ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ވޯޓު ލާ ދުވަހަކީ ނުފޫޒު ފޯރުވޭނެ ދުވަހެއް ނޫން: އިބޫ

ނަޑެއްލާ އަށް ވަޑައިގެން އެރަށުގެ މީހަކާ އިބޫ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ވޯޓުލުން 23 ސެޕްޓެމްބަރުގައި އޮންނަ އިރު އެއީ ނުފޫޒު ފޯރުވޭނެ ދުވަހެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ގދ. ނަޑެއްލާގައި ވިދާޅުވެއްޖެ އެވެ.

ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުގައި ނަޑެއްލާގެ އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަން ބޭނުންފުޅު ވަނީ ހިޔާލުތަފާތުވާ ކޮންމެ މީހަކު ނެތިކޮށްލާ، ބާރު އޮތީ ހަމައެކަނި އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށް ދައްކަވައިގެން ކަމަށެވެ. އެކަމަކު، ރައްޔިތުން އެކަން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ނަޑެއްލާ އަށް ވަޑައިގަތުމުން، އޭނާއަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

"ރައީސް ޔާމީން އަމަލުތައް ހިންގަވަމުން ގެންދިޔަ އިރު ވެސް، ރައްޔިތުން ދިޔައީ ތިއީ ގޯހެކޭ ބުނަމުން. ނަމަވެސް އެކަމަށް ކުރިމަތިލި އެންމެން ވަނީ ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރެއަށް ވަދެ ބަންދު ކުރެވިފައި،" ޖަލު ހުކުމެއްގައި ތިއްބެވި އިދިކޮޅު ހަތަރު ލީޑަރުންނަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތައް ބަޔަކު ޖަލުގަައި ބަންދުކުރިޔަސް، ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހު ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ވިސްނުންތެރިކަމާ އެކު ނުކުމެވަޑައިގެން ތިޔަ ބޭފުޅުން ބޭނުންވާ ބަދަލު ގެނައުމަށް ވޯޓު ދެއްވާ. ތިޔަ ބޭފުޅުން ނިންމަވާ ނިންމެވުން ތަންފީޒު ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

ނަޑެއްލާ އަށް ވަޑައިގަތުމުގެ ކުރިން ގދ. ރަތަފަންދޫ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވެސް އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ ދުވަހަކީ ރައްޔިތުން ހުކުމް ކުރާ ދުވަސް ކަމަށެވެ. އަދި ރައްޔިތުން ހުކުމް އިއްވުމާ އެކު، އެކަން ތަންފީޒުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ މިއަދު ރަތަފަންދޫ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވި ގޮތުގައި އެ ދުވަހު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް، ޣައިރު ގާނޫނީ އަމުރުތައް ހިންގާފައިވާ މީހުން ޖަވާބުދާރީވާން ޖެހޭނެ އެވެ. އަދި ކޯލިޝަނުން އިންސާފުގެ މަގަށް ދަތުރު ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

24 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 2%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީންބެ

04 September 2018

އިބޫއައް ކިޔޭ ނުކިޔޭ އެއް އިގޭބާ. އަންނި ބުނާހެން އަބަދު ހަމައިގަ ހުނާކަށް ނުޖެހޭ ދޯ؟

The name is already taken The name is available. Register?

ޒޒޒޒ

03 September 2018

އެއްފަހަރު ބުނާނެ ނުފޫޒު ފޯރުވަނީއޭ އަނެއްފަހަރު ބުނާނެ ނުފޯރުވޭނެއޭ. އެއްލަވައެއް ކިޔޭތޯބަލާބަ

The name is already taken The name is available. Register?

ޒޒޒޒ

03 September 2018

އެއްފަހަރު ބުނާނެ ނުފޫޒު ފޯރުވަނީއޭ އަނެއްފަހަރު ބުނާނެ ނުފޯރުވޭނެއޭ. އެއްލަވައެއް ކިޔޭތޯބަލާބަ

The name is already taken The name is available. Register?

ކޮލަމާ

03 September 2018

އިބޫ މިހާރު އޮތީ ވޯޓުލާގޮތަކަށް ނޫން. ހަދާގޮތަކީ ގައުމީކަމެއްގައި ރައްޔިތު އެންމެނަށް ބުރިޖުމައްޗަށް ގޮވާފަ ރުހުމުގަ ނުދާ މީހުން ބަޑިދިއްކޮށްގެން ގެންގޮސް އެތަނުން ނުނިކުމެވޭގޮތް ހަދާފަ އެތާތިބި މީހުންގެ އަދަދަކީ އެއީ ޔާމީނަށް ލިބުނު ވޯޓުކަމުގަ ހަދަނީ.

The name is already taken The name is available. Register?

ސަލްމާނުހާން

03 September 2018

އެކަމެއް ނޭގެ ކަރަށް ބާރުލާފައެބަބުނޭ އޮޅުވާލަނިއްޔޭ ލާނެޔޭ ލައިފިޔޭ

The name is already taken The name is available. Register?

ހުއްބުލް ވަތަން

03 September 2018

ނުފޫޒު ނުފޯރުވޭނެކަން އެނގެންޏާ ކޮން ހާ ބަނދިވަރެއްތަ އެދަމަނީ އިލެކްޝަން ސައްހައެއް ނުވާނޭ ކިޔައިގެން!

The name is already taken The name is available. Register?

ތަރަބެ

03 September 2018

ވޯޓުލާ މީހާއައް ނުފޫޒު ފޯރުވުމާ ވޯޓުގަ މަކަރުހެދުން އެ ދެކަމެއް.. ކިތައްމެ ނުފުޒެއް ފޯރުވިޔަސް ވޯޓުފޮށިކާރި އައްދާނީ އެމީހަކު އަމިއްލަ އައް ބޭނުންމީހަކައް.. ވޯޓުލާއިރު ނުފޫޒު ފޯރުވަން ހުރިމީހާ ހުންނަން ޖެހޭނީ ބޭރުގަ

The name is already taken The name is available. Register?

މަދަނީ

03 September 2018

އެދުވަހަކީ މުޑުދާރުކަމުން މަޖްލިސްގެ ޠާހިރުކުރެވި ގައުމަށްވެރިވެފަވާ ހިތާމައާ ކަރުނައިގެ ކަޅުއަތުގެ ވެރިޔާ ދުރުކުރެވޭނެ ދުވަސް އެދުވަހު ވޯޓްލާ ނިމޭއިރު އަރާހުރި ވިގަނި ހުންނާނީ ފައިބާފަ

The name is already taken The name is available. Register?

ދަނީ

03 September 2018

އަރާ ހުރި ވިގަނި ބާލާފައި ދެން ތެބި ހުރިހާ ވިގަނި ކުރިއަށް އޮތް 5 އަހަރު ދުވަހު ތަޅާފޮޅާފޮޅީމައި ހުންނާނީ ގައުމު ކުރިއަށް ގެންދެވިފައި.

The name is already taken The name is available. Register?

ކާފަބެ

03 September 2018

އެމްޑީޕީ ރިޔާސީ ރޭހައް ނިކުމެއުޅޭއިރު ފެންނަކަމަކީ އެޕާޓީއަކީ އެއްވެސް މެނިފެސްޓޯއެއް އޮތް ޕާޓީއެއް ނޫންކަން .. ޖަޒީރާ ރާއްޖޭގެ މައިގަނޑު ކަމަކަށް އޮތީ ޖަލުގައި ތިބި މީހުން މިނިވަން ކުރުމާއި ކޯޓްތަކާ ކުޅުމާއި އެކިޔާ ވައްކަން ތަހުޤީގުކުރުމޯ.. އެކަންކަމުން ރައްޔިތަކަށް ވާނެފައިދާއެއް ނުފެނޭ ދެންގޮސް އިބޫ ދައްކަނީ ނަރުދަމާ އޮންނަ ރަށުގައި ނަރުދަމާ އަޅާވާހަކައާއި ފަރެސްމާތޮޑާގައި އެއާޕޯޓް އަޅާވާހަކަ އެހެންވިދާޅިވިއިރު ފަރެސްމާތޮޑާގެ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ ކަންތައް ދަނީކުރިއަށް

The name is already taken The name is available. Register?

މޮޔަމީހާ

03 September 2018

ކާކުތަ ވޯޓް އޮޅުވާލަން އުޅެނީ؟؟؟؟؟؟ ހާދަ ހީވެއޭ އެމް.ޑީ.ޕީ އެކަން ކުރަން އުޅޭހެން.

The name is already taken The name is available. Register?

ހަސަނު2

03 September 2018

އެހެންވީމައި އިންތިޚާބް ސައްހަ ވާނެތާ؟ ޝުކުރިއްޔާ އިބޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454