އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރާ ހެލިކޮޕްޓަރެއް: އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމު ސިފައިންގެ 48 މީހަކު ރާއްޖޭގައި ދަނީ ދިރިއުޅެމުން -- މިހާރު ފައިލް ފޮޓޯ
11 އޯގަސްޓް 2018 - 19:15
އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރި ދެ ހެލިކޮޕްޓަރު އާންމު ގޮތެއްގައި ބޭނުންކުރީ ބަލި މީހުން އުފުލަން ކަމަށާއި އެކަމަކު އެކަން އަމިއްލައަށް ކުރެވޭ ވަރަށް ރާއްޖޭގެ ވަސީލަތްތައް މިހާރު ކުރިއަރާފައި ވާތީ އެ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް، ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިފައިންގެ 50 މީހަކު ރާއްޖޭގައި ތިބެ އެވެ. ނަމަވެސް ދެ ހެލިކޮޕްޓަރާއި އޭގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބޭ މީހުން ވެސް ޖޫން މަހުގެ ނިޔަލަށް ގެންދަން ރާއްޖޭން އިންޑިއާ އަށް ވަނީ އަންގައިފަ އެވެ. މި މުއްދަތު ފަހަނަޅައި ގޮސްފައި ވިޔަސް ހެލިކޮޕްޓަރާއި މީހުން ވެސް އަދި ނުގެންދާ ކަމަށް އިންޑިއާ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ ވެސް ހަމަވެފައިވާ ކަމަށާއި އެކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ހަމަޖައްސަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
"އެއީ [ދެ ހެލިކޮޕްޓަރަކީ] މީގެ ކުރިން ވަރަށް ބޭނުންތެރި އެއްޗަކަށްވި. އެކަމަކު މިހާރު ވަސީލަތްތައް ކުރިއަރާފައި ވާތީ، ބަލި މީހުން އުފުލުމަކީ މިހާރު އަމިއްލައަށް ކުރެވޭނެ ކަމެއް،" ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވި އެވެ.
އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގަ އެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ގަން އެއާޕޯޓުގަ އެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު މިދިޔަ އޭޕްރީލް މަހު ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައިދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.
ހެލިކޮޕްޓަރުތައް ގެންދަން އެންގުމަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް އަހްމަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް މިހާރުވެސް ކޮންމެ މަހަކު އެއްފަހަރު ރާއްޖެ އާއި އިންޑިއާ ގުޅިގެން އޮޕަރޭޝަންތައް ހިންގާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އިން ގެނެސްފައި އޮތް މި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީއާ އެކު ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އިންޑިޔާ އިން އެއްބަސްވެފައިވާތީ ކަމަށެވެ. އިންޑިއާ އިން ރާއްޖެ އަށް ދެ ހެލިކޮޕްޓަރު ގެނައީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތު މި އަހަރުގެ އޭޕްރީލް މަހު ހަމަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
13 August 2018
...އިންޑިޔާ އިން އެމީހުން ގެންގުޅުނު ކުޑަ ކޯސްޓް ގާޑު ލޯންޗެއް ދިނީމާ ދިވެހި ރައްޔިތުން ބިރުގަންނަވަން އެއަށް، މަނަވަރު ކިޔައިގެން ތިބި ބަޔަކު ސިއްހީ ވަސީލަތް ތައް މަތިވެގެންގޮސް، ބަލިމީހުން ހެލިކޮޕްޓަރު ގައި ނުއުފުލާ، މިހާރު އުފުލަމުން މިގެންދަނީ ބޮޑެތި ބަރޯ ގައި..ނިކަން އިންޑިޔާ އަހަރެމެންނާ އަރާ ހަމަ ކޮއްލަބަލަ...ގޮތާ ފޮތާ ނެތުނީމާ ވާނެ ހުރިހާކަމެއް މިދަނީ ފެންނަމުން.
ނަޝީ
12 August 2018
ރާއްޖޭގެ މައްޗަށް ނުބައި ނުފޫޒު ފޯރުވާ ހުރިހާ ގައުމެއްގެ ކިބައިން ރާއްޖެ ސަލާމަތް ކުރައްވާންދޭވެ. އާމީން.
........
13 August 2018
އާމީން.
Citizens
12 August 2018
އަހަރެމެން ހެލިކޮޕްޓަރ އުފައްދަން ފެށީމަ އޭގެ ބޭނުން ކެނޑޭނެ އެއްނު
ދުންޏާ
12 August 2018
ތިދަނީ އިންޑިޔާގެ އަޅުވެތިކަމުން ޗައިނާގެ އަޅުވެތިކަމަށް! ކޮންއިރަކުންތަ މިޤަޢުމުވާނީ މިނިވަން ދަޢުލަތަކަށް ވާނީ! ތިސަފީރުގެ ވެސް ބޭނުން ކެނޑިއްޖެ!
ހަސަން ޒަކީ
12 August 2018
ތަރައްޤީވުމަށް އެޙީވާނަމަ، އެއެޙީއެއްގެ ފުރިހަމަ މަންފާ ރައްޔިތުންނަށްލިބި، ރައްޔިތުން އެޙީއަކާއި ނުލާ އުޅެވޭވަރު ވުމުން، ދިން އެޙީގެބަދަލުގައި ޑިމާންޑުތައްކޮށް ބޯދާ ގޮތްގޮތަށް އުޅުމަކީ، 'އެޙީ' ދިނުމުގެ ނަމުގައި އޮޅުވާލައިގެން ބޮލުގައި ދަރަނި އެޅުވުމެވެ. އިންޑިއާގެ އަމަލުތަށް ހުރިގޮތުން ކަންބޮޑުވަމެވެ!
ޒުވާނާ
12 August 2018
ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އިންޑިޔާގެ ސިފައިން މި ގައުމުން ބޭރު ކުރަން ޖެހޭ.
އެމެރިކާ
12 August 2018
މިތާ ކޮމެންޓް ކުރާ ކުދިވެރިންނަށް ބުނެލަން. ލ. ފޮނަދޫގައި ހުއިފިލަނޑާ އާލާކުރަން އައިސް އެއުޅޭ އެމެރިކާކުދިން އެކުރަނީ ކޮންކަމއެއްތޯ؟ ވޭތުވެ ދިޔަ 6 އަހަރުތެރޭ އަދި އެންމެ އެއްޗެއްވެސް ބޭރެއްނުކުރެ. ހަމަ މުޅި ސަރަހައްދު ހިފަމުން އެދަނީ
ނަޝީ
12 August 2018
ކޮމެންޓު ކުރާކުދިންނަށް އެކުދިން ބޭރުކުރެވޭނެބާ؟
ދައްޖޭ
12 August 2018
އެއްކަލަ ހެލިކޮޕްޓަރު. އަދިވެސް ގެންދާކަށް ނޫޅެޔޭ. ފާޑުފާޑަށް ތިހެންއުޅެންޔާ ތަވާއިން ޖަހާފާނަމޭ ބުންޔަސް ނުކެރޭނެ ޖަހާކަށް.
ނަޝީ
12 August 2018
ރާއްޖޭގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ވަރަށްހިތާމަހުރި ކަމެއް
އަސި
12 August 2018
އިންޑިއާގެ މިހާރުގެ ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންނަށް ރަހްމެއް ޙަމްދަރުދީއެއް ކީއްކުރަންތޯ އިންސާނުން ކަމަށްވެސް ބަލައިގަންނަ ސަރުކާރެއްނޫން. ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާގެ ލޮބުވެތި ރައްޔިތުންނާ ދެމެދު ޒަމާނުއްސުރެން ދެމިގެންދާގޮތަށް މިއޮތް ގުޅުން ހީނަރުކުރުވާި މިހާރުގެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. މޯދީ އަކީ އިސްލާމުންދެކެ އިންތިހާއަށް ރުޅިއަންނަ މީހެއް
ލައްކަވާހަކަ
12 August 2018
މި ރާއްޖޭގަ އަހަރަމެން ބޭނުން ކުރަނީ އެމެރިކާގަ އުފައްދާފަހުރި ރޮކެޓުތަކެއް، އެހެން ވީމަ ކީއްކުރާ ހެލިކޮޕްޓަރެއް؟