އިބޫ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: އިބޫ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް އެކަންކަން ބަލަހައްޓާ ކޮމެޓީން ބުނޭ --- ފޮޓޯ/އެމްޑީޕީ
04 އޮކްޓޯބަރ 2018 - 23:18
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހު އެވެ. އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އެންމެންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ކުރިން އޮތީ ބުނެފި އެވެ.
ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން، އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގަލޮޅު ރަސްމީ ދަނޑުގައި އެ ރަސްމިއްޔާތު ބާއްވަން ހަމަޖެއްސީ ވީހާ ވެސް ގިނަ ރައްޔިތުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވަރަށް މަތީ ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ހިމެނޭނެ އެކިއެކި ދައުލަތްތަކުގެ އެންމެ އިސްވެރިން ވެސް. ހެޑް އޮފް ސްޓޭޓް ވެސް ހިމެނޭ. އަދި ފޮރިން މިނިސްޓަރުންނާއި ބޭރުގެ މިޝަންތަކުގެ އެންމެ އިސްކޮށް ތިއްބަވާ އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން." ހަސަން ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި މި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމް ކުރާނަން."
ހަސަން ވިދާޅުވި ގޮތުގައި ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ 150 އަށް ވުރެ ގައުމަކަށް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވާން ދައުވަތު ފޮނުވާނެ އެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމުތަކަށް ދައުވަތު ފޮނުވުމުގެ މަސައްކަތް ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގައުމުތަކުން މިހާރު ވެސް އޮޅުން ފިލުވަން ބޭނުންވޭ ދައުވަތު ފޮނުވާނީ ކޮން އިރަކުންތޯ. އެގޮތަށް އީމެއިލް އާއި އާއި ފޯން އާއި އެސްއެމްއެސްގެ ޒަރީއާއިން އެ މައުލޫމާތު އެ ބޭފުޅުން އެބަ ސާފު ކުރައްވާ." ހަސަން ވިދާޅުވި އެވެ.
ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ހުވާ ކުރައްވާފައިވަނީ ދަރުބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެހެން ބައެއް ގައުމުތަކުގައި ރައީސުން ނުވަތަ ބޮޑުވަޒީރުން ހުވާ ކުރައްވާނީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް، ބޮޑު ހުސް ބިމެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަ
06 October 2018
ޔާމީނު ހާދަ ކަޑަވާނޭ ހުވާ ކުރާދުވަހު.
މުހާއްމަދު އިލްހާމް
06 October 2018
އިބޫގެ ހުވާކުރުން ބާއްވަން އެއްމެ ރަނގަޅުރަށަކީ ހިންނަވަރު. ތާރީޙަށްޓަކައިވެސް.
އަހަންމަ
06 October 2018
ޑީޖޭ ވެސްވާނެ ބާއްވަން.. ދަރުބާރުގޭގައި ބޭއްވިކަހަލަގެ... އޭރަށްފޯރި ގަދަވާނީ..
ޝަހީދު
05 October 2018
ފުރަތަމެވެސް ގޯހުން ވެރިކަމަށް އައީވެސް! ތިޔަ ހުވާކުރާތާ ކިތައް ދުވަހަށްތޯ ހުވަޔާއި އެއްގޮތަށް ޢަމަލު ކުރެވޭނީ! އަޅުގަނޑު ތިޔަ ދޮގުހުވާ ކުރާ ތަނަށްވެސް ނުދާނަމެވެ.
ބޮއްލަ
06 October 2018
އޭ އަންނައްޗޭ. ޕްލީސް. އޭމް ސޭޑް.
މާލޭމީހާ
05 October 2018
ހެެހެ.. އެއް ވައދު ފުއްދަނީ... ދަނޑުތައް ފުރާލާަނަން. ސާބަހޭ ވޯޓުޥަގަށް ނަގައިގެން ތިޔަ ކުރާ ހިތްަރަށް.
ބޮސް
05 October 2018
ތީދޯ ފުޓްބޯޅަ ދަނޑުތައް ފުރާ ގޮތަކީ؟
ގުރައިދޫ ސެންޓަރު
05 October 2018
ފުރަތަމަ ކުޅެންވާނީ ފުޓް ބޯޅަ މެޗެއް. ކުޅުން ތެރިން މިހާރު ރާއްޖެ އަންނަމުންދަނީ. ޖަލުން ނެރުނު މީހުން ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރުވާނީ.
މުގަންބޯ
05 October 2018
އަހަރެމެންނަށް ވަރިހަމަ މަސްމާރު ކޭޓުގައި ބޭއްވިޔަސް. ގައިމުވެސް ވަސް ލަނޑާނެ އޭރުން.
އަޙްމަދު
05 October 2018
ކޮންމެ ތާކު ބޭއްވިޔަސް ހުވާކުރަނީ ﷲ ގަންދީ. ވިމާ ކިއްލާ ތެރޭގައި އޮތަސް، ކަނޑުގައި އޮތަސް، ބަނޑުގައި އޮތަސް އެކަން އެނގެވާ ފަރާތަށް އެކަން އެނގޭނެ. ކިތައްމީހުންތޯ އެހުވާޔާއި ޙިލާފްވީ. ރައްޔިތުންނަށް ކުރެވުނީ ކޮންކަމެއްތޯ. ކިތަންމެ ގިނަބަޔަކު ހާޒިރުވެ އެމީހުންގެ ކުރިމަތީގައި ހުވާކޮށް އެއަށް ޢަމަލު ނުކުރަންޏާ ތިކުރާ ހުވާގެ މާނައެއްނެތް. އެކަމަކު ޤިޔާމަތް ދުވަސް މަތިން ހަދާންކުރާތި
ގުނބޯ
05 October 2018
ގެރިއެއްވެސް ކަތިލަން ވާނިމޮޑީކުރިނަތީގާ