ޚަބަރު / ރިޔާސީ އިންތިޚާބު 2018

ގިނައިން ބާތިލްކުރީ އެމްޑީޕީ މީހުންގެ ފޯމު: އިބޫ

އިބޫ އުނގޫފާރުގެ ރައްޔިތުންނާ ވާހަކަ ދައްކަވަނީ: އިބޫ މަންމަ ސިލޯނަށް ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮއްވާ ވަނީ ފޯމު ބާތިލްކޮށްފައި -- ފޮޓޯ / އެމްޑީޕީ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ވޯޓުލުމަށް ހުށަހެޅި 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމު، މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ ކަމަށް ބުނެ ބާތިލްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އުނގޫފާރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ވެރިކަން ހިންގާ ޕީޕީއެމާ ގުޅިގެން ރީރަޖިސްޓްރޭޝަން ފޯމުތައް ގަޑުބަޑު ކޮށްފައިވާ ކަމަށެވެ.

"ރޭގައި އިލެކްޝަންސް ކޮމިޝަނުން މި ވަނީ ރީރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ސައްހަ ނޫން ކަމަށް ބުނެ 5،000 އަށް ވުރެ ގިނަ ފޯމު ބާތިލު ކުރި ކަމަށް ބުނެ އިއުލާންކޮށްފައި. މީގެ ތެރޭގައި ޖުމްލަކޮށް ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް،" އިބޫ ވިދާޅުވި އެވެ. "އަޅުގަނޑުގެ މަންމަ ރަޖިސްޓްރީ ކުރީ ސިލޯނަށް. ބާތިލްކޮށްފައި އޮތީ."

ނަމަވެސް ވޯޓު އޮޅުވާލަން މުއައްސަސާތަކާއި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ކުރިމަތިވަމުންދާ ހުރަސްތައް ގިރާކޮށް، ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފަހަރު ބަލާނަން އެބޭފުޅުންނަށްތޯ އޮޅުވާލެވެނީ ނޫނީވިއްޔާ އަޅުގަނޑުމެންނަށްތޯ ކެރިގެން ކުރިއަށް ދެވޭނީ. ހަމަ އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.

އިބޫ އުނގޫފާރުގައި ވާހަކަ ދައްކަވަނީ: އަފްރާޝީމުގެ މަރުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ / އެމްޑީޕީ

މީގެ އިތުރުން އިބޫ ވަނީ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ވާހަކަ ދައްކަވައިފަ އެވެ.

"ޑރ. އަފްރާޝީމަކީ އަޅުގަނޑުގެ ވަރަށް ގާތް އަޙެއް، ރަހުމަތްތެރިއެއް، ރައްޓެއްސެއް،" އޭނާ ވިދާޅުވި އެވެ.

"އަފްރާޝީމް އެންމެފަހުން އަޅުގަނޑާ މަޖިލީހުގެ ތެރެއިން ބައްދަލުވި ދުވަހު ވިދާޅުވީ، އިބޫއޭ، ސިޔާސީ ޕާޓީއެއްގައި ތިމަން ހުންނަން ބޭނުންވާ ކަމަށްވަންޏާ ހުންނާނީ އެމްޑީޕީގައޭ. އެހެން ނަމަވެސް ތިމަންނަ ޕީޕީއެމްގައި މި ހުރީ ރައީސް މައުމޫނަށްޓަކައޭ. ރައީސް މައުމޫނަކީ ތިމަންނަ ވަރަށް ލޯބިވާ، އިހްތިރާމްކުރާ ބޭފުޅެކޭ."

ޑރ. އަފްރާޝީމުގެ މަރުގެ ހަގީގަތް ނޭނގޭ ކަމަށް ފާހަގަކުރައްވަމުން އިބޫ ވަނީ މިފަދަ މަރުތަކުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ކުރާނެ އެއް މަސައްކަތަކީ މި ގޮތަށް ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީސްމީހުންގެ ހަގީގަތް ހޯދައި އެއީ ކިހިނެއްވެފައި އޮތް ކަމެއްތޯ ބަލައި އެކަންތައްތަކަށް އިންސާފު ހޯދައިދިނުން،" އިބޫ ވިދާޅުވި އެވެ.

އެފަދަ މަރުތައް ރަނގަޅަށް ތަހުގީގުނުކޮށް ދޫކޮށްލުމުން ރާއްޖެ ނާމާން، ބިރުވެރި ތަނަކަށްވެފައިވާ ކަމަށް ވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވަނީ ވިދާޅުވެފަ އެވެ.

"ވެއަތުވެދިޔަ ހައެއްކަ އަހަރަކީ މި ރާއްޖެ ދުށް އެންމެ ބިރުވެރި، ނާމާން، އަހަރުތައް. ޑރ. އަފްރާޝީމުގެ މަރަށްފަހު މި ރާއްޖޭގެ މަގުތަކުގައި 31 މީހުން ވަނީ ގޮތް ނޭނގޭ ގޮތްގޮތަށް މަރާލެވިފަ. އޭގެ ތެރޭގައި 23 ޒުވާނަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅާއި ރ. އަތޮޅަށް އިބޫ ފެއްޓެވި ދަތުރުގައި ވަނީ ނ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ. އަދި ރ. އަތޮޅުގެ ފަސް ރަށަކަށް އިއްޔެ ވަޑައިގެންފައިވާއިރު، މިއަދާއި މާދަމާ މި އަތޮޅުގެ އިތުރު 10 ރަށަކަށް އޭނާ ދަތުރު ކުރައްވާނެ އެވެ.

20 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޕޮ

25 August 2018

ސައްޙަނޫން ފިންގާ ޕްރިންޓް!!! 2013 ގަވެސް މިގޮތަށް ގިނަ ފޯމް ޕްރޮސެސްކުރި...އެކަމަކު މިފަހަރު އަތަށް ގޮވާފަ މިއޮތީ!!!

The name is already taken The name is available. Register?

އިއްސެ

24 August 2018

ފިތުނަވެރި ވާނެ ވާހަކައެއް ވިއްޔާ ދައްކާނެެ މިދުވަސްވަރު.. އިބޫ ކާމިޔާބު ވެއްޖެއްޔާ އިލެކްޝަން އޯކޭ. ބަލިވެއްޖެއްޔާ އިލެކްޝަން ކަޑަ. މީދޯ މިބުނާ އެއްޗަކީ

The name is already taken The name is available. Register?

އިންތިގާލީ ސޭކު

24 August 2018

ޞައްހަ ނޫން ފޯމު ގިނައިން ލީ އެމްޑީޕީން ވެއްޖެއްޔާ ގިނަވާނެތާ އެމީހުންގެ ބާޠިލު ފޯމު.

The name is already taken The name is available. Register?

ޢޙަމީދު

24 August 2018

ކޮމެންޓު ކުރަން ދަސްކުރަންޖެހޭ

The name is already taken The name is available. Register?

ސަންފަ

24 August 2018

އަނެއްކާ އަނެއް ދޮގު. ހެޔޮނުވާނެ ތިވަރަށް ދޮގުހަދަން. ކަލޭމެންނަށް ތާއީދު ގެއްލިގެން އުޅެނީ ހެއްދެވީގެ ބޮޑެތި ދޮގުތައް ހަދައިގެން ދީނާ ދުރުކޮށް އުޅޭތީއޭ.

The name is already taken The name is available. Register?

ޖައުފަރު

24 August 2018

އިބޫއެވެ. ރައީސްކަމަށް ކުރިމަތިލައިގެން ހުއްޓެއްކަމަކު ތީކީ ތިހާ ގަޓްހުރި މީހެއްނޫން. ސިޔާސީ ބަހުސަކަށް އަރާލަން ނުކެރުނު ފިނޑިއެއް. އޭއްޗެކޭ މީއްޗެކޭ ތިޔެނީ ބަލިވާނެކަން އެނގޭތީ. ގިނަރަށްރަށުން ތިހެން ވަށްބުރެއް ހަދާލާނެ އަދަދަށް ސަޕޯޓަރުން ނެތީމަ ވާނެ ހައެތި ތިދަނީ ވަމުން. ނަރުވެފައިވާ އެންމެންގެ މަރުސާބިތު ކޮށްދިނުމަށާ ރާއްޖެއެންމެނަށް ހިލޭ ބޯހިޔާވަހިކަން ދޭށާ ޖަޒީރާ އެންމެންގެ ޖީބުތައް ފުރާލަދޭނަމޭވެސް ހަމަބުނެ ވައުދު ވާންވީ. އެނގޭވިއްޔަ ރާއްޖެތެރެއަށް ދަތުރުކޮށްލީމަ ތިއިން އެއްވެސް ވައުދެއް ފުއްދަން ނުޖެހޭނެކަން.... ދެން އަތްޖަހާ.

The name is already taken The name is available. Register?

ސައިނީ

24 August 2018

ކެެކެކެކެކެ ދެން އައްޖަހާ ދެން އައްޖަހާ

The name is already taken The name is available. Register?

ޝޮކްތެރަޕީ

24 August 2018

މިތުހުރިހާ ގޮތަކަ ފޯމްލަންޏާ ވާނީ މިހެން،.

The name is already taken The name is available. Register?

ރާއްޖެ

24 August 2018

ތީގެން އެގެނީ އެމްޑީޕީން ފޯމް ފުރި އިރު މަކަރު ހަދާފަ ހުރިކަން. އަދިވެސް ބުނޭ 1 ލައްކަ ފޯމު ލީމޭ ތިމަންމެން.

The name is already taken The name is available. Register?

ރަޖިސްޓުރީ

24 August 2018

ތިހަމަ އެމްޑީޕީ އޮޅުވާލުމެއް އެހެންމީހުންގެ ފޯމްފުރާދިނީ ކެންސަލްވާގޮތައް އެމްޑީޕީ މީހެއްނޫންވީމަ

The name is already taken The name is available. Register?

ވިސްނާލާ

24 August 2018

އަފްރާޝީމާބެހޭގޮތުން ތިބުނިބަހުގެ ތެދުދޮގު ﷲދެނެވޮޑިގެންވަނީ.. މަރުވެފައޮތް މައްޔިތެކާބެހޭގޮތުން ވާހަކަދައްކާއިރު ވިސްނަންޖެހޭނެ. އަފްރާޝީމު ދުނިޔޭގަހުރިނަ މޑޕއާ ގުޅުނީމަނޫނީ ގަބޫލެއްނުކުރާނަން މޑޕއަށް އަފްރާޝީމު ގުޅިދާނެކަމަކަށް.. ވަﷲއައުލަމް.. އިބޫގެ މަންމަގެ ފޯމްވެސް ބާތިލްވެދާނެދޯ ފިންގާޕްރިންޓުގެ ސަބަބުން.. ގިނަފޯމު ބާތިލުވީ އެސަބަބާހެދިކަމަށްވަނީ.. ޖަޒިރާގަ ރައްޔިތުން ބައިތިއްބާވާހަކަ ދައްކާއިރު މޑޕލީޑަރުންގެ އާއިލާ އެއްމެންތިބެނީ ރާއްޖޭންބޭރުގަ.. މާލޭގެ ގެދޮރު ބޮޑުކުލީގަ ޖަޒީރާމީހާއަށްދީފަ.. ދެންމިކަމާވެސް އަތްޖަހާނެ މޑޕފިކުރުގެމީހުން. މާލޭގެ ހެޔޮއަގުގަ ޖަޒީރާމީހާއަށްވެސް ބޯހިޔާވަހިކަންދޭން މިސަރުކާރުން އެއުޅެނީ. މިކަމަށްހުރަސްއަޅަނީ މޑޕ ލީޑަރުންގެ ގެދޮރުގެ ކުލިކުޑަވެދާނެތީ.. މާލޭގެ ގެދޮރުހުރިމީހުން އެއްމެގިނަވާނީ މޑޕގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454