ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް، އެ މައުލޫމާތު އާންމު ކުރުމަށް މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް (ވ) އަދި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
20 ސެޕްޓެމްބަރ 2018 - 12:06
ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ގޮތުން އެމްޑީޕީން ތައްޔާރުކުރި ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މި މަހުގެ ކުރީކޮޅު އެމްޑީޕީން ނެރުނު އެ ރިޕޯޓްގައި ވަނީ ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އެ މައްސަލަ ބަލަން އެ ޕާޓީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އެންމެ ފުރަތަމަ ޗިޓް ފޮނުވީ އޭނާ މާލޭގައި ހުންނަވަނިކޮށެވެ. އަދި އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ހުންނަވަނިކޮށް އެ ރަށުން ވެސް އިއްޔެ ވަނީ އޭނާ އަށް ޗިޓެއް ހަވާލުކޮށްފަ އެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
އަނަސް ހާޒިރުވުމަށް ފުލުހުން އެންގި ގަޑި ބަދަލުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެ ރިޕޯޓް ނެރުމަށް ބޭއްވވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސަބަބުން، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ އެ މައްސަލަ ބަލަން އެމަނިކުފާނު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އިންތިޚާބީ ހައްގަކަށް އަރައިގެން ކަމަށް ބުނެ އެ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
24 September 2018
ރައްޔިތުން އެދޭގޮތަށް ޤައުމުގެ ވެރިކަން މިއޮތީ އެނބުރިފަ، ދެން އަބުރުފުޅުގަ ހިފައިގެންދަމާ މީހަކު ދަމާބަލަ، އަބުރުފުޅަށް ނުދެމިއްޖެއްޔާ ތެޔޮޓޭނކަރުގަ ހިފައިގެންދަމާނީ، ޓޭންކަރަށް ނުދެމިޖެއްޔާ އިންތިހާބީ ޙައްޤުގަ ހިފައިގެންދަމާނީ މިހުރިހާ އެއްޗަކީ އެންމެމީހަކަށް އޮންނަ އެއްޗެއްކަމަށް އެއްބަޔަކަށް ހީވެގެން އުޅޭތާ ލައްކަދުވަސް ވެއްޖޭ. ދެން، ދެއަތުން ފޮޅުނަގާވަރަށް އަތްޖަހާ
ކަރަންވީރް ޑޮގްރާ
20 September 2018
ކޮބާ ހީވެއްޖެ ކަމެއްހެން އަދިވެސް މޮޔަ ހެދިގެން އުޅޭ
ރާވެރިބެ
20 September 2018
މައްސަލަ ބަލާ ތިޔަހުރި ހެކިތައް އެވެރިން އަތުން ފުލުހަށް ނަގަންޖެހޭ ... އަދި ކުއްވެރި ވާ ބަޔަކު ތިބިނަމަ ޝަރީއަތަށް ފޮނުވަން ޖެހޭ ... ހެކިނެތްނަަ ތިޔަވާހަަކަ ދެއްކި ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭ...
ދަތްނެތްކުއްޖާ
20 September 2018
މާތްކަލާކޯ ތަމެން ހުރިހާ ކަމެއް ބަލާ. ﷲގެ ވާގިފުޅާއި އެކު 23 ގެ ފަހުން މި ޤައުމުގާ އޮންނާނީ ރައްޔިތުން އެދޭ ވެރިކަމެއް. ވ ސަލާން.
ހެހެ
20 September 2018
ޔާމީން ހޮވުނަސް އެއީ ރައްޔިތުން އެދޭ ވެރިކަމެއް ކަމަށް ގަބޫލުކުރެވޭނެތަ؟ ނޫނީ ޔާމީން ނޫން އެހެން މީހުން އެކަނިތަ ﷲގެ ވާގިފުޅުން ހޮވޭނީ؟
ބަލާމީހާ
20 September 2018
އެކަކު ނުކޮށްދިނީމާ އަނެކަކު ގާތަށް ފޮނުވައިގެން ކޮންމެ ގޮތަކުންވެސް މިކަމަކީ ބަޔަކު ހައްޔަރުކުރަން ބޭނުންވާކަމަކަށްވާތީ ފަހާދުވަނީ . ދެން ފުލުހުން ބަލައިދޭނެއެއްނު .
ހާޖަރާ
20 September 2018
ސާބިތުކަން ނުހިފޭ ވާހަކަދައްކާ މީހުންނަށް ގަވާއިދުން ފިޔަވަޅުއަޅާ އަދަބު ބޮޑުކުރަންފެނޭ. ތިޔަކަމުގާވެސް ތިމީހުނަށް ޔަގީންކުރެވޭ ކަންކަން ހެއްކާއި އެކު ހުށަހަޅުއްވާ. ނޫނީ އަބުރާބެހުމުގެ ގާނޫނުގެ ދަށުން ބޮޑުތަނުން ބަލިވެދާނެ. އުމުރު ދުވަހު ފައިސާދެއްކުމުގާ އުޅެން ޖެހިދާނެ.
މަރޭމިތުރާ
20 September 2018
[[ޔުނިފޯމުތައް ފުލުހުންގެވަނީ ކިލަނބުވެފައި.... ޔުނިފޯމުތައް ސާފު ހޫނުފެނުން ދޮންނަންވެފައި]]