އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި: އިންތިޚާބާ ގުޅޭ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްދޭން އިދިކޮޅު މެމްބަރަކު ވަނީ އެދިވަޑައިގެންފައި --ފޮޓޯ/މިހާރު
15 އޯގަސްޓް 2018 - 14:18
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަމާ ގުޅޭ ޝަކުވާތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށް ދިނުމަށް އެ ކޮމެޓީގައި އިދިކޮޅު ފަރާތްތަކުން އެދިއްޖެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އެގޮތަށް އެދިވަޑައިގަތީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކޮމެޓީގެ މުގައްރިރު، ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމަށް އިންތި ފޮނުއްވި ސިޓީއެއްގައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ވަކި ޕާޓީއަކަށް މަންފާ ލިބޭ ގޮތަށް އަމަލު ކުރަމުން ގެންދިއުމާއި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން، ކުރިން އަމަލުކުރި އުސޫލުތައް ބަދަލުކޮށް، ރީ-ރަޖިސްޓްރޭޝަންގައި އެތައް މައްސަލަތަކެއް ކުރިމަތި ކުރުވުމުގެ އިތުރުން އިންތިޚާބު އޮޅުވާލައި، ވޯޓުލުމުގެ ހައްގަށް އަރައިގަތުމުގެ އަމަލުތަކެއް ހިންގަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އިންތިގެ ސިޓީގައިވެ އެވެ. އެހެންވެ، އިންތިޚާބާ ގުޅޭ ކަންކަމާ ބެހޭގޮތުން ސުވާލު ކުރުމަށާއި އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް، ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދޭ ކަމަށް އިންތި ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށްދޭން އެދުނުއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އިންތިޚާބުގައި ސުވާލު އުފެދޭ ކަންތައްތައް ހުރި ކަމަށް ބުނެ އެތައް ތުހުމަތުތަކެއް އަމާޒު ކުރަމުންނެވެ. އެގޮތުން. ރީ ރަޖިސްޓްރޭޝަންގެ މައްސަލަތާއި ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އިދިކޮޅު ޕާޓީތަކުން އަބަދުވެސް ދަނީ ކުރަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަސް.
16 August 2018
އިންތި މޮޔަވީތަ؟
މާރިޔާ
16 August 2018
ހާޒިރުކޮށްގެންވެސް އިންތިހާބު ކާމިޔާބުކުރެވޭތޯ ބަލާތި
އަބްދުއްލާ
16 August 2018
އީސީ ކަމު ނުގޮސްގެން ވާހަކަ ދައްކަނީ 2008 ގަ އެމްޑީޕީން ބޭނުންވިބަޔަކު ޢިސީގަ ބައިތިއްބައިގެން ވޯޓް އޮޅުވާލަން ކުރިމަސައްކަތް ނިދަން އެނދުގަ އޮށޯތީމާ ހުވަފެނުންފެންނަންފެށީމަ. މިހާރު ހީވަނީ ތިމަންމެން ވޯޓް އޮޅުވާލައިގެން މައުމޫނު ކަޓަވާލިހެން މިފަހަރުވެސް ވެވޭނެކަމަށް . ތިޔަކަމެއްނުވާނެ. ޔާމީނު ބަލިވިޔަސް ޔާމީނުގެންދާނީ އިންސާފުން އެކަން މިހާތަނަށް ޔާމީނުގެ ވެރިކަމުގާ ބޭއްވި އިންތިހާބުތަކުން ހުންނާނީ ސާބިތު ކޮށް ދެވިފާ.
އަލީ!
15 August 2018
އީސީ އޮތީ ހަމަ ރަގަޅަށްވެސް ވަކިއަތަކަށްޖެހި ހުސްވެފަ.
ބޯގޯސް
15 August 2018
އެހެންވެތަ ވެރިކަން ވައްޓާލީ.
އުފާ
15 August 2018
ރަނގަޅުކަމެއް. އެކަމަކު ތިޔަ ފުރުސަތެއްނުދޭނެ.
ހާޖާނު
15 August 2018
ކަލޭމެންނޫންބަޔަކު މިގައުމު ހިންގިޔަ ނުދޭތި
އައްޕި
15 August 2018
ގައުމު އެބަ ހިންގާތަ؟