ތިން އަހަރަށް ފަހު އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން ފުރުސަތު ދިނުމުން، ކާނިވާ ސަރަހައްދަށް މީހުން އެއްވެފައި.--. ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ސެޕްޓެމްބަރ 2018 - 11:23
އެތައް ބަޔަކު ސިފަކުރި ގޮތުގައި، އެއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސިޔާސީ މައިދާނުން ފެނުނު އެންމެ "ބިޔަ މަންޒަރެ"ވެ. އެތައް ހާސް ބައެކެވެ؛ އަލިމަސް ކާނިވަލުގައި، ބަރިބަރިއަށް އަތުރާފައިވާ ގޮނޑިތައް ފުރާލީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ތިން ގަޑިއިރުގެ ޖަލްސާގެ ވަގުތު ޖެހުނުއިރު މުޅިން ތަން އޮތީ ފުރި، ބާރުވެފަ އެވެ. ގޮނޑިތަކުން ޖާގަ ނުލިބުނު މީހުން ކޮޅަށެވެ. ބާކީ ތިބި މީހުން އަރައި ތިބީ، ކައިރި އިމާރާތްތަކަށެވެ.
ޖޯޝާއި ފޯރީގެ ވެސް އާދަޔާޚިލާފު މަންޒަރެކެވެ. ސިޔާސީ ކަންކަމާ މެދު، އިދިކޮޅު ސަޕޯޓަރުން ފޫސެއްނުވި އެވެ.
This is amazing. Simply amazing #JazeeraaRaajje pic.twitter.com/o5KNEHpacY
— Ali Hussain (@AleeVoice) September 8, 2018
ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވައި ކެންދޫ ދާއިރާ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއް.
އެކަމަކު މި މަންޒަރު ދައްކާލުމުގެ ފުރުސަތު މި ލިބުނީ ތިން އަހަރަށް ފަހު އެވެ. މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުމައްޗަށް އެއްވި ފަހުން، ސިޔާސީ ހަރަކާތްތަކުގައި "ކަސްތޮޅު އެޅުވީ" އެވެ. އޭގެ ފަހުން، މިނިވަންކަމާ އެކު އެއްވުމެއް، ހިނގާލުމެއް ޖަލްސާއެއް ބޭއްވުމުގެ ހުއްދައެއް، އިދިކޮޅު ފަރާތްތަކަށް، ނުދެ އެވެ. އެންމެ ކުޑަމިނުން، ސިޔާސީ ޕާޓީތަކުގެ ހަރުގެތަކުގައި "ސަޔެއް" ބޭއްވިޔަސް ހެދިކާކޮޅު ވެސް ފުލުހުންގެ ބެލުމުގެ ދަށެވެ.
އެއީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިދިކޮޅު ޕާޓީތައް "ފިއްތާފައި" ތިބި މިންވަރު ކަން ފާހަގަކުރައްވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ "ކުޑަ ފުރުސަތަކުން ރޭ މަންޒަރު ސާފުވާނެ" ކަމަށެވެ. ސިޔާސީ އެއްވުމަކަށް، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Internetun fenunu video eh!! Saharoa!! 😱 pic.twitter.com/tkOw9VesI5
— Waddey 🎈 (@waddey) September 8, 2018
"ލިބުނު ކުޑަ ފުރުސަތުގައި، އެތައް ހާސް ބަޔަކު ރޭ ޖަމާވެ އެ ދައްކުވައިދިނީ، މިނިވަންކަމަށް ފެންބޮވައިގެންފައި ތިބި މިންވަރު. ރައީސް އަބްދުﷲ ޔާމީން އަމިއްލަ ނަފްސަށް އޮޅުވާލެވިދާނެ ރައްޔިތުން ފަނޑުކޮށްލެވުނީ ކަމަށް. އެކަމަކު ރޭ އެ ފެނުނީ ރައްޔިތުން މިނިވަންކަމަށް ތައްޔާރުވެފައި ތިބި ވަރު،" ސިޔާސީ ހަރާތްތައް ހުއްޓުވާލުމުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އީވާ ވިދާޅުވި އެވެ.
ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އާއި އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގެ އަދަދު ދައްކުވައިދޭ ފޮޓޯއެއް.
އޭނާ ވިދާޅުވި ގޮތުގައި އެންމެ އިންޗިއެއް ދިނަސް، މިނިވަންކަން ރައްޔިތުން ދަމައިގަންނާނެ އެވެ. ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދީ މިހާ ދުވަހު ހިފަހައްޓައި ދައްކަމުން އައި ބިރުތަކާ ހެދި ރައްޔިތުން ތިބީ މާޔޫސްވެ، ގޮތް ހުސްވެފައި ނޫން ކަން ވެސް ރޭގެ ޖަލްސާ އިން ފެންނާނެ ކަމަށް އީވާ ވިދާޅުވި އެވެ.
I am serioulsy getting goosebumps. This crowd!!! #IbuFaisal2018 #JazeeraRaajje pic.twitter.com/9Ygo7QiuFs
— Mohamed Azmeel 🎈❓ (@Azoo_Azmeel) September 8, 2018
"އޮބިއަޅައި ހިފަހައްޓައިގެން އުޅުނަސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ރައްޔިތުން ތިބީ ވަގުތުކޮޅަކަށް ބަލަބަލައި. ސިވިލް ސާވަންޓުންގެ ބިރެއް ނެތް، ސިއްރު ވޯޓަކަށް ފުރުސަތު ލިބިއްޖިއްޔާ، ބޯކޮށް ވޯޓުލައި ރައީސް ޔާމީން ބަލިކުރާނެ ކަން ސާފުކޮށްދީފި،" އީވާ ވިދާޅުވި އެވެ.
ޖަލްސާ އަށް ރަށްރަށުން މީހުން ގެންދިޔަ ކަމަށް، ޕީޕީއެމުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން އަމިއްލަ ޚަރަދުގައި، އިދިކޮޅު ޖަލްސާގައި ބައިވެރިވާ ހިތުން އައުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އެއީ، އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް އެ މީހުންގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ކަމަށް ވިދާޅުވި އެވެ.
Dhen naannaathi furihjje.
— hussain munawwar (@hussainkidu) September 8, 2018
517890 meehun vehjje. Kobaa PPM meehun ves ebathibi. Eh ves majubooru kameh nethi nufoozehnethi govaaleema v varu. Yageen ve nimihjje #ibufaisal2018 pic.twitter.com/Bpb2I5ecU8
ސޯޝަލް މީޑީއާ އުތުރި އަރަނީ ރޭގެ ޖަލްސާގެ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. އެކަކު ބުނެފައި ވަނީ، އެއްވެފައި ތިބި މީހުންގެ އަދަދުން ގައިން ހީބިހި ނަގައިގެން ދިޔަ ޖަލްސާ "ހަމަ ހަބޭސް" ކަމަށެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި "ލޯބިން ފުރާލަ ދިން ޖަލްސާއެއް" ކަމަށެވެ.
Thousand words plus.#IbuFaisal2018 #JazeeraRaajje #InsaafugeMagah Together we can. pic.twitter.com/7kC6YVlK23
— Abdulla Mausoom (@Mausoom_Maus) September 8, 2018
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއް.
އެއާ އެކު، ރައީސް ޔާމީނާއި ސަރުކާރުގެ އިސް ބޭފުޅުންނަށް އަމާޒުކޮށް ކުރާ ސުވާލަކީ "މަންޒަރު ފެނޭ ހެއްޔެވެ"؟
Kobaa Yameen? Thafaathu feney dho.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 8, 2018
Mi manzaru fennaane kan yaqeen vaathy mioh hurihaa dhuvahu ves alhugandumennah jalsa eh baavvan furusathu nudhinee. @MMuizzu manzaru saafu vejje dho! #IbuFaisal2018#VaguOut#YAGOUT#JazeeraRaajje pic.twitter.com/jtLTXIfdlg
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ކުރެއްވި ޓުވީޓެއް.
ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ޖަލްސާތަކާއި އިދިކޮޅު ޖަލްސާތަކުގެ ތަފާތު ފެނޭތޯ އައްސަވަމުން ރޮޒައިނާ ވިދާޅުވީ މިހާ ދުވަސް ވަންދެން ޖަލްސާއެއް ބާއްވާނެ ފުރުސަތު ނުދިނީ މަންޒަރު ފެންނާނެ ކަން ސާފުވާތީ ކަމަށެވެ. މިހާރު އޮންނާނީ، "މަންޒަރު ސާފުވެފައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާއެކު އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ޖަލްސާތަކަށް ނަން ނޯޓުކޮށް، މަޖުބޫރުކޮށްގެން ގެންދާ އުސޫލުން، އިދިކޮޅު ޖަލްސާ އަށް ގެންދިޔަ އެކަކު ވެސް ނުހުންނާނެ އެވެ. އެ އެންމެންނަކީ ވެސް ހިތާއި ރުހުމުން، އަމިއްލަ އަށް ބޭނުންވެގެން ދިޔަ ބައެއް ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
Fenay tha? Nufenay tha?
— Ali Shaah (@MPShaah) September 9, 2018
Nagaa raalhu annanee boduvamun! Biyavamun! Kaarivamun! Bindhaalumuge kurin! Life jacket alhuvva! Odigadu nufethenees! Odi dhookuravva! Odin fummavaa lavva! Dhen othee last and final call! pic.twitter.com/fhmhlw42D9
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ޝާހް، ރޭގެ ޖަލްސާގެ ފޮޓޯ އާއްމުކުރައްވައި ވިދާޅުވީ ސަރުކާރާ ދެކޮޅަށް ނަގާ ރާޅު އަންނަނީ "ބިޔަވަމުން، ކައިރިވަމުން" ކަމަށެވެ. މި މަހު 23 ގައި އޮންނަ ވޯޓަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން އަރިހުން އެދިވަޑައިގަތީ "ރާޅު ބިންދާލައި އޮޑި ފެތުމުގެ ކުރިން، ލައިފް ޖެކެޓް އަޅައި އޮޑި ދޫކުރެއްވުމަށެ"ވެ.
Mee Raees @maumoonagayoom aai Raees @MohamedNasheed aai Hon. @qasimibrahim aai Sheikh @ShimranAb ge hivvarun hivvaru libiganegen nukume thibi meehun! Mi emmen beynun vanee @PresidentYAG verikamun baalaa @ibusolih aai @FaisalNasym mi raajjeyge verikamah gennan! #IbuFaisal2018 pic.twitter.com/HMmnqP0Gon
— Ali Hashim Didi (@hashimex) September 8, 2018
ގާނޫނުއަސާސީން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ކަށަވަރު ކޮށްދީފައި އޮތަސް އެ ހައްގު އޮތީ ގާނޫނީ ބަދަލުތަކަކުން ހިފަހައްޓައިފަ އެވެ. ކާނިވާ ސަރަހައްދަށް ނޫން ތަނަކަށް، އެއްނުވެވޭނެ ކަމަށް ކަނޑައަޅައަޅައި، ހައްގު ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އިދިކޮޅުގެ އެއްވުންތަކަށް އަމާޒުކޮށް ގާނޫނީ ބަދަލުތައް ގެނެސްފައިވާއިރު، ރޭގެ ޖަލްސާއަކީ ތިން އަހަރުގެ ދިގު އިންތިޒާރެވެ. ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިޔަސް ސިޔާސީ ހަރަކާތްތަކުގައި، ދޫދީ، ފަހަތަށްޖެހެން ތައްޔާރެއް ނޫން ކަން ސަރުކާރަށް ބުނެދީފި އެވެ.
އެ ޖަލްސާ އަށް ފަހު، "އާދަޔާޚިލާފު ކްރައުޑް" ނުކުތީ، އާ ހިތްވަރަކާ އެކުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ފޫހިވުމެއް، ވަރުބަލިވުމެއް ނެތް ކަމުގެ ޝުއޫރުތަކާ އެކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ahmed
10 September 2018
އަސްލު ޔާމީން މާ މޮޅު.. 04 ލީޑަރުން ވެގެން ތީ އަސްލު ކޮންޗެއް. ޔާމީން އެކަނި މާ ސަޅި.
އިބްރާ
10 September 2018
މިނިވަންކަމެއްނޫން. އަޅުވެތިވުމަށް ބާރުއަޅާބައެއް އެމްޑީޕީއަކީ.
ޝޮކްތެރަޕީ
10 September 2018
ހަގިގަތަކީ ކޮބާތޯ މުޅި ރާއްޖެން މީހުންގެނެސްގެންހޯ.
ރީތި މޫސަ
10 September 2018
މާލޭއާ ރާއްޖެތެރެއިން މީހުންގެނެސްގެންދައްކާ ބޮޑުމަންޒަރަށްވުރެ މުހިންމީ ވޯޓް މިފަހަރު ޕީޕީއެމް %80 ނަގާނެ ހަމަޔަޤީން
ކަންބޮނޑި
10 September 2018
40% އެއީ އެންމެ ގިނައިންވެސް ލިބޭނެ ވަރު
ކަނު
10 September 2018
ރާއްޖެތެރޭ ތިބީ ވޯޓު ނުލެވޭ މީހުންނޭތަތިބުނީ؟؟
މަލާކު
09 September 2018
އެމްޑީޕީއަކީ ކަލްޓެއްކަން ޔަގީންވެއްޖެ.
މޮޔަ ސޮރު
09 September 2018
އަދި އެއްފުރުސަތު ދީބަލަ. ސައިޒު ޑަބަލްކޮށް ދައްކާލާނަން.
ހަމީދު
09 September 2018
ތީ މުޅި ރާއްޖެ އަތްފުނާ އަޅާއިގެން ގެންދިޔަ މީހުން ލާރިވެސް ދިން އީވާމެން ރޮދޭނާމެން ކީކޭ ކިޔާކަށްތަ. ޕީޕީއެމްުން ބޭއްވީ ހަމައްެކަނި މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ބޭއްވި ޖަލްސާއެއް. ހުރޭ ނިކަން ސައިޒު ދައްކާލަން އަންނަ ހަފުތާއި. ރަށްރަށުން މީހުން ގެނެވޭކަންވެސް ދައްކާނަން. ލޮލް
ކަންބޮނޑި
10 September 2018
ލާރި ދިނޭ؟ މާލެ އަކުން ނޫނޭ؟ ދާހިތް ނުވާ އެކަކުވެސް ނުދޭ. އެކަމަކު ޕީޕީއެމް އިން އާދެސް ކުރި މަގެންދަންވެސް. ހެހެ ގެޔަށް ބަލާވެސް އައި. މަގޭ ވޯޓު އެކަމަކު އޮތީ ޕީޕީއެމަކަށް ނޫން. ވާހަކަ ދައްކަވާ އިރު އޮޅުވާނުލައްވާ. ތާޢިދު ގަދަކަމުން ހޯދަނީ ކާކުކަން ޕީޕީއެމް ގެ ބޭފުޅުންވެސް ދެނެތިބީ. ގަދަބާރުންވެސް ޔާމީނު އޭ ހުވާކުރާނީ އެމީހުން ބުނަނީ. ތާއީދު ނެތް ކަން އެންމެންނަށްވެސް އިނގޭ.
ވަސީމު
09 September 2018
ކުކުޅު ބިސްއަޅާފަ ކަކަކާކޯއޭ ގޮވާލާނެ އިރުކޮޅެއްނުވަނީސް ހާގޮވަންފަށާނެ. ދެންހުރިހާ ހާތަކާއި ކުކުޅުތަށް އެއްކޮށް ގޮވަމުން ދުވާނެ. މިހުރިހާ ގޮވުމެއްގޮވާ ދުވެހަދަނީ އެންމެބިހެއް އަޅާފަ. އެކަމަކު ވެލާއެތަކެއްހާސްބިސް އަލާފަ މަޑުމަޑުން ފައިބައިގެންދަނީ އެއްވެސް ހަޅޭކެއްނުލަވާ!
އައިޖޭ
09 September 2018
އަލްހަމްދުލިއްލާހި.. 23 ސެޕްޓެމްބަރުގައި އިބު ސާލިހު އަށް ހަބޭހަށް ވޯޓް އަޅާނެ... އިންޝާﷲ
ޔޫސުފް1
09 September 2018
މިތާ ކޮމެންޓް ކުރާމީހުންވެސް ވިސްނާލަން ޖެހޭނެ މި ސަރުކާރު ވަޒީފާތަކުގަ މަސައްކަތް ކުރާމީހުން ވަޒީފާ އިން ކަނޑާލާފާނެތީވެ ރޭގަ ޖަލްސާ އަށް ނުދެވުނުސަބަބަކަށްވެސް ވެދާނެއޭ. ބުނެލަން ބޭނުންވަނީ މިހާރު ޕީޕީއެމް ސަޕޯޓަރުންވެސް މި ކުޑަ ދުވަސްކޮޅު ތެރޭގަ އެތައް ޖަލްސާއެއް ބާއްވާފިޔޭ! ތަފާތަކީ ހައުސިން މިނިސްޓްރީ އިން މި ތިން އަހަރު ތެރޭގަ ދިން ފުރަތަމަ ހުއްދައިގެ ދަށުން ބޭވުނު ޖަލްސާގަ ގިނަ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ބައިވެރިވެފައިވޭ! އަދި ބުނެލަން ބޭނުންވަނީ އަހަރެންނަކީ 20 އަހަރުގެ ޒުވާނެކޭ. ވަރަށް ގިނަ ޒުވާނުންވެސް ބައިވެރިވިއޭ! އުއްމީދަކީ ކުރިއަށް އޮއްދުވަސްތަކަކީ ފާގަތި އުޖާލާ ދުވަސްތަކަކަށްވުން.