މެމްބަރު ނަޝީދު: މީހަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ނަޝީދުގެ މައްޗަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި --ފޮޓޯ/މަޖިލިސް
08 ނޮވެމްބަރ 2018 - 17:59
މީހަކަށް 150،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް އަށް 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް ހުކުމްކުރީ އަލަކާ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކުމުގެ މުއާމަލާތަކާ ގުޅިގެންނެވެ.
އެ މައްސަލާގައި ނަޝީދާ ދެކޮޅަށް އަލަކާ ދައުވާކުރީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލާފައިވަނީ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށްވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ނަޝީދުގެ ފަރާތުން އަލަކާ އަށް 150،000 ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް ބުނެ އެވެ. އެ އުޅަނދު 400،000 ޑޮލަރަށް ވިއްކުމަށް ނިންމުމަށް ފަހު، 250،000 ޑޮލަރަށް ވިއްކުމުން، ބާކީ އޮތް 150،000 ޑޮލަރަކީ ނަޝީދުގެ ފަރާތުން އަލަކާއަށް ދޭން ޖެހޭ އެއްޗެއް ކަމަށް އެ ދައުވާގައިވެ އެވެ.
އެކަމަކު ނަޝީދުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ގާނޫނީ ގޮތުން ބަނދެވޭ އެފަދަ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށާއި އެ ބަދަލަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާޒީ މުހައްމަދު ހަލީމް އިއްވެވި ހުކުމުގައިވަނީ އެ އުޅަނދު ވަކި އަގަކަށް ވިއްކާލީ ނަޝީދުގެ ލަފާގެ މަތިން ކަމަށާއި އެކަމުގެ ސަބަބުން އަލަކާ ކުރި އިންވެސްޓްމަންޓުން މަދުވާ ފައިސާ ދެއްކުމަކީ ނަޝީދުގެ ޒިންމާއެއް ކަން އަލަކާ އަށް ނަޝީދު ފޮނުއްވި އީމެއިލްއަކުން އެނގޭ ކަމަށެވެ. އަދި އެ ފައިސާ އަކީ ނަޝީދު ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން އެކަން އަލަކާ އަށް އަންގާފައިވަނީ ކުރީގެ އީމެއިލްގައިވާ ހުށަހެޅުމަށް އަލަކާ އެއްބަސްވި ފަހުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންވެ، 150،000 ޑޮލަރު އަލަކާއަށް ދައްކަން ނަޝީދު އެއްބަސްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައި އަންގާފައިވަނީ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކްސް
08 November 2018
ޓެކްސް ފުރޯޑެއް؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2018
މި މުއާމަލާތުގައި ޓެކްސް ހިމެނޭނަމަ ޓެކްހަށް މަކަރު ހެދުމުގެ ދައުވާ ޓެކްސް އޮފީހުން މީނާގެ މައްޗަށް ކުރާންޖެހޭ. . . ޓެކްސް ނިޒާމް އޮތްތަނެއްގައި “ޤައުމުގެ ވެރިޔާ ގޯތިގެދޮރު ލާޖައްސާ ޓެކުހުން ރެކިގަތުމުން” އަދި މަހުޖަނުންގެ ޖީބު ފުރާލަން ދައުލަތުގެ ބިމާއި ރަށްރަށާއި ފަޅުގިރި ދައުލަތަށް ލޯލާރިއެއް ނުވަންނަގޮތަށް ވިއްކަން ފުރުސަތުދީފައިއޮންނަ “ޖަންގަލީގެ ޤާނޫނު ހިގާތަނެއްގައި” މިފަދަ ކިތަންމެ ކަންކަމެއް ހިގާނެ.
ދަނޑިމާރު
08 November 2018
ދެން ލަލަ ލާ
ޢަބްދުﷲނާފިޒް
08 November 2018
ނަޝީދުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ "ގާނޫނީ ގޮތުން ބަނދެވޭ އެފަދަ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށާއި އެ ބަދަލަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން" ކަމަށެވެ. ތިހެން ތިބުނީ ޤާނޫނީ ވަކީލަކަށްވެފަ، އިސްލާމީ ޝަރީޢަތުގަ އަމަލުކުރާނީ ބޭރުފުށުން ފެންނަންހުރި ހެއްކާ ދަލީލާ ޤަރީނާގެ މައްޗަށް ރިއާޔަތް ކޮށްގެންކަން އިނގޭތީވެ، މިކަމުން އިނގެނީ ތިކަމުގަ ނުސިޔާނު ކަންތައްގަނޑެއް ހިނގާފިކަން، ޒިންމާވާން ޖެހޭމިންވަރަށް ހެކިހުށަނޭޅުމަކީ އެހެންކަމެއް.
ޙުސެން
08 November 2018
ޤާނޫނީ ގޮތުން ނުބަނދެވުނީމާ ކިތަންމެ މަކަރެއް ހެދިޔަސް އޯކޭ ތޯއެވެ؟ މިއީ މުސްލިމުނގެ ފިކުރެއް ނޫނެވެ.
ދީނާގައުމަށް
08 November 2018
ހެޔޮނުވާނެ މިކަހަލަ ގެއްލުން ދޭކަށް މީހުންނަށް. މިކަހަލަ މީހުންނާ ހެދި އަހަރެން މިއުޅެނީ އިންވެސްޓަރެއް ހޯދަން އުނދަގޫވެގެން. ބޭރު މީހުން މިހާރު ދިވެހިންނަށް އެހާ ޓްރަސްޓެއް ނުކުރޭ ލަނޑުދޭވަރުން. ދެން ވެސް ކިޔާތި އިސްލާމް ދީނޭ! ހޭޝް ޓެގު ނޭޝަން ފަސްޓު
ހާމިދު ދާއި
08 November 2018
ގާސިމް އަރިހަށް ވަޑަިަތީމާ ތިކަން ހަމަޖެހޭނެ
ސަބާހު
08 November 2018
މައުމޫނު ކީކޭބާ އަންގަނީ؟
Juhaa
08 November 2018
ތިޔަ މުޙައްމަދު ޙަލީމަކީ ޢަލީ ޙަމީދު ޙުކުމް ލިޔެދިނީމާ އެގޮތަށް ޙުކުމްކުރި މީހާ. ތީނަގެ ވާހަކަ ދައްކަން ހެޔޮނުވާނެ.
ކަލޯގެއާ
08 November 2018
އެންޓި ޑިފެކްޝަން އުވާލާފި. ކަލޯ އަވަހައް ކޮޅު ބަދަލްކޮއްލާ އޭރުން އޯކޭވާނެ.
ރޯނާ
08 November 2018
ނަޝީދޭ. ނުވާނެ ތިހެނެއް. ނުކުރާނެ ތިފަދަކަމެއް. ތީ ގަބޫލުކުރެވޭކަމެއް ނޫން.