އިބޫ: ގައުމު ހަލަބޮލިނުކޮށް، ފަހަތަށް ޖެހިވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލެއްވި.
02 އޮކްޓޯބަރ 2018 - 21:05
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރެއްވުން އޮމާންކަމާ އެކު، ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް ނުގެންދެވޭ ނަމަ އެކަން ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ހަވާލު ކުރުން ބުއްދިވެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމުން، ރައީސް ޔާމީން ބަލި ގަބޫލު ކުރެއްވުމަށް ފަހު، މިހާރު އިންތިހާބު މިނިވަން ނޫން ކަމަށް ވިދާޅުވެ ހިންގަވާ ކަންތައްތަކަށް އިޝާރާތް ކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެރިކަން ބަދަލު ކުރުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ނުގެންދެވޭ ނަމަ ރައީސް ޔާމީން ވެރިކަމުން ދުރު ކުރަން ޖެހޭ" ކަމަށެވެ.
"[އަދި] ނައިބް ރައީސް ޖިހާދުގެ ބެއްލެވުމުގެ ދަށުން ކަންކަން ކުރިއަށް ގެންދިއުން ބުއްދިވެރި،" ނަޝީދު ވުދާޅުވި އެވެ.
އިންތިހާބުން ބަލިވެވަޑައިގަތުމުން އެކަން ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީނާއި ޕީޕީއެމުން މިހާރު ގެންދަނީ އިދިކޮޅު ފަރާތްތަކުގެ ނުފޫޒު އިލެކްޝަން ކޮމިނަޝަން ފޯރާފައިވާ ކަމަށް ވިދާޅުވެ، އިންތިހާބުގެ ނަތީޖާ ގަބޫލު ކުރާނެ ކަމަށް ބުނަމުންނެވެ.
Verikan badhal kurumuge kankan omaan kamaieku kuriah nugendhevenee nama, Raees Yameen verikamun dhurukoh, Naib Raees Jihad ge belluvumuge dhashun kankan kuriah gendhiun budhdhiveri
— Mohamed Nasheed (@MohamedNasheed) October 2, 2018
ނަޝީދުގެ ޓްވީޓް.
ރައީސް ޔާމީން ރޭ ވިދާޅުވި ގޮތުގައި ލީކްވެފައިވާ އޯޑިއޯއެއްގައި ވެސް އީސީގެ ރައީސް އަހުމަދު ޝަރީފަށް ނުފޫޒު ފޯރުވާފައިވާކަން އެނގެ އެވެ. އަދި ޝަރީފްގެ އޯޑިއޯގެ ސަބަބުން އީސީ އަށް ނުފޫޒު ފޯރުވާފައިކަން ހުރިހާ ދިިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާހަކައިން އެނގޭ [އިލެކްޝަންސް ކޮމިޝަނަށް] ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ،" ރޭ ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ބަލި ގަބޫލު ކުރައްވަން މިހާރު ދެކޮޅު ހައްދަވައި، ރައީސް ޔާމީން މިހާރު އުޅުއްވަނީ ގައުމު ހަލަބޮލި ކުރައްވަން ކަމަށް އިބޫ މިއަދު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި އެ ނަތީޖާއާ އެކު ބަލި ގަބޫލު ކުރައްވައި، ސިޔާސީ ވާދަވެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު ރޭ ފެނިވަޑައިގަތީ، ރައީސް ޔާމީން ޚިޔާލުފުޅު ބަދަލު ކުރެއްވި މަންޒަރެވެ. ކުއްލި ގޮތަކަށް، އިންތިޚާބުގެ މައްސަލަތަކެއް ދައްކަވައި، ކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކާ އެކު ރައީސް ޔާމީން އިސްވެ ހުންނަވައި މަގުމައްޗަށް ނުކުތުން އިބޫ ސިފަކުރެއްވީ ގައުމު ހަލަބޮލިކަން ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގަ އެވެ.
އީސީން އާންމު ކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތް އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީ.
04 October 2018
އިންތިކާބުވީ އަންނިތަ؟ ނޫނީ މާރިޔާތަ؟ ނޫނީ އިބޫ ފައިސަލުތަ؟ މިހާރު އޮޅިއްޖެ!!!
ނައިބުތުއްތު
03 October 2018
ވެރިކަމަކީ ﷲ ސުބުހާނަހޫވަތަޢާލާ އިރާދަކުރައްވާ މީހަކަށް އެކަލާނގެ މިންވަރުކުރައްވާ ކަމެއް. ވެރިކަމަކީ އަމާނާތެއް. އެކަން މިންވަރުކުރެއްވި ފަރާތަކުން އެކަމަށް ޚިޔާނާތްތެރިވެގެންނުވާނެ. އިބްރާހީމް މުޙައްމަދު ޞާލިހަކީ އެކަމަށް އެންމެ ޤާބިލުފަރާތްކަމަށް ވެގެންގޮސްފައިވައިރު ދިވެހިޤައުމަށް ޣައްދާރުވެފައިތިބި ބައެއްގެ ވިސްނުމާއި ފިކުރު ވެރިކަމުގެ ތެރެއަށް ވައްދާފާނެކަމަށް ޤަބޫލެއްނުކުރެވޭ.
އަބްދުﷲ
03 October 2018
ނަޝީދަކީ މާޒީ. އާރައީސަށް ނަޝީދުގެ ނުފޫޒް އޮވެގެންނުވާނެ.
ޑޭމްން
03 October 2018
އިބޫ އޯކޭ. އެކަމަކު އައްނި އޯކޭއެއް ނޫން.
މާލޭމީހާ
03 October 2018
އިބޫ އަކީ ބާތިލު މީހެްއް. ދުރައްލާންޖެހޭ މީހެއް
އަލިއްބެއް
03 October 2018
58% ބުނީ ޔާމީނުއަކީ ދުރައްލާންޖެހޭ މީހެއްކަމަށް.
ހަބޭސް
03 October 2018
އަންނި ނެތަސް މިގައުމައް އިސްލާހުތައް ގެންނާނެ މޮޔަނުގޮވާތިބެބަލަ
ހައިޓް
03 October 2018
މިގައުމު ހަލާކު ކޮށްލި އެކަކީ އަންނީ. އޭނާ ރާްއްޖޭގެ ވެރިކަމާ 100ފޫޓް ދުރުގައި ބަހައްޓަން ޖެހޭ
ރިނީ
03 October 2018
ހަަމަގައިމުވެސް ރަންނަމާރި ވާހަކަހެން ތާރީޚު އޮޅުވާނުލައިފިނަމަ އަންނިވާނެ ރާއްޖޭގެ ތާރީޚުގާ ރަން އަކުރުން ލިޔެވޭނެ ނަމަކަށް. ހަމަގައިމުވެސް ހަމަ ހަމަ ކަމުގެ މަގަށް ރާއްޖެނެގި ފުރަތަމަ ޅަފަތުގެ ފިޔަވަޅަކީ އަންނި މުގުލުގަ ހުރެގެން ނެގި ފިޔަވަޅެއް. ގޮތްދޫނުކުރާ މީހުން އަަދިވެސް ދަރިންނަށް ކިޔައިދޭނީ ރަންނަމާރި ވާހަކަ. އެޢީ ދުނިޔޭގެ އުސޫލު.
ކައުންސިލަރ
03 October 2018
ވަރަށް ރަނގަޅު ވާހަކަފުޅެއް. ޔާމީން މިހާރު އެހަދަނީގޯސް. ރައްޔިތުންގެ ނިންމުމަށް ދެކޮޅު ހަދާ ގައުމުގައި ބިރުވެރިކަމާއި، ހާސްކަން ޔާމީން އުފައްދާކަމަށް ވާނަމަ އެ މައްސަލަ ސަރުކާރުގެ މިނިވަން މުވައްސަސާތަކުން ބަލަންވެސް ޖެހޭނެ. މިކުރަނީ ވަރަށް ނުބައިކަމެއް. ރައްޔިތުންގެ އަތްބުރިކުރުން ކަހަލަ ކަމެއް. ގޯސް ނަހަދާ.
ޏާޟާ
03 October 2018
ނަޝީދު ބަންދުކުރުން އިބޫއާއި ޙަވާލު ކުރުން ބުއްދިވެރި
ކިއްލިބާޝާ
03 October 2018
އިބޫއާ ގުޅެނީ ހަމަ އަސްލުވެސް ޖިހާދު. އެއީ ވަރަށް މަޑުމައިތިރި ދެބޭފުޅުން.