ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ލިބުނު ބަންޑާރަ ބިމެއް، ހަޒާނާއިން ނެގި އެއްޗެއް ނޯންނާނެ: ރައީސް ޔާމީން

ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނަށް މީގެ ކުރިން ދިރިއުޅެން ބިންތައް ދޫކޮށްފައިވީ ނަމަވެސް އެފަދަ ގޮތަކަށް ބިމެއް ހޯއްދަވާފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެއްވެސް ބައެއްގެ ދަށުނުވެ "ތޯހިރު" ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވަން ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގެ ވަޒީރުކަމާއި އިސް މަގާމުތަކުގެ އިތުރުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ރައީސް ޔާމީން ވިދާޅުވީ އޭރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެކިއެކި އިނާޔަތްތައް ދެއްވި ނަމަވެސް އެމަނިކުފާނު ދައުލަތުގެ ހަޒާނާއިން ނެންގެވި އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

"ނޯންނާނެ ސަރުކާރުން ދިން ބަންޑާރަ ބިންކޮޅެއް ވެސް. ރިސޯޓުގެ ވާހަކަ ނުދައްކާ. ފަޅު ރަށްރަށުގެ ވާހަކަ ނުދައްކާ. އެހެން ވާހަކަ ނުދައްކާ. މީގެ ކުރިން ރިސޯޓްތަކާއި ފަޅު ރަށްތަކާ ތަންތަން މިއީ ސަރުކާރުގެ ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ދޭ ތަންތަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ހިތަދޫއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"މާލޭގެ ބިމަކީ ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނަށް ދީފައިވާ ތަންތަން. އެކަމަކު އަޅުގަނޑަށް ސަރުކާރުން ދީފައިވާ ބިމެއް ނޯންނާނެ. އަޅުގަނޑުގެ ބިމެއް ވިއްޔާ ހޯދާފައި އޮންނާނީ ގަނެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި، އެކި ރަށްރަށުގެ ބޭފުޅުންނަށް މާލެ އިން އޭރު ވަނީ ގެދޮރު ދީފަ އެވެ. އެކަމަކު މާލޭގައި ގެދޮރު ހުރި ވަޒީރުންނަށް ގޯއްޗެއް ނުދެއްވަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ މަންފާތަކެއް ހޯއްދަވަން ނޫން ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ މަގާމަކީ ބުރަ މަސްއޫލިއްޔަތެއް ކަމަށާއި ތަފާތު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ އާއިލާ އަވަހާރަ ކޮށްލަން އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ރައީސް ޔާމީނާ ދޭތެރޭ ކުރާއިރު އެއީ އެއްވެސް އަސާސެއް ނެތް ކަންކަން ރައީސް ޔާމީން ވިދާޅުވި އެވެ.

106 ކޮމެންޓް, 634 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްތޯފް

10 September 2018

މަނިކުފާނު ހަނދުމަފުޅު ނެތުނީތޯ، ތި މުޙާތަބް ކުރައްވަނީ، ދިވެހިންނާކަން؟ ބަންގާޅިން ނައް ނޫންކަން! ބަންގާޅީން ފަހަރުގަ ގަބޫލު ކޮއްފާނެ ތިވާހަކަ!! އެވެސް ފަހަރެއްގާ ....

The name is already taken The name is available. Register?

ތެމާ

10 September 2018

މީނާއަށް ނަޒާހަތްތެރިކަމުގެ އެވޯޑް ދޭންފެނޭ ގައިމު ޒަމީރުމެންތިބޭނެ އަތްޖަހަން

The name is already taken The name is available. Register?

ސުބްތާ

10 September 2018

މީ ސަހާދެއް މީހުން އަނގަ ގޮއްވަން އުޅޭ ފިރިހެނެއް !!!

The name is already taken The name is available. Register?

ހސނ މހއމދ

10 September 2018

ލާއި........ މިރައީސެއް އިތުރުޅެއް ނުހައްދަވާނެ. #މައިސާކަސްޓިކްކޮމެންޓް

The name is already taken The name is available. Register?

އަލް އަޙް

10 September 2018

ސާބަހޭ މަނިކުފާނު. އެމް.ޑީ.ޕީ އިން ފަތުރާ ދޮގު ވާހަކަތަކަށް ފަސްނުޖެހި ގައުމާގެން ކުރިއަށް ވަޑައިގަންނަވާ. ރައްޔިތުން ތިބީ މަނިކުފާނާ އެކީ.

The name is already taken The name is available. Register?

މަޖޫރީ

10 September 2018

މަނިކުފާނާއި ނުބައްދަލު މުއްސަނދިކަން ހޯދީ ކޮންގޮތަކުން ތޯއެވެ؟

The name is already taken The name is available. Register?

ަަމިނާކުޑޭ

10 September 2018

ކޮބާތޯ އެއްމިލިއަން ޑޮލަރު.

The name is already taken The name is available. Register?

‫މީވީގޮތޭ

10 September 2018

‫ ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން!

The name is already taken The name is available. Register?

ޯގޯސް ބުއްދި

09 September 2018

ޚަޒާނާއިން ނެގުމަށްވުރެ ޚިޔާނާތަށް ވަންނަނީ ޖެހޭ އެއްޗެތި ނުވެއްދުން މާ ގޯސް ނޫންތޯ އެވެ؟

The name is already taken The name is available. Register?

އަބްދުއްލާ

09 September 2018

ނަސީދުގެ ނަޒާހަތްތެރިކަން ހުރި މިންވަރަކީ ނަސީދު ވިދާޅުވީ ރާއްޖެއަށް ފެންފޯއް އެތެރެ ކުރން ހުއްޓާލަން ވެގެން ފެންފޯއްރުއް ގަނެތިޔޯ . 3600 ގފެންފޯއް ރުއްގަތުމަށް 3،600،000 ރުފިޔާ ނަގާ ގަތީ 100 ފެންފޯއް ރުއް އަދިވެސް އަނެއް 3500 ރުކަށް ވީގޮތެއްނޭގެ . ކިހާނަޒާހަތްތެރިދޯ ؟

The name is already taken The name is available. Register?

އެމްއެމްއައި

10 September 2018

ޑިސްލައިކް ކުރާ މީހުންނަށް އެނގެނީ ހަމައެކަނި ޑިސްލައިކްކުރަންތަ؟ މިއީ ދޮގެއް ވިއްޔާ ދޮގެކޭ ބުނެ ހެކިދެއްކެންވާނެ. ނަޝީދު 20 މިލިޔަން ޑޮލަރަށް ތިލަފުށި ހިއްކަން ރީކޯ މޫސައަށް ދިން ވާހަކަ ދައްކާލަން ކެރޭނެ ދުލެއް ނެތްތަ؟

The name is already taken The name is available. Register?

އަލީމް

10 September 2018

ތީ ތެދެއްވިއްޔާ 5 އަހަރު ފާއިތުވުއިރު ކީއްވެބާ އެއްވެސްތާކައް ތިމައްސަލަ ނުލާ ތިއުޅެނީ؟ ސިކުނޑީގަވެސް ޕިންކް ލޭ ދޯ ހުންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454