09 އޮކްޓޯބަރ 2018 - 16:29
ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމަށް އުފެއްދި އިންތިގާލީ ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުންނަކީ ކޯލިޝަން ޕާޓީތަކުން ކަނޑައަޅާފައިވާ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކަންކަން ހިނގާ ގޮތް ބަލައި ޚިދުމަތަށް ހުއްޓުމެއް ނައިސް އެ ތަންތަން އާ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތަށް އިބޫގެ ފަރާތުން އުފައްދާފައިވާ އިންތިގާލީ ކޮމެޓީތަކުގައި "ކޮރަޕްޓް" މީހުން ހިމެނޭ ކަމަށާއި އަންހެނުން މަދު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިންތިގާލީ ކޮމެޓީތަކުގައި ހިމެނޭ ބޭފުޅުންނަކީ އެ އިދާރާތަކާ ހަވާލުވާނެ ބޭފުޅުން ނޫން ކަމަށެވެ. އަދި އެ ބޭފުޅުން ކަނޑައަޅާފައިވަނީ ކޯލިޝަންގެ މެދުގައި މަޝްވަރާ ކޮށްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ.
Transition committee thah ufehdhi gothun faadu kiyaifi
The most trusted news source in the Maldives
Mihaaru
އިންތިގާލީ ކޮމިޓީތައް އުފެއްދި ގޮތަށް ފާޑުކިޔުން--
"ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި މަޝްވަރާކުރެވިގެން ސިޔާސީ ބޭފުޅުންނާއި ޓެކްނިކަލް އަދި ޕްރޮފެޝަނަލް ބޭފުޅުން ހިމެނޭގޮތަށް ކޮމެޓީތައް އެކުލެވިގެން ދިޔައީ،" މާރިޔާ ވިދާޅުވި އެވެ.
އެ ކޮމެޓީގައި ތިއްބަވަނީ ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭ އަދި ޕާޓީތަކުގައި ހިމެނޭ ބޭފުޅުންތޯ ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ ވަކިވަކި ބޭފުޅުންނާ ގުޅޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެ ކޮމެޓީތަކުގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި މިސަރުކާރުގެ މަގާމުތަކުގައި އުޅެފައިވާ މީހުން ހިމެނެ އެވެ.
އިންތިގާލީ މަރުހަލާގެ މަސައްކަތްތަކަށް ގިނަ އޮފީސްތަކުން އެއްބާރުލުން ލިބޭ ކަމަށާއި އެއްބާރުލުން ނުލިބޭ ތަންތަން މަދު ކަމަށް މާރިޔާ ވިދާޅުވި އެވެ. އިންތިގާލީ މަރުހަލާގެ މަސައްކަތްތަކީ ގާނޫނީ ބާރެއްގެ ދަށުން ކުރަމުން އަންނަ ކަންކަމަށް ވާއިރު އެކަމަށް އެއްބާރުލުން ނުދިނުމަކީ ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅުން ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ޖިނާއީ ކުށެއް ކަމަށެވެ.
އިބޫ ވަނީ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް (ސީވީޑް ލަތީފް) އަދި ޗެއާމަން އޮފް ޓްރާންސިޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
10 October 2018
އިބޫ އަށެ ނޫނޭ ފުރުސަތު އޮތީ ކާކުތޯ ތަރުޖަމާނަކަށް ލާނީ. އެކަން ނިންމަނީ އެމްޑީޕީ ގެ ކޯލީޝަން އިން
ނމމސޖ
10 October 2018
އަޅެ ތިއޮތް ހިނުތުންވުމެއްދޯ... ބިރުން ހަލާކު ހައްހައްހާ
މުގާބޭ
10 October 2018
ކޮންތާކު. ކަމަކުނުދޭ. މަށަށް މާރިޔާވެސް ތަރުޖަމާނަކަށް ހަމަ އެއްގޮތަކައްވެސް ކަމަކު ނުދޭ. ވާހަކަދެއްކުމުގެ އެއްވެސް ގާބިލްކަމެއްނެތް. ކިޔާ އެއްޗެހި އަޑުއަހަން ބޮޑު އުދަގުލެއް. އަވަހަށް މާރިޔާ އިސްތިއުފާ ދެއްވާ.
އިބްރާހިމްފުޅު
10 October 2018
މަމިހުންނަނީ އެހެންމީހަކު ތިވާހަކަ ބުނޭތޯ. މިގޮއްޔެ ވާހަކަދައްކާއިރު މަށަށްވެސް ވަރަށް ބޮލަށް އުނދަގޫވޭ. އަޑުއަހަންވަރަށްފޫހިވޭ. އެހެންވެ ގިނަފަހަރަށް އަޑެއްނާހަން.
އަމީތާބު
10 October 2018
ކަލެއަށް ކަމުދާމުދާމީހަކުތަ ހުންނަންވާނީ
ބޮޑު ކތީބް
10 October 2018
ކޮންމެ ރަށެއްގެވެސް ގުދުބެރި ހުންނާނީ އެމް.ޑީ.ޕީގަ ތެދުއެއްވެސްބެރިއެއް އެޕާޓީގަ ނުހުންނާނެ ވ. ސާފުކަމެއްމީ !!!!!!!!!!!
879000
10 October 2018
އޭ އިބޫ މިކަމަށް ލާނެ އާ މޫނެއް ހަމަ ނުފެނުނީ؟ މިހާޜު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބޭނެ މޫނު ފެންނަތަނުން މީހުން އިތުބާރު އެކަމަކަށް ގެއްލޭ މީހުން. އާ މޫނެއް ނެރުންނަމަ މީހުންވެސް ފަށާނީ ސުމަކުން. ދައްކާ ވާހަކަ މަދުވާނެ. ހެޔޮނުވާނެ ބުރޯ ފްރެޝް ފޭސަސް ލާ! އަންނި އަށް ޖެހުނު ދަތުރު މީހުން ހަނދާނެއް ނުނެތޭ އަދި އެ ދަތުރު ޖެހުނީ ކާކުގެ ލަފާތަކެއްގެ ސަބަބުންކަންވެސް ހަނދާނެއް ނުނެތޭ.
ނަފާ ނުލަފާ
10 October 2018
މި ދައިތަ އެކަމަށް އައްޔަންކުރީ އަންނިގެ ނުފޫޒުން ކަމާމެދު ޝައްކެއްނެތް. ޝައްކު ނުކުރެވެނީ އިވިފައި ހުރި އަޑުތަކަށް ބަލާފަ. މިއަށްވުރެ ރަނގަޅަށް ތަރުޖަމާ ކުރާނެ މީހަކު އިބޫއަށް ހަމަ ނުލިބުނީތަ. ނޫނީ ފެށުމުގައިވެސް އަންނިގެ ނުފޮރުއްޕާން ލައިގަތީތަ.
ސުނީ
10 October 2018
އެކަން ނޭނގެނީތަ؟ އަމިއްލައަށް އިބޫގެ ކެމްޕެއިން މެނޭޖަރކަމާ ހަވާލުވި މީހެއްގެ ވާހަކަ ދޯ ތިކިޔަނީ. ދެންވެސް އަމިއްލައަށް ސަރުކާރުގެ ކޮންމެވެސް މަތީ މަގާމަކާ ހަވާލުވާނެ.
ދީމާހު
10 October 2018
އާން! ކަންމަތީ އެއްވުންތަކާއި މީހުންގެ އަބުރު ކަތިލުމުގެ ތަޖުރިބާ ކާރުން ދޯ
ޑީލް މޭކަރު ދުރުކުރޭ
10 October 2018
ކަލޯމެން ކީއްވެތަ މި ސެންސަރު ތިޔަ ކުރަނީ. މާރިޔާއާ ރީކޯޢާ ދުރުވާށޭ ނަޝީދުކައިރީވެސް ބުނެ. ބުނެ ބުނެ ހުއްޓާ ވައްޓާލީ. ދެން އިބޫ ކައިރީވެސް މިކިޔަނީ އެހެން. މިމީހުން ކީއްވެތަ ބުނާބަސް ނާހަނީ. ރައްޔިތުން ވަރަށް ފައްކާޥާނެ ރައީސުންނަށް އިޚްލާސް ތެރިމީހުނާ އެނޫން މީހުން ވަކިކުރަން. އަޑު އަހާބަލަ.
ޢަހޫ
10 October 2018
މާރިޔާ މަޖުލީހައިގެން އުޅެބަލަ.. މިދެން ދެރަވަރު ކަމެއް! ވާނުވާ ނޭނގޭ ދޯ؟ ތިންބާރު އޮޅާލަނީ ތި!
ދުުނިފޫ
09 October 2018
އެމްޑީޕީ ގެ ފެއިލް ވެފައިވާ އެކްޓިވިސްޓުން ދޯ
ދދދދދދ
09 October 2018
ހިހިހިހަހަހަހަހާ ާ ާހހހހ. ހެޔޮނުވާނެ މި ދައްތަގެ އަނގަ ދޯ ދެން. ހާދަ ފްލެކްސިބަލްއޭ!