ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިންތިޒާރު މި ކުރަނީ ރައީސް ޔާމީންގެ ފޯނު ކޯލަކަށް: އިބޫ

އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީންގެ ފޯނު ކޯލެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިބޫ މިހާތަނަށް ކުރި ހޯއްދެވީ، 58.3 ޕަސެންޓުންނެވެ. ރައީސް ޔާމީނަށް އަދި ލިބިވަޑައިގަތީ، 41.7 ޕަސެންޓެވެ.

އިންތިޚާބަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫ ދެއްވީ ބަޔާނެކެވެ. އެ ބަޔާނުގައި، މި އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްކި ނަމޫނާ އަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އޭނާ އާއި ރަނިން މޭޓު ފައިސަލް ނަސީމަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ބަޔާން ނިންމާލެއްވުމާ އެކު، ރައީސް ޔާމީންގެ ފޯނު ކޯލެއް ލިބިވަޑައިގަތްތޯ ނޫސްވެރިން ސުވާލުކުރި އެވެ. އެއާ އެކު އިބޫ ވިދާޅުވީ "ފޯނު ކޯލެއް އަދި ނުލިބޭ" ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

"އަޅުގަނޑު މި އިންތިޒާރުކުރަނީ ރައީސް ޔާމީންގެ ފޯނު ކޯލަކަށް. އަދި އެމަނިކުފާނު ބަލި ގަބޫލުކުރެއްވި ކަމަށް ވިދާޅުވާނެ ކަމަށް،" އިންޓަނޭޝަނަލް މީޑިއާ އަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވި އެވެ.

އަޅުގަނޑު އެދެނީ މިއަދު މި ބޭއްވި ރިޔާސީ އިންތިހާބަށް އިހުތިރާމް ކުރައްވައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލުކުރުމުގެ ކަންތައް ލަސް ނުކުރައްވައި ކުރިއަށް ގެންދެވުމަށް. --އިބޫ

އޭނާ ދެއްވި ބަޔާނުގައި ވިދާޅުވީ "މިރެއަކީ އުފާވެރި، ދިވެހިންގެ ދުއާ އިޖާބަކޮށްދެއްވި ރެއެއް" ކަމަށެވެ. އިންތިޚާބުގެ ކާމިޔާބީއަކީ، އިންސާފުގެ މަގަށް ދިވެހިންނަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވޯޓު ދިން މީހުންނާ ނުދޭ މީހުންނަށް ތަފާތެއް ނުކުރާނަން. އަޅުގަނޑު ވާނީ، އެންމެންގެ ރައީސަކަށް،" އިބޫ ވިދާޅުވި އެވެ.

މި އިންތިޚާބުގެ ކާމިޔާބީގައި، ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނޭ ކޯލިޝަނުން ހިއްސާ ބޮޑު ކަމަށް ވިދާޅުވެ، ގައުމާއި ރައްޔިތުންނަށްޓަކައި ލީޑަރުން ކޮށްދެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިބޫ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ދެން ކުރަން އޮތް މަސައްކަތަކީ ގައުމު އެއްބައިވަންތަ ކުރުމެވެ. އެ މަގަށް މިސްރާބު ޖަހައި، އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކޯލިޝަނުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫގެ ވާހަކަ ނިންމާލެއްވީ ރައީސް ޔާމީނަށް ދެއްވި މެސެޖަކުންނެވެ.

"އަޅުގަނޑު އެދެނީ މިއަދު މި ބޭއްވި ރިޔާސީ އިންތިހާބަށް އިހުތިރާމް ކުރައްވައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލުކުރުމުގެ ކަންތައް ލަސްނުކުރައްވައި ކުރިއަށް ގެންދެވުމަށް. އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ޔަމީނަށް ގޮވާލަން. އަދި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލެއްވުމަށް ވެސް ރައީސް ޔާމީނަށް ގޮވާލަން،" އިބޫ ވިދާޅުވި އެވެ.

46 ކޮމެންޓް, 387 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 7%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާލް

24 September 2018

އަހަރެން މަރުހަބާ ކިޔަން އިބޫ އާ ފައިސަލް މިފަހަރު ޕްރެސިޑެންޓް އިލެކްޝަން ކާމިޔާބު ކުރީތީ. ބަލިވެސް ގަބޫލުކުރަން. އެކަމް އެމްޑީޕީ މީހުން ބަލިވިނަމަ ކިހިނެތް ހަދާނީ؟ ބަލި ގަބޫލުކުރާނަންތޯ؟ އެހެންނޫނީ މުޅި ރާއްޖެ ހުޅު ޖަހާނީތޯ؟؟

The name is already taken The name is available. Register?

BITHUFANGI

24 September 2018

ކޮބާ އެއުޅޭ ތަމެން މަމެން ކިޔާފަ ކޮމެންޓް ކޮށްލާ ކުލީ ކޮމަންޓް މޭން. ތަމެންނަށްތޭ ފެނޭތަ ސައިޒު.ފެނޭތަ ސައިޒު. ފެނޭތަ ސައިޒު.

The name is already taken The name is available. Register?

ކޮބާ..ކޮބާ

24 September 2018

ބަލި ގަބޫލު ކުރުމަކީ، ސުލޫކީ މިންގަޑެއް އެމީހުންގެ ކިބައިގާ ހުންނަ މީހުން ނަށް ކުރެވޭ ކަމެކެވެ. މިކަލޭގެއަކީ އެސިފަ ހުރި މީހެއްނޫނެވެ.

The name is already taken The name is available. Register?

ސުލޫކީ

24 September 2018

ހުސް ދޮގު ހަދާ މީހުން އެނގިގެން ހިނގައްޖެ. https://mihaaru.com/news/42818

The name is already taken The name is available. Register?

ލޮލްސް

24 September 2018

މަރުހަބާ އިބޫ އަދި ކެރެފާ އާއި ސިއްކަގޭ އާއިލާ އަށް.

The name is already taken The name is available. Register?

މާރިޔާ

24 September 2018

ފައްޓަވާފާހުރިމަސައްކައްނިމްމަންދެން އެހައްޔާމިންމަޑުކުރިން ބުއްދިވެރީ

The name is already taken The name is available. Register?

ފަޅުވެރިން

24 September 2018

ބަލަ ރައީސް ޔާމީން އިބޫ އަށް ގުޅަންޖެހޭ ކަމެއް އެބައޮތްތަ؟ އިންތިޚާބު ކާމިޔާބުވީމަ ދެން 17 ނޮވެމްބަރ ގައި ހުވާކުރަން ތައްޔާރުވެގެން ހުރީމާ ނިމުނީނު؟ އެކަމާގުޅޭ ކަންކަން ކުރާނީ ކަމާބެހޭ އިދާރާތަކުންނެންނު؟

The name is already taken The name is available. Register?

ކެމެލް

24 September 2018

ހާދަ ކަންތައްތައް ކުރާގޮތުގެ ވަނަވަރުވެސް ނޭނގެއޭ ދޯ؟

The name is already taken The name is available. Register?

ހާދާލު

24 September 2018

މަރުހަބާ އިބޫ.....އަދި އެއުޅެނީ ބަލި ގަބޫލު ނުކުރެވިގެން.

The name is already taken The name is available. Register?

ފާހުހަސް

24 September 2018

ބަލިގަބޫލު ކުރާހާ ހިތްވަރެއް ނުހުންނާނެ .

The name is already taken The name is available. Register?

އައިމިނާ

24 September 2018

ހީނުވޭ ގުޅާނެހެން ވަރަށް ހަޖަމުނުކުރެވޭވައްތަރުގެ މީހުން.

The name is already taken The name is available. Register?

ކޯޅޭޝަން

24 September 2018

ބޮޑު ތަނުން ބަލި ކުރާނަމޭ ބުނި މީހުންނަަަށް ކޯޅޭޝަން ހަދައިގެންވެސް 'ބޮޑު ތަނުން' ބައްޔެއް ނުކުރެވުނު.

The name is already taken The name is available. Register?

އަލީބެއްޔާ

24 September 2018

އަދިވެސް ތިބަލަނީ ގަދަބަސް ބުނެވޭތޯ. ނިކަން ހިތްތިރިވެ މަޑުމައިތިރިކަން އިސްކޮއްބަލަ

The name is already taken The name is available. Register?

އިބޫ111111

24 September 2018

ޖަލުގައި ތިބި ލީޑަރުން ހަމަ މީހަކު ބުނެލާއިރަށް ދޫކޮށްލެވޭތަ ؟ އެކަން ކުރެވޭނީ ކޯޓުތަކުން އަލުން ޝަރީއަތް ކޮށްގެން ނޫންތަ.؟

The name is already taken The name is available. Register?

ޚޮވެލި

25 September 2018

ޢެމް ޑީ ޕީ އަށް ކާމިޔާބު ނުވިނަމަ މުޅި ރާއަޖޭގަ ހުޅުޖެހީސްކަން ޔަގީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454