ޚަބަރު / މެމްބަރު ރިޔާޒް ރަޝީދު

މި ފެނުނީ އިހުލާސްތެރިން ދޫކޮށް ގޮތް ނޭނގޭ މީހުންނަށް އިތުބާރުކުރުމުގެ ނަތީޖާ: ރިޔާޒް

ރިޔާޒާއި އިބޫ މަޖިލީހުގެ ގޯތި ތެރޭގައި ފޮޓޯ އަކަށް ހުއްޓިވަޑައިގެން: ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑު ކަމަށް އޭނާ ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑުވެ ޕާޓީ ތެރޭގައި ތިބި އިހުލާސްތެރިން ދޫކޮށް، ގޮތް ނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ. މިއީ އެންމެ ގިނަ ބަޔަކު އިންތިޚާބެއްގައި ވޯޓުލި ފަހަރަށްވާނެ އެވެ.

ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު އަދި ޕީޕީއެމްގެ ބައެއް އިސްވެރިން ގައުމީ ސަލާމް ވިދާޅުވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. އަދި އިބޫއަށާއި އެމަނިކުފާނުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ރިޔާޒް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

"މިހެން ދިމާވީ ބައިބައިވުން ބޮޑުވެ، އަމާޒު ގެއްލުނީމަ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، އަމާޒު ގެއްލުނީ ޕީޕީއެމް ތެރޭގައި ތިއްބެވި އިހްލާސްތެރިން ދޫކޮށްލައި، ގޮތް ނޭނގޭ މީހުންނަށް އިތުބާރުކޮށް އެއް ދިމާލަށްވުރެ ގިނަ ދިމާލުގައި ކެމްޕެއިން ކުރުމުންނެވެ.

"އޭނަ ކުރަނީ ކޮން ކަމެއް ކަން، މީނަ ކުރަނީ ކޮން ކަމެއް ކަން ނޭނގި އަމާޒެއް ނެތި ދަތުރުކުރީމަ މިހެން މި ދިމާވީ. މި ނަތީޖާ ނުކުތުމުން ހައިރާނެއް ނުވޭ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ސަޕޯޓަރުން ރޭ އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ރިޔާޒަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި މެމްބަރެކެވެ. ހާއްސަކޮށް، ބައެއް ގާނޫނުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ރިޔާޒްގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މި ފަހުން، މަޖިލިހުގައި ނެގި ބައެއް ވޯޓުތަކުގައި ޕީޕީއެމްގެ މެމްބަރުންނާއެކު، ވޯޓު ނުދެއްވި މެމްބަރުންގެ ތެރޭގައި ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރައީސް ޔާމީން ވަނީ ރައީސް އޮފީހުގައި އިބޫއާ ބައްދަލުކުރައްވައިފަ އެވެ.

72 ކޮމެންޓް, 346 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 7%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރެންދޫ

26 September 2018

ދެން ރޭރު ވޭ......

ޕޮގު

26 September 2018

އިންތިހާބުން ބަލިވީ ތހިކަހަލަ ދެބޯގެރި ދެފުއްކެހެރިން ގިނަވީމަ

riya

25 September 2018

Haha

ހަނދާން ނެތުނީބާ

25 September 2018

ހަނދާން ނެތުނީބާ

ބައިރޯ

25 September 2018

އިހުލާސްތެރިކަން ތިފެއްނަނީ ނޫން ކަލެއަކަށް މިސަރުކާރުން އެއްވެސް ކަމެއް ނުފުއްދޭނެ

ރައްޔިތުން

25 September 2018

ތިކަން ދެނެގަނެވުނު ލެއް މާލަސްވެއްޖެ ދެންވެސް ބުނެލަން ބޭނުންވަނީ އިބޫއަށް ނޫނެކޭ ބުނި އިސްމީހުންނަށް ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށް ޖާގަ އޮތީ އައުޕާޓީ އެއް ހަދައިގެން ކަމުގައި، ޕީޕީއެމް ޔާމީން އަތުން ނެގޭނެ. އަވަހަށް ޙޫނުކޮށްހުއްޓާ ޔާމީނު އެހެން ޕާރޓީ އެއް ހަދާ.

ދީދީ

25 September 2018

ގައިގާދުރު، ރިޔާޒު ހިހޫތަނުން ކާކައް ދެނެއް ނުލިބޭނެ. ފުރަތަމަ އެމްޑީޕީ މެންބްރުން ކިބައިން މާފައް އެދެންވީ

ާަްަްަްސިމާ

25 September 2018

ރިޔާޒު ތިޔަ އިޝާރާތް ކުރައްވަނީ (ގޮތްނޭނގޭ މީހުން) ރައީސް ޔާމީން އައްތޯ؟

ފާރޫގު

25 September 2018

މި ފެނުނީ މެޑަމްގެ ސައިޒް ފުޅާކޮށް ސަރުކާރު ކަންކަމަށް އަތް ބާނާ، ޕާޓީ މީހުން އެކަހެރިކުރުމުގެ ހިތި ނަތީޖާ.

އަސްރު

25 September 2018

އެއްޕާޓީ އަކަށް ލިބުނީީ 96000 ކޯޅޭޝަނަށް ލިބުނު 113000 ބަަަހާލަންވީ 4 ބަޔަށް އޭރުން ޒައިޒު ފެންނާނެ.

ފާރި

24 September 2018

ޕ.ޕ.މ ގެ ސައިޒް ދައްކަން ބޭއްވި ޖަލްސާގަވެސް މީނަ އުޅުނު ވައްތަރު ބަލާބަ. ހާދަ ފޫހިވާ މީހެކޭމީ....

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454