ޚަބަރު / ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

އިންތިޚާބުގެ ނަތީޖާ އަޅުގަނޑު ގަބޫލުކުރަން: ނައިބު ރައީސް ޖިހާދު

ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

03 އޮކްޓޯބަރ 2018 - 21:20

33 comments

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ދެންމެ ވިދާޅުވެއްޖެ އެވެ.

"މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ނައިބު ރައީސް ޖިހާދު ވިދާޅުވީ "ނަތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާ" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މިރޭ މަރުހަބާ ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ އެ އޮތީ ފެންނަން. އަޅުގަނޑު އެ ބަލައިފިން. އޭގައި މައްސަލައެއް އުޅޭ ކަމަކަށް ނުދެކެން،" ރައީސް ޔާމީންގެ ވެރިކަމުގެ ތިންވަނަ ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިންގެ ވިސްނުން އެ މައްސަލާގައި ވަރަށް ބޮޑަށް ތަފާތެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކް ކޮށްފައިވާއިރު، އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވާކަން އެ އޯޑިއޯއިން ވެސް އެނގޭ ކަމަށް ރައީސް ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.

"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާހަކައިން އެނގޭ [އިލެކްޝަންސް ކޮމިޝަނަށް] ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ،" އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމަށާއި ހައްޔަރު ކުރަން ގޮވާލައި ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ބައެއް އިސްވެރިން ވިދާޅުވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށާއި އެހެން އިންތިޚާބު ބާތިލް ކުރަންޖެހޭނެ ކަމަށެވެ. އަދި އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އެ ޕާޓީގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓު އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކު އެވެ.

33 ކޮމެންޓް, 237 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 1%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމާބެ

04 October 2018

ނައިބު ރައީސް ޤަބޫލުކުރިޔަސް ނުކުރިޔަސް ކުރެވޭނެ ވަކި ކަމެއްނެތް، ކޮންމެހެން ދަޅަދައްކަން އުޅޭނެ ކަމެއްނެތް، އަމިއްލަ ރަށުގައި މިއުޒިއަމް ޕާކެއް ހަދަން ޙަވާލުކޮށް ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހު ދައުލަތުގެ ޚަރަދުގައި އެތަން ބަލައި މޮނިޓަރުކޮށް އަވަސްކުރުމަށް އަދި މަސައްކަތުގެ ކޮލިޓީ ރަނގަޅު ކުރުމަށް ބެލެހެއްޓުން ޙަވާލުކުރުމުންވެސް ކުރެވުނު ކަމެއްނެތް، ދެން ކޮންވާހަކައެއްދައްކާކަށް. އެތަންހުރިގޮތް ބަލާބަލަ

The name is already taken The name is available. Register?

ޓީ ޓީ

04 October 2018

ލޯންގް ޓައިމް ނޯ ސީ! ސީ ޓައިމް ގުޑު ޓޯކް ލެޓްސް ގޯ ފޯ ޓީ!

The name is already taken The name is available. Register?

ރަދީފުލް އައްވަލް

04 October 2018

އިންތިޚާބުގެ ނަތީޖާ ނައިބުރައީސް ގަބޫލުކުރާނެނޫންތޯ. އޭނައަކީ އުޅޭމީހެއްކަން ދަންނަމީހަކު ނޫޅޭވިއްޔަ. ދެން ދެރަވެސް ވާންނު. ރުޅިވެސް އަންނާންނު.

The name is already taken The name is available. Register?

މުޙުއްމާ

04 October 2018

އީސީ އަށް ނުފޫޒް ފޯރުވިކަމީ މުޅި ދުނިޔެވެސް ޤަބޫލުކުރާޙަޤީޤަތެއް. އިދިކޮޅު ކެންޑިޑޭޓަށް މިނިވަން ކަމާއިއެކު ކެމްޕޭއިން ކުރުމުގެ ފުރުސަތެއް ނުލިބޭ. ނަމަވެސް ރައްޔިތުމީހާ ވޯޓް ފޮށްޓާއި ހަމަޔަށް ދިޔަހިސާބުން ޤާނޫނުއޮތްގޮތުން ހެދޭނެ އެއްވެސް މަކަރެއްނެތް. ވޯޓްލާ މަރުކަޒް ތަކުގަ ތިބީ މުޅިންވެސް ޕީޕ.އެމްގެ އެކްޓިވިސްޓުން. އެއްމެންގެ ޙާޒިރުގައި ނަތީޖާ އިޢުލާން ކުރީވެސް އެމީހުން. މިހާރު ޔާމީނު ތިކުރައްވަނީ އިރު ދައްކާފަ ތިހިރީ ހަދޭ ބުނުން ކަހަލަ ކަމެއް

The name is already taken The name is available. Register?

ކެކެކެ

04 October 2018

ޢޭ މަ މިއޮއް ހުރިހާ ދުވަހު މި ހީކޮށްގެން ހުންނަނީ ނައިބު ރައީސެއް ނެތީ ކަމަށް. ލޮލް

The name is already taken The name is available. Register?

ރައްޔިތުން

04 October 2018

ޕިންކް ކުލައިގެ ކުދީންގެ ބެލުމުގެ ދަށުން ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓްލައި އަދި ވޯޓްލާ މަރުކަޒުގައި ޕިންކް ކުދީން ވޯޓް ގުނައި އެމީހުން ނަތީޖާ ކަށަވަރުކޮށް ދެފާތުގެ މީހުންލައްވާ ސޮއިކުރުވައި ނެރެފައިވާ ނަތީޖާ އެއް ދެން ވޯޓް އޮޅުވާލީ އޭ ކިޔާނެ ޖާގައެއް ނެތް. ކުރަން އުޅުނު އެއްކަމެއް ނުކުރެވޭނެ މިވޯޓިން ނިޒާމުގައި އެހެންވެ މި ނިޒާމު އަހަރެމެން ތަޢާރަފް ކުރީ،

The name is already taken The name is available. Register?

ބެގް ބޮރޯ ސުޓީލް

04 October 2018

ކޯޑިނޭޓަރޫ.....ތަމެންނައް ފެނޭތޭ.....ފެނޭދޯ.....ފެނޭތޭ.....ލުލް...ލުލް.......ގުޑް ގުޑް

The name is already taken The name is available. Register?

އިޙްސާންތެރި

04 October 2018

ނައިބުރައީސް ކެމްޕެއިނުގަ އުޅުއްވިންތޯ؟ ރ.ޔާމީނާ މައްސަލައެއް އޮތީތޯ؟ ޕޕމގެ ކޮންގުރެސްއިންވެސް ފެނުނުހެނެއް ހިޔެއްނުވެ. އެކަމަކު ޝަހީމު ސިޔާސީދާއިރާއާ ދުރައްދިޔަކަމަށް ބުނިމީހާ އެތާ ހެވިފައިން.

The name is already taken The name is available. Register?

‫އިބްރޭ

04 October 2018

‫ޝަހީމަށް ނުލިބުނު މަގާމުގައި ހުރި މީހާ ޝަހީމަށް ބޯކޮށް ސަލާމް ބުންޏެވެ.

The name is already taken The name is available. Register?

ޜަން

03 October 2018

ޝުކުރިއްޔާ މޑޕ ޗެއަރ ޕާރސަން ހަސަން ލަތީފް. ތީ ހަމަ ހީރޯއެއް!! ޢަމިއްލައަށް އިއުތިރާފްވީތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454