އިބޫ، މައުމޫން: ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން.
22 އޮކްޓޯބަރ 2018 - 17:08
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އަނެއްކާވެސް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއީ، މައުމޫން ޖަލު ބަންދުން މިނިވަން ވި ފަހުން އެމަނިކުފާނާ އިބޫ ބައްދަލު ކުރެއްވި ދެ ވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ކޯލިޝަން ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
I felt honoured by the visit of President-elect Hon @ibusolih today. We discussed our current situation and hopes for the future. pic.twitter.com/95TDqbCWPC
— Maumoon Abdul Gayoom (@maumoonagayoom) October 22, 2018
އިބޫއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ކުރެއްވި ޓުވީޓް.
މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް މައުމޫން ކުރެއްވި ޓުވީޓެއްގައި ވެ އެވެ.
މައުމޫންގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، އިބޫ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ވެސް ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރުންގެ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ކޯލިޝަން ސަރުކާރު މާގިނަ ދުވަހަކު ދެމިނޯންނާނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅު ލީޑަރުން ވިދާޅުވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތަށް ވުރެން އިސްކުރައްވާނީ ގައުމާއި ރައްޔިތުން ކަމަށެވެ. އެހެންކަމުން، ކޯލިޝަން ބަދަހިކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީލް
23 October 2018
ތިމީހުން ތީ މިގައުމުގެ ހަލާކު.
ސޯބު
23 October 2018
އިންތިހާބީ ވެރިޔާއަށް ވަރަށް އަދަބުވެރިކަމާއިއެކު ދަންނަވަމެވެ. އަމަޔަސް ބަފަޔަސް ކޮއްކޮއަސް ބޭބެއަސް ނަޝީދަސް ގާސިމަސް ކަންކަން ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ހަމަހަމަ ކަމާއިއެކު ގެންގޮސްދެއްވުން އެދެމެވެ. ކައްޗަށް އެޅޭ އެއްމެ ފިޔަވަޅަކީވެސް ވެވޭ ބޮޑު ޚިޔާނާތެކެވެ.
ޝާއިރާ
23 October 2018
ކޮއްކޯފުޅުގެ ވެރިކަމުގައި އަމިއްލަ މަސްލަހަތު އިސްކުރި މީހަކު އެހެން މީހެއްގެ ވެރިކަމުގައި އަމިއްލަ މަސްލަހަތު އިސްނުކޮށް ނުހުންނާނެ. ތިވެރިކަން ހަފުސްވާނެ.
ހޮޓްކިންގ
23 October 2018
އިބޫއެވެ. ތިޔަވަރަށް މައުމޫނާއި ބައްދަލު ނުކުރާށެވެ. އިބޫއަށް އަދި މައުމޫނެއް ނޭނގޭނެއެވެ. ބޮނޑި ދަށު ލައިފިނަމަ ސަލާމަތް ނުވާނެއެވެ. ޔާމީނަށް ވެސް ޖެހުނީ އެހާލެވެ. ރައީސް އޮފީހުގައި މައުމޫނާހެދި ޔާމީނު އޭރު ހުރީ ކުޑަކޮށްލާފައެވެ.
ްްައއ
23 October 2018
ތިތަނުން އިންތިހާބީ ރައީސްއަކީ ކާކުކަން މިހާރު އޮޅިއްޖެ
ކީކޭބުނާނީ
23 October 2018
އަހަރެންނަކީ ނަޝީދުގެ ސަޕޯޓަރެއް.. އެކަމަކު ހިތަށް އަރަނީ ޖަލުހުކުމެއް އޮވެމެ އެހުކުމް ބާތިލްނުކޮށް، ނުވަަތަ ތަންފީޒުކުރުން މެދުނުކަނޑާ، ގާސިމްގޮތަށް ކަފާލާތުގެ ދަށުންވެސް މިނިވަންނުވެ ހަމަ ގައިދީއެއްގެ ގޮތުގައިވާން ނަޝީދު ރާއްޖެއައިސް މިނިވަންކަމާއެކު އުޅުނީމަ އެއުޅެވެނީ ގާނޫނަށްވުރެ މަތީގައި ނޫންތޯ އޭ.. ޑިމޮކްރަސީގެ ޗެމްޕިއަނުން ކަންކުރާ ގޮތަކީ މިއީބާ؟
ތެދު
23 October 2018
ރ.ނަޝީދަކީ ޤަޢުމުގެ ހަލާކު
ޅަސޮރު
23 October 2018
ޢަސްތާ އަނެއްކާ އުފާވެރި މުސީބާތެއް ކުރިމަތި ވަނީބާ އެއްފުޅަންމަތީން ފުއްމާލި ބަކަރި އަނެއް ފުޅަންމަތީން ފުއްމާލާނޭ މީހުން ބުނެ އުޅޭ!
މިލިޓަރީ
22 October 2018
މައުމުން ބޭނުން ވަނީ އިޒްޒެއްތެރިކަން. ޤައުމު އިންޑިޔާއަ ވިއްކާލާފަވެސް.
އަބްދުﷲ
22 October 2018
އިބޫއަށްވާނެވަރަކީ ތިޔަމީހުންގެ ބުޑަށް ވެއްޓިގެން ކުޅޭކުޅޭ ރައީސްއަކަށްވެގެން ހުރުން.
ޢިބިލީސް
23 October 2018
ނަޝީދަކީ ވަސްވާސް ދޭން މޮޅު މީހެޢް. ފަނިކުރަން އެކެއް. ޤައުމުގެ ހަލާކު.