ޚަބަރު / ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް

ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ބ. ތުޅާދޫގެ ގިނަ އަދަދެއްގެ ބަޔަކު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މިއަދު އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ފަސްޓް ލޭޑީ ފާތުން މިއަދު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ 300 އަށް ވުރެ ގިނަ އާންމު ރައްޔިތުން ބަނދަރު މައްޗަށް ނުކުމެ އެކަމަނާ އަށް މަރުހަބާ ދެންނެވި ކަމަށް، އެ ކަމަނާގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރަށުގެ މެޖޯރިޓީ ވޯޓް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

ބ. އަތޮޅަށް ފަސްޓް ލޭޑީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދު އަށް މިއަދު ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އެކަމަނާ އަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި އިރު، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މި ފަހުން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި ވެސް ތުޅާދޫގެ މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީންނެވެ.

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

ތުޅާދޫން މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނަކީ އެއްވެސް މަޖުބޫރު ކުރުމެއް ނެތި "ހިތު ލޯބިން" ނުކުތް މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިއަދު ތުޅާދޫން ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވުމަށް އެހާ ގިނަ ބަޔަކު ނުކުމެފައިވާ އިރު، އެއީ އެ ރަށުން މީގެ ކުރިން ފެނުނު މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެެއްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ތިބި ކަން ފާހަގަ ކޮށްލެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފަސްޓް ލޭޑީއާ އެކު ސެލްފީ ނަގައި ވެސް ހެދި އެވެ.

"އެމްޑީޕީ އަށް ވުރެ އަދަދު ބޮޑުކޮށް ފެނުނީ މިއަދު. ވަރަށް ހޫނު މަރުހަބާއެއް ކީ. މީގެ ކުރިން ތުޅާދޫން ނުފެންނަ ވަރުގެ ސަޕޯޓެއް މިއަދު ފެނިގެން ދިޔަ،" އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި ޔާމީން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އެރަށު މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުް ފެންނަ ގޮތުން އެމްޑީޕީގެ ޓީޝާޓުތަކާއި ދިދަތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު މެޑަމް ފާތުންނާ ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ. އެމީހުން ހުއްޓުވުމަށް ފުލުހުންތަކެއް ހަރަކާތްތެރިވި އެވެ.

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން ގަތުމުން އެމްޑީޕީ ސަޕޯޓަރުން އެކަމަނާއާ ދެކޮޅަށް އަޑު އުފުލަނީ- ފޮޓޯ: ޕީޕީއެމް

މެޑަމް ފާތުން މިއަދު ވަނީ އެރަށުގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފަ އެވެ.

24 ކޮމެންޓް, 174 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 2%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަފްޞާ / މާލެ

17 August 2018

ކޮބައި ކެތެއް ނުވިއެއްނު؟ ގައިމު އެމްޑީޕީންވެސް އެބަ ރަށްރަށަށް ކެމްޕެއިންކުރަން ދުއްވާ! ނުފެނޭ ޕީޕީއެމް ސަޕޯޓަރުން ނުކުމެ ސަފުހަދާ އުދަގޫކުރާތަނެއް! ޕީޕީއެމް ސަޕޯޓާރުން ނުކުމެއްޖެނަމަ ތަން ފުރާލާނެ! މި ކަމުން އެބަ އެގޭ ވަރަށް ސާފްކޮށް މި އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރާނޭކަން އިންޝާއަﷲ!

The name is already taken The name is available. Register?

އިބްޝާ

16 August 2018

ކޮއްކޯ އެތަނަށް ދިޔައީ ޕިންުކުލައިގެ ތިރީހަކަށް ސަރުކާރު މުވައްޒަފުން .. ރަށު ރައްޔިތުން ރީދޫ ދިދަތކެއް ހިފައިގެން ތިބެ އެތިވަރުތަކެއް ގޮވަންފެށީމަ ޕޮލިހުން އެރައްޔިތުން ފަހާދުވީ ...

The name is already taken The name is available. Register?

ނަސީދު

16 August 2018

މޑޕ އެކްޓިވިސްޓުން ދަނީ މާޔޫސްވަމުންނޯ ބުނާތީ އަޑުއިވޭ ހީކުރިވަރާ ގާތަށްވެސް ރަށްރަށުން މީހުން ނުނުކުންނާތީ.

The name is already taken The name is available. Register?

ހަސަނު

16 August 2018

ރައްޔިތުންގެ ގިނަ ބަޔަކު މަޖުބޫރުކަމެއް ނެތި ނުކުމެ ސަލާން ގަލާން ކޮށްލުމަކީ ޔާމީން ފެކްސަނަށް އާ ކަމަކަށްވާނީ..... އެހެން ނޫނަސް ރަށަށް އަރާ މެހެމާނަކާ ސަލާންގަލާން ކޮށްލުމަކީ ކޮންމެހެން ޕީޕިއެމަށް ތާއީދު ކުރުމެއްވެސް ނޫން... މިދޭތެރެއަކުން ފެނުނު އެމްޑީޕީ ކެނޑިޑޭޓަށް މަރުހަބާ ކިޔަން ޕީޕިއެމް ޓީޝާޓުލައިގެން ތިބި މީހުން ނުކުތްތަންވެސް....

The name is already taken The name is available. Register?

މަންތިރި

16 August 2018

ޢުޑަކީ ބިމޭ ބުންޏަސް ޙަސަނު ބުނެފިއްޔާ ވާނީ ތެދަކަށް. ޙަސަނު ތިބުނާގޮތަށް ވެއްޖިއްޔާ، ބުޅަލާ މީދާ ސަލާންގަލާން ކުރާނެ

The name is already taken The name is available. Register?

ތުލާދީ

16 August 2018

ތިހެންނުކުންނަ ކަންކަން ކާމިޔާބު ނުވީމަ މުއައްސަސާތަކުގައި އަލިފާންޖަހަނީ..ހަމަހަމަ ފުރަސަތޭ ކިޔާމީހުން ހަޖަމްނުވެގެން ތިއުޅެނީ..ޕީޕީއެމް ކުދިން ކައިރިން ދަސްކޮށްބަލަ..އިބޫ މާރިޔާ ރައްތަކުގައި ސަޕޯޓްނެތަސް މިނިވަންކަމާއިއެކު އުޅުއްވަނީ..އެއީ ދޯ ހަމަޖެހުމަކީ..

The name is already taken The name is available. Register?

ދުވާލު

16 August 2018

ޕީޕީއެމްއަށް އިންތިހާއަށް ސަޕޯޓްބޮޑު ރަށްތަކަށް އިބޫވެސް ވަޑައިގަންނަވަމުންއެދަނީ..30މީހުން 80މީހުން ނުކުންނަ ރަށްރަށް މަދެއްނޫން..އެއްވެސް ބަޔަކު ޖެއްސުން ނުކުރޭ.. ތުޅާދޫ ކުދިންވެސް ހަމަޖެހުމަށް ލޯބިކުރޭ..ކޮންމެމީހަކަށްވެސް ރަށްތަކަށްދެވޭނެ..މިނިވަންކަން ބޭނުމޭ ކިޔާމީހުން ތިގޮތައް ކަންކަންނުކުރޭ..

The name is already taken The name is available. Register?

ދަރަނިބޯ

16 August 2018

ޕީޕީއެމަކި ވައުދުފުއްދާ ޕާޓީއެއްނޫން އެހެންވީމާ ވޯޓުދޭކަށް ނުފެނޭ ވަޒީފާގެލިދާނެތީ އަތިރިމައްޗަށް ނުކުތުން ރަގަޅު އެކަަމަކު ކޮންމެ އާައިލާއަކަށް ދޭންބުނި ޑޮކްޓަރު ކޮބާހޭ ކޮންމެ މަސްވެރިއަކަށ 10000 ނުލިބެ ކޮބާ ތެޔޮވަޅު ކޮބާ އަލަތު ކައިވެނީގެ ފްލެޓް ކޮބައިހޭ ދަޑުވެރިންނަށް 8000 ކޮބާތަ ކޮންމެއަތޮޅަކަށް ހުޅުމާލެއެއް ނެތް

The name is already taken The name is available. Register?

މަންތިރި

16 August 2018

"ބެޔަސް ނުބެޔަސް 10000" ސްކީމަށް ފޯރމު ލާފަ ތިާހަކަ ދައްކާ

The name is already taken The name is available. Register?

ރާއްޖެ

16 August 2018

ނަމުން ޑިމޮކްރަޓިކް ޕާޓީގެ ފެންވަރު.

The name is already taken The name is available. Register?

ޑަސްޓް

16 August 2018

މެޑަމް ފާތުންއަކީ އެއްމެންގެ ލޯތްބާ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ފަސްޓް ލޭޑީ އެކެވެ.ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މެޑަމް ފާތުންއަށް އެކުރައްވާ ތާއީދަކީ ރައީސް ޔާމީން އަށް އޮތްތާއިދު ﷲގެ ވާގިފުޅާ މިންވަރު ފުޅުން ދިވެހި ރާއްޖޭގެ ވެރިކަމުގެ 2 ދައުރު ފުރިހަމަ ކުރާނެ ފުރަތަމަ ރައީސް އަކަށް ރައީސް ޔާމީން ހިވިވަޑައި ގަންނަވާނެ.އަޅިގަނޑުމެން ދިވެހީން މިތިބީ ރައީސް ޔާމީންގެ ފަހަތުގަ.

The name is already taken The name is available. Register?

މެޑމް

17 August 2018

2 ދައުރު ފުރިހަމަ ކުރާނެ ފުރަތަމަ ރައީސް އަކަށް؟ ކަނބުލޯ ރައީސް މައުމޫން 6ދައުރުކުރި ވެރިކަން ދެންކިހިނެ؟؟؟؟؟

The name is already taken The name is available. Register?

ސަރީފް

16 August 2018

މިފެންނަނީ އރންޑީޕީ ގޮތްހުސްވެފައިވާ މަންޒަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454