ޚަބަރު / މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓަރު

ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ

ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ--- ފޮޓޯ: މިހާރު

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާދަވެރި ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ ވިދާޅުވީ ފައިސާ ހޯދާ ގޮތް ބަލަން ނުޖެހޭ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ދާއިރު އެއީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ގެއަށް "ހަލާލު ނޫން ފައިސާ" ވަދެފައިވާ ކަމަށް އިއުތިރާފްވެވަޑައިގެންފައިވާއިރު ފައިސާ ހޯދާ ގޮތް ރައްޔިތުން އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ތިބީ ހަލާލު ނޫން ފައިސާ އެމީހުންގެ ތެރެއަށް ގެނެސްގެން އެމީހުން ތިބީ އެބޭނުން ކުރާ ގޮތަކަށް ނޫން. އެހެންވީމަ ރައްޔިތުންނަށް ރައީސް ޔާމީން ފައިސާއޭ ވިދާޅުވެފައި ތިމަންނަ އެހޯދާ ގޮތާ ބެހޭ ގޮތުން ސުވާލު ނުކުރާށެކޭ ވިދާޅުވިޔަކަސް ރައްޔިތުންނަށް އެކަން ދޫކުރެވޭ ގޮތަކަށް ނެތް،" މާރިޔާ ވިދާޅުވި އެވެ.

Faisaa hoadhaa gothuge suvaaleh nukuraane, Rayyithun alhugandah ithubaaru kurey: Raees Yameen

Faisaa hoadhaa gothuge suvaaleh nukuraane, Rayyithun alhugandah ithubaaru kurey: Raees Yameen

The most trusted news source in the Maldives

Mihaaru

ފައިސާ ހޯދާ ގޮތް ބަލަން ރައްޔިތުން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވުން--

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ހައްލު ކޮށްދިނުން ކަމަށެވެ. އަދި އެކަން ފުއްދަން ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް މި ސަރުކާރުން ވެފައިވާއިރު ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރެވޭ ގޮތް ސާފު ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

"ރައްޔިތުންގެ މާލިއްޔާއިން ހަރަދު ކުރެވޭ ކަމަށް ވާ ނަމަ ފައިސާ ހޯދި ގޮތާއި ފައިސާ ހަރަދު ކުރެވުނު ގޮތާއި ފައިސާގެ އެންމެ ބޮޑު ލާރިއެއް ވެސް އެ އެކައުންޓް ކުރެވޭ ގޮތަށް ނޫނީ އެކަމެއް ނުކުރެވޭނެ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ނަންގަވާ ބޮޑެތި ލޯންތަކަށް އަންނަން އޮތް ޖީލުތަކުން ޒިންމާވާން ޖެހޭ ކަމަށެވެ. އެ ލޯންތައް ނަގަމުން ދަނީ ރައްޔިތުންނަށް އެކަންކަމުގެ ތަފްސީލު ނުދެއްވައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި ރަށްތަކުގައި ހިންގާފައިވާ މަޝްރޫތަކުގެ ތަފްސީލު ހިމަނައި ސަރުކާރުން ނެރުނު "ރަށްވެހި ތަރައްގީ" ފޮތުގެ ހިސާބުތައް ދެކޮޅެއް ނުޖެހެ އެވެ. އެއްކަހަލަ ޕްރޮޖެކްތަކެއް އެތައް އަގެއްގައި ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް އެނގޭނީ ވެރިމީހާއަށް ކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތު އެނގެން ނުޖެހޭ ކަމަށް ދެކޭ ނަމަ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހުރިހާ ނިންމުމެއް ނިންމައި ރައްޔިތުންނަށް ޖަވާބު ދާރީވާން ނުޖެހޭނެ ކަމަށް ދުށުމަކީ ރަސްކަމުގެ ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.

22 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޮކްތެރަޕީ

09 August 2018

މެގަ މޮލްޑިވްސް އުފެއްދީ ކިހިނެއްކަން ކިޔާދެން އެބަޖެހޭ.

The name is already taken The name is available. Register?

ޢާޢޤޞަށޤ

09 August 2018

މެގަ މޯލްޑިވްސް ހުޅުވީ ކޮނަތަނަކުން ހޯދި ފައިސާ ކަން ވިދާޅުވެ ދެއްވަފާނަންތޯ. ، މިޔައް މާރީ ވިދާޅު ވަނީ ކީކޭތޯ؟

The name is already taken The name is available. Register?

ައަލި

09 August 2018

ހެހެހެހެ. މާރީ މެންނަން ތަރައްގީ ނުކުރެވުނު. ދެންޖެހީ ގައުމުގަ ހުޅު. އެދުވަސްތައް ހަނދާން އެބަހުރި. ތަޅާނެ ކުދިންކޮޅެއް ހޯދި ދުވަސްތައްވެސް...

The name is already taken The name is available. Register?

ނަޝީ

09 August 2018

ނުޖެހޭ ބުނާކަށް .އިމާރަތްތަކާއި ފުޅާވުމަުންދާ މަގުތަކައި ބިންތަކުން ފެންނާނެ ރުފިޔާ . މާރިޔާއަކަށް ނޭގޭތަ ރުފިޔާ ދެނީ ބޭންކުތަކުންނާއި ޢެހެނިހެން ސަރުކާރުތަކުންނޭ. އެއީ ކޮނެފައި ނަގާއެއްޗެއް ނޫންކަމެއް ނޭގޭތަ؟

The name is already taken The name is available. Register?

Mohamed Ihsaan Ibrahim

09 August 2018

ބަލަ ރައީސް ޔާމީން ވިދާޅުވަނީ ތަންތަން ތަރައްގީކުރާނީ ލޯނު ނަގައިގެން ނުވަތަ އެކުވެރި ދަޢުލަތްތަކުގެ އެހީގައޭ.

The name is already taken The name is available. Register?

ރަދީފުލް އައްވަލް

09 August 2018

މާރިއައްތާ! އެވަރަށް ޗުކުޗުކު ނުތަޅުވަބަލަ. އެކަމަކު މުސްކުަޅިވީމާ ޗުކުޗުކު ނުތަޅުވާވެސް ނުހުރެވޭނެ ދެއްތޯ.

The name is already taken The name is available. Register?

ބެނޭ

09 August 2018

މާރިޔާވެސް މިއަދު ތިވާހަކަ ދައްކާކަށް ރީއްޗެއްނޫން. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފަހުން މަޖްލިސްކުރާގޭގަ ބޭއްވުނު އެއްވެސް ބަޖެޓާބެހޭ ބިލްއަކަށް ވޯޓްދިންއިރު މާރިޔާ ވީތަނެއް އެގޭމީހަކުނޫޅޭ. އެހެންވީމަ މިއަދު ތިދައްކާ ވާހަކަ އެއްގޮތަކަށްވެސް ކަމަކު ނުދޭ.

The name is already taken The name is available. Register?

މަރީ

09 August 2018

މެގަ މޯލްޑިވްސް ޑީލްއަށް ވީ ގޮތް ވިދާޅުވެދެއްވަ ބައްލަވަ

The name is already taken The name is available. Register?

ކްލޮރޮފީލް

09 August 2018

މާރިޔާ އަށް އިޙްތިރާމް ކުރަން. ނަމަވެސް ކަމަނާ 2008 އިން ފެށިގެން 2018 އާއި ދެމެދު ފާސްކުރެވުނު ބަޖެޓްތަކާއި އަދި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކަށް ވޯޓްދެއްވާފައި ނުވާތީ ހިތާމަކުރަން. އަދި މީގެ އިތުރުން ރައްޔިތުން ކަމަނާ އާއި ޙަވާލުކޮށްފައިވާ ޒިންމާ އަދާ ނުކުރައްވާ މަހުން މަހަށް ދައުލަތުގެ މާލިއްޔަތުން ރައްޔިތުންގެ ފައިސާ ނަންގަވާއިރު އެފައިސާ އަކީ ޙަލާލު އެއްޗެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލުން މުހިންމު. މާތްﷲ ކަމަނާއަށް ތެދުމަގު ދައްކަވާށި!

The name is already taken The name is available. Register?

ގައިސް

09 August 2018

މާރިޔާ މަޖިލީހަށް ހާޒިރު ނުވެ މުސާރަ ނަންގަވަމުން ދާ މައްސަލަ ރައްޔިތުން ސާފު ކުރަން ބޭނުމެއް ނުވާނެތަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454