ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ގާޒީ އަހުމަދު ރަޝީދުގެ އެދިވަޑައިގަތުމަކަށް ސިވިލް ކޯޓަށް ބަދަލުކޮށްފި

ގާޒީ އަހުމަދު ރަޝީދު (މ) ގައި: އޭނާ ސިވިލް ކޯޓަށް ބަދަލުކުރީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށް ޖޭއެސްސީން ބުނޭ

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކުރީ މިއަދުން ފެށިގެންނެވެ. އެތަނުން ބުނީ އެ ބަދަލު ގެނައީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުވިއިރު، ސަސްޕެންޝަންގައި އަހަރެއްހާ ދުވަސް ވަންދެން ހުންނެވުމަށް ފަހު އޭނާ އަލުން މަސައްކަތަކަށް ނިކުމެވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރަކާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާތީ އަހުމަދު ރަޝީދުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2015 ވަނަ އަހަރު އެވެ. އޭނާއަކީ އެ ކޯޓުގައި ބޮޑެތި ބައެއް މައްސަލަތައް ބެއްލެވި ފަނޑިޔާރެވެ.

3 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 33%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަތްއަދުރޭ

16 August 2018

23 ސެޕްޓެމްބަރަށް ފަހު ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނަގޮތަށް އިދިކޮޅު އިއްތިހާދުން ނިންމަވާފައިވާތީ ރައްޔިތުން އުފަލުން ތިބި ވާހަކަ ބުނެލަމެވެ. މި ގައުމު ސަލާމަތްކުރެވެން އޮތީ ކޯޓު ތަކާއި، ފަނޑިޔާރުން މިނިވަން ކޮށްގެންނެވެ. 1 ފެބުރުއަރީގެ ސްޕްރީމް ކޯޓުގެ އަމުރު ދާދި އަވަހަށް ތަންފީޒު ވެގެންދާނެއެވެ. ރައްޔިތުން ބޯކޮށް ޔާމީނަށް ނޫނެކެ ބުނެ ވޯޓު އަޅާ ފުރާށެވެ!

The name is already taken The name is available. Register?

މޫސަބޭބެ

16 August 2018

އަހްމަދު ރަޝީދު ސިވިލްކޯޓަށް ބަދަލުކުރި ސަބަބަކީ "ބޭރުފުށުން" އޭނާގެ އެދުމަކަށް ވީ ކަމަކަށްވިޔަސް އެކަން ހިނގާދިޔަގޮތާއި އޭނާ ސަސްޕެންޑް ކުރި ސަބަބުވެސް އެނގޭ ބަޔަކަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެކަންކަން ބެލޭނެ ދުވަހެއް އަންނާނެއެވެ.

The name is already taken The name is available. Register?

ޝައިމްބެ

16 August 2018

އެކަށީގެންވާ ހެކި ނެތީމަ 1 އަހަރަށް ސަސްޕެންޑް. ކިހާ ދެރަކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454