ގާނޫނީ ވަކީލް ހިސާން ހުސައިން-- ފޮޓޯ: މިހާރު
04 ނޮވެމްބަރ 2018 - 18:24
ސިޔާސީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ގާނޫނީ ވަކީލް ހިސާން ހުސައިން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހިސާން ވިދާޅުވި އޭނާ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ގައުމަށް ހިދުމަތް ކުރަން އެންމެ ރަނގަޅު ދާއިރާއަކީ އެއީ ކަމުގައި ގަބޫލު ކުރައްވާތީ ކަމަށެވެ. މަޖިލީހުގެ މެމްބަރުކަން ބޭނުންވަނީ އިސްލާހީ މަސައްކަތްތައް ކުރައްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ ސަރުކާރުގައި އެބައޮތް ރަނގަޅު އިސްލާހީ އެޖެންޑާއެއް. އެ އެޖެންޑާ އަށް ރައްޔިތުން ވޯޓު ދެއްވީ. އެކަން ތަންފީޒު ކުރަން އަޅުގަނޑަށް މަސައްކަތް ކުރެވޭނެ ތަނަކީ މަޖިލިސް ކަމަށް ގަބޫލު ކުރެވެނީ،" އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އިސްލާހު ކުރުން ހިމެނެ އެވެ. ހިސާންއަކީ އެ މަސައްކަތުގައި ބުރަކޮށް އުޅުއްވާ ބޭފުޅެކެވެ.
Hisaan hagguthakuge dhifaaugai, dhoodhinumeh neiy
The most trusted news source in the Maldives
Mihaaru
ހިސާންގެ ބުރަ މަސައްކަތް--
އާންމުންގެ ސަޕޯޓު ބޮޑު ހިސާން ކުރިމަތިލައްވާ ތުޅާދޫ ދާއިރާއަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ދާއިރާއެކެވެ. އެ ދާއިރާގައި ތުޅާދޫގެ އިތުރުން ދެން ހިމެނެނީ ގޮއިދޫ އާއި ފުޅަދޫ އަދި ފެހެންދޫ އެވެ. އެ ދާއިރާގައި މިހާރު ހުންނެވި ނާޒިމް ރަޝާދު ވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީ ޓިކެޓުގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
ހިސާންގެ ބައްޕަ ޝެއިހް ހުސައިން ޔޫސުފަކީ ބ. ހިތާދޫ ބޭފުޅެކެވެ. އެ ރަށް، ނިސްބަތްވާ އޭދަފުށީ ދާއިރާއަށް މިދިޔަ އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ހިސާން ވާދަ ކުރެއްވި އެވެ. އެ އިންތިޚާބު ނާކާމިޔާބުވިއިރު އޭގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ތުޅާދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވި އެވެ. ނަމަވެސް އެފަހަރު ވެސް ވީ ނާކާމިޔާބީ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމުމަކަށް އައިއިރު ހިސާން ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އިސް މަގާމެއްގަ އެވެ. ވެރިކަން ނިމި އެމްޑީޕީ އަށް ދިމާވި ބޮޑެތި މައްސަލަތަކުގައި ކޯޓުގައި ވަކާލާތު ކުރެއްވުމުގައި ހިސާން އިސްކޮށް އުޅުއްވި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ޝަރީއަތްތަކާއި ޕާޓީގެ މައްސަލަތައް ހިމެނެ އެވެ. ހިސާން އަކީ މި ސަރުކާރުގައި ސިޔާސީ އެކި ބޭފުޅުން ހައްޔަރު ކުރުމާއެކު އެ ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުން ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއް ވެސް މެ އެވެ.
ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަންގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ވަކިވަކި ޕާޓީތަކަށް ދޭނެ ދާއިރާތަކެއް އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުވެ
05 November 2018
އަޚްލާގު ރަނގަޅު ދީނީ މީހުން ހޮވުން ރަނގަޅުވާނެ. ތިޔައީ އަންނި އަންގާހާ ގޮތަކަށް ބެރުޖައްސަވާނެ ކުއްޖެ. ކަޑަ
އަޙުމަދު
05 November 2018
"ތުއްތުވެ" ގެންވެސް ރަނގަޅު އެއްޗެއް ރަނގަޅުވާނީ، ކޯޓު ތަކުގައި ތިބީ ޔާމީނު އެނގިހާގޮތަކަށް ވޭތިތިވެ ދިޔަދުވަސް ތަކުގައި ބެރުޖެއްސެވި ފާޑިޔާރުން ނެއްނޫންތަ، ؟ މިހާރު އެދުވަސް މާޒީވެދަނީ
އަތުރުގާ
04 November 2018
އިލްމީ ބޭފުޅެއްކަމަކު ދޫފަސޭހަ ބޭފުޅެއް ނޫން. ވީމާ މަޖިލީހަށްވުރެ ވަޒީރުކަން ފަދަ މަޤާމެއް ރަނގަޅުވީސް.
ބުރު ގައު
04 November 2018
ދޫ ފަސޭހަވުން ލާޒިމެއް ނޫން މަޖިލިސް މެންބަރަކަށްވާން. ބުނަން ބޭނުންވާ އެއްޗެއް ބުނެދެވެނިކޮށް އެ ނިމުނީ.
އެކްތާ
04 November 2018
ހިސާން ރަނގަޅު ކުއްޖެއް. ކިޔަވައިގެން ހުރި ބަސް އަހާ ހުލްޤް ހެޔޮ ކުއްޖެއް. އުއްމީދު ކުރަން މަޖިލިސް އިން ޖާގަ އެއް ލިބޭނެ ކަމަށް.
ސަރަފު
04 November 2018
ތަރޑް ޓައިމް ލަކީ ވާނެކަމަށް އުއްމީދުކުރަން.
ގްރީން
04 November 2018
މީ ހިސާންގެ ފަހަރު. މީ އަހަރެމެންގެ އަހަރު. ކިތަންމެ ހިތްދަތިކަމަކާއެކުވެސް މިހާރު މިތިބީ ހިންދަމާލެވިފަ. ސަލީމްއާ ވާދަކޮށްވެސް މިފަހަރު ހިސާންއަށް ކާމިޔާބު ހޯދިދާނެ. މީ ޔަގީންފަހަރު. މީ ޔަގީންއަހަރު.
ކިއްލިބާޝާ
04 November 2018
ބައްޕާފުޅު ދާއިރާއިން ނުލިބުނު ތާއީދެއް އެހެން ދާއިރާއަކުން ލިބިދާނެބާ؟
ޕުރޮފ.ޝިއުނާ /ބ.ތުޅާދޫ /ކެނަޑާ
04 November 2018
ތުޅާދޫ ރައްޔަތުންގެ އެދުމުގެ މަތީން ޔުނިވަރސިޓީ އޮފް ވެންކުވަރ / ބުރިޓިޝް ކޮލޮމްބިއާގެ ޕުރޮފިސަރ ކަމުން އިސްތިޢުފާ ދިނީ މިއަދު، އާދެ! ތުޅާދޫ ދާއިރާ ބޮޑަށް ލަފާކުރެވެނީ އެހެން ފަރާތަކަށް ދިއުމުގެ ފުރުސަތު ނެތްކަމަށް..މިއަދު މިހާތަނަށް ތުޅާދޫ ދާއިރާގެ ރައްޔަތުންގެ ވަރައް ހެޔޮދުޢާއާއި ސަލާމަ އެބަލިބޭ...އަޅުގަނޑު އެދާއިރާގެ ގޮނޑި ކާމިޔާބުކުރާނީވެސް އެމް ޑީ ޕީ ގެ ޕުރައިމަރީން
ފުންއަސަރު
04 November 2018
ޔަގީންކަމާއެކު ބުނެފާނަން ކުރިން ހުރިހާ ފަހަރަކު ނަސީބު ދިމާވެފާ ނެތަސް، މިފަހަރަކު ހިސާންނޫނީ ނުހޮވޭނެ. އެދާއިރާއަށް ހިސާންއާ ވާދަކުރުމަށް އެކަށޭނަ ހަމަ އެކަކުވެސް މިހާރަކުނެތް. މިފަހަރު ހަމަ ކޮންމެ މީހަކު ހިސާންއާ އިދިކޮޅަށް ނުކުތަސް ހަމަ ތަޅާ ތަޅާ ބަލި. އިންޝާﷲ!
ސިދޫ
04 November 2018
ތިޔަހެން ބުނުން އެހާ ރަނގަޅުނޫން. ހިސާންވެސް ރަނގަޅު. އެކަމަކު ރަށު ކައުންސިލުން ފަށައިގެން އަތޮޅު ކައުންސިލުން، ގޮސް މަޖިލިސް ގޮނޑިއާ ހަމައަށް މަސައްކަތްކުރަމުން އަންނަ އަދި ގްރާސްރޫޓު ލެވެލްގައި ބޮޑެތި ގުރުބާނީވެފައިވާ ދާއިރާ މީހުންވެސް ހަމަ ވަރަށް ރަނގަޅު.
ފާޅު
05 November 2018
ތުޅާދޫ ދާއިރާއަށް އެމްޑީޕީން ބޮންދެއް ލިޔަސް ހޮވޭނެ. ޥަރަށް ގަޅިބައެއް.
ފުންއަސަރުގެ އައްމާ
07 November 2018
ތުޅާދޫ ރައްޔަތުންގެ އެދުމުގެ މަތީން ޔުނިވަރސިޓީ އޮފް ވެންކުވަރ / ބުރިޓިޝް ކޮލޮމްބިއާގެ ޕުރޮފިސަރ ކަމުން އިސްތިޢުފާ ދިނީ މިއަދު، އާދެ! ތުޅާދޫ ދާއިރާ ބޮޑަށް ލަފާކުރެވެނީ އެހެން ފަރާތަކަށް ދިއުމުގެ ފުރުސަތު ނެތްކަމަށް..މިއަދު މިހާތަނަށް ތުޅާދޫ ދާއިރާގެ ރައްޔަތުންގެ ވަރައް ހެޔޮދުޢާއާއި ސަލާމަ އެބަލިބޭ...އަޅުގަނޑު އެދާއިރާގެ ގޮނޑި ކާމިޔާބުކުރާނީވެސް އެމް ޑީ ޕީ ގެ ޕުރައިމަރީކާމިޔާބުކޮށް ރާއްޖޭގެ އަންހެނުންނަކީ ފިސާރި ކަނބަލުންކަމަށް ދައްކައިގެން..
ޚިޔާލާތޮ
04 November 2018
މަޖިލީހަކާ ނުގުޅޭ
ރީލޯޑް
04 November 2018
ކޯލިޟަންގެ ބަހެއްވެސްނެތި އަމިއްލަ އެދުމަށް ދޯ!!!! ކަނބުލޯ، ތަންފުކެއް ބޮޑުވަރުތީ
އަޕްލޯޑު
04 November 2018
ކޮއެލިޝަންގެ ހުއްދަވެސް ހޯދަންޖެހޭތަ ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ވާހަކަ ބުނެލަން؟ ބަލަ ދޮންކަލޯ މިއީ ޕީޕީ ދަރުބާރު ފެކްޝަނެއް ނޫނޭ!