އިދިކޮޅު ކެންޑިޑޭޓް އަދި މަޖިލިސް މެމްބަރު އިބޫ އާއި އިދިކޮޅު ބައެއް މެމްބަރުން: ބްރިޖްގެ ރަސްމިއްޔާތަށް އިދިކޮޅު މެމްބަރުންނަށް ވަނީ ދައުވަތު ދީފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
30 އޯގަސްޓް 2018 - 13:54
ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމަށް މިރޭ ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިދިކޮޅު މެމްބަރުންނަށް ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ސަރުކާރުން ދައުވަތު ދީފި އެވެ.
ސިނަމާލެ ބްރިޖް ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ހަމަޖައްސާފައިވާއިރު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައިވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް، މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެ ރަސްމިއްޔާތަށް ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ.
For tonight's grand opening of the Bridge we have invited MPs of all political parties, including MDP, JP and AP. We look forward to see all opposition MPs as well.
— Dr.Mohamed Muizzu (@MMuizzu) August 30, 2018
މުއިއްޒުގެ ޓްވީޓް
މިރޭގެ ރަސްމިއްޔާތުގައި ހުރިހާ އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒުގެ ޓްވީޓްގައިވެ އެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލަކީ ވެސް މަޖިލީހުގެ ދެ މެމްބަރުންނެވެ.
އިދިކޮޅު މެމްބަރުންނަށް މިރޭގެ ރަސްމިއްޔާތަށް ސަރުކާރުން ދައުވަތު ދިންއިރު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާ މެދު އިދިކޮޅު ކޯލިޝަންގެ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރަނީ ގިނަ މަޝްރޫއުތައް ހިންގަނީ ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.
އަންނަ މަހު ބާއްްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ގިނަ މެމްބަރުން މިހާރު ގެންދަވަނީ އަތޮޅު ތެރޭގައި ދަތުރު ކުރައްވަމުންނެވެ. އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި ފައިސަލް ވެސް ދަނީ މަޖިލީހުގެ މެމްބަރުންނާ އެކު އެކި އަތޮޅުތަކަށް ކެމްޕެއިން ދަތުރު ކުރައްވަމުންނެވެ. އަދި މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު މިހާރު ވެސް ބަންދުގައި އެބަ ތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާހިރު/ތެނަދޫ
30 August 2018
ރައްޔިތުން ބުރިޖު ބަލައި ގަންނާނެ! ދައުލަތުގެ ޓެކްސް ނިޒާމަށް ހުޅުވުނު ޢައު ބޮޅެއްގެ ގޮތުގައި!ގިނަ ރައްޔިތުން ތިބީ ނަރުދަމަޔާއި ސާފު ބޯފެން ލިބޭނެ ގޮތެއް ނެތިފަ! ޙުޅުމާލެ އިން ބިން އަމިއްލަ ކޮއްގެން ތިބި ޔަހޫދީންނަށް ދިވެހިންގެ ނަމުގައި ހޯދަދިން ފާލަމެއް! ނޯ ވޯޓް!
ޙުސެން
30 August 2018
މިސްކިތް ރަމްޒުކުރާށޭ ކިޔާފަ ޗައިނާމީހުން ބަހައްޓާފަހުރީ ޖައްވަންފޮނުވަން ތައްޔާރުވެފައިން ޗައިނާގެ ދެރޮކެޓު. އިދިކޮޅު މީހުނަށް ހިމާޔަތްނުދީ ދައުވަތުދޭނެ ކަމެއްނެތް.
ޕޮއްޕަޓު ލާލު
30 August 2018
މިރޭ ވެސް ބޭކާރު ޚަރަދު ކުރަން އުޅެނީ
އިބްޝާ
30 August 2018
ތިތަނަށް ދިއުން ބޭކާރު .. ތިބުރިޖު އެޅުމުގެ ބޮޑުހިއްސާ އޮތީ އަދީބުގެ .. ރަސްމީކޮށް ތިބުރިޖު ހުޅުވާނީ މި ނޮވެމްބަރު މަހު އިބޫގެ ވެރިކަމުގަ އަހުމަދު އަދީބު .. އެވަގުތު ޔާމީނު ހުރިތާކަށް ރަސްމީޔާތަށް ދައުވަތުދިނުން ރަގަޅު ...
ޙުސެން
30 August 2018
25 ބުރީގެވެސް މިވެރިކަމު ނިމެނީ 6ބުރި ބާކީ 19 ބުރި ނިންމާ ހުޅުވާނީ އިބޫގެ ވެރިކަމު.
ދީދީ
30 August 2018
ތިހެންވިއްޔާ ދައުވަތުތައް ފޮނުވަން ޖެހޭނީޖަލައް ދޯ
ތެމާ
30 August 2018
ޖަލަށްލައިގެން ގެންގުޅޭ މެންބަރުންނަށްވެސް ދައުވަތުދިންތަ ހަމަ އަހާލީ
މުޙައްމަދު،،،،،،،،
30 August 2018
އިއްތިޙާދު ބޭފޫޅުން ވިސްނަވާނެ ހަފަރާތަށް ދަޢުވަތަށް އިޖާބަދިނަސް އެއީރަނގަޅުގޮތް އިޖާބަ ނުދިނަސްއެއީވެސް ރަނގަޅުގޮތް އަޅުގަނޑުމެންރައްޔިތުން މިތިބީ އިބޫ އޯކެ ކޮށްގެން 23 ސެޕްޓމްބަަރަށް އިންތިޒާރުގައި،
ޅޮޖިކް
30 August 2018
ދެން ވަރައް ކުޅޭކުޅޭ ފާލަމެއް. ދަތުރުވެރިންގެ ސަމާލުކައް.
ބައިރޯ
30 August 2018
ބައެއް ކަންކަމުގަ ދޯ ދައުއަތު ދެނީ
މޯލްޑިވިއަން
30 August 2018
ސަޅި...ޤައުމީ ކަންކަމުގައި ރައްޔިތުންގެ ހިއްސާ އަބަދުވެސް އޮންނަންވާޏެވެ. ބުރިޖް ހުޅުވާ ރަސްމިއްޔާތައް އިދިކޮޅުމެމްބަރުން ނުގޮސްފިކަމަށް ވަނީނަމަ އެއީ ޤައުމްދެކެ ލޯބިވާ ބަޔެއްނޫނެވެ. ޤައުމަށް ލިބޭ ކޮށްމެ ފަހުރެއްގައިވެސް ގައުމުގެ އިސްބޭފޫލުން ހަރަކާތްތެރިވާން ޖެހޭނެވެ. އެއީ ދިމޮކުރެސީގެ ރީތިމިސާލެކެވެ.
ޢަހުމަދުބެ
30 August 2018
ކަލޭތީ ގައުމުދެކެ ލޯބިވާ މީޓަރުތަ.