ތިން ރަށެއްގައި ބަނދަރު ހެދުމާއި، ތޮށިލުން އަދި ޖެޓީ ހެދުމުގެ ތިން މަޝްރޫއުއެއްގައި ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކުރީ ވ. ކކެޔޮދޫގެ ބަނދަރުގެ ދެވަނަ މަރުހަލާގެ މަސައްކަތާއި މ. ނާލާފުށީގެ ތޮށިލުމުގެ މަސައްކަތް ފުރިހަމަ ކުރުމަށެވެ. ފުލިދޫގެ ޖެޓީ ހެދުމުގެ މަސައްކަތް ހަވާލުކުރީ އިނާ ޓްރޭޑިން ކޮމްޕެނީއާ އެވެ.
މި މަޝްރޫއުތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއެފްއޯ) އަހްމަދް ކުރިކް ރިޒާ އެވެ. އިނާ ޓްރޭޑިން ކޮމްޕެނީގެ ފަރާތުން ސޮއިކުރައްވާ މަޝްރޫއުއާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާރިފް އެވެ.
މި ތިން މަޝްރޫއަށް 37.7 މިލިއަން ރުފިޔާ ހޭދަކުރ އިރު ކެޔޮދޫ ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތަށް 20.3 މިލިއަން ރުފިޔާ، ނާލާފުށީގެ ކަނޑު ތޮށި ލާން 12.4 މިލިއަން ރުފިޔާ އަދި ފުލިދޫގެ ޖެޓީއަށް 4.9 މިލިއަން ރުފިޔާ އަރަ އެވެ.
މި މަޝްރޫއުތައް ނިންމަން ދީފައި ވަނީ ތިން މަހާއި ހަ މަހުގެ މުއްދަތެވެ.