޑް 40" ގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 10:50 ގައި ކަމަށެވެ. އަދި އެ ލޯންޗުގައި ތިބި ޓޫރިސްޓުން ބަނޑޮސް އައިލެންޑް ރިސޯޓުގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކ. ހުރާ ކައިރިން ދަތުރުކުރަނިކޮށް ރޯވި ލޯންޗް. ފޮޓޯ: އެމްއެންޑީއެފް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާތިބޭތި
08 August 2018
ވިސްނާތި ވިސްނާތި ވިސްނާތިބޭތި! ކޯލިޝަން ދަތުރުކުރާ ލޯންޗު ފަހަރު ސެކިއުރިޓީ ކެޗް ނުކޮށް ނުފުރާތި!