ޚަބަރު / ނައިބު ރައީސް ފައިސަލް ނަސީމް

ހަތަރު ލީޑަރުން ގުރުބާން ވަނީ ގައުމުގެ ހައްގުގައި: ފައިސަލް

ގުޅިފައިވާ އިއްތިހާދެއްގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ ވެރިކަން ނުކުރެވޭނެ ކަމަށް ޕީޕީއެމުން ބުނަމުން ގެންދާތީ އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް އެކަމަށް މިއަދު ރައްދު ދެއްވައިފި އެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން، ފީވަކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ގުރުބާން ވަމުން އަންނަނީ ގައުމުގެ ހައްގުގައި ކަމަށެވެ.

އެއީ، ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ އިތުރުން ޖަލު ހުކުމް އިއްވާފައިވަނިކޮށް ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ވެރިކަން ހޯދައި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދޭނީ ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

އިސްލާމް ދީންވެސް އަންގަވާފައި ވަނީ ހެޔޮ ކަންކަން ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި ވަކިވެ ނުގަތުމަށް ކަމަށް ވިދާޅުވެ ފައިސަލް މިސާލު ދެއްކެވި އެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނީ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

Idhikolhugai othee hiyaalu thafaathuvun, verikameh nukureveyne: Shaheem

Idhikolhugai othee hiyaalu thafaathuvun, verikameh nukureveyne: Shaheem

The most trusted news source in the Maldives

Mihaaru

އިދިކޮޅު ކޯލިޝަން އޮތީ ބައިބައިވެފައި ކަމަށް ވިދާޅުވުން--

"ތިޔަ ބޭފުޅުން އަޑު ނާއްސަވާތި ގުޅިގެން ކަންކަން ނުކުރެވޭނޭ ބުނާ ވާހަކަ. އަޑުގަނޑުމެނަށް އަޑު އެބައިވޭ. އެއީ ލަދުވެތި ވާހަކަ. ގުޅިގެން ކަމެއް ނުުރެވޭނެއޭ ގުޅިގެން ކާމިޔާބު ނުހޯދޭނެއޭ، އެއްވެސް ގޮތަކަށް އަޑު ނާއްސަވާތި،" ފައިސަލް ވިދާޅުވި އެވެ.

އިސްލާމް ދީން އަންގަވާފައިވަނީ އަދުލުވެރިކަމާއެކު ކަންކަން ކުރަން ކަމަށްވާއިރު ސަތޭކަ ޕަސެންޓު އިސްލާމީ މި ގައުމުގައި މިހާރު ކަންކުރަމުންދާ ގޮތާ މެދު ލަދުގަންނަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެންދަވަނީ އިދިކޮޅު ކޯލިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުންނެވެ. ކޯލިޝަންގެ ސަރުކާރަކީ ދެބަސްވުންގިނަ އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ވުރެ އަމިއްލަ ކަންކަމުގައި އުޅޭނެ ބައެއް ކަމަށް އެ ދެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

35 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޒޫ

28 August 2018

ހަތަރު ލީޑަރުންގެ ވިސްނުމަކީވެސް މިޤައުމާއި ދީން އިންޑިޔާއަށް ވިއްކާލުން...........ރައްޔިތުން އަޅުވެތިކުރުން..........4 ލީޑަރުން ޖައްވުގައި އުދުހުން......... މިހާރު މިޤައުމުން ފެންނަމުންދާ ތަރައްޤީ ހަޖަމުނުވެގެން އުޅޭބައެއް ތިޔައީ.........

The name is already taken The name is available. Register?

އަބްދުﷲ އ

28 August 2018

ތިޔަ ގުރުބާނީ ފެންނާނެ ވޯޓުލައި ނިމޭތާ މަހެއްވެސް ނުވަނީސް. އެކަކު ކަރުގަ ހިފައިގެން އަނެކަކު އުޅޭތަން މިހާރުވެސް ފެންނަކަހަލަ. އެމްޑީޕީ އިން ކަލޯމެން ބޭރުއަރުވާލާނެ. މުޖައްރިބުތާ...

The name is already taken The name is available. Register?

އަބްދުއްލާ

28 August 2018

ނަސީދު ފަނޑިޔާރަކު ރަހީނުކުރީ ގައުމުގެ ހައްގުގާތޯ ،ގާސިމް ކުރުމަގުން ކަންކަން ނިންމަވަން އެހީތެރިވަނީ ގައުމުގެ ހައްގުގާތޯ ؟އިމްރާން ހުސްކަރުދާސްގަނޑަކުން ހެކި ގެންނެވީ ގައުމުގެ ހައްގުގާތޯ ؟މައުމޫނު ފުލުހުންގެ އަމުރަށް ކިޔަމަންނުވީ ގައުމުގެ ހައްގުގާތޯ ؟ ތިޔަފަދަ ތެދުން އެއްކިބާވެފައިވާ ވާހަކަ ވިދާޅުވި އިރު ﷲ ވޮޑިގެންވާކަންވެސް ހަނދުމަނެތިވެ ހަމައެކަނި ހިތުގަ ނާއިބުރައީސް އުތަ ؟

The name is already taken The name is available. Register?

ޚދުހޮދ

27 August 2018

ރަގަޅީ އަައަނި

The name is already taken The name is available. Register?

ާދޮންކަލޯ

27 August 2018

ރައްޔަތުންނަށް ހަގީގަތް އިނގޭއިރުވެސް ރައްޔިތުން ކުރިމަތީ ދޮގުހަދަން މިވެރިން ލަދެއްވެސް ނުގަނެޔޭ ސަހާދެއް މިބުނީ.

The name is already taken The name is available. Register?

ކަނބިލި

27 August 2018

ތިޔަ ހުރިހާ ލީޑަރުންގެ އޮތީ އެއް މެނިފެސްޓޯއެއް.އެއީ ވެރިކަމަށް އައުމާއި އަމިއްލަ ފައިދާއަށް ރައްޔިތުން ގުރުބާންކޮށްގެން ވެރިކަން ކުރުން

The name is already taken The name is available. Register?

އަބްދުﷲ

28 August 2018

ކަނބިލި ތިޔަބުނީ 100% ތެދެއް..

The name is already taken The name is available. Register?

ބަގޭ

27 August 2018

ކޮސް ނުގޮވާ ޖޭޕީން އަބަދުވެސް ގައުމުވެސް ގުރުބާން ކޮށްލަނީ ގާސީމްގެ ބޭންކް ބެލެންސްގެ ހައްގުގައި.

The name is already taken The name is available. Register?

ތަކުރުފާނު.

27 August 2018

ގައުމުގެ ހައްގުގާ 4ލީޑަރުން ގުރުބާން ވުމޭ އެބުނަނީ ހަގީގަތް ރައްޔިތުން.ނަށް އޮޅުވާލުމަށް. ޙަގީގަތަކީ ޔާމީނަށް ގައުމުގެ ހައްގުގާ ނުކުރެވުނު ކަމެއް ކުރެވޭނެ މީހަކު ނުހުންނާނެ.

The name is already taken The name is available. Register?

އެއްމިލިއަން ދެރުފިޔާ

27 August 2018

ރަނިންމޭޓަކީވެސް ލީޑަރުންތަ؟ ހާދަ ލީޑަރުވާހިތްވެސް ވޭ ދޯ. !

The name is already taken The name is available. Register?

ފިކުރު

27 August 2018

ނާހަމަތެދެއްތަ. ގައުމުދެކެ ހާދަހާވާ ލޯތްބެކޭދޯ އެވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454