ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ބައިވެރިވި އެތައް ހާސް ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ މިރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން މާލެ އިން ބިމެއް ނުދޭތާ ތިން އަހަރަށް ފަހު، އަލިމަސް ކާނިވަލްގެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިންގެ ރަށްތައް ވިއްކާފައި ހުރީ ކޮން ގައުމެއްގެ ކާކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ އަގުގެ ގޮތުގައި ނަގާފައި އޮތީ ކިތައް ބިލިއަން ޑޮލަރުކަން އެނގެން ނެތް ކަމަށް، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އަދި ފޯރި އާއި ޖޯޝާ އެކު އިދިކޮޅު ސަޕޯޓަރުން ތިބި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ. މި ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ލާ ވޯޓުން ނޫނީ އެކަން ދެނެގަނެވޭނެ އެއްވެސް އަލި މަގެއް ފެންނާކެއް ނެތް،" މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށްތައް ވިއްކާފައި ހުރި ވާހަކަ ދެއްލުމުން، ސަރުކާރުން ދައްކަނީ ތަރައްގީގެ ވާހަކަ އެވެ. އޭނާ މިސާލު ނެންގެވީ ސަރުކާރުގެ އިސް ބޭފުޅުން ދައްކަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީންނެވެ. އެކަމަކު، މި މަޝްރޫއުތައް ހިންގީ ކޮރަޕްޝަނާ އެކު ކަމަށް ވިދާޅުވެ، އޭގެ ތަފްސީލް އިބޫ ދެއްވި އެވެ.

އިބޫ ވިދާޅުވީ "75 ބުރީގެ އިމާރާތުގެ އަގުގައި" 25 ބުރީގެ "ހޮހޮޅައެއް" ހަދައި އެތެރެ ހުސްކޮށް ބާއްވައި، ބޭރުގައި ޖެހި ބިއްލޫރިތަކުގެ ދަޅައަށް ހެއްލިގެން ތިބެވެން ނެތް ކަމަށެވެ. އަދި އެތަން އެޅުމުގެ ސަބަބުން ރައްޔިތުން 200 މިލިއަން ޑޮލަރަށް ދަރުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން 143 މިލިއަން ޑޮލަރު ހޭދަވެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، 100 މިލިއަން ޑޮލަރަށް ހެދޭ ބްރިޖެއް 300 މިލިއަން ޑޮލަރަށް ނިންމިއިރު، ވެލާނާ އެއާޕޯޓު 600 މިލިއަން ޑޮލަރަށް ހެދެން އޮއްވައި، ސަރުކާރުން ނެގީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ނެގި ދަރަނިން "ދިވެހިންގެ ބޯ ނުހިކޭވަރު" ކުރުމަށް ފަހު، ރައީސް ޔާމީން މިއަދު އިންނެވީ ހިނިފުޅުވަޑުވަން ކަމަށް ވިދާޅުވެ، އިބޫ ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފަ އެވެ.

"ކަމެއް ކޮށްދީފިނަމާ، ނެގި ދަރަންޏާ ބެހޭ ގޮތުން އެމަނިކުފާނާ [ރައީސްއާ] ސުވާލު ނުކުރާނެ ކަމަށް ވިދާޅުވި... ނޫން. އެއީ އެކަން އޮތް ގޮތެއް ނޫން. އެއީ ރައްޔިތުން ކުރާނެ ސުވާލެއް. އޭގެ ހަގީގަތް ހޯދަން ރައްޔިތުން ހޯދަން ބޭނުން ވާނެ. އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް އަޅުގަނޑު ނުވާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ނަމުގައި ދަރަނި ނެގޭނީ، އެ މީހުންނަށް އެނގި، ހުއްދަ ލިބިގެން ކަން އެއީ އޭރާއި މިހާރު ވެސް ގަބޫލު ކުރާ ގޮތެވެ. އެހެންވެ، ރައްޔިތުންގެ "ލޯ ލާރިއެއްގައި" ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމާ އެކު، އެއްވެ ތިބި މީހުންގެ ހަޅޭކުގެ އަޑުން ތަން ގުގުމައިލި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަން ހިންގާނީ ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ ބަސް ބުނުމުގައި ފުރިހަމަ ލާމަރުކަޒީ، ޖަޒީރާ ރާއްޖެއެއް އޮންނާނެ ކަމަށެވެ. އަދި ރާއްޖެ އަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ނެގި ދަރަނިތަކާއި ހުރިހާ އިސްރާފާއި ވައްކަމާއި ހިޔާނާތުގެ ސަބަބުން، އިގްތިސާދު އޮތީ ހީނަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދުގެ ނާރެސް ކަމުގައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލައި، ވިޔަފާރިވެރިން ބަނގުރޫޓުކޮށްލާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިންސާފުވެރި ޓެކްސް ނިޒާމަކާއެކު، ގެންނާނީ މިނިވަން ވާދަވެރި، ވިޔަފާރީގެ ނިޒާމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ "ހައްދުފަހަނައަޅާފައިވާ ކޮރަޕްޝަން" މި ގައުމުން ނައްތާލުމެވެ.

51 ކޮމެންޓް, 157 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްރަފް

04 June 2022

ދަރެންޏެއްވާ ނާޅުވާ. 100 ބިލިއަން މިއޮތް ހުރަސް ކުރީ ދަރަނީ ކުރެޗުނު ކަމެއް ފެންނާކަށް ނެތް

The name is already taken The name is available. Register?

ކޮކީ

08 May 2020

މަނިކިފާނު މިހެންބުނި ހަނދާން ވޭތަ؟

The name is already taken The name is available. Register?

މަންސޫރު ހަސަން

16 September 2018

އެހެންވެ އެއްވެސް ލޯންއެއް ނަގައިގެން ނުވާނެ އިބޫގެ ސަރުކާރެއްގައި

The name is already taken The name is available. Register?

ޑެން

09 September 2018

މީގެ ކުރީގެ ވެރިކަމުގެ 3 އަަހަރުން ތި ބައިމީހުންގެ ޙަޤީޤަތް އެނގޭ. ނުއުފުލޭ ވަރުގެ ބޮޑެތި ލާރި ގޯނި ރައްޔިތުން ބޮލުގައި އަޅުވާފަ ދިޔައީ. ވެރިކަން ލިބޭއިރަށް ޤާޟީން ހައްޔަރުކުރާނެ. މުސާރަތައް ކުޑަ ކުރާނެ. ނުރުހޭ ކޮންމެ މީހަކު ވަޒީފާއިން ވަކި ކުރަން ފަށާނެ. މިހެންގޮސް ކިޔާނެ ކަމެއް ނެތް ކަނަކު އަތަށް ކަނޑިޔެއް ދިނީމާ ހަދާހެން ހަދާލާނެ. ޖަރީމާތައް ހިންގާއިރު ހައްޕު ކިޔައިގެން ހުންނަ މީހަކަށް ރައްޔިތުންގެ ޙައްޤުތަކެއް ހިމާޔަތްކޮށް ނުދެވޭނެ.

The name is already taken The name is available. Register?

އަހުސަލް

09 September 2018

އިބޫގެ މުޅިދިރިއުޅުން ބިނާކުރީ ބަފައިބެގެ އެހީގައި އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް . އެހެންކަމުން ގައުމުގެ ދަރަނި އަދާކުރާނީވެސަ ބަފައިގެ އެހީގައި.

The name is already taken The name is available. Register?

ޗޮއިސް އާސްތު

09 September 2018

ވެރިކަމަށް އަންނަން ކޮންމެ މީހަކު ހުދު ކާފޫރަށްވޭ އެބަ. ކިހާ ދެރަކަމެއް

The name is already taken The name is available. Register?

އަދުރޭ ބުނި

09 September 2018

ޅައެތި އަލާފަ ހިތިފިލުވަން ދުވާ ބައެއް ދިވެހިން ނޫނީ ނޫޅޭނެ މަ ނާލާނަން ޅައެއްޗެއް މަނުދާނަން ވޯޓުލާކައް އެގެންވީމަ މަގޭސަބަބުން ޅައެއްޗެއް ނޭޅޭނެ ވަރައް ސަލާމް

The name is already taken The name is available. Register?

ދީމާހު

09 September 2018

ގެދޮރު ހަދަން ލޯނެއް ނެގުމަކީ ދަރިންގެ ބޮލުގައި ދަރަނި އެޅުވުންތޯ. ނޫނީ އެދަރިންނާއި ދަރިންގެ ދަރިންނަށް ދިރިއުޅެވޭނެ ގޮތް ހަދައިދެވުނީ ނޫންތޯ. ގައުމަށް ލިބޭ އާމްދަނީން ނުފުދެންޏާ ޖެހޭނީ ފައިސާ ހުންނަ ބަޔަކު އަތުން ފައިސާ ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައްކުރަން. ހިލޭސާބަހަށް ފައިސާއެއް ނުދޭނެ އެއަރޕޯޓާއި ނަރުދަމާ ހަދާކަށް. އެހެންނޫން ޖަޒީރާ ރާޢްޖޭގެ ތަސައްވުރަކީ ހަތް ދިހައިގެ އަހަރުތަކުގައި ރާއްޖެ އޮތް ގޮތުގެ ތަސައްވުރު ކަމަށް ވަންޏާ އޯކޭ. ލޯނު ނަގާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

އައްޑޫ ގޮއްޔެ

09 September 2018

ރޭގެ ޖަލްސާގަ ބުނީ މިއަށްވުރެ ބޮޑަށް ރައްޔިތުން އިނދަޖެހުނު ދުވަސްވަރެއް ނުދެކެމޭ. ބުނަން އޮތް އެތި ބޮޑުކަމުން އެއްޗެކޭ ނުބުނަން ކަމަށް މިހުންނަނީ.

The name is already taken The name is available. Register?

ރިފު

09 September 2018

މީގެ ކުރިން ރައްޔިތުން ބޮލުގަ އެޅުވި ދަރަނި ކޮބާރ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454