ޓްރާންސިޝަން ކޮމިޓީއެއްގައި ތިއްބަވާ ބޭފުޅުންތަކެއް ޕީއެސްއެމްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ.
09 އޮކްޓޯބަރ 2018 - 13:45
ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމަށް އުފެއްދި ޓްރާންސިޝަން ކޮމެޓީތަކުގައި ތިއްބަވާ ބައެއް ބޭފުޅުންނާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް (ސީވީޑް ލަތީފް) އަދި ޗެއާމަން އޮފް ޓްރާންސިޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އައްޔަން ކުރައްވައިފަ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް، އެ މިނިސްޓްރީތަކުގެ ދާއިރާތަކާ ގުޅޭ ގޮތުން ޓްރާންސިޝަން ކޮމިޓީތަކެއް ވަނީ ހަދައިފަ އެވެ.
ޓްރާންސިޝަން ކޮމިޓީއެއްގައި ތިއްބަވާ ބޭފުޅުންތަކެއް.
އިބޫގެ ދައްތާފުޅު، އައިމިނަތު ސޯލިހް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓްރާންސިޝަން ކޮމިޓީތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ މޫނަށް ބަލާފައި "ބިރުވެރި ހުވަފެންތަކެއް" ފެންނަ ކަމަށެވެ. އަދި ރިޔާސީ ކެމްޕެއިންގައި އެންމެ ބުރަކޮށް އުޅުނު މީހުން ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ޓްރާންސިޝަން ކޮމިޓީގައި އަންހެން ބޭފުޅުން މަދުވުމެވެ. އަދި ކޮމިޓީތަކުގައި ފިރިހެން ބޭފުޅުން ގިނައީ ކީއްވެތޯ އެ މީހުން ސުވާލު އުފައްދަ އެވެ. ބައެއް މީހުންގެ ވިސްނުމުގައި ކޮމިޓީތަކުގައި "ކޮރަޕްޓް" ބޭފުޅުންތަކެއް ވެސް އެބަތިއްބެވި އެވެ.
Oh dear! Some of the faces I’m seeing among the transition teams already giving me nightmares. BTW where are all the hard working women we saw during the campaign? Seeing very few women on these teams is a disappointment too 😢
— Aminath Solih (@amsolih) October 8, 2018
އައިމިނަތު ސޯލިހް ކުރެއްވި ޓުވީޓު.
"ކޮބައިތޯ ކެމްޕެއިން ތެރޭގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އަންހެނުން. ކޮމިޓީތަކުގައި މަދު އަދަދެއްގެ އަންހެނުން ތިބުމުން މާޔޫސް އެބަވޭ،" އައިމިނަތު ސޯލިހް ވިދާޅުވި އެވެ.
Every time I see a transition committee photo, it makes me little less hopeful. So many businessmen, people who abused power, people who are accused of corruption and MPs are in many committees. When will our politics change?
— Justice For Maldives (@MDVJustice) October 8, 2018
ޓުވީޓުގައި ފާޅު ކުރި ޝުއޫރެއް.
ނާސިފްގެ ނަމުގައި ޓުވިޓާގައި ޝުއޫރު ފާޅު ކުރި މީހަކު ބުނީ ކޮމިޓީތަކުގައި ކޮރަޕްޓް ބޭފުޅުން ތިއްބެވި ކަމަށެވެ. އަދި އިބޫ އަށް ލިބިވަޑައިގެންފައިވާ ރަނުގެ ފުރުސަތުގައި އިސްލާހީ ބަދަލުތައް ގެނެސް، ކޮރަޕްޝަނާއި ތަފާތު ކުރުންތައް ނައްތާލާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
Very worrying. No women in many of the other meetings. I was hoping for more impulsivity. Sigh.
— Adam Abdulla (@edzyadam) October 7, 2018
ކޮމިޓީތަކާ މެދު ހިތްހަމަނުޖެހުނު އެކަކު ކުރި ޓުވީޓެއް.
ބައެއް މީހުން ބުނީ ޓްރާންސިޝަން ކޮމިޓީތަކަށް މިހާރު އައްޔަން ކޮށްފައި ތިއްބެވި ބޭފުޅުންގެ ބަދަލުގައި ކަމަށް ގާބިލް ބޭފުޅުން އައްޔަން ކުރުން މުހިންމު ކަމަށެވެ. އަދި ސިޔާސީ އެކްޓިވިސްޓުން ލާނަމަ، ކުރި އަށް އޮތް ފަސް އަހަރަށް ކުރަހައިދެނީ ނުބައި މަންޒަރެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާ ވެސް އަމާން އޮމާން ކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތުގައި ޑައިރެކްޓާ އޮފް ޓްރާންސިޝަން އައްޔަންކޮށް، ސަރުކާރުގެ އެކި އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ކުންފުނިތަކާ އެކު ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާސް
10 October 2018
ތިޔަ މަޤާމްތަކަށް ޤާނޫނީ ބޭފުޅުން ލުން މުހިންމު. ކޮންބައެއްތަ އެޓީމްގަ ތިބީ؟ ނޭންގޭ ދޯ؟
ނަސްރާ
10 October 2018
އިބޫގެ ދޮންދައްތައަކީ ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެކުގައި މަސައްކަތް ކޮއްލުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބުނު. އައިންތުއަކީ ކަންއޮތްގޮތް ވަރަށް ސާފްކޮށް ބުނާނެ މީހެއް. މިވެސް ހަމަ ސޯލިހެއް. އައިންތުގެ ވާހަކައަށް އަހަރެން ވަރަށް ތާޢީދު. އަމިއްލަ އެދުމަށްވުރެ ގައުމާއި ރައްޔިތުން އިސްކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އަޅުގަނޑުވެސް އާދޭހާއެކު ގޮވާލަން.
ވަހީދު
10 October 2018
ނަގަންވީ މީހެއް ނުނަގަންވީ މީހެއް އެގޭނީ ސީވީޑް ލަތީފް އަށް. ޢައިމިނަތު ސޯލިހު އަކަށް ނޫން. މިއީ އާއިލީވެރިކަމެއް ނޫން. އެނގިއްޖޭ
ހައިޓް
10 October 2018
ރާއްޖެގައި ދެން ކަމެއް ، ރަގަޅެއް ނުވާނެ... ތަޖްރިބާ ހުރި ގާބިލް މީހުން އެއްފަރާތް ކޮށްފައި ޖެހޭނީ އެކްޓިވިސްޓުން ތަންތަނަށް ލާން. އެކަމުގެ ސަބަބުން ކަންކަން ބޮއްއްސުންލާ ހަލާކުވެ ގެން ދާނީ.. މިއީ ހާލަކީ
ދޮމްބޭބެ
10 October 2018
ކޮންމެ މީހަކުވެސް މަގުމައްޗަށް ނުކުމެ ހަޅޭ ލަވާއިރު ބުނަނީ ރައްޔިތުންގެ ހައްގުގައޭ. އެހެން ކަމަށްވާނަމަ އެމީހަކު ލެވި ހަޅޭކާ އެއްވަރުގެ ވަޒީފާއަކަށް ޑިމާންޑް ކުރަނީ ކީއްވެ. މަގާމުތައް ދޭންޖެހޭނީ އަޑުގަދަމީހާއަކަށްނޫން، ގާބިލް މީހާއަށް.
ޓްރުތް
10 October 2018
ޖަޒީރާ ދަހި ސާދާގަރުން ގެ ވެރިކަން.. ލޮލް.. ހަމަ ހިނި އަންނަނީ
ބަނާނާ
09 October 2018
ކޮމިޓީތަކުން ކުރާ ކަމަކީ އެކޮމިޓީ އާ ހަވާލު ކުރާ އޮފީހަކުން ކުރާމަސައްކަތް ތަކުގެ މައްޗަށް ކުޑަ ވަރެއްގެ ރިޕޯޓެއް ހެދުން. އެނޫން ކަމެއް މިކޮމިޓީތަކަށް ހަވާލެއް ނުކުރޭ. ބިރުން މޭކަރާ ރޭގަޑު ނިދި ނަގާލާކަށް އައިމިނައަށް ވެސް ނުޖެހޭ. ވ. ސަލާމް.
ކަދުރޭ22
09 October 2018
މިހާއަވަހަށް ހަނދާންނެތުނީދޯ ވެރިކަން ލިބުނީ ކޯލިޝަނަކުން ކަން.
ރޮކެޓް ސައިންސް
09 October 2018
ކޮމެޓީތަކަށް ނަގަން ޖެހޭ މީހުން އެގޭނީ ޕޕޑ އަކަށް ނޫން. އިންތިހާބުގައި އެންމެން ވެސް މަސައްކަތް ކުރީ ބުރަކޮން ދެން އެންމެން ކޮމެޓީތަކަށް ލާނީވެސް ކިހިނެއް. އަދި އެންމެނަށް މިނިސްޓްޓަރު ކަމެއްވެސް ނުދެވޭނެ. އެކަމަކު ފާޅުގަ ޖަރީމާ ހިންގާފަ ތިބި މީހުން ކޮމެޓީގަ ތިބުމުން އެންމެންވެސް ކަންބޮޑުވާނެ.
ޑާޑާޑާޑާ
09 October 2018
މިއޮތީ ފެށިފައެވެ. އަދި މިއުޅެނީ ހުވާ ނުކުރެވިއެވެ. އާއިލާ މީހުންގަޑުވެސް ބައިނާޅައިގެން ބޮޑާ ހާކަން ފެށީއެވެ. ކިހާވަރަކުން ދާނެބާވައެވެ?