މައުމޫން އާއި ނަޝީދު ޖަލްސާއެއްގައި: މައުމޫންގެ ވާހަކަފުޅަށް ތާއީދުކުރައްވައި ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފައި.-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
11 އޯގަސްޓް 2016 - 14:32
ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނަހަޅައި ދާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ތާއީދުކުރައްވައި "ބިރުފަހަނާހަޅައިދާން" ކުރީގެ ރައީސް މުހައްމަދުު ނަޝީދު ވެސް މިއަދު ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ކުރައްވާ މައުމޫން ވިދާޅުވެފައި ވަނީ ސިޔާސީ ކޮންމެ މަސައްކަތެއް ކާމިޔާބު ކުރަން ވެސް ނަޒާހަތްތެރިކަމާއި ހިތްވަރު ކޮންމެހެން ބޭނުންވާ ކަމަށެވެ. އަޅަންޖެހޭ ފިޔަވަޅު އަޅަން ބިރުގަނެ، ފަސްޖެހިއްޖެ ނަމަ ދުވަހަކު ވެސް ކާމިޔާބެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ވާހަކަފުޅަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ވިދާޅުވީ ރާއްޖެ މިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ސަލާމަތުގެ އައްސޭރި އޮތީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރުފަހަނާޅައި ދިއުމުން ކަމަށެވެ. މި ނޫނަސް މިއީ، ވަރަށް ގިނަ ޖަލްސާތަކުގައި ވެސް ނަޝީދު ތަކުރާރުކުރައްވާ ވާހަކަފުޅެކެވެ. ނަޝީދާއި ސަރުކާރާ އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާފައިވާ އިއްތިހާދުގެ އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް އުފެއްދުމެވެ. އޭގެ ފަހުން ސިޔާސީ ހުރިހާ ފަރާތްތަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަގު ފަހިކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބީލު
13 August 2016
ރައީސް މައުމޫން ވިދާޅުވީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއި ހިތްވަރުގެ މުހިއްމުކަން. ތެދު ބުނަން އާދަކުރަމާ. ޢެކަކު އަނެކަކަށް ފުރައްސާރަ ނުކޮށް ގައުމަށް ޚިދްމަތް ކުރެވޭތޯ ބަލަމާ
މަލަސް
12 August 2016
ބިރު ފަހަނަ އަޅާ ނުދާން ވެގެން ތިޔަ ތިބީ އިނގިރޭސި ވިލާތުގައި އަރާމުގައި.ޕާޓީ ކުދިން ކޮޅު ހާލުގައި ޖެހިފައި މަގުމަތީގައި. ކެރޭ މީހުން ކުރިމަތިލާނެ. ޖަލުގައި ވެސް އޮންނަން ކެރޭނެ.
ނުރަބޯ
12 August 2016
ކޮމެންޓް ކުރާ ކުދިން ކޮން ދެބަހެއްތަ މިވަނީ؟ ލިޔުން ރަނގަޅަށް ކިޔާބަލަ، ތިޔަ ދެބަސްވާ ހުރިހާކަމެއްގެ މަޢުލޫމާތު ލިބޭނެ.
ހެހެ
11 August 2016
މައުމޫނު ވިދާޅުވި އެއްޗެއް ހާދަ ނޭގެއޭ.. މައުމޫނު ވިދާލެއްނުވޭ ބިރުފަހަނަޅައިދާވާހަކައެއް.. މައުމޫނު ވިދާޅުވީ "ސިޔާސީ މަސައްކަތުގައި ކާމިޔާބު ވުމަށްޓަކައި ނަޒާޙަތްތެރކަމާއި ޙިތްވަރަކީ މުހިއްމު އެއްޗެކެވެ. ބިރުވެރިކަން އެއީ ޙަރަކާތްތައް ޙިސާރުކޮށްލެވޭ އެއްޗަކަށް ވުމަށް އަޅުގަނޑުމެން ދޫކޮށްލައިފިނަމަ ދުވަހަކުވެސް އަޅުގަނޑުމެން ފޯރުކޮށްދޭން މިއުޅޭކަންތައްތަކެއް ފޯރުވައެއް ނުދެވޭނެއެވެ."
ނަންނުޖަހާ
11 August 2016
ކޮންމެ ބޭފުޅަކު ބިރުފަހަނަ އަޅާދާން ނަސޭހަތްތެރި ވެފައި މިދަނީ ރާއްޖެއިން ބޭރަށް ފުރައިގެން. ބިރު ފަހަނަ އަޅާދާންް އަޅުގަޑުމެން ފުރައިން ދާނެ ވަކި ތަނެއް ނެތް. ދެނޯ
މެެންޓަލިސްޓް
11 August 2016
އަޅުގަނޑުވެސް އެބަގަސްދުކުރަން ބިރުފަހަނައަޅާ އިނގިރޭސިވިލާތަށް ދާން ، އެގޮތް އޯކޭތޯ ؟ ހުރިހާއެންމެންވެސް މިހަނދަނީ އެހެންތާ ،،،
ބިރު ކުޑަ އަލީ
11 August 2016
ނަޝީދު އެތައް ޖަލްސާއެއްގައި އެތައްފަހަރަކު ތަކުރާރު ކުރައްވާ ނަޝީދުގެ ސިގްނޭޗަރ ފްރޭސްއެއް "އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެގެން ބިރު ފަހަނަޅާ ދިއުން" މިއަދު ރާއްޖޭގައި ހުރި ސިޔާސީ ގޮތުން އެއްމެ ތަޖުރިބާކާރު މުފައްކިރު މައުމޫނު އަބްދުލް ގައްޔޫމު ތަކުރާރު ކުރެއްވުމުން ދޭހަވަނީ މައިގަނޑު ދެކަމެއް. އެއްކަމަކީ ނަޝީދު މިހުރިހާ ދުވަސްްވާންދެން ވިދާޅުވަމުން އައި ބަހުގެ ތެދުކަމާއި މުހިއްމު ކަން.. އަނެއް ކަމަކީ ތެލާއި ފެން އެއްވިޔަަަސް ސިޔާސީ ގޮތުން އެއްގަލަކަށް އަރާފާނެ ކަމަށް ނުބެލެވޭ ދެބޭފުޅުން އެއް ވާހަކައެއް ވިދާޅުވާނީ ގައުމުގެ ހާލަތު ވަރަށް ސީރިޔަސް ހިސާބަކަށް ދިޔައިމަ..
އަލީ
11 August 2016
ހެހެހެ ބިރުކުޑަ އައްޔާ، މައުމޫން ބުނި އެއްޗެއް ރަގަޅަކައް ނޭގުނު ދޯ އަދި އެއްފަހަރު ކިޔާލާ " ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނަހަޅައި ދާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް " ވިދާޅުވި... ތިޔަ ނަޝީދު ބުނާހެން ދެމާނަ ނެގެގޭ ގޮތަކައް ނޫން އެބުނަނީ....
އައްޔަ ބްރޯ
12 August 2016
ހެހެހެ.. ދެރައީސުންވެސް ވިދާޅުވަނީ އެއްވާހަކައެއް.. ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ނަޝީދު ބުނިއެތީގެ މާނަ އޭރު ނުބައިކޮށްވެސް ނެގީތާ ދޯ.. އެހެންވެ މައުމޫނު އެކަމުން އިބުރަތް ހާސިލް ކޮށްގެން އެހެން މާނައެއް ނުނެގޭނެ ގޮތަށް އެބުނީ.. ސަޅި ދޯ
މެެންޓަލިސްޓް
12 August 2016
އެއީރައީސްނަޝީދުގެ ބަހެއްވެސް ނޫން ، އެބޭފުޅާ އެންމެގިނައިން ބޭނުންކުރާނީ ނެލްސަން މަޑޭލާގެ ބައްސަތަކާއި މާރޓިންލޫތާކިންގްގެ ބަސްތަށް ،، އެކަންނޭންގޭ މީހުންނަށް ހީވަނީ ނަޝީދުގެ އަމިއްލަބަސްތަކޭ ،،
މޯރޗް
11 August 2016
ރަނގަޅު ގޮތަކީ ނަޝީދު ވިދާޅުވާހެން ބިރުފަހަނައަލިއި ދިއުމަށް މަުމޫނު ގޮވާލާފައި ވަނިކޮށް އަނެއްކާވެސް ނަޝީދު އެ ގޮވާލެއްވުން ތަކުރާރު ކުރެއްވީހެން. ހެޑްލައިނުގައި މިހެން ނުލިޔެވުންސް ހަބަރުގައި މިހެން ފާގަނގަ ކުރަން ޖެހޭ.
މަގޭ ރާއްޖެ
11 August 2016
އަޅުގަނޑަށް ހީވަނީ ނަށީދު މާކުރިން ވިދާޅުވަމުން އަންނަ ވާހަކައެއް، މަަައުމޫނު ވިދާޅުވީހެން.
ލިޓްލް މޭން
11 August 2016
އާނ ދިވެހި ބަުހުގެ ބައެއް ބަސްތައްވަނީ ނަޝިިދު ކޮޕީރައިޓް ހޯދާފަ
ލިޓްލް ރާއްޖެ
12 August 2016
ކޮންމެއަކަސް ބުނި އެޗެއްގެ ނާމައެއް ބަދަލެއް ނުވާނެ ދޯ