ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ފ. މަގޫދޫގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
12 އޯގަސްޓް 2018 - 23:18
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކޮށްދޭނެ ކަމަށް ބުނެ ވަމުން އަންނަ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ހިއްސާދޭނެ ކަމުގެ ވައުދާއި ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭނެކަމުގެ ވައުދާއި އަލަތު ކައިވެނިކުރާ މީހުންނަށް ފްލެޓް ދޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވާ ކަހަލަ ވައުދެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ފުއްދޭނެ ވައުދު. އަޅުގަނޑުމެން ނުވަން ރިސޯޓުތަކުގެ މުވައްޒަފުންނަށް ހިއްސާދޭނެ ކަމުގެ ވައުދު. އަޅުގަނޑުމެން ނުވަން ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭނެ ކަމުގެ ވައުދެއް. އަޅުގަނޑުމެން މިއަދު މިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެ ބޭފުޅުން ވާ ވައުދަކީ މުޅި ރާއްޖެ އަށް ގެސްޓް ހައުސްގެ ވިޔަފާރި ފެތުރުމާއި ބޯހިޔާވަހިކަން އެންމެނަށް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ވައުދު ކަމަށެވެ.
"އަޅުގަނޑުމެން މިކުރާ ދަތުރަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ މުހިއްމު ކަންކަން ހޯދައިގެން އަޅުގަނޑުމެންގެ ގުޅިފައިވާ ކޯލިޝަން ސަރުކާރަކުން އެ ކަންތައްތައް ކޮށްދިނުމަށްޓަކައި، އެކަންކަން ބަލައި ހޯދުމަށްޓަކައި ކުރާ ދަތުރުތަކެއް. ފެނާއި ނަރުދަމާ އަދި ސިއްހީ ނިޒާމު މިއޮތީ ވަޅުޖެހިފައި،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 95 ޕަސެންޓް ރަށްތަކުގައި ސިއްހީ ނިޒާމް ހުރީ ފެއިލްވެފައި ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ރަށްރަށުގެ ސިއްހީ ނިޒާމާއި ތައުލީމީ ކަންތައްތައް ހަމަޖެހޭނެ ގޮތަކަށް ކަންތައްތައް ކޮށްދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވައުދެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ވާން އޮތީ ތައުލީމީ ނިޒާމްގެ ތެރެއަށް އަޅުގަނޑުމެންގެ ސިޔާސީ ނުފޫޒު އެއްވެސް ވަރަކަށް ނުވައްދާނަމޭ. އަޅުގަނޑުމެންދާ ކޮންމެ ސްކޫލަކު ލިބޭ ޝަކުވާއަކީ މުޅި ސްކޫލް ތެރޭގައި ސިޔާސީ ފިއްތުންތައް ގިނަވެގެން ގޮސް ކިޔަވައި ނުދީ ދަރަޖައަށް ގޮސް ޓީޗަރުން ނުލިބޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދެވަނަ ދައުރެއް ލިބިއްޖެ ގެއްލޭނީ ހަމައެކަނި ފ. އަތޮޅެއް ނޫން ކަމަށާއި އެންމެހާ ރައްޔިތުން ބިކަ އަޅުވެތި ވެގެންދާނެ ކަމަށެވެ.
ފައިސަލް ފ. އަދި ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ފ. މަގޫދޫގެ އިތުރުން ދަރަންބޫދޫ އަށާއި ބިލެއްދޫ އަށް މިއަދު ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި
13 August 2018
ޜައީސް ޔާމީން އަކީ ވައުދު ފުއްދަވާ ރައީސް އެއް. އެއީ ދިވެހިންގެ ރައީސް.
މަގޭ ހިޔާލު
13 August 2018
ފުއްދޭނެ ވައުދު ނަންބަރު 1: ރީނދޫހުމެއްގެ ވެރިކަމުގައި މުޒާހިރާކުރުން ނޫނީ ނޯންނާނެ.
ޝާނާ
13 August 2018
ފައިސަލް ވެވޭ ވަޢުދު ހަނދާން އެބަހުރިތަ؟
ހަސަންްބަލީ
13 August 2018
މީ ކާކުތަ މިއުޅެނީ މިހާރު.
ބޮއިކޮ
13 August 2018
ރަނިންމޭޓަކުވެސް ވެއްޖެ ވޯޓުލައިގެން ހޮވަން. އާނ އެހެންޏާ މިހިރީ ވިއްޔަ ނައިބު ރައީސް ހައްދާފަ ނެރެފަ ހުރި މީހާ. ދެރަކަންކަން.
ރަސްކަލާ
13 August 2018
18 މަސްދުވަހަށް ވެރިކަމަށް އަރަންކަމަށް އެނގިފަ އޮތީ. 18 މަސްދުވަސްތެރޭ ކުރެވޭނެ ވަރު ކަމަކަށް އަދި ފެނުނީ އެންމެކަމެއް. އެއީ، ވެރިކަމަށް އަރާގޮތަށް އަރާ ނަޝީދު މިނިވަންކުރުން. "ސިޔާސީ ކުށްވެރިން" ތިބޭނީ ހަމަ ޖަލުގަ. މިނިވަންވެގެން ނިކުންނާނީ ނަޝީދު އެކަނި.
މަގޭ ހިޔާލު
13 August 2018
ނަޝީދު ހުރީ މިހާރުވެސް ޖަލުކުނޫން. ޙުރިހާ ސިޔަސީ މީހުންތިބީ ޔުރަޕްގައި އަރާމް ދިރިއުޅުމެއް އުޅެން. ޢިމްރާންއަށްވެސް އޮތް ނުކުމެވެން އެކަމަކު އޭނަ ބޭނުންވީ ޖަލުގައި ދަރުސްދެން. ދެން މައުމޫނަކަށް ނުނިކުމެވޭނެ އެއީ އޭނަ ޖައްސާނި ޑީލްހުސްވެއްޖެ. ސިޔާސީ މީހުން ކުށެއްނުކުރާނެ. އެއީ ސިޔާސީ ވުމާއިއެކީ މީހާ މުޅިން ސާފުތޯހިރުވީ އިނގޭތޯ.....
ބުމަރު
13 August 2018
ފައިސަލް ވިސްނާ ހުންނަވާތި ތިބޭފުޅުންނަށް ވެރިކަން ލިބުނަސް ކުޑަދުވަސްކޮޅަކު ގެންގުޅިފައި ދުރުކޮށްލާނެ ވެރިކަން ހޯދަނީ މިގައުމުގައިތިބި ގައިދީން ދޫކޮށްލަން ވެގެން ފައިސަލް ހަދާކުރާތި ހުފެން ދައްކައިގެން ތިއުޅެނީ
ހަގީގަތް
13 August 2018
އިދިކޮޅޭ ބުނާއިރު މީނަ މޫނު ފެނުނަސް ފޫހިވޭ. އަނގަހުޅުވީމަ ނިދި އައިސްގެން ވެއްޓޭ. މިދެން ކާކުތަ އަޅެ.
އަހްމަދު
13 August 2018
ވަރައް ރަނގަޅުވާހަކައެއް ހަމަގައިމުވެސް މަޑިފުށީގަ ވީވަޢުދު ނަރުދަމާ އަޅައިދޭންބުނިވަޢުދު ރައީސް ޔާމީން މިއަދު އެމަސްރޫ ނިމުމުގެރަސްމިއްޔާތު މަޑިފުށީގަބާއްވާނެ އެހެންވީމާ ގާތްގަނޑަކަށް ހަފްތާއެއް ގެތެރޭ އެވަޢުދުއެފުއްދެނީ ވަރައްކާމިއާބު ޝުކުރިއްޔާ އިބޫ
ދދދދދދދ
13 August 2018
ގިނައިން ލައިކް ލިބިގެން އެވާހަކަ ގޮވާ މީހުން މިފަހަރު ކީކޭބާ ބުނާނީ؟ ކެކެކެކެކެ