ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަޝްރޫތަކުގެ އަގު ރައްޔިތުން ވަޒަން ކުރޭ، ވޯޓު ލިބޭނެ: ޝަހީމް

ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫތަކުގެ އަގު އެރަށް ރަށުގެ ރައްޔިތުން ވަޒަންކުރާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓް ދޭނެކަން ޔަގީން ކަމަށް އެމަނިކުފާންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކާއި ގދ. ތިނަދޫއަށް ކުރެއްވި ހަފުތާއެއްހާ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެން ޝަހީމް ވިދާޅުވީ ފުވައްމުލަކުގައި ގާއިމުކުރާ ނަރުދަމާގެ މަސައްކަތަކީ ރާއްޖޭގައި ހިންގާ އެފަދަ އެންމެ ބޮޑު މަޝްރޫއަށް ވާއިރު އެރަށު ރައްޔިތުން އެކަމުގެ އަގުވަޒަންކުރާ ކަމަށެވެ. އަދި ތިނަދޫގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ބިން ހިއްކުން ފަދަ މަސައްކަތްތަކުގެ އަގު ވެސް އެރަށު ރައްޔިތުން ވަޒަންކުރާ ކަމަށް ވިދާޅުވި އެވެ.

Molhuvaanee Vote olhuvaanulai, natheeja saaf: Shaheem

Molhuvaanee Vote olhuvaanulai, natheeja saaf: Shaheem

The most trusted news source in the Maldives

Mihaaru

ޝަހީމް ފުވައްމުލަކުގައި ދެއްކެވި ވާހަކަފުޅު--

"ދެ އަތޮޅުގެ ސިޓީތަކަށް ކުރި ދަތުރުގައި ފާހަގަކުރެވުނީ ރައީސަށް ވަރަށް ތާއީދު ބޮޑުކަން. އެހެންކަމުން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ މާތްﷲ އިރާދަކުރެއްވިއްޔާ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން، 23 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަން،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ފުވައްމުލަކާއި ތިނަދޫގެ ގިނަ ގެތަކަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވި ކަމަށެވެ. އަދި ކެމްޕޭނު ރެލީތައް ވަނީ ބާއްވަވައިފަ އެވެ.

60 ކޮމެންޓް, 112 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިންތު

22 August 2018

ސުކޫލް ދުވައްސުރެން ފެށިގެން ވެސް ރައީސު ޔާމިނު އަކީ އަޅުގަނޑަށް ވަރައް ބޮޑަށް އެބޭފުޅަކަށް ސަޕޯރޓުކުރެވޭ އެއްބޭފުޅެއް. އާދެ! ވޯޓުލެވޭ އުމުރު ހަމަވީ 2017 ގައި ކަމަށްވާތީ އުއްމީދު ކޮށްގެން ހުރީ ރިޔާސީ އިންތިޚާބުގައި ރައީސު ޔާމިނުއަށް އަޅުގަނޑުގެ ވޯޓު ދެއްވުމަށް... ނަމަވެސް އެމަނިކުފާނު ރަނިންމޭޓަކަށް އިހުތިޔާރު ކުރެއްވީ އަބަދުވެސް އަޅުގަނޑު ގަބޫލުކުރާ ޕޮލިޓިޝަނަކަށް ނުވާތީވެ މިފަހަރުގެ ވޯޓުން މަހުރޫމު ވުމަށް މިހާރު ވަނީ ނިންނައިފައި... އަޅުގަނޑައް ޚަބަރު ލިބޭގޮތުގައި އަދުރޭވެސް މާބޮޑަށް ރަނގަޅުވީސް ކަމަށް.. އަޅުގަނޑުމެންގެ ގެއާއި ވަރައް ކައިރީގައި އެބަ އުޅޭ ކުއްޔަށް އަރަބި ބަހަށް ވަރައް ފަރިތަމީހެއް. އާދެ! ޢެމީހާއަކީ އަރަބި ގައުމެއްގެ މީހެއްގެ ނޯކަރެއް އެމީހާ ބުނާ ގޮތުގައި ދުވަހަކުވެސް ސުކޫލަކަށް ނުދޭ އަދި ލިޔަކިޔަންވެސް އެނގެނީ ކުޑަކޮށް ދިވެހި...އަޅުގަނޑު ދަންނަވަން މިއުޅެނީ އަރަބި ބަހުން އަނގަތެޅިދާނެ އެތަންތަނުގައި ގިނަ ދުވަސްވިއުމުން

The name is already taken The name is available. Register?

ޠަޔާޠީޞް

22 August 2018

ރައްޔިތުން ވަގަށް ނެގި ލާރީގެ ހަގީގަތް ހޯދަން އިންތިޒާރުކުރާލެއް މާބޮޑު. ހުރިހާ އެންމެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އަނިޔާވެރިކަމަށް ނޫނެކޭ ބުނޭ.

The name is already taken The name is available. Register?

ޤާއިދު

21 August 2018

ރައީސް ޔާމީނަށް މި ޤައުމު ފަޚުރުވެރިވާނެ. އެމަނިކުފާނުގެ އަގުހުރި ޚިދްމަތް މިއަދު ދިވެހިިން ބަލައިގަނޭ.. ރައްޔިތުން އެދެނީ ތަރައްޤީއާ އެކު ކުރިއަށްދާން

The name is already taken The name is available. Register?

ކަކުނި އިއްބެ

21 August 2018

މަޝްރޫތަކުގެ އަގު ރައްޔިތުން ވަޒަން ކުރޭ، ރައްޔިތުން ތިބީ ރައީސް ޔާމީން 2 ވަނަ ދައުރަކަށް އިންތިހާބު ކުރަން ތައްޔާރަށް...

The name is already taken The name is available. Register?

ފަޒުލީނު

21 August 2018

މުޅި ހުވަދހު އަތޮޅު ދެވަނަ ދައުރަކަށް ރައީސް ޔާމީނު ހޮވަން ނިންމައިފި

The name is already taken The name is available. Register?

ދީދީ

21 August 2018

މުޅި ގައުމުގާ ތަރަގީ ޔާމީން ޝުކުރީޔާ.

The name is already taken The name is available. Register?

ސެން

21 August 2018

ދެވަނަ ދައުރަކައް ރައީސް ޔާމީން އަށް މަގޭ ވޯޓް ޔަގީން

The name is already taken The name is available. Register?

ދީދީ

21 August 2018

ބްރްޖްވެސް ނިމުނީ ރައިސް ޔާމީނަ ށުކުރިޔާ.

The name is already taken The name is available. Register?

ކަޕް ކޭކް

21 August 2018

ދިވެހިން އެދޭ ތަރައްގީ ގެނެވޭނެ ހަމައެކަނި ރައީސް އަކީ ރައީސް ޔާމީން

The name is already taken The name is available. Register?

ދީދީ

21 August 2018

ހުރިހާ ސުވާނުންނަ ރައިސް ޔާމީން ސަރުކާރުގައި ވަޒީފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454