ބްރިޖުމަތީގައި މިއަދު ހަވީރު ކައިވެރިނި ކުރި ދެ ޒުވާނަކު ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
31 އޯގަސްޓް 2018 - 19:24
އާސިމް މުހައްމަދާއި ފަޒްލާ އާދަމްގެ ތިން އަހަރުވީ ލޯބި ކައިވެންޏަކަށް ބަދަލުކުރަން ބޭނުންވީ ތަފާތު ގޮތަކަށެވެ. އެކި ކޮންސެޕްޓްތަކަށް ކައިވެނި ހަފްލާ ބޭއްވުމަށް މަޝްވަރާ ކުރަމުން އައެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖު މަތީގައި މިއަދު ކުރި ކައިވެންޏާ އެކު އެ ދެ ޒުވާނުން ތިބީ އުފަލުން ފޮޅިފަ އެވެ. ހަމަ އެކަނި އެ މީހުންނެއް ނޫނެވެ. ކުލަގަދަ ރަސްމިއްޔާތެއްގައި ރޭ ހުޅުވި މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖުމަތީގައި އަލަތު ފަސް ކައިވެންޏެއް މިއަދު ކޮށްފައިވާއިރު، އަނެއް ހަތަރު ކައިވެނީގެ އުފާ ލިބުނު ޒުވާނުން ވެސް ތިބީ އެހާމެ އުފަލުންނެވެ. ބްރިޖުމަތީގައި ކުރި ފުރަތަމަ ފަސް ކައިވެނީގެ ތެރޭގައި ހިމެނުމުންނެވެ.
ބްރިޖުމަތީގައި މިއަދު ކައިވެނި ކުރި މީހުންނާއި އާއިލާތަކަށް ހާއްސަކޮށް އެންމެ ޒަމާނީ ފެންވަރުގެ ތިން ބަސް ތައްޔާރަށް އޮތެވެ. އެ ބަސްތަކަށް އަރައިގެން ދާން ޖެހުނީ ބްރިޖުގެ މެދަކާ ހިސާބުން ފެށިގެން، ކައިވެނި ކުރަން މަގުގެ ފަސް ސަރަހައްދެއްގައި ޒީނަތްތެރިކޮށްފައިވާ "މާލަން" ތަކަށެވެ.
ބްރިޖުމަތީގައި މިއަދު ހަވީރު ކައިވެނި ކުރުމަށްޓަކައި ޒީނަތްތެރިކޮށްފައިވާ ސަރަހައްދުގައި ބައެއް އާއިލާތައް މަޑުކޮށްލައިގެން.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ބްރިޖު ރަސްމީކޮށް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބްރިޖުމަތީގައި ކައިވެނި ކުރަން ހުޅުވައިލުމުން އެކަމަށް ޝައުގުވެރިވި މީހުންގެ ފަސް ކައިވެނި މިއަދު ހަވީރު ބާއްވާފައިވާއިރު، އެ ހާއްސަ ތާރީޚީ ހަފްލާގައި ކައިވެނި ކުރީ އިބްރާހިމް ރަޝީދާއި ނައުޝާ މަޖީދު، އާސިމް މުހައްމަދާއި ފަޒްލާ އާދަމް، މުހައްމަދު ޒިޔާދާއި ފާތިމަތު ރިސާލާ، ރާފިއު މުހައްމަދާއި އައިމިނަތު ޝައުނާ ޝަމްވީލް އަދި އަހުމަދު ނަފާޒް ހަސަނާއި އައިޝަތު އިބާ ވަހީދެވެ.
އެ ޒުވާނުންގެ ކައިވެނީ ގިނަ ކަންތައްތަކެއް އިންތިޒާމް ކޮށްދިނީ ސަރުކާރުގެ ޚަރަދުގަ އެވެ. ބްރިޖުގެ ފަސް ސަރަހައްދެގައި ފަސް ބެކް ޑްރޮޕާ އެކު ކައިވެނި ކުރަން ޚާއްސަ މޭޒްތަކެއް ބަހައްޓާފައި ހުއްޓެވެ. ތަފާތު ވައްތަރުގެ ފަސް "ބެކް ޑްރޮޕް" އާއި ހަވީރުގެ ސައި ހަދާފައި ހުއްޓެވެ. ކޮންމެ ކައިވެންޏަކަށް ވަކިން ސައި ހަދައި އާއިލާ އެކު ވަގުތު ހޭދަ ކުރެވޭ ގޮތަށް މޭޒާއި ގޮނޑި އަތުރައި ވަނީ ޒީނަތްތެރިކޮށްފަ އެވެ.
ބްރިޖުމަތީގައި މިއަދު ކުރި ފަސް ކައިވެންނަށް އެ ތަން ޒީނަތްތެރި ކޮށްފައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ހުރިހާ ޒުވާނުން ވެސް އެންމެ ފަޚުރިވެރިވާ ކަމަކީ ތާރީޚީ އަދި އެތައް ބައެއްގެ ސަމާލުކަން ލިބޭ ފަދަ ގޮތަކަށް ކައިވެނި ކުރުމުގެ ފުރުސަތު ލިބުމެވެ. މި ޒުވާނުންގެ އަލަތު ކައިވެނި ވަރަށް ވެސް ތަފާތު ގޮތަކަށް ކުރެވުމަކީ އެ ޒުވާނުންތައް އުފަލުން ފޮޅުނު ސަބަބެކެވެ.
"ވަރަށް ކުރިއްސުރެ ވެސް ބޭނުން ވަނީ ހިސްޓޮރިކަލް މެރިޖެއް ކުރަން. ވަރަށް އުފާވޭ މި ފުރުސަތު ލިބުނީމާ. ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ބްރިޖުމަތީގައި ކުރި ފަސް ކައިވެނީގެ ތެރެއިން، ފަޒްލާއާ ކައިވެނި ކުރި އާސިމް ބުންޏެވެ.
ކައިވެންޏެއް ކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ތާރީޚީ މި ކައިވެންޏަށް ސަރުކާރުން ބޮޑު އެހީއެއް ދިނުމުން އެ ޒުވާނުން ތިބީ އަދި މާބޮޑަށް އުފަލުންނެވެ. އެއީ ކައިވެނި ހަފްލާއަށް ކުރަން ޖެހުނު ހޭދަ ކުޑަވުމުން ރަނގަޅު ހަނީމޫނަކަށް ފުރުސަތު ލިބޭނެތީ އެވެ.
"ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބޭނުންވީ، އިތުބާރު ކުރެވޭ ގޮތަކަށް ކައިވެނި ކުރަން. ސަރުކާރުން ފުރުސަތު ހުޅުވާލީމަ އެހެންވެ ކުރިމަތިލީ،" ރާފިއު މުހައްމަދު ބުންޏެވެ.
ބްރިޖުގައި ކައިވެނި ކުރި އިބްރާހިމް ރަޝީދާއި ނައުޝާ މަޖީދު-- ފޮޓޯ: އަހުމަދު ނިޝާތު
ބްރިޖުގައި ކުރި ކައިވެންޏާ އެކު އެ ޒުވާނުން އަދި ތިބީ އެންމެ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އަދިވެސް އެދޭ އެދުމެއް އެބައޮތެވެ.
"ދިރިއުޅުމެއް ފަށާއިރު އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން. ރަނގަޅަށް ލައިފެއް އުޅެވޭނީ ބޯހިޔާވަހިކަން ލިބިގެން. އެކަން ވަރަށް ބޭނުން،" އިބްރާހިމް ރަޝީދުގެ އަންހެނުން ނައުޝާ މަޖީދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮކިމަސް
01 September 2018
މޮޅުކަމެއް ކޮއްލަން ކުރިކަމެއްދޯ.
ހުސެެން
01 September 2018
ތިކައިވެނި ކުރި އިރު އަޅުގަނޑުވެސް ބުރިޖް ގަ ހުރިން... އެޔައް ވުރެ ރަގަޅުވާނެ ހަނަފަސް ސަހަރާއެއްގަ ކުރިޔަސް.... އެތާތިބި ހުރިހާ އަންހެނުން ކުލަކޮޅު ފާއިބާފަހުރީ ދާހިއްލާ ފޯވެފަ... ހަހހަަހަހަހަހ
ރަށްދު
01 September 2018
ކިހާވަރެއްގަ ދާނެބާ ބުރިޖް މަތީގަ ކުރާ ކައިވެނިތަކަށް ވާގޮތް ނޫސްވެރިން ބަލަންވާނެ
ގޫހި
01 September 2018
އެކަމަކު އަލަތުކައިވެނި އެއީ އަމިއްލަ މަސައްކަތުން ކުރާ ކައިވެންޏަކަށް ހެދުމުން ލިބޭ ހިތްހަމަޖެހުމެއް ދަެުލަތުގެ ހަރަދުގައި ކުރުމުން ނުލިބޭނެ.
falaku ain
01 September 2018
ހިތާމަވެރި ދުވަހެއްގައި ތިޔަކާވެނި ތިކުރީ. ޒުވާނަކަށް ގޭންގަކުން ޙަމަލާދީ މަރާލީދުވަހެއްގެ ގޮތުގައި ތާރީކުގައި ފާހަގަ ކުރާނެ. މުޅިރާއްޖެ އެހިތާމައިގާ.
ާއަލީ!
01 September 2018
ބޮޑު ކޮންކްރީޓް ގަނޑެއްގެމަތީ ކައިވެނިކުރުމަށްވުރެ ސަޅިވާނެ ރީތި ގޮނޑުދަށެއްގަކުރިޔަސް، މާރޮމޭންޓިކްވާނެ.
ށިންގަލް
31 August 2018
ޢަހަރުންގެ ޓެސް ފައިސާ މިމީހުންގެ ކައިވެއްޔަ ހަރަދުކުރަން ޖެހޭ އެއްވެސް ސަބަބެ ބުނެދެވިދާނެތޯ. ހަނީމޫންނަ ސިންގަޕޫރައް ވެސް ޕޮނުވަންވީނުން ރައްޔިތުން ހަރަދަ. ޙަމަޖެހޭ ގައުމެއްނޫން މީކީ.
މާހާ
01 September 2018
ދިވެހިން ހޭލުންތެރި ވާންވެއްޖެ. ޤައުމެއް ހިންގޭނީ ރައްޔިތުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަތުން ޓެކްސް ވެސް ނަގއިގެން ތަރައްޤީ ވެފައިވާ އެހެން ގައުމު ތަކުގަ 30% ވެސް ޓެކްސް ގޮތުގަ ނަގާ. ޝުކުރު ކޮށްބަލަ ރާއްޖޭގަ 6% ނަގަަތީ.
ވިންދު
01 September 2018
އިސްރާފު ކުރުން އެއީ ހަގީގަތުގާ ހޭލުންތެރިކަން ކުޑަވުމަކީ. އަހަރުން މިއުޅެނީ ފައިސާ ގިނަވެގެން ވިއްޔާ.
ކުޅަނދުރު
31 August 2018
ކަލޭމެން މީހުނާ ތިއިންނަނީ މަމެންގެ ޓެކްސް ފައިސާއިން.... ބޮޑުވަރު.
އެމީހާ
31 August 2018
ދުނިޔޭގަ ނުކުރާ އާ ކަމެހ ކުރެވިގެންތަ މި އުޅެނީި. އައްޑޫގެ ރަށްތައްވެސް އޮތީ ބްރިޖުން ގުޅުވާލާފަި
މުހައްމާ
31 August 2018
ދިވެހިންލައްވާ މޮޔަހައްދަން ކޮއްމެފަދަ ކަމެއްވެސް މިވެރިކަމުން ކުރުވަފާނެކަން މިއެގެނީ.