ޚަބަރު / ރިޔާސީ އިންތިޚާބު 2018

މަރާލިޔަސް ހައްގު ބަސް ބުނުން ހުއްޓައެއްނުލާނަން: އިލްޔާސް

އިބޫ އާއި ފައިސަލް ސްޓޭޖަށް އަރުވައި އިލްޔާސް ދުއާއެއް ކުރައްވަނީ.

ދީނުގައި އޮންނަ ގޮތަށް ކަންކަމުގެ ތަފްސީލުތައް ކިޔައިދެއްވާތީ އޭނާއާ ދޭތެރޭގައި ހިތްހަމަނުޖެހިގެން މަރާލިއަސް ހައްގުބަސް ބުނުން ނުހުއްޓާނެ ކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމްގެ ކެމްޕޭން ނިންމަން އައްޑު އަތޮޅު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިލްޔާސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ ދުވަސްކޮޅަކު މެލޭޝިއާގައި އުޅުއްވުމަށް ފަހު އެވެ. އޭނާ މެލޭޝިއާ އަށް ފުރާވަޑައިގަތްއިރު ފުލުހުން ވަނީ އޭނާ އަށް ތުހުމަތުކޮށް މައްސަލައެއް ބަލަން ފަށައިފަ އެވެ. އެއީ، ޑރ. އަފްރާޝީމްގެ މަރާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެކެވެ. އެ ވާހަކަތަކާ ގުޅޭ ބައެއް ކަންކަމުގައި ޖަވާބުދާރީވާން ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް އޮތީ އަންގައިފަ އެވެ.

އިދިކޮޅު ޖަލްސާގައި އިލްޔާސް ވާހަކަ ދައްކަވަން ފެއްޓެވީ ފުލުހުންނަށް ދެއްވި މެސެޖަކުންނެވެ. ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އޭނާ "ފިއްލެވީ" ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ވަޑައިގަތް ކަން މިހާރު ފުލުސް އޮފީހަށް އަންގަވާފައިވާނެ ކަމަށާއި އެހެންކަމުން އޭނާ ހޯދަން އަނބިކަނބަލުންނަށް ގުޅައި އުނދަގޫ ނުކުރަން އިލްޔާސް އެދިވަޑައިގަތެވެ.

"އަޅުގަނޑު އެއްވެސް ޖިނާއީ ކުށެއް ނުކުރަން، އެކަމަކު އަޅުގަނޑު ރާއްޖެ އައިކަން އެންގީ ފުލުހުން ހިންގާ އެ ތަހުގީގަކަށް އެއްބާރުލުން ދޭން،" އިލްޔާސް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލްގެ ކެމްޕޭން ނިންމާލި ޖަލްސާގައި އިލްޔާސް ވާހަކަ ދައްކަވަނީ.

އިލްޔާސް ވިދާޅުވި ގޮތުގައި އޭނާއާ މެދު ބައެއް ބޭފުޅުން ހިތްހަމަނުޖެހެނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް އަމަލުކުރަން އިރުޝާދު ދެއްވާތީ އެވެ. ދީނުގައި އޮންނަނީ އަނިޔާވެރިކަމަށް ބޯނުލެބުމަށާއި ކޮރަޕްޝަނާއި ފަސާދަ އަށް ޖާގަ ނުދޭން ކަމަށް ވިދާޅުވި އެވެ.

އޭނާ ދައްކަވާ ބައެއް ވާހަކަތަކާ މެދު ޕީޕީއެމްގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގެންދަވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެކަމަކު، އޭނާ ރައްޔިތުންނަށް ވިދާޅުވާ ވާހަކަތަކަކީ ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުގައި ހިމެނޭ ވާހަކަތަކަށް ވާއިރު އެ ވާހަކަ ގޯސްވަނީ ކީއްވެތޯ އިލްޔާސް އެއްސެވި އެވެ.

އޭނާ ދައްކަވަނީ ގުރުއާނުގެ އާޔަތްތަކުގެ ވާހަކަ ކަމަށްވާއިރު އެ އާޔަތްތައް ފޮހެވޭނީ ކިހިނެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.

ވެރިކަންކުރާ ޕީޕީއެމާ ގުޅިވަޑައިގަތުމަށް ޝަހީމް ދެއްވާފައިވާ ދައުވަތު ގަބޫލު ނުކުރައްވައި އިލްޔާސް އެދިވަޑައިގަތީ، ޝަހީމް ތައުބާވެވަޑައިގެން، އަނިޔާވެރިކަމާ ދުރުވެވަޑައިގަތުމަށެވެ. ވެރިން ވެސް ދީނުގައި އޮންނަ ގޮތާ ޚިލާފަށް ކަންކަން ކުރައްވާ ކަން އެނގޭ ނަމަ ބޯނުލެބުމަށް އިސްލާމްދީނުގައި އޮންނަ ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ރޭ ވަނީ އިބޫ އަށް އޭނާ ތާއީދު ކުރައްވާ ސަބަބު ވެސް ވިދާޅުވެފަ އެވެ.

އިލްޔާސް، އިބޫ އާއި ފައިސަލްއާ އެކު.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓަކަށް ވަޑައިގަންނަވާތީ ކޮން ބޭފުޅެއްތޯ ސުވާލު އުފެދިފައި ވަނިކޮށް، އެއީ އިބޫ ކަަމަށް ބުނަން ފެށީ ޕީޕީއެމުންނެވެ. އެހެންވެ އޭގައި ހިކުމަތެެއް ވާނެ ކަމަށާއި އިބޫ އަކީ ތެދުވެރި އަމާނާތްތެރިއެއް ކަން ޕީޕީއެމުން ވެސް ގަބޫލުކުރާ ކަން ހާމަވީ ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އޯގާތެރިވުމުގެ ސިފަތައް އިބޫގެ އެބަހުރި ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމަން ޖެހޭނީ ވަރަށް ވިސްނާފައި ކަމަށް ވިދާޅުވި އެވެ.

ޖަލްސާގައި އިލްޔާސްގެ ވާހަކަ ނިންމާލެއްވީ އިބޫ އާއި ފައިސަލް ސްޓޭޖަށް އަރުވައި ކުރެއްވި ޚާއްސަ ދުއާ އަކުންނެވެ.

45 ކޮމެންޓް, 401 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 1%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނީސާ

21 June 2021

ހައްގުބަހަކީ މީހުންނަ ލާދީއޭ ގޮވުންތަ؟

The name is already taken The name is available. Register?

ހޯނު

25 September 2018

އިލްޔާސްމެން އަބަދު ދުވަނީ ކޮޅުކޮޅަށް؟! ކޮންކަމެއް ދީނޭ ދީނޭ ކިޔާފަ ޙާޞިލު ނުވެގެންބާ މަގޭ ހިތަށް އެބައަރާ. ދެން ހަމައިރުކޮޅަކުން ތިމާ ބޭނުންވާ މަޤުޞަދު ޙާޞިލު ނުވީމަ އާޔަތެއް ކިޔާފަ އަނެއްކާވެސް ދީނޭ ކިޔާނެ!

The name is already taken The name is available. Register?

ނޭގުނޭ

22 September 2018

އިލްޔާސް ބެލި ބެލުމުން ފެނުނީ އިބޫއަކީ އަމާނާތްތެރިކަމާ އޯގާތެރިކަމާ ތެދުވެރިކަމުގެ ސިފަތައް ހުރި މީހެއް ކަމަށް. ދީންވެރިކަން ނުވަތަ ދީނުގެ ކަންކަމަށް އިސްކޮށް ހިތާވަރު ހުރީ ކިހާ ހިސާބެއްގަތޯ ނުބެއްލެވުނީތޯ ނޫނީ ބުނާކަށް ނެތީތޯ ނޫނީ މިވަގުތާ ގުޅޭ ކަމަކަށް ނުވަނީތޯ؟ އިސްލާމީ ގައުމެއްގެ ވެރިކަމަށް އެރުވުމަށް ޝެއިޚުން މީހުން ޕްރޮމޯޓްކުރާއިރު އެންމެ ފުރަތަމަ ބަލާނީ އެކަމަށް ކަމަށް ހީކުރިން.

The name is already taken The name is available. Register?

ބޭބެ

21 September 2018

އެމްޑީޕީ ޝޭޙް

The name is already taken The name is available. Register?

ލޮލްލޮލްލޮލް

21 September 2018

އއެންޑީޕީ ޝޭކް

The name is already taken The name is available. Register?

ހައިއްޓޭ

21 September 2018

ހައްގުބަހަކީ ތިމާ ހަމަ ހިތައް އެރިހާ ގޮތަކަށް ޤުރުއާނުގެ އާޔަތްތައް ތަފްސީރުކޮށް ފިތުނަ އުފެއްދުންބާ ..މުސްލިމް ވެރިއަކާ ފިރިއައުނާ އެއްވަރުކޮށްފަ ގުޅުވާލާފަ މީހުންނަށް ވިސްނަދޭން މަސައްކަތް ކުރުމަކީ އެއީ ހައްގުބަސ ބުނުމޭ ބުނީމާ އެއީ ވަރަށްބޮޑު އޮޅުވާލުމެއް .. ތި އުފައްދާ ފިތުނައިގެ ހިތި އަދި ފެންނާނެ

The name is already taken The name is available. Register?

އަބްދުﷲ

21 September 2018

ހައްގުބަހަކީ ބަދަލުވުމެއްނެތި އަބަދުވެސް އެއްގޮތަކަށް އޮންނަ އެއްޗެއް. ޝައިހް ގެ ސިޔާސީ ވިސްނުމާ އެއްގޮތަކަށް ހައްގުބަސް ބަދަލެއްނުވާނެ. ޝެއިހްގެ ހައްގުބަސް އަނެއްކާވެސް ބަދަލުވާތަން ދުނިޔޭގަ ތިބިބަޔަކަށް ފެންނަނެ.

The name is already taken The name is available. Register?

އެޑްމުންޑޯ

21 September 2018

އިލްޔާސް ވާހަކަ ދައްކަނީ ދީނުގައި އޮންނަގޮތް އޮޅުވާލައިގެން ، ތިޔައީ ހައްގުބަސް ބުނާ ޝޭޚެއްނޫން ، އެވަގުތަކު ހުންނަ ސިޔާސީ ފަޅިައކަށް ބުރަވެގެން އަބަދުވެސް ވާހަކަ ދައްކާ ޝޭޚެއް ، ޝޭޚުން ހައްގުބަސް ބުނާނީ ތިފަދަ ސިޔާސީ ޕޯޑިޔަމްތަކަށް އަރާ ދައްކާ ވިޔާނުދާ ވާހަކަތަކުގެ ތެރެއިން ނޫން ،

The name is already taken The name is available. Register?

ނާނީ

21 September 2018

އިލްޔާސް ހުންނަ ކޮޅަކަށް ނޫން ބައި ގިނަ ކޮޅަށް 2008 ޑީއާރ ޕީ އެކަނި އެހެން އެންމެން އެއްކޮޅުގަ 2013 އެމްޑީޕީ އެކަނި އެހެން ހުރިހާ އެންމެން އެއްކޮޅުގަ މިފަހަރު ޔަމީނު އެކަނި އެހެން ހުރިހާ އެންމެން އެއްބައި

The name is already taken The name is available. Register?

1819

21 September 2018

ފަހެ މޫސާގެފާނާ ހާރޫނުގެ ފާނު ފިރުޢައުނުގެ ދަރުބާރަށް ވަޑައިގެން ޙައްޤު ބަސް އިއްވެވި އެވެ ވަﷲ އަޢުލަމް

The name is already taken The name is available. Register?

ބޮސް

21 September 2018

މަރުވުމަށްފަހު އިލްޔާސްއަށް އެނގޭނެ ހައްގު ބަސް ބުނެވިފައިހުރީ ކިހާ މިންވަރަކަށްކަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454