ޚަބަރު / ރިޔާސީ އިންތިޚާބު 2018

ދެރަ ގޮތެއް ނުހެދުމަށް ރައީސް އާދޭސް ދަންނަވައިފި

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ބޯ ވާރޭގައި ހުންނަވައިގެން ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހދ. ކުޅުދުއްފުށިން،  އަހުމަދު ސާއިލް އަލީ، މިހާރު

21 ސެޕްޓެމްބަރ 2018 - 18:34

239 comments

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި އިރު މޫސުން ގޯހެވެ. އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރުރަކަށް ވާދަކުރައްވާ ރައީސް ޔާމީން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށި އެވެ. ނަމަވެސް ވާހަކަ ގެންދެވީ ކުރިއަށެވެ.

ހަމައެކަނި ރަންވޭ ނިންމާފައި އޮތް، އެއާޕޯޓް ތަރައްގީކުރާ ބިމުގައި އެއްވެސް އިމާރާތެއް ނެތެވެ. ވަގުތީ ޓެންޓެއް ޖަހާފައި ހުއްޓަސް އެތަނުގައި ވެސް މާބޮޑު ހިޔާކަމެއް ނެތެވެ.

ބޯ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ފަޑިޔާރުގޭގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ގާތް މީހުން ވެސް ގާނޫނާ ހިލާފަށް މިވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ އެމަނިކުފާނާއެކު ރައްޔިތުން ތިބުމަށް އެދިވަޑައިގެންނެވި އެވެ.

ބޯވާރޭގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"ވަކިވަކި ސިޔާސީ ލީޑަރުން އަޅުގަނޑަށް ގެއްލުން ދިން ނަމަވެސް އަޅުގަނޑު މަސައްކަތް ކޮށްފިން. އަޅުގަނޑަކީ އިހުލާސްތެރިއަކީން. އަޅުގަނޑު ވަރަށް ގިނަ ކަންކަން ކުރެވޭތޯ ބަލައިފިން. ވަރަށް ގިނަ އުނދަގުލާ އެކީ އަޅުގަނޑު ސަރުކާރު ކުރިއަށް މި ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި މަސައްކަތް ކުރި މީހުންނާ. އަޅުގަނޑުގެ ގާތް ތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތް ކޮށްފި. ހަންޖަރު ހަރަން މަސައްކަތްކޮށްފި. [ފިނިފެންމާ ލޯންޗް] ގޮއްވާލަން މަސައްކަތްކޮށްފި. ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާ،"

"ރައްޔިތުން އަޅުގަނޑަށް އެހެން ހައްދަވައިފިނަމަ ކީއްކުރަންތޯ މީހަކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަން އުޅެންވީ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ތިބީ އެމަނިކުފާނުގެ ވެރިކަން ނިންމަންތޯ ކުރެވޭ ސުވާލަށް ދެ ދުވަސް ފަހުން ޖަވާބު ލިބޭނެ ކަމަށާއި ރައްޔިތުން އެމަނިކުފާނާ އެކުގައި ތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޔާމީން އަޑުހަރުކޮށް ވިދާޅުވި އެވެ.

"ﷲގެ ހަމްދަރުދީ އާއި ރަހުމް ވީ އަޅުގަނޑާއެކީގައި. އެހެންވީމަ މިއަދު އައިސް ކުޅުދުއްފުށީގައި މިއަދު މިވާހަކަ މި ދައްކަނީ. ދެ ދުވަސް ފަހުން މިއޮތީ މުޅި ރައްޔިތުން އަޅުގަނޑާމެދު ކަންތައް ކުރާނީ އަޅުގަނޑު މިދެންނެވި މީހުން ކަންތައްތައް ކުރެއްވިގޮތަށްތޯ ބަލަން ނަގާ ވޯޓް."

ރައީސް ޔާމީނުގެ ސަޕޯޓަރުން މިއަދުގެ ޖަލްސާގައި-- ފޮޓޯ: މިހާރު

މިސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ އަނބިކަނބަލުންނާއި އާއިލާ މެމްބަރުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް ވޯޓް ދިނުމަށް އާދޭސް ދަންނަވަމުންނެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އާއިލާތަކުން ރައްޔިތުންނަށް ގުޅައި އާދޭސް ކުރާއިރު އަދަބު ލިބޭ ބަޔަކަށް އެ އަދަބު ލިބެނީ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ. އަދި މިއީ ސިޔާސީ ލީޑަރުންނަށްޓަކައި ރައްޔިތުން ގުރުބާންވުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި އެބޭފުޅުން ގުރުބާންވީ ވަގުތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. މައްސަލައަށްވާ ހިސާބަކީ ކުށެއް ނެތް މީހުންގެ އަބުރު ކަތިލާ ހިސާބަށް ކަންކަން ދިއުމުން އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އަބުރާ ބެހޭނެ ވަރަކަށް ބެހޭ. މިއަދުވެސް މި ހުޅުވާލަނީ ދައުވަތު. ރައީސް ޔާމީން ނޫޅެ އެއްގޮތަކަށްވެސް ރައީސް ޔާމީންގެ އަބުރާ ބެހިގެން އުނދަގޫވެގެންނެއް. އަޅުގަނޑުގެ އަބުރަށްވުރެ ބޮޑަށް އަރައިގަނެވުނު އެހެން މީހެއްގެ އަބުރެއް ނޯންނާނެ،"

އެމަނިކުފާނަކީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އިދިކޮޅުން މުޅިންވެސް ދައްކަވާނީ ޑިމޮކްރަސީގެ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން އިސްލާމް ދީނާ ހިލާފް ކަންކަން ރާއްޖެއަށް ތައާރަފު ކުރުމަށް އަޑުއުފުލަމުން ގެންދިޔަ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ.

އަދި ވިދާޅުވީ ހައްގު ބަސް ވިދާޅުވާން ނުކެރޭ އިލްމުވެރިން އެބަ ތިބި ކަމަށެވެ. އަދި ބައެއް ސިޔާސީ ބޭފުޅުންވެސް އަރާނެ ކޮޅެއް ނޭނގިފައި ތިބިކަމަށާއި މިއަދުގެ ހާލަތަކީ އެއީ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގައި ކޮންމެ ވެރިޔަކު ހުއްޓަސް ހިދުމަތްތައް ލިބޭނެ ކަމަށް ގަބޫލުކުރާ ނަމަ އެއީ ގޯހެއް ކަމަށެވެ. ރައީސް އެދިވަޑައިގަތީ ގައުމަށްޓަކައި ކަމެއް ކޮށްދިނުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށެވެ.

ޖަލްސާއަށް ފަހު ފަހު ރަށު ތެރެއަށް ވަޑައިނުގަންނަވައި ރައީސް ވަނީ އެއާޕޯޓުން މާލެއަށް ފުރާވަޑައިގެންފަ އެވެ. މި ރަށުގައި ރަންވޭ އެޅުމުގެ އިތުރުން އެހެން ކަމެއް އަދި ކޮށްފައިނުވާތީ ރޭގަނޑު އެތަން އަދި ބޭނުމެއް ނުކުރެވޭނެ އެވެ.

239 ކޮމެންޓް, 2499 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 51%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހުންމަދު

27 September 2018

ތަރައްޤީ އަކީ ގިނަރަޢިއްޔަތުން ބަލައިގަންނަ އެއްޗެއް ނޫން. އެމީހުން ބަލައިގަންނަނީ ތިމާގެ އެދުމަށް ކޮށްދެނީ ކޮންކަމެއްތޯ. ގިނައީ އަމިއްލައެދުމުން ފޯވެފައި ތިބި މީހުން. މުޖުތަމައުގެ ހަމަޖެހުމާއި ލާބައާއ މަންފައަށް ވިސްނާމީހުން މަދު. ތިމާ ބޭނުންވާ އަމިއްލަ ކަމެއް ނުފުދުނީމަ އެކަން ދިފާއު ކުރިމަށްޓކައި އިންސާފޭ ކިޔައިގެން މިއުޅެނީ ޤައުމީ ވަންތަ ވަޠަނީ ބަޔެއް ނެތް!!!!

The name is already taken The name is available. Register?

އިބިލީސް

22 September 2018

ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނިން. ކަރަންޓު އަދި ކާޑުގެ އަގުވަނީކުޑަކުރެވިފަ. މާވެޔޮ މިސްކިތް ކާރި ބެނާ. އަދި ވެލާނާގެ ކާރި.

The name is already taken The name is available. Register?

ކޮރެޭ

22 September 2018

ފިނި ކޮޓަރިން ނިކުންނެވީ ދެއްތޮ؟

The name is already taken The name is available. Register?

ފަރު ނޭވާ

22 September 2018

ކޮމެންޓް ތަކަށް ލައިކް ޑިސްލައިކް ކުރަން ކަދުރު ކޮޅެއްދީފައި ނެރުނު ގްރޫޕް މިހާރު ފަހުނޭވާ ހޮޅިއަށް އެޅިގެން އެބައުޅޭ، އޭގެ ތެރެއިން މީހަކު ބުނޫ ލައިކް ޑިސްލައިކް ކުރެވުނު ވަރެއްގެ ރިޕޯރޓްވެސް މިނިސްޓަރަށް ދޭން ޖެހޭ ކަމަށް، ކަންކަން އޮޅުވާލަނީ ދެން ކޮށްފައި ނުކުރާނީ ކޮންކަމެއް؟

The name is already taken The name is available. Register?

ބޮކި

22 September 2018

ތަމެން ދުވާލު ހަތަރު ދަމު ކޮމެންޓް ކުރޭ އޯކޭ؟

The name is already taken The name is available. Register?

ހަސަންމާހިރު

22 September 2018

ވަރަށް އަސަރު ކޮށްފިދޯ ފަރުނޭވާ އަށް! ދެން ލާނީ އެމ.ޑީ.ޕީގެ ފަހު ނޭވާ!

The name is already taken The name is available. Register?

ގައުމް

22 September 2018

ކެރިގެން ކުރިއަށްދާނެ. ދިގު 30 އަހަރަށް، ހީލަތި 3 އަހަރަށް ބެލުމެއް ނެތި. ހިތްވަރު ދެމެހެއްޓި ފާގަތި 7 އަހަރުގެ މައްޗައް ކުރިއަށް ދާން ހިނގަވާ. އެންމެން 1 ކަށް!

The name is already taken The name is available. Register?

ނަމަ ހަމަ

22 September 2018

ތިޔައީ މައުމޫނު ކުރެއްވީ އާދޭހެއްނަމަ ހާދަ ބަޔަކު ޤަބޫލު ކުރެވޭ، ބަލާ މީހަކަށް މިހިރަ ފެންނަނީ ތަފާތު، ދެން މިކަން ހަސަދަވެރި ވިޔަސް ކީއްތޯ ކުރާނީ؟

The name is already taken The name is available. Register?

އޭކު ސަވާލް

22 September 2018

ކުޅުދުއްފުށީ އެއާރޕޯރޓެއް ޕޕ އިން އެޅި އެއަރޕޯރތެއްތޯ؟ މިހިރަ ފެންނަނީ މަނިކުފާނުގެ ދޯދިޔާކަމާ ދެކޮޅު ނުޖެހޭކަމާ އަމިއްލަ އެދުން ބޮޑު މިންވަރު، ޕީޕީ ވެގެން އުޅޭކަން ނުޖެހޭ ރައްޔިތުންގެ ފައިސާ ޚަރަދު ކޮށްގެން ކުރާ ކަނަކަމުގައި، އެވަރުން ނޭނގޭ ކަމަށްވާނަމަ ދެން ކުރެވޭނެ ކޮން ރައީސް ކަމެއް،

The name is already taken The name is available. Register?

ކިޔުންތެރިއެއް

22 September 2018

ދެރައެއްނޫން މަޑުމަޑުން ގޭގައިހުރޭ ރައްޔިތުންގެ ހިތްތައްވަނީ ޒަހަމްވެފާ

The name is already taken The name is available. Register?

ފަޅޯ ކައްޕި

22 September 2018

ގޮތް ހުސްވީ ދެއްތޯ ؟ ކިކި

The name is already taken The name is available. Register?

ސޯޕް ލައިޓް ބްރަދަރ

22 September 2018

ޖެހުނު ކޮންމެ ވިލާގަނޑަކަށް ރިޔާ ބަދަލުކޮށް ލައްވައިގެންނަމަވެސް ރައްޔިތުން ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމާމެދު ޝައްކެއްނުކުރަން. ރައީސް ޔާމިނަކީ ފިސާރި ކައްޕިއެއް.

The name is already taken The name is available. Register?

މާކުން

22 September 2018

ވިލާގަނޑު ދަށުން ކުޅިފޮދެން ޖެހޭނީ، އެއްވެސް ގަޓެއް ނެތި ކުޑަކަކޫ ޖެހުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454