ޚަބަރު / ބުލީކުރުން

ނަޝްފާއަށް އަނިޔާ ކުރީ ގެއިން ނެރެގެން ގެންގޮސް: މަންމަ

ނަޝްފާއަށް އަނިޔާކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް

ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކުމާ ކުރިމަތިވި އުމުރުން 15 އަހަރުގެ ނަޝްފާ ހަސަންއަށް އަނިޔާކުރީ، ގޭގައި ހުއްޓާ ނެރެގެން ގެންގޮސް ކަމަށް އޭނާގެ މަންމަ މިއަދު ބުނެފި އެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް މީގެ ދެ ތިން ދުވަސް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ވީޑިއޯކޮށްފައިވަނީ އެ ގުރޫޕުގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެ އެވެ.

ވީޑިއޯ ވައިރަލްވީ މީގެ ދެ ތިން ދުވަސް ކުރިން ނަމަވެސް އެއީ މިދިޔަ މެއި މަހު ހިންގާފައިވާ ކަމެކެވެ.

ގދ. ތިނަދުއަށް އުފަން ނަޝްފާގެ މަންމަ ސީމާ އިސްމާއިލް، "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ އެ ދުވަހު ދަރިިފުޅު ހޯދަން އެގެއަށް ދިޔައީ ހަތަރު އަންހެން ކުދިން ހިމެނޭ ގުރޫޕެއް ކަމަށެވެ. އެ ވަގުތު ސީމާ އުޅެނީ ފާހާނައިގައި ކަމުން، ދޮރު ހުޅުވީ އޭނާގެ ނުވަ އަހަރުގެ ދަރިިފުޅު ކަމަށް ބުންޏެވެ.

"ދޮރު ހުޅުވީމައި އެ މީހުން ބުނީ ނަޝްފާ ކައިރީ ބުނެބަލާށޭ ބޭރަށް ނިކުމެ ބަލާށޭ. ވާހަކައެއް ދައްކަން ވެގެންނޭ. އޭރު އޭނާ ހުރީ ކޮޓަރީގައި ރީތިވާން،" އިތުރު ހަ ކުދިން ހުންނަ މަންމަ ބުންޏެވެ.

"އަޅުގަނޑު ބުނިން އެ މީހުން ކައިރީގައި އެތެރެއަށް ވަންނަން. އެކަމަކު ހަމަ ތަކުރާރުކޮށް އެދުނީ ނަޝްފާ ކައިރީ ބޭރަށް ނިކުންނަން ބުނަން."

ސީމާ ބުނީ އަންހެން ކުދިން ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެހެންވެ، އެއީ ކޮން ކުދިންނެއްތޯ އޮޅުން ފިލުވައި އެ މީހުންނާ އެކު ބޭރަށް ނުދާން ދަރިފުޅު ގާތު އެދުނު ކަމަށެވެ.

"އެއީ ރައްޓެހި ކުދިންތަކެކޭ، ވަރަށް އަވަހަށް އެބަ އަންނަމޭ ކިޔާފައި ނިކުތީ،" ސީމާ ބުންޏެވެ.

ނަޝްފާ: ސްކޫލް ތެރެއިން ވެސް ކުދިންތަކެއް ދިމާކުރި ކަމަށް އާއިލާ އިން ބުނޭ

އޭނާ ބުނީ ބޭރަށް ނިކުތްތާ ކުޑައިރުކޮޅެއް ފަހުން ނަޝްފާ އެނބުރި ގެއަށް އައި ކަމަށެވެ. އެކަމަކު އޭރު ހުރީ ކުޑަކޮށް ރޮވިފައި ކަމަށާއި ނަމަވެސް ވީ ގޮތް ކިޔައިނުދިން ކަމަށް ސީމާ ބުންޏެވެ. އެހެންވެ އޭނާ ބުނީ އެދުވަހު އެ ގްރޫޕުން އޭނާގެ ދަރިފުޅަށް އަނިޔާކުރިކަން، ނޭނގޭ ކަމަށެވެ.

ހުޅުމާލޭ ރެހެންދިި ސްކޫލުގެ ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ނަޝްފާއަށް އަނިޔާކުރިކަން އޭނާއަށް އެނގުނީ، މިދިޔަ ބުރާސްފަތި ދުވަހު، މީހަކު އޭނާއަށް އެ ވީޑިިއޯ ދެއްކުމުން ކަމަށް ބުންޏެވެ.

ވީޑިއޯ ވައިރަލް ވުމާ އެކުހެން، ނަޝްފާ ވަނީ "ގެއްލިފަ" އެވެ. ސީމާ ބުނީ ހައްޖު ދުވަހު ދަރިފުޅު ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށެވެ. އަދި ފޯނަށް ގުޅުމުން ޖަވާބު ނުދޭ ކަމަށް ވެސް ބުންޏެވެ.

ސީމާ ބުނި ގޮތުގައި މީގެ ކުރިން ވެސް ނަޝްވާ "ދެ ތިން ދުވަހަށް ގެއްލިފައި" އެބަ ހުއްޓެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ވެސް ބުންޏެވެ. އެކަމަކު މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ނަޝްފާގެ ހަބަރެއް ނުވާކަމުގެ މައުލޫމާތު އޭނާ ފުލުހުންނަށް ދިނީ، އިއްޔެ ރޭ ފުލުހުން ގުޅުމުންނެވެ.

"މީގެ ކުރިން ފުލުހުންނަށް އެންގީމާ ވެސް އެހާ ބޮޑަކަށް އެ މީހުން ސަމާލުކަމެއް ނުދޭ. އެހެންވެ، އެ މީހުންގެ މާ ބޮޑު ސަމާލުކަމެއް ނުލިބޭތީ މި ފަހަރު ނޭންގީ،" ސީމާ ބުންޏެވެ.

ބުލީގެ ޝިކާރައަކަށް ވެފައި ހުންނަތާ އެތައް ދުވަހެއް

ދަރިންނާ އެކު ސީމާ ތިނަދޫން މާލެއަށް ބަދަލުވީ، މިދިޔަ އަހަރު އެވެ. އޭރުން ފެށިގެން އޭނާ އާއިލާއާ އެކު ދިރިއުޅެމުން އަންނަނީ ހުޅުމާލޭގަ އެވެ. ކުދިންގެ ބައްޕަ ހުންނަނީ ތިނަދޫގަ އެވެ.

ސީމާ ބުނި ގޮތުގައި ރެހެންދި ސްކޫލުގެ ތެރެއިން ވެސް ނަޝްފާއަށް ކުދިންތަކެއް ބުލީކޮށް، އަނިޔާކުރި އެވެ. އަދި އެކަމާ ގުޅިގެން އޭނާ ސްކޫލަށް ނުދާތާ މިހާރު ދެ މަސް ވެފައިވާ ކަމަށް ބުންޏެވެ.

"އެއް ދުވަހު ސްކޫލުން ގެއަށް އައިސް ބުނި ތިމަންނަ ފާހާނާއަށް ދިޔަ ތަނުން ދެ ކުއްޖަކު އައިސް ޖެހި ވާހަކަ. ވަރަށް ރޮއިފައި އެ ވާހަކަ ދެއްކީ،" ސީމާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ވަނީ އެ ވާހަކަ ސްކޫލުގެ ލީޑިން ޓީޗަރެއް ގާތުގައި ދައްކާފަ އެވެ. އެކަމަކު ބުލީ ކުރާ ވާހަކަ، ނަޝްފާ ސްކޫލަށް އަންގާފައި ނުވާ ކަމަށް ބުނެ ފަހުން އެކަމާ އަޅާނުލާ ކަމަށް މަންމަ ބުންޏެވެ.

"އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެ ކަހަލަ ކަމެއް ހިނގި. އެކަމަކު ސްކޫލުން ވެސް މާ ބޮޑަށް އަޅާނުލުމުން އަޅުގަނޑު ފަހުން އެ ވާހަކައެއް ނުދައްކަން. ނަޝްފާ ވެސް ސްކޫލަށް ދާން ދެކޮޅު ހެދުމަށް ފަހު، ނުގޮސް ހުއްޓާލީ،" ސީމާ ބުންޏެވެ.

އެކަމަކު ރެހެންދި ސްކޫލުން އެ ވާހަކަ ދޮގުކުރެ އެވެ.

އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ނަޝްފާއަށް ސްކޫލް ތެރެއިން ބުލީ ކުރާކަން އެނގުމުން، މަންމަ ސްކޫލަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ނަޝްފާ ސްކޫލަށް ނާންނަކަން އެނގުމުން، ވީ ގޮތެއް ބަލަން ދެ ފަހަރަކު ސްކޫލްގެ ފަރާތުން އެ ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރިފުޅަށް އަނިޔާކުރާ ވީޑިއޯ ފެނުމާ އެކު ސީމާ ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި ވީޑިއޯ ވައިރަލްވުމާ އެކުހެން، ދަރިފުޅު ގެއްލުމުން އެކަމާ ވަރަށް ހާސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ކޮންމެ ފަދަ މައްސަލައެއް ދިމާވި ނަމަވެސް، ޖަހައިގެން ނުވާނެ،" އޭނާ ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ނަޝްފާއަށް އަނިޔާކުުރި ކަމަށް ބެލެވޭ އަންހެން ކުދިންގެ ފޮޓޯ އާއި ފޭސްބުކް ޕްރޮފައިލް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަކު މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށް، ސުވާލުކުރި ކަމެއް އަދި ނޭނގެ އެވެ.

140 ކޮމެންޓް, 759 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 83%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިމސް

03 September 2018

ބޭނުންވަނީ ޓެބްލެޓް ނޫން މިނިސްޓަރ... ބުލީ ކުރުން ސްކޫލްތަކުން ހުއްޓުވުން

The name is already taken The name is available. Register?

މޮންނު

26 August 2018

ރާއްޖޭގައި ސިފައިން ޖެހޭނީ ދަރިން ބަލަންވެސް. މިކިޔާއެއްޗެއް ވިސްނަލާފައި ތިޔަ ލިޔާއެއްޗެއް ލިޔަންވީނު.

The name is already taken The name is available. Register?

ނަޝްފާ ހޯދާ

26 August 2018

ނަޝްފާ ގައިގައި ޖެހި 3 ކުދިންނާ ވީޑިއޯ ކުރިކުއްޖާ ހައްޔަރުކޮށް ސުވާލު ނުކުރަނީ ކީއްވެތަ އަޖާބެއްނު!! ޕޮލިހުންވެސް އެ 4 ކުދިންދެކެ ބިރުގަންނަނީދޯ! މީ ވާވަރަކީ ބޮޑެތި ގައުމު ތަކުގަ ގެއްލުނީމަ ހަފްތާއެއްތެރޭ ހޯދޭ. މިޔޮއްކުޑަ ރާއްޖޭގަ އެކަންވެސް ނުވޭ! ހަމަ ޕޮލިހުން ހޯދަން ނޫޅޭތީ ނުހޯދެނީ ! މީޑިޔާއިން އަހާލާ އިރަށް މަސައްކަތް ކުރަމުންނޭ ދަނީ ހަމަބުނެލަނީ!

The name is already taken The name is available. Register?

ޗޮކޮލެޓޮ

26 August 2018

އެބަވް ދަ ލޯ ގެ އަންހެން ގްރޫޕަކާ ވަރަށް ވައްތަރު.. ހިމާޔަތް ކޮށްފަ މިހާރު ތިބޭނީ އެބައިގަނޑު.. އެހެންޏާ ފަހެ އެހެންނޫނީ އަހަރުމެންގެ ފުލުހުންނަކީ ތިބުނާހާ ނުކުޅެދޭ ބައެއްނޫން

The name is already taken The name is available. Register?

މޮންނު

26 August 2018

ރާއްޖޭގެ ގާނޫނުގަ އޮންނަގޮތް ބަލާފަ ވާހަކަދެކުން އެއީ ވަރައް މުހިންމުކަމެއް ކަމުގައި ދެކެން.

The name is already taken The name is available. Register?

ޢިބަ

26 August 2018

ޢެނިކަމެތި މަންމަ ކުދިންގެ ބައްޕައާވަކިރަށެއްގަ ދިރުއުލެމުން އެދަނީ ދަރިންނަށް ތައުލީމުދީ ރަގަޅު ކުދިބަޔަކަށް ހެދުމަށް.އެ އަންހެން ކުއްޖާއަށް އަނިޔާލިބި އެމަންމައާ އާއިލާއަށް ހިތާމަވެރި ދަޑިވަޅެއް ދިމާވިހިދު އެކުއްޖާޔާ އާއިލާ ކުއްވެރި ނުކޮށް އެފަދަ ނުބައި އަމަލުތަކާ ދެކޮޅުހަދާ އެއާއިލާއަށް އިންސާފު ލިބިދިނުމަށް މުޖުތަމައުގެ ހުރިހާ ފަރުދުން ވެސް އަޑުއުފުލުމަށް ގޮވާލަން.ތިޔަތިބި ކައުން ސިލަރުން ނާއި މަޖިލިސް މެމްބަރުން ފަރާތުން ތިޔަމައްސަލައިގަ އެއާއިލާއަށް އެއްވެސް އެހީތެރިކަމެއް ސަޕޯޓެއް ލިބުނުތޯ.އަހަރެމެން ގައުމުގަ ތިޔަފަދަ ކަމެއް ރައްޔިތަކަށް ދިމާވުމުން އެބުނާ ކައުންސިލަރުން މަޖިލިސް މެމްބަރުން ތިބިބައެއް ކަންވެސް ނުއެގޭ.އަހަރެން ކިޔަވަން ދިގުމުއްދަތެއްގަ ހުރިން އަވައްޓެރި ގައުމެއްގަ.ތިޔަފަދަ މައްސަލައެއް އެމުޖުތަމައުގަ ހިގައިފިނަމަ އެސަރަހައްދުގެ ކައުންސިލަރު މަޖިލިސް މެމްބަރު އާއިލާއާ ބައްދަލުކޮށް ގާނޫނީ ގޮތުން އހީތެރިކަން ފޯރުކޮށްދޭ.އެމީހުން ތިބޭބައެއްކަން މިތާއެގެނީ ވޯޓާ ޖެހުނީމަ

The name is already taken The name is available. Register?

ޖޭމްސް

26 August 2018

ތި މައްސަލަ ބަލާ އިންސާފް ބޭނުން.

The name is already taken The name is available. Register?

ކަކުނި އިއްބެ.

26 August 2018

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ޖެހޭނީ މައިންބަފައިން.. ތި މައްސަލަ ގައި މައިންބަފައިން ވަނީ އިހުމާލު ވެފަ..

The name is already taken The name is available. Register?

ޙިދް

26 August 2018

ކިހިނެކޯ އިހުމާލުވީ ؟؟؟؟ އެނގޭމީހާ ބުނެދީބަލަ !!!!!!!

The name is already taken The name is available. Register?

އައިޖޭ

26 August 2018

15 އަަހރު ގެ ކުއްަޖކު 3-4 ދުވަހަސް ގެއްލުން، އަދި ފަހުން 6 ދުވަސް ވީއިރުވެސް ފުލުހުްނނަށް ނޭންގުން މިއީ ވަރަށް ބޮދު މައްސލަ އެއް... މައްމަ އަދި ކުއްޖާއަށް ޖެންޑަރ މިނިސްޓްރީން ކައުްނސިލިންގ ދޭން ޖެހެ.. ކަމުގެ ތަޖުރިބާގައި ކައުްނސިލިންގ ދީ މި ފެމެިލިީ މުޖުތަމައު އަށް ގެންނަން ޖެހޭ

The name is already taken The name is available. Register?

ޟިއުމް

28 August 2018

ބަލަ މަންމަ އެންމެފުރަތަ ފަހަރު ފުލުހުންނައް އެއްގިއޭ އަޅާވެސްނުލީ ފުލުހުންނަކީ ވަކިބަޔަކުގެ ބަޔެކޭ ބަލާތި ނުލިބޭނެ އިންސާފެއް

The name is already taken The name is available. Register?

ހުސައިން

26 August 2018

އަހަންމާބެ ހީކުރީ ދަރިންބެލުމަކީ ފުލުހުންގެ ކަމެކޯ. ބަލަ ދަރިން ބެލުމުގެ އެންމެހާ ކަމެއް ﷲ ސުބުހާނަހޫ ވަތައާލާ , އަމާނާތެއްގެ ގޮތުގައި ހަވާލުކުރެއްވީ މައްމަ އާއި ބައްޕަ އަށް. ދަރިން ބަަލަންވާގޮތް އޮންނާނެ އަހަންމާބެއަށްވެސް ފޮނުވި ފޮތުގައި . ދެން ބުނޭ ޔާމީން ކަަމަކުނެދެޔޭ ސަރުކާރަށް ވޯޓެއްނުދޭނަމޭ.

The name is already taken The name is available. Register?

ޖޭމްސް

26 August 2018

ސަރުކާރުން މިކަހަލަ ކަންތައް ހަރުކަށި ކޮއް ނުބަލާތީ މައްސަލަ އަކީ. އެ އަންހެން ކުދިން އެގޭ އިރުވެސް

The name is already taken The name is available. Register?

ރޮޓެއްލާ

26 August 2018

ބަލަ ހުސައިނާ ތިޔަހެންވިއްޔާ ފުލުހުންނެއް ފަނޑިޔާރުގެއެއް މިނިވަން މުއައްސަސާއެއް ސިފައިންނެއް ބައިތިއްބާނެ ކަމެއް ނެތެއްނު. ފޮތުގައި ހުރިހާކަމެއް ނެތިގެންތަ މިއުޅެނީ. ޚުދު ހުސައިނަށްވެސް ނޭނގެ އެފޮތުގައި އަސްބާބާ މުސައްބިބާތު ލައްވާފައިވާކަމެއް ނޫންނަމަ ތިޔަހެނެއް ނުބުނީސް.

The name is already taken The name is available. Register?

ނެޝަނަލިސްޓް

26 August 2018

ދަރިން ބަލާ ތަރުބިއްޔަތު ކުރުމަކީ މައިން ބަފައިން ގެ ވާޖިބެއް! ނަމަވެސް ޖިނާއީކުއް ކުރާ މީހުންނަށް ހައްގު އަދަބުދީ، ރައްޔިތުންނަށް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ބާއްވާދިނުމަކީ ދައުލަތުގެ ޒިންމާއެއް! އޭގެތެރޭގައި ސަރުކާރު ވެސް ހިމެނޭ!

The name is already taken The name is available. Register?

މުސްތަފާ

26 August 2018

މަޖިލިސް މެންބަރަކު މަރާލިތާވެސް 7 އަހަރު، ރިޅުވާނު ގެއްލުވާލިތާ އެތައްދުވަހެއް، ޔާމީނުގެ ގާތިލުން ވީތަނެއް ނޭގޭ، ފުލުހުން ނަށް ވާނެ ކަމަކީ ސިޔާސީ މީހުން ގަވައިދުން ކޯޓް އަމުރެއް އޮތަސް ނެތަސް ހިފައި ހައްޔަރުކުރުން، އެކަން އެކުރަނީ..

The name is already taken The name is available. Register?

ޢީށޤޅަޙޫ

26 August 2018

މައިން ބަފައިން ދަރިން ތަރުބިއްޔަތު ކުރާގޮތަކީ މިހިރީއެވެ. އަހަރެންގެ ވެސް އެވަރުގެ އަންހެން ދަރިއަކު ހުރެއެވެ. އެތަންމިތަނުން ގޮތްނޭންގޭ ކުދިން ދަރިފުޅުހޯދާކަށް ނާދެއެވެ.

The name is already taken The name is available. Register?

ޣެނކ

26 August 2018

އެކި މީހުނަށް ދިމާވާނީ އެކި ކަންކަން. ކަލޭގެ ދަރި ނުވަތަ ކަލެއާ ކަމެއް ލައިގަތީމަ ކަލެއަށް އިނގޭނެ.

The name is already taken The name is available. Register?

ބަބުލީ

26 August 2018

އެހެން ވެއްޖިޔާ ދަރިން ގެންގުޅެން އެގެނީތާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454