ޝެއިހް ޝަމީމް ދީނީ ދަރުހެއް ދެއްވަނީ.
14 އޮކްޓޯބަރ 2018 - 19:05
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އިންޑިއާއަށް އެތެރެވިޔަ ނުދީ، ޓްރިވެންޑްރަމްގެ އެއާޕޯޓުގެ އިމިގްރޭޝަނުން މިދިޔަ ހުކުރު ދުވަހު ހިފެހެއްޓި ނަމަވެސް އޭގެ ސަބަބެއް އަދިވެސް ނާންގާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޝަމީމް އެނބުރި ރޭ ރާއްޖެ ވަޑައިގަތުމަށް ފަހު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ އިމިގްރޭޝަނުން އޭނާ 30 ގަޑިއިރަށް ހިފެހެއްޓި ކަމަށެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެހާ ގިނައިރު ބެހެއްޓި ސަބަބެއް އަންގާފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އެކަމަކު، އޮފިޝަލުން ވަނީ އަޅުގަނޑުގެ ތައުލީމާއި އަދާކުރަމުން އަންނަ ވަޒީފާއާ ގުޅޭ ގޮތުން ސުވާލުތައް ކޮށްފައި،" ޝަމީމްގެ ޓުވީޓުގައިވެ އެވެ.
Alhamdhu lillah.. Im back to Maldives last night from a 30+ hrs detention in Indian Immigration ,without giving me any reason of my detention. However Questions were posed from officials about my career and education background.
— Sheikh Adam Shameem (@adam_shameem) October 14, 2018
ޝަމީމް ކުރެއްވި ޓުވީޓު.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ޝަމީމް އިންޑިއާ އިން ހިފެހެއްޓީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"އަންދަލުސް" ދަރުސް އިން 2013 ގައި މަޝްހޫރުވި ޝަމީމް އިންޑިއާ އަށް ވަޑައިގަތީ އޭނާގެ ބޭބެއާ އެކު، ބައްޕަ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ވެ އެވެ. ޝަމީމަށް ހުއްދަ ނުދިނަސް އޭނާގެ ބައްޕަ އާއި ބޭބެ އަށް އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް މި އަހަރު ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑަިއގަތުމުން އެތެރެވުމުގެ ހުއްދަ ނުދީ އަނބުރައި ފޮނުވާލި އެވެ. ނިހާނަށް އިންޑިއާ އަށް އެތެރެނުވެވުނު ސަބަބެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަދިން
15 October 2018
އަންގާކަށް ނުޖެހޭ.
މޫމިނާތަ
15 October 2018
ސަބަބެއްނުބުނެ ކިތައްމީހުން ބޭސްފަރުވާއަށް ދިޔަނުދީ މާލޭ އެއަރޕޯޓުން ހިފެހެއްޓި. ޝަމީމަކީވެސް ދިވެއްސެއް. ހަމަހަމަވާންޖެހޭނެ. މީއެހާދައްކަންޖެހޭވަރުގެ ވާހަކައެއްނޫން.
ކަރިޝް
15 October 2018
އުޅެވިފަ ހުރި ގޮތަކުން ނޫނީ ވާގޮތް ކަންނޭގެ ތީ ހައްޤުބަސް ބުނެވިފަ ހުރިނަމަ ނުވީސް ކަންނޭގެ ތހިހެން ރުޅި ނާދޭ
ޓެރާރ
15 October 2018
ޓެރަރިސްޓުންނެއް އިންޑިޔާއަކަށް ނާރުވާނެ!
ސަލީން
15 October 2018
ޓެރަރިސްޓުގެ މާނައަކީކޮބާ؟؟ ކަޝްމީރުގެ ބައެއް ގަދަބާރުން ހިފައިގެން އެތާންގެ މުސްލިމުންނަށް އަނިޔާކޮށް މެރުމަކީ ޓެރަރިޒަމަކަށްނުވޭ. އަވައްޓެރި ގައުމުތަކަށް އަރައި އަޅުވެތިކުރާނެކަމުގެ އިންޒާރު ދެމުންދާއިރުވެސް ހަމަ ޓެރަރިޒަމަކަށްނުވޭ. އިސްލާމްދީން ހިމާޔަތްކުރާށޭ، އަމިއްލަ ގައުމު އަޅުވެތިވިޔަނުދޭށޭބުނާ މީހަކަށް ޝޭހަކު ތާއީދުކުރީމަ އެ ޝޭޚު މިވަނީ ޓެރަރިސްޓަކަށް.... ހަމަ އިސްރާއީލުން ޓެރަރިޒަމް މާނަކުރާގޮތަށް ދޯ...
ހޮޓްކިންގ
15 October 2018
ނަޝީދު އިންޑިއާއަށް ދީފައިވާ ޓެރަރިސްޓުންގެ ލިސްޓުގައި އޮތީކަމަށްވާނި. މިވަރުގެ ހަރާމްކޯރު ގައުމަކާއި ގުޅުން ނުބޭއްވިގެން ބައްޕާފުޅު 30 އަހަރުގެ ބާނީ ވަނީ ދަރިން ފޮނުވާފައި އިންޑިއާގެ ތައްޕާހަށް ވެއްޓުމަށް ސަލާންޖަހަން.
ދާދޭ
15 October 2018
ބަލަ ގޭމީހުންނާ ދިމާލަށް ހެއްދެވިހާ އެއްޗެއް ގޮވާމީހަކު އެގެއަށް ނުވަންނާށޭ ބުނީމާ އެކަން ގޯހަކަށް މިވީ. ގަމާރުވިޔަސް ތިވަރު ބޮޑު.
ނުވާނެ
15 October 2018
ޒާތީ ނުވެ ކޮމެންޓް ކުރިއްޔާ ރަނގަޅުވާނީ. ޝޭހަކަސް ސޭކަކަސް ބޭހަކަސް މީހަކާމެދު އިހާނެތިކޮށް ކަމެއްކޮށްފިއްޔާ އެކަން ގޯސް. އިންޑިޔާގެ މި ދުއްޕާން ދިވެހިންނަށް ޖައްސާއިރު މިކަން އެއްބަޔަކަށް ރަނގަޅުވިޔަސް ޖުމްލަކޮށް މީ ބަލައިގަނެވޭ ކަމެއްނޫން. އާރާ ބާރު އޮތުމަކީ ދެރަ ނިކަމެތިން ނިކަމެތިކޮށް ބޭނުން އެއްޗެއް ހެދުމެއްނޫން. މިތާ އެކަން އޯކޭވެގެން ކޮމެންޓް ކުރާމީހަކު މުހިންމު ބޭނުމަކު ގޮސް އެތަނަށް އެތެރެނުވެވި އަނބުރާ އަންނަން ޖެހުނީމަ އުފާތަވާނީ؟
ދާދޭ
15 October 2018
ބަލައިނުގަނެ ހުރީމާ ނިމުނީ. އިންޑިޔާ ނޫޅޭ ތިހެންބުނީމާ ދެރަވެގެން. ޝޭޚް ސޭކަކަށްވީމާ ތިމައްސަލަ ނުކުތީ.
ހައްޤުބަސް.
15 October 2018
ސަބަބު އަންގާކަށް ނުވެސް ޖެހޭނެ.. ތި މާމަތީ މީހެއްތަ؟ އެ ޤައުމަކަށް އެނގޭނި އެ ޤައުމެއްގެ ސަލާމަތަާްޓަކާ ވޭރުކުރަންޖެހޭ މީހުން
މިލިޓަރީ
15 October 2018
އާދަމްސަމީމަކީ ވަރައް ކެރޭ ރަގަޅު މީހެ.
ޝޮކްތެރަޕީ
15 October 2018
މިޝޭހަކީ ވަރައް ތެދުވެރި ހިކްމައްތެރި މީހެއް.
ޝޮކްތެރަޕީ
15 October 2018
ރައިސް ނަޝީދު ވަނީ އިންޑިޔާއަ އެކީ ވަރުގަދަ ޑީލްތަކެ ހަދާފަ. މިޤައުމުގެ މިނިވަންކަން ގެއްލޭވަރުގެ ޑީލްތަކެ. އެމްޑީޕީ ގެންގުޅޭ ލިސްޓާ އެއްގޮތަ އިންޑިޔާ މިއަމަލްމިކުރަނީ.