ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ދޮޅު އަހަރަށް ފަހު ދެން ސޫރަވާނީ ކާކުގެ މޫނުތޯ ސާފުކޮށްދޭން ޖެހޭ: ރައީސް

ރައީސް ޔާމީން ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަނީ: އިދިކޮޅު ޕާޓީތަކުން އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް

އިދިކޮޅު ޕާޓީތަކުން އެކުލަވާލަން ބުނެފައިވާ ދޮޅު އަހަރުގެ ސަރުކާރަކަށް ފަހު، ދެން ވެރިކަމުގައި ސިފަވާނީ ކާކުގެ މޫނުތޯ އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީން ތ. ތިމަރަފުށީގައި މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުން އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެކެވެ. އޭގެ ބޭނުމަކީ، މި ސަރުކާރުން ޚަރާބުކޮށްފައިވާ ދައުލަތުގެ ނިޒާމް ރަނގަޅުކޮށް، މުއައްސަސާތައް ހަރުދަނާކޮށް ނިގުޅައިގެންފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުން ކަމަށް މެނިފެސްޓޯގައިވެ އެވެ.

ތ. އަތޮޅަށް ވަޑައިގެން ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެމްޑީޕީގެ އެ ވިސްނުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިންތިގާލީ ސަރުކާރުތައް އުފަންކުރުވުމަކީ އެމްޑީޕީ އަށް އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ތިން އަހަރުގެ ވެރިކަމަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް ދައްކައި، ވަރަށް ގިނަ ވައުދުތަކެއް ވެސް ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެއް ފަޅެއްގެ ތެރޭގައި ހުރި ރަށްތައް ބްރިޖަކުން ގުޅާލުން ފަދަ ވާހަކަތައް ހިމެނޭ ކަމަށާއި ނަމަވެސް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްނުދެވުނު ކަމެއް ދޮޅު އަހަރުން ފުއްދާނީ ކިހިނެއްތޯ ރައީސް ސުވާލު ކުރެއްވި އެވެ.

ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިބޫ މެދުވެރިކޮށް އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ވަމުންދަނީ ފުއްދޭނެ ވައުދުތަކެއް ނޫނެވެ.

"މިއަދު އެ ބޭފުޅުން ދައްކަވާފައި އެ ވަނީ އިބްރާހިމް މުހައްމަދު ސޯލިހް. އަށާރަ މަސް ފަހުން ދެން ސޫރަވެގެން، ސިފަވެގެން ދާނީ ކޮން ބޭފުޅެއްގެ މޫނުތޯ އެބަ ޖެހޭ ސާފުކޮށްދެއްވަން،" ދޮޅު އަހަރަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ދޮޅު އަހަރަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތް ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ބޭފުޅެއްތޯ، އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތިމަރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި، ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ދިވެހިންގެ މިނިވަންކަމާއި ގައުމުގެ މަސްލަހަތު ހިމާޔަތްކުރަން އިސްކަމެއް ނުދޭނެ ކަމަށެވެ. އިދިކޮޅުގެ މެނިފެސްޓޯ އަށް ބަލާއިރު، ރާއްޖޭގައި، ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްތޯ ލިއެފައިވާ އެންމެ ލަފުޒެެއް ވެސް އޮތްތޯ ބެއްލެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"އެ ވާހަކައެއް އެ ބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކައެއް އެ ބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2013 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކުރަމުން ދިޔައީ ވަރަށް އަނިޔާވެރިކޮށެވެ. ހަމަނުޖެހުން ނަގާލައި މީހުންނަށް ދުއްތުރާކުރުމުގެ ސަގާފަތެއް އަށަގެންނެވި ކަމަށާއި އެމަނިކުފާނަށް ވެސް އެކަންކަމާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ތިމަރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގޮނޑިއަކަށް "ވަރަށް ގާތް އަޚަކު" ކުރިމަތިލައްވައިގެން އުޅުއްވިއިރު ތިމަރަފުއްޓަށް ވަޑައިގަތުމުން ރަށަށް އަރާވަޑައިގަތުމަށް ހުރަސްއެޅި ކަމަށެވެ. އެކަން ކުރެއްވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދަށް ވެސް އެނގިވަޑައިގެން ކަމަށް ތުހުމަތު ކުރެއްވި އެވެ.

ރައީސް ތިމަރަފުއްޓަށް 2009 ގައި ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ ގޮނޑި އަށް ޣައްސާން މައުމޫން ކުރިމަތި ލެއްވުމުން ތާއީދު ހޯއްދަވުމަށެވެ. އެމްޑީޕީން އެ ގޮނޑި އަށް ވާދަކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު، މުހައްމަދު މުސްތަފާ އެވެ.

"އަޅުގަނޑުގެ އަޚަކު ގޮވައިގެން އައިސް މި ރަށަށް ނޭރިފައި އަޅުގަނޑު ހުރިން 12 ގަޑިއިރަށް ވުރެ އިރު ވަންދެން. އެކަމަކު ފަހުން އަޅުގަނޑަށް މަރުހަބާ ވިދާޅުވި. އެއީ، [ރަށަށް އެރިޔަ ނުދިނުމަކީ] މި ރަށުގެ ރައްޔިތުންގެ ނިންމުމެއް ނޫން. ފުލުހުންނާއި ސިފައިންނަށް ނުފޫޒު ފޯރުވަނީ އަޅުގަނޑު ކަމަށް ވިދާޅުވާއިރު އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީންގެ (މ)އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު(ވ-2) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ކަނޑުމަތީގައި އަޅުގަނޑު ރައީސް ނަޝީދަށް ގުޅިން، މިއީ ކިހިނެއް ވާނެ ކަމެއްތޯއޭ؟ ގާނޫނުއަސާސީން އެބަ ކަށަވަރުކޮށްދޭ ކޮންމެ މީހަކު ވެސް އެ މީހަކު ދާން ބޭނުންވާ ރަށަކަށް ޒިޔާރަތް ކުރެވޭނެ ކަމަށް. އެ ބޭފުޅުންގެ އަތްޕުޅުގައި ވެރިކަމުގެ ބާރު އޮވެގެން އަޅުގަނޑަށް މި ރަށަށް ނޭރި ކަނޑުމަތީގައި އުޅެފައި ވޭމަންޑޫ އަށް ދަތުރުކުރީ."

މި ހާދިސާ އިން، ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ވެސް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޮޑެތި މަސްލަހަތުތައް ގެއްލިގެންދާ ސަބަބާއި ކުށްތައް އިތުރުވަނީ ކީއްވެ ކަން ވެސް އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑެތި ކުށްތައް އުފަންވެގެން ދިޔައީ، ރައީސް ވިދާޅުވި ގޮތުގައި، އެފަދަ ބޮޑެތި ޖަރީމާތަކާއި ގޯނާތައް ކުރުމުގެ ނަތީޖާ އިންނެވެ.

ކުރީގެ ރައީސް މައުމޫން، މިހާރު އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެން އުޅުއްވި ނަމަވެސް އިދިކޮޅުން އެމަނިކުފާނަށް ކުރިމަތިކުރުވީ ކޮން ފަދަ ގޯނާ އާއި ދުއްތުރާތަކެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. ކޮންމެ ދެ ރެއިން އެއް ރޭ އަލިވާގޭ ދޮށަށް އެއްވެ، މައުމޫނަށް ގޯނާކޮށް، އަނެއް ރޭ އެމަނިކުފާނު ގެކޮޅުގައި އަޑުގަދަކޮށް، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ.

މީހުން މެރުމުގެ ސަގާފަތެއް އުފެދުނީ ވެސް އެ ހަމަނުޖެހުންތަކުގެ ތެރެއިން ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިިގެންނެވިއިރު 30 މަރު އުޅޭ ކަމަށް ވިދާޅުވި އެވެ. އެހާ ރަހުމްކުޑަކޮށް މީހުން މެރުން ހުއްޓުނީ، މަރަށް މަރު ހިފާނެ ކަމަށް އެމަނިކުފާނުގެ ވިދާޅުވުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ފިކުރަށް ވުރެން ބޮޑަށް އިސްކަން ދޭން ޖެހޭނީ ގައުމީ މަސްލަހަތަށެވެ. ވޯޓާ ހަމައަށް ދާއިރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަކީ އިސްލާމީ ރިވެތި އުސޫލު ދަމަހައްޓައި ގައުމުގެ މަސްލަހަތު ހިމާޔަތްކުރާނެ ބަޔަކަށް ވިސްނުން ގެންގުޅުން ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ނޫން ކަމަށާއި އެ މަސައްކަތް ކުރަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ވިދާޅުވެ، އިންތިޚާބުގައި އެކަމަށް ރައްޔިތުން ވިސްނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

93 ކޮމެންޓް, 584 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 0%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2121

14 August 2018

ރައްޔިތުންނަށް ބޭއިންސާފުވާ ކަހަލަ ސޫރައެއްނޫނިއްޔާ ހަމަ ބަރާބަރު ވާނެ. ކޮންމެހެން ރ.ޔާމީން ސޫރަ މުހިއްމެއް ނޫން.

The name is already taken The name is available. Register?

ޝައްކުލާ ރައްދެއް ނެތޭ

14 August 2018

މައުމޫނަށް ޓަކައި ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީ އަށް( އިބޫ އަށް) ވޯޓް ދީފިނަމަ ފަހުން ވަރަށް ބޮޑަށް ހިތާމަ ކުރާން ޖެހޭނެއެވެ.އެވޯޓް ވާނީ އަންނި ސަލާމަތް ކުރަން ދޭ ވޯޓަކަށެވެ.ޝައްކުލާ ރައްދެއް ނެތޭ ޝައްކުލާ ރައްދެއް ނެތޭ.

The name is already taken The name is available. Register?

ރަނގަޅު

23 August 2018

މައުމޫނު ވެސް ސަލާމަތް ވާނެ،

The name is already taken The name is available. Register?

ބައްބު

14 August 2018

އެ ސޫރައަކީ ޔާމީނުގެ ސޫރައަށް ނުވަންޏާ އޯކޭއޭ.

The name is already taken The name is available. Register?

އަދީބު

14 August 2018

އެއީ ކޮންމެ މީހަކަސް، ވެރިއަކަށް ހުންނަ މީހަކަށް ލިބިފައިވާ ބާރު އެ މީހަކު ބޭނުންކުރާނެ. މަޖިލީހަށް ލިބިފައިވާ ބާރު މަޖިލީހުން ވެސް ބޭނުންކުރާނެ. އެއީ ވަކި މީހަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އެހެން ނޫނަސް 3 އަހަރަކުން ބަޔަކު އެއްވެސް ޝަރުތަކާ ނުލާ ވެސް ބަދަލު ކުރީ ނޫންތޯ. ހަމަ އެގޮތަށް ދޮޅު އަހަރު ފަހުން އަނެއްކާ ވެސް ބަޣާވާތަކަށްފަހު ހަމަ ތިޔަ ބޭފުޅާއަށް ވެސް ވެރިކަމުގައި ހުރެވިދާނެ ނޫންތޯ. ބޭނުންވަނީ އެކަން ކުރުމުގެ ފުރުޞަތު އޮތްކަން ޔަޤީންކޮށްލައްވަންތޯ.

The name is already taken The name is available. Register?

އަދީބު

14 August 2018

ދޮޅު އަހަރެއްނޫން. މި ދައުރަށް ހޮވެން ވެގެން ރައްޔިތުންނަށް ވީ ވަޢުދުތަކަށް ވީ ކިހިނެއްތޯ ރައްޔިތުން އެނގެން ބޭނުންވަނީ، ދަނޑުވެރިންގެ 8000. މަސްވެރިންގެ 10000. ރިސޯޓު ކުދިންގެ ހިއްސާ. އަލަތު ކައިވެނީގެ ފުލެޓު. ކޮބާހޭ ކޮބާހޭ ކޮބާހޭ.

The name is already taken The name is available. Register?

ކޮތަރުގެ އަސަރު

13 August 2018

ދޮޅު އަހަރޭ މަނިކުފާނު ކާއިރީ ބުނީ އަދުރޭ ދޯ؟ މަނިކުފާނު ލަދު ގަންނަވަން ވެގެން އަދުރޭ މީހުން ކުރިމަތީ މަނިކުފާނުގެ އަނގަ ގޮއްވަނީއެވެ.

The name is already taken The name is available. Register?

ހޭބަލި

13 August 2018

ވަރަށް ގާތް އަޚް އަދި ބޯޑުބޭބެ މިހާރު ހުނެވީ ކޮންތާކުތޯ؟؟

The name is already taken The name is available. Register?

ބާލައާދަނު

13 August 2018

މަނިކުފާނު އިންތިޚާބުކުރުމުން ފައުޅުވީ ސޫރަ އަޅުގަނޑުމެން ތަޖުރިބާ ކޮއްފީމެވެ. އެޔަކީ އަޅުގަނޑުމެން ގަޔާވާ ޒާތުގެ އެއްޗަކަށްނުވި އެވެ. ފުރަތަމަ 3 އަހަރަކީ އަޅުގަނޑުމެންގެ ދިޔަ ފެލާލަން މަނިކުފާނު ފައިވިއްދާފައި ހުރި 3 އަހަރުކަން އަޅުގަނޑުމެންނަކަށް އޮޅިފައެއް ނެތެވެ. އާސޫރައެއް ތަޖުރިބާކުރުމަށް އަޅުގަނޑުމެން މިތިބީ ފެންބޮވައިގެންފަ އެވެ.

The name is already taken The name is available. Register?

ހުރަވީ

13 August 2018

ހަހަހަހަހ ތެދެއް އިބޫ؟؟؟ ޖަލު ގޮޅީގަ އޮންނަންޖެހޭ ޕަޕެޓްތަ އަނެއްކާ އެއީ؟؟؟

The name is already taken The name is available. Register?

ޙުސަންބޭ

13 August 2018

ފަސްއަހަރަށްފަހު ސޫރަވާ މީހަކު ހާމަކުރުމަކީ ވެރިކަންކުރާ ބެއެއްގެ ކަމެއްނޫނޭ. އެކަން ސާފުކޮށްދޭނީ ރައްޔިތުން، ރައްޔިތުން ސެޕްޓެންބަރު 23 ގަ އެކަން ސާފުކޮށްދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454