މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު: އިބޫއަށް އަންނަ މަހުގެ 11 ވަނަ ދުވަހު ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު
18 އޮކްޓޯބަރ 2018 - 22:47
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ބެހޭގޮތުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބަލަހައްޓާ ކޮމެޓީން ވަނީ މަޖިލީހުގެ އިދާރާގައި މޫސައާ ބައްދަލު ކުރައްވައި، އެ ހަފުލާގެ ކަންކަން ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެއްގައި ބާއްވާ ކަމެކެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން މޫސަ ވިދާޅުވީ އަންނަ މަހުގެ 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމުގެ ކަންކަން ހަމަޖައްސައި ދެއްވުމަށް އެ ކޮމެޓީން އެދުނު ކަމަށެވެ. އަދި އެދުވަހު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަން ނުކުރެވޭނެ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ.
"ޖުމްހޫރީ ދުވަސް އެއީ. އަދި މި އަހަރުގެ އެ ދުވަސް މިވަނީ މިއީ ޖުމްހޫރިިއްޔަތަށް 50 އަހަރު ފުރޭ ދުވަހަށް. އަދި މިފަހަރު ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ވެސް މި ވަޑައިގަންނަވަނީ މަޖިލީހުގެ ދެ މެމްބަރެއް. އެހެންވީމަ ވަރަށް މުނާސަބުކޮށް މިކަން މި ދިމާވަނީ. އަޅުގަނޑު ވެސް ގަބޫލު ކުރަނީ އެ ދުވަހު ހުވާ ކުރެއްވުން ބޭއްވެން ވާނެ ކަމަށް. އެގޮތަށް އަޅުގަނޑު މަޖިލީހުގެ ރައީސަށް ލަފާ އަރުވާނަން." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި 2013 ގައި އޭރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ނުނިމި ދިއުމުގެ ސަބަބުން އެ އަހަރުގެ ނޮވެމްބަރު 11 ގައި އާ ރައީސަށް ހުވާ ނުކުރެއްވުނަސް، އެކަން އެގޮތަށް އަބަދު ދެމިގެންދާން ޖެހޭ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެ އަހަރު ނޮވެމްބަރު 11 އައިއިރު ވެސް އާ ރައީސަކު އިންތިޚާބު ނުވެ އޮތުމުން ރައީސް ކަމުގެ މަގާމު ވަގުތީ ގޮތުން މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދާ ހަވާލުކުރަން އޭރު މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު އިންތިޚާބު ނިމެންދެން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ދެމިގެންދާނެ ކަމަށް އޭރު ސުޕްރީމް ކޯޓުން ކަނޑައެޅި ކަން މޫސަ ފާހަގަ ކުރެއްވި އެވެ.
"އޭރު ކަން ދިމާވި ގޮތުން އެ ތާރީޚުގައި އެކަން ނުކުރެވި ދިޔަޔަސް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު އެބަޖެހޭ އެ އުސޫލު އަނބުރާ ރުޖޫއަވާން. ސަބަބަކީ އެއީ އަޅުގަނޑުމެން ގާނޫނު އަސާސީ ހެދިއިރު އެކަން ލިޔުނު ގޮތް." މޫސަ ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީގެ ދަށުން 2008 ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބަށް ފަހު ރައީސް ކަމުގެ ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން އެކި ސަބަބުތަކާ ހެދި ނުނިމި، އެ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދެމިގެންދިޔަ އެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނދިކަމަނާ
20 October 2018
މޫސާ ބުނަންހެރަގަލު ވާހަކައެއް ޕާޓީ ބަދަލުކުރުން މޫސަގެ އާދައެއް ގަދަވާކޮޅައް ދާލެއް އަވަސް ގަދަބަސް ބުނާލެއް ވަކިން އަވަސް ޢިދިކޮޅުމީހުން ނާދިމާލަށް ޢެތިވަރގޮވާލެ އަދިވޭ އަވަސް މޫސާ ބުނަންހޭ ރަގަޅުވާހަކައެއް ދަސްކޮއް ބަލާށޭ މީހުނާ އެކުއުޅެން
އަހްމަދު
20 October 2018
މޫސަ މަޑުންހުރެބަލަ ކުރިންވެސް މޑޕ ސަރުކާރުވެއްޓުނީ މޫސަގެކަންތައް ދިޓީވީން ކިޔާ ކިޔާ ރައްޔިތުން ބޮލައް އުދަގޫވެގެން.
މަނިކެ
20 October 2018
މީނަ ދޯ ދެން އެހާ އަވަހަށް ހުވާކުރުވަން ނޫޅެބަލަ އަދި އެބޯތޭ ދެވަނަބުރު މޫސާ ހުރިހާ އިންތިޚާބުތަކެއް އައުޓްސޯސްކުރަން ހުށަހަޅާ ސަރުކާރަށް ޚަރަދުކުޑަވާނެ ބޮލަށް ފަސޭހަވާނެ
ކީކޭބުނާނީ
20 October 2018
މޫސަ ދައްކާވާހަކަ ރަނގޅު ވާހަކައަކަށްވިޔަސް އޭގަ އެއްވެސް އަގެއް ނުހުރޭ.. މޫސަ ބުނި 2018 ވަނަ އަހަރު އެމް.ޑީ.ޕީ. ޓިކެޓުގަ ރައީސްކަމަށް ވާދަކުރާނީވެސް ތިމަންނައޭ... އެކަމަކު ވެރިކަމާ ނޫޅެ ސާދަ ސީދާކޮށް ކޮރަޕްޝަންގެ އަމަލެއް ކީއްކުރަން ތުހުމަތެއްވެސް ކުރެވިފައި ނެތް، މީހުން ގޮވައިގެން އުޅެން އިނގޭ މީހަކު އެއޮތީ އެމް.ޑީ.ޕީ ޓިކެޓުގަ ވާދަކޮށް ރައީސްކަމަށް ހޮވިފަ. މިއީ މޫސަޔާއި މޫސަކަހަލަ އެންމެނަށްވެސް ވަރަށް އަގުހުރި ފިލާވަޅެއް
1.2 ބިލިއަން
19 October 2018
މޫސަ ދެން މަޖިލީހަށް ހޮވުމަކީ ވ.ނާދިރު ކަމެއް
ރަންބުއްދި
19 October 2018
ސިޔާސީދާއިރާއަށް ވަދެ ގައުމަށް ކޮށްދިން ކަމަކަށް ވުރެ އަމިއްލަ ބޮނޑިބަނދެ ގައުމު ހަލާކުގެ މަގަށް ތިޔަމަޖިލީހުގެ މެމްބަރުން ގެންދިޔައިރުވެސް ހުރީ ހަމަ ޗުއްޕު ކިޔައިގެން.ފަހު ވަގުތުވެސް ހެޔޮބުއްދީގެ ބޭނުން ހިފާ ގައުމަށް ކަމެއް ކޮއްދީ އިހުލާސް ތެރިކާމާއެކު.ޢޭރުން ދެން ވެސް ރައްޔިތުން ހިތްހެޔޮވާނީ
ޝޮކްތެރަޕީ
19 October 2018
ރައިސް ނަޝީދަ ދިމާލަ ކުޑަކުޑަ ބަހެއްބުނިޔަސް މޫސަ މިނުބާވަނީ.
ޕާރާ
19 October 2018
ކަލޭ ތިޔަހެންތިޔަބުނަނީ ބޯވައެއްހެން ކޮޅުބަދަލްކުރަން އެމް.ޑީ.ޕީ މީހުން މިހާރު ކަލެއަކަށް ތާއީދެއްނުކުރޭ ކޮންމެ އެއްޗެއްކިޔަސް ކަލޭވާނީ ކަލެޔަށް އަދިވެސް ޔާމީން ވަރެއްނެތިގެން އަންނިއަށް އެއްޗެތިކިޔާ މިހާރުތިހިރީ ހުރިހާ ކޮޅަކުން ބާކީވެފަ ބާރައް އަތްޖަހާ އެއްލަކިން އެއްލަކިން
ޝާއިރާ
19 October 2018
5 އަހަރުގެ ދައުރެއް ހަމަވާނީ 17 އަށް. އެކަމަކު 11 އަކީ ރަސްމީ ދުވަސް ޤާނޫނުގައި އޮންނަ ގޮތުން. މޫސަގެ ބަހަށް ތާއީދު
ނާނާާނާނާ
20 October 2018
ތިޔަހަކުން ނުވާނެ!! ނުލާހިކު މީރު ކޭކެއް މިއީ. ސިކުންތެއްގެ ފަޅިއެއްހާ މިންވަރުވެސް ހަމަހިލާ ދުލެއް ނުކުރާނަން.
ޢެމީހާ
19 October 2018
މޫސަ ހާދަ އަވަހަކަށް ކޮޅު ތިބަދަލް ކުރީ ތި..... ޙަހަހަހަ